Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމަޑަވެލި ހޯނޑެއްދޫ ކޯޒްވޭ

މަޑަވެލި ހޯނޑެއްދޫ ކޯޒްވޭގެ މައްސަލަ އިތުރަށް ދިރާސާކުރަނީ

16 ޖުލައި 2019 | އަންގާރަ 13:56

މި މައްސަލަ ދިރާސާ ކުރުމަށް ކުޑަ ކޮމިޓީއެއް ވަނީ އެކުލަވާލާފައި

އަޒްލިފާ އަބްދުﷲ
އަޒްލިފާ އަބްދުﷲ | 16 ޖުލައި 2019 | އަންގާރަ 13:56
ރައްޔިތުންގެ މަޖިލީހުގެ އެންވަޔަރަންމަންޓް އެންޑް ކަލައިމްޓް ޗޭންޖް ކޮމިޓީ

ރައްޔިތުންގެ މަޖިލީހުގެ އެންވަޔަރަންމަންޓް އެންޑް ކަލައިމްޓް ޗޭންޖް ކޮމިޓީ

ގދ. ހޯނޑެއްދޫ އާއި ގދ. މަޑަވެލި ގުޅާލުމަށް ހަދާފައިވާ ކޯޒްވޭގެ މައްސަލަ އިތުރަށް ދިރާސާ ކުރުމަށް ކުޑަ ކޮމިޓީއެއް އެކުލަވާލުމަށް ރައްޔިތުންގެ މަޖިލީހުގެ އެންވަޔަރަންމަންޓް އެންޑް ކަލައިމެޓް ޗޭންޖް ކޮމިޓީން ނިންމައިފިއެވެ.

އަންގާރަ ދުވަހު ބޭއްވި ކޮމިޓީގެ ބައްދަލުވުމުގައި ކޮމިޓީގައި މި މައްސަލަ އާއި ގުޅޭގޮތުން މެންބަރު ފާޅުކުރެއްވި ޚިޔާލުތަކަށް ރިއާޔަތްކޮށް ކޮމިޓީގެ މުޤައްރިރު ނިންމަވާފައިވަނީ މި މައްސަލަ ކޮމިޓީއަށް ބަލައިގަތުމަށެވެ. ކޮމިޓީގައި މި މައްސަލަ އިތުރަށް ދިރާސާ ކުރުމަށް ނިންމަވާ އަދި މި މައްސަލަ ދިރާސާ ކުރުމަށްޓަކައި ކުޑަ ކޮމިޓީއެއް ވަނީ އެކުލަވާލާފައެވެ.

Advertisement - newsAdvertisement

ކުޑަ ކޮމިޓީގައި ހިމެނި ވަޑައިގަންނަވަނީ އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދާއި، ގައްދޫ ދާއިރާގެ މެންބަރު އަހުމަދު ޒާހިރު އަދި މަޑަވެލީ ދާއިރާގެ މެންބަރު ހުސައިން ފިރުޝާން އެވެ. ކުޑަ ކޮމިޓީން އެމައުލޫމާތުތައް ދިރާސާ ކުރައްވާ ހޯދަން ޖެހޭ ހޯދުންތައް ހޯއްދެވުމަށް ފަހު ސަމަރީ ރިޕޯޓެއް ތައްޔާރުކޮށް އެމައްސަލަ އަނބުރާ ކޮމިޓީއަށް ގެނައުމަށް ކޮމިޓީގެ މުޤައްރިރު ވަނީ ދެ ހަފްތާގެ މުއްދަތެއް ދެއްވާފައެވެ.

ކޯޒްވޭ އާއި ގުޅޭ ގުޅޭގޮތުން ކޮމިޓީގައި ވާހަކަ ދައްކަވަމުން މަޑަވެލި ދާއިރާގެ މެންބަރު ހުސައިން ފިރުޝާން ވިދާޅުވީ މަޑަވެލި ހޯނޑެއްދޫ ކޯޒްވޭއަކީ 2008 ވަނަ އަހަރު ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ފުރަތަމަ ހަދަން ޕްލޭން ކުރި ކޯޒްވޭއެއް ކަމަށެވެ.

ކޯޒްވޭ ހެދުމަށް އީއައިއޭ ހެދިފައިވަނީ 2012 ވަނަ އަހަރު ނަމަވެސް އެމްޑީޕީ ސަރުކާރު ވެއްޓުމާއި ގުޅިގެން މަސައްކަތް ހުއްޓިފައި އޮތުމަށްފަހު ކޯޒްވޭގެ މަސައްކަތް ފެށިފައިވަނީ 2016 ވަނަ އަހަރު ކަމަށް ފިރުޝާން ވިދާޅުވިއެވެ. 2016 ވަނަ އަހަރު ދެފަހަރެއްގެ މަތިން އީއައިއޭ ހަދަން އިއުލާން ކޮށްފައިވާކަމަށާއި ނަމަވެސް އީއައިއޭ ހެދިކަމެއް އިނގެން ނެތް ކަމަށެވެ. އަދި މި ދެ އިއުލާނަކީ އޭރުގެ ހައުސިންގ މިނިސްޓްރީގެ ދެ ޑިޕާޓްމަންޓަކުން ކޮށްފައިވާ ދެ އިއުލާނެއް ކަމަށް ފިރުޝާން ވިދާޅުވިއެވެ.

ފިރުޝާން ވިދާޅުވީ 2012 ވަނަ އަހަރު ހެދި އީއައޭ ރިޕޯޓް އީޕީއޭގެ ވެބްސައިޓްގައި އޭރު ނެތް ކަމަށާއި މި ރިޕޯޓް އީޕީއޭގެ ވެބްސައިޓްގައި ޝާޢިއު ކޮށްފައިވަނީ މިއަހަރުގެ މާރޗް މަހު 26 ވަނަ ދުވަހު ކަމަށެވެ. 440 މީޓަރު ދިގުމިނިގެ މި ކޯޒްވޭ އަކީ 29 މިލިއަން ރުފިޔާ ދިވެހި ދައުލަތުން ޚަރަދު ކޮށްގެން ހަދާފައިވާ ކޯޒްވޭއެކެވެ.

ކޯޒްވޭގެ ސަބަބުން މޫސުން ގޯސްވެ ކަނޑު ގަދަވާ ކޮންމެ ފަހަރު ރަށަށް ރާޅު އަރާ ފެންބޮޑުވެ ދަނޑު ބިންތައް ހަލާކުވެ އެ ރަށްރަށުގައި ދިރިއުޅުމަށް ވަނީ ދަތިތަކާއި ކުރިމަތިލާން ޖެހިފައެވެ. ރައްޔިތުން ނިކުމެ ހައިމާކެއް ބޭނުންކޮށްގެން ކޯޒްވޭ ވަނީ ކަނޑާލަފައެވެ. މި މައްސަލަ އެންވަޔަރަންމަންޓް އެންޑް ކްލައިމްޓް ޗޭންޖް ކޮމިޓީން ކޮމިޓީގެ ސަމާލުކަމަށް އައިސްފައިވަނީ ކޯޒްވޭގެ ސަބަބުން ތިމާވެށީގެ ވަރަށް ގިނަ މައްސަލަތަކެއް ކުރިމަތިވަމުން ދާތީއެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި

10 ޖެނުއަރީ 2017
ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި
10 ޖެނުއަރީ 2017

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް
09 ޖެނުއަރީ 2017

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު
08 ޖެނުއަރީ 2017

ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

08 ޖެނުއަރީ 2017
ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ
08 ޖެނުއަރީ 2017

މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

08 ޖެނުއަރީ 2017
މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!
08 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

08 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!
08 ޖެނުއަރީ 2017

އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް

08 ޖެނުއަރީ 2017
އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް
06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ
06 ޖެނުއަރީ 2017

މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ

06 ޖެނުއަރީ 2017
 މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ
06 ޖެނުއަރީ 2017

ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި

06 ޖެނުއަރީ 2017
ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް