Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއައިއޯއައިޖީ ގޭމްސް 2019

އައިއޯއައިޖީ ގޭމްސް 2019: ރީޔޫނިއަން އަތުން ރާއްޖެ ބަލިވެއްޖެ

18 ޖުލައި 2019 | ބުރާސްފަތި 10:08

ރާއްޖޭގެ މައްޗަށް ރީޔޫނިއަން ކުރިހޯދީ 0-4 ގެ ނަތީޖާއަކުން

ލީވާން އަލީ
ލީވާން އަލީ | 18 ޖުލައި 2019 | ބުރާސްފަތި 10:08
ރާއްޖެ ކޮޅަށް ލަނޑު ޖެހުމަށްފަހު ރީޔޫނިއަން ކުޅުންތެރިން އުފާފާޅުކުރަނީ

ރާއްޖެ ކޮޅަށް ލަނޑު ޖެހުމަށްފަހު ރީޔޫނިއަން ކުޅުންތެރިން އުފާފާޅުކުރަނީ

އިންޑިއަން އޯޝަން އައިލޭންޑް ގޭމްސް (އައިއޯއައިޖީ) 2019 ގައި ރީޔޫނިއަން އަތުން ރާއްޖޭގެ ފިރިހެން ފުޓުބޯޅަ ޓީމު ބަލިވެއްޖެއެވެ.

ބުރާސްފަތި ދުވަހު ކުޅުނު މި މެޗު ރާއްޖެއާ ވާދަކޮށް ރީޔޫނިއަން އިން ކާމިޔާބުކުރީ 4-0 ގެ ނަތީޖާއަކުންނެވެ.

މޮރިޝަސްގެ އޮގަސްޓޭ ވޮލޭއާ ސްޓޭޑިއަމްގައި ކުޅުނު މި މެޗު ފެށިގެން ދެޓީމުގެ ފަރާތުންވެސް ފެނިގެންދިޔައީ ދާދި ހަމަހަމަ ކުޅުމެކެވެ. އެގޮތުން ދެޓީމަށްވެސް ލަނޑު ޖަހަން މި ހާފްގައި ފުރުސަތުތަކެއް ލިބި ބޭކާރުވިއެވެ.

ރީޔޫނިއަންއިން މެޗުގެ ލީޑު ނެގީ 31 މިނެޓުގައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އިމީރާ ކަރީމް ނަގައިދިން ހުރަހަކުން ވަޑަޕިން އަންޖީއެވެ. އޭނާ މި ލަނޑު ކާމިޔާބުކުރީ ބޮލުންނެވެ.

މި ލަނޑަށްފަހުވެސް ރީޔޫނިއަން ފެނިގެންދިޔައީ ވަރަށް ވަރުގަދަކޮށެވެ. އެގޮތުން 33 ވަނަ މިނެޓުގައި ރީޔޫނިއަންގެ ދެވަނަ ލަނޑު ކާމިޔާބުކުރީ ފޮންޓެއިންއެވެ. އޭނާ މި ލަނޑު ކާމިޔާބުކުރީ ރާއްޖޭގެ ދެ ކުޅުންތެރިން ކައިރިން ނައްޓާލުމަށްފަހުއެވެ.

މި ލަނޑުތަކަށްފަހުވެސް ރީޔޫނިއަންއަށް ވަނީ ލަނޑު ޖެހުމަށް ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ. އަދި ފުރަތަމަ ހާފްގެ ފަހުކޮޅު ރާއްޖެއަށް ވަނީ ނަތީޖާގެ ފަރަގު ކުޑަކުރަން ދެ ފުރުސަތެއް ލިބި ބޭކާރުވެފައެވެ.

ދެވަނަ ހާފް ފެށިގެން ރީޔޫނިއަންގެ ފަރާތުން ނުރައްކާތެރި ހަމަލާތަކެއް ވަނީ ފެނިގެން ގޮސްފައެވެ. އަދި ލަނޑު ޖެހުމަށްވެސް އެޓީމަށް ވަނީ ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ.

ރީޔޫނިއަންގެ ތިންވަނަ ލަނޑު 63 ވަނަ މިނެޓުގައި ކާމިޔާބުކުރީ ސާޕެޑޮން މެތިއުއެވެ. އޭނާ މި ލަނޑު ކާމިޔާބުކުރީ ކީޕަރު މުހައްމަދު ފައިސަލްއަށް ހެދުނު ގޯހެއްގެ ފައިދާ ނަގައިގެންނެވެ.

މި ލަނޑަށްފަހުވެސް ރީޔޫނިއަންގެ ފަރާތުން ފުލުފުލުގައި ހަމަލާތައް ފެނިގެންދިޔައެވެ. އެގޮތުން 68 ވަނަ މިނެޓުގައި އެޓީމުގެ ކެޕްޓަން ޑަމޯ ޖޯއި ވަނީ ހަތަރުވަނަ ލަނޑު ކާމިޔާބުކޮށްފައެވެ.

މެޗުގެ ފަހުވަގުތުކޮޅު ވެސް ރީޔޫނިއަންއަށް ވަނީ ލަނޑު ޖެހުމަށް ގިނަ ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ. މި ހާާފްގައި ރާއްޖޭގެ ފަރާތުން މާ އެދެވޭ ކުޅުމެއް ނުފެނުނު ނަމަވެސް، ލަނޑު ޖެހުމަށް ފުރުސަތުތަކެއް ލިބި ބޭކާރުވިއެވެ.

މުބާރާތުގައި ރާއްޖެ ކުޅޭ ދެވަނަ މެޗުގައި ހޮނިހިރު ދުވަހު ނިކުންނާނީ ކޮމޯރޮސްއާ ދެކޮޅަށެވެ. އަދި ފަހު މެޗުގައި ހޯމަ ދުވަހު ނިކުންނާނީ މަޔޯޓްއާ ދެކޮޅަށެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

އިތުރަށް ކިޔާލަން

23 ފެބުރުއަރީ 2017

ސްޕެނިޝް ލީގު: ވެލެންސިއާ އަތުން ބަލިވެ ރެއާލް އަށް އިތުރު ހުރަހެއް

23 ފެބުރުއަރީ 2017
ސްޕެނިޝް ލީގު: ވެލެންސިއާ އަތުން ބަލިވެ ރެއާލް އަށް އިތުރު ހުރަހެއް
12 ފެބުރުއަރީ 2017

ޕްރިމިއާ ލީގު: އާސެނަލް އަދި ޔުނައިޓެޑް މޮޅުވިއިރު، ލިވަޕޫލް އަތުން ޓޮޓެންހަމް ބަލިވެއްޖެ

12 ފެބުރުއަރީ 2017
ޕްރިމިއާ ލީގު: އާސެނަލް އަދި ޔުނައިޓެޑް މޮޅުވިއިރު، ލިވަޕޫލް އަތުން ޓޮޓެންހަމް ބަލިވެއްޖެ
09 ފެބުރުއަރީ 2017

ތިންވަނަ އެމްބީއޭ ކަޕް: ރައިވެރިޔާ އަތުން ސްޓިންގާސް އަށް ބޮޑު މޮޅެއް

09 ފެބުރުއަރީ 2017
ތިންވަނަ އެމްބީއޭ ކަޕް: ރައިވެރިޔާ އަތުން ސްޓިންގާސް އަށް ބޮޑު މޮޅެއް
09 ފެބުރުއަރީ 2017

އެކުވެރިކަމުގެ މެޗުން ވިކްޓްރީ އަތުން ނިއުއަށް މޮޅެއް

09 ފެބުރުއަރީ 2017
އެކުވެރިކަމުގެ މެޗުން ވިކްޓްރީ އަތުން ނިއުއަށް މޮޅެއް
03 ފެބުރުއަރީ 2017

ކޮމަންވެލްތު ގޭމްސްގައި ބޯލްޓް ބައިވެރިއެއް ނުވާނެ

03 ފެބުރުއަރީ 2017
ކޮމަންވެލްތު ގޭމްސްގައި ބޯލްޓް ބައިވެރިއެއް ނުވާނެ
02 ފެބުރުއަރީ 2017

އެކުވެރިކަމުގެ މެޗުގައި ނިއު އަތުން މާޒިޔާ މޮޅުވެއްޖެ

02 ފެބުރުއަރީ 2017
އެކުވެރިކަމުގެ މެޗުގައި ނިއު އަތުން މާޒިޔާ މޮޅުވެއްޖެ
27 ޖެނުއަރީ 2017

ހަލް ސިޓީ އަތުން ބަލިވި ކަމަށް ޤަބޫލެއް ނުކުރަން: މޮރީނިއޯ

27 ޖެނުއަރީ 2017
ހަލް ސިޓީ އަތުން ބަލިވި ކަމަށް ޤަބޫލެއް ނުކުރަން: މޮރީނިއޯ
18 ޖެނުއަރީ 2017

ކޮޕާ އިޓަލިއާ: އިތުރު ވަގުތު ކުޅެގެން ބޮލޯނިއާ އަތުން ސަލާމަތްވެ އިންޓަ ކުއާޓާ އަށް

18 ޖެނުއަރީ 2017
ކޮޕާ އިޓަލިއާ: އިތުރު ވަގުތު ކުޅެގެން ބޮލޯނިއާ އަތުން ސަލާމަތްވެ އިންޓަ ކުއާޓާ އަށް
11 ޖެނުއަރީ 2017

ހަލް ސީޓީ އަތުން ޔުނައިޓެޑް މޮޅުވެއްޖެ

11 ޖެނުއަރީ 2017
ހަލް ސީޓީ އަތުން ޔުނައިޓެޑް މޮޅުވެއްޖެ
04 ޖެނުއަރީ 2017

ވުމަންސް ސާފް ޗެމްޕިއަންޝިޕް: ބަންގްލަދޭޝް އަތުން ބަލިވެ ރާއްޖެ އަށް ފައިނަލުގެ ފުރުސަތު ގެއްލިއްޖެ

04 ޖެނުއަރީ 2017
ވުމަންސް ސާފް ޗެމްޕިއަންޝިޕް: ބަންގްލަދޭޝް އަތުން ބަލިވެ ރާއްޖެ އަށް ފައިނަލުގެ ފުރުސަތު ގެއްލިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް