Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުހޮލީވުޑް

ސޯފީ އާއި ޖޯ ރާއްޖޭގައި ހަނީމޫން ހޭދަކޮށްފި

މި ދެމަފިރިން ހަނީމޫން ހޭދަކޮށްފައިވަނީ ސޮނެވާފުށީގައި

އަޒްލިފާ އަބްދުﷲ
އަޒްލިފާ އަބްދުﷲ | 15 ޖުލައި 2019 | ހޯމަ 12:02
ސޯފީ ޓާރނާ އާއި ޖޯ ޖޯނަސް

ސޯފީ ޓާރނާ އާއި ޖޯ ޖޯނަސް

ގޭމް އޮފް ތްރޯންސްގެ ތަރި ސޯފީ ޓާރނަރ އާއި އެމެރިކާގެ ލަވަ ކިޔުންތެރިޔާ ޖޯ ޖޯނަސް ރާއްޖޭގައި ހަނީމޫން ހޭދަކޮށްފިއެވެ.

މި ދެމަފިރިން ހަނީމޫން ހޭދަކޮށްފައިވަނީ ސޮނެވާފުށީގައެވެ. ސޯފީ އާއި ޖޯ ވަނީ ރިސޯޓްގައި ނަގާފައިވާ އެކަކު އަނެކަކުގެ ފޮޓޯތައް އިންސްޓަގްރާމްގައި ހިއްސާކޮށްފައެވެ.

ޖޯ ފުރަތަމަ ހިއްސާކޮށްފައިވާ ވީޑިއޯގައި ފެނިގެންދަނީ ވޯޓާވިލާއިން މޫދަށް ފައިބާ މަންޒަރެވެ. އެ ވީޑިއޯގެ ކެޕްޝަންގައި "އައި ފައުންޑް ހެޕިނަސް" ލިޔެފައި ވެއެވެ.

ސޯފީ ހިއްސާކޮށްފައިވާ ފޮޓޯތަކުގެ ތެރެއިން އެއް ފޮޓޯގައި ޖޯ ފެނިގެންދަނީ ވޯޓާ ވިލާގެ ބޭރުގައި އޮއްވައެވެ. މީގެ އިތުރުން ރަށުތެރޭގައި ބައިސްކަލް ދުއްވާ ފޮޓޯއަކާއި ސޫޝީ ކާން އިން ފޮޓޯއެއް ވަނީ ހިއްސާކޮށްފައެވެ.

ޖޯ ހިއްސާކޮށްފައިވާ ފޮޓޯގައި ސޯފީ ފެނިގެންދަނީ ވޯޓާ ވިލާގެ ބޭރުގައި އޮށޯވެގެން އޮއްވައެވެ. އެ ފޮޓޯއިން ސޯފީގެ އެންގޭޖްމަންޓް ރިންގް ވަރަށް ސާފުކޮށް ފެނިގެން ދެއެވެ.

ސޯފީ ދިވެހިރާއްޖެ ސިފަކޮށްދީފައިވަނީ "ޕެރަޑައިސް" ގެ ގޮތުގައެވެ. ސޯފީ ހިއްސާކޮށްފައިވާ ޖޯގެ ފޮޓޯތަކުގެ ކެޕްޝަންގައި ވެސް ލިޔެފައިވަނީ "ޕެރަޑައިސް، ސަޗް އަ މެޖިކަލް ޕްލޭސް" އެވެ.

ސޯފީ 23، އާއި ޖޯ 29، ފުރަތަމަ ފަހަރަށް ކައިވެނި ކޮށްފައިވަނީ މިދިޔަ މެއި މަހުގެ އެއްވަނަ ދުވަހު ލަސް ވޭގަސް ގައި ހުންނަ މަޝްހޫރު ލިޓްލް ވައިޓް ޗަޕެލްގައެވެ. މި ދެމީހުން ދެވަނަ ފަހަރަށް ކައިވެނި ކޮށްފައިވަނީ މިދިޔަ ޖޫން މަހުގެ 30 ގައި ޕެރިސްގައެވެ.

ދިވެހިރާއްޖެ ވެގެން ގޮސްފައިވަނީ މި ދެމަފިރިންގެ ހިތުގައި ޚާއްސަ ކަމެއް ދެވިފައިވާ ގައުމަކަށެވެ.މި ދެމީހުން ވަނީ 2018 ވަނަ އަހަރުގެ ފެބްރުއަރީ މަހުވެސް ރާއްޖޭ އައިސް ކޮކޯ ޕްރއިވެޓް އައިލެންޑްގައި ޗުއްޓީ ހޭދަކޮށްފައެވެ.

އިތުރަށް ކިޔާލަން

14 މާރިޗު 2017

އަނިލް އާއި ދަރިން އެކުގައި އެއް ފިލްމެއްގައި!

14 މާރިޗު 2017
އަނިލް އާއި ދަރިން އެކުގައި އެއް ފިލްމެއްގައި!
06 މާރިޗު 2017

ކޭޓީ ޕެރީ އާއި އޮލެންޑޯ ބްލޫމް ރުޅިވީ ދިރިއުޅުމާ މެދު "ހިޔާލު ތަފާތު ވުމުން"

06 މާރިޗު 2017
ކޭޓީ ޕެރީ އާއި އޮލެންޑޯ ބްލޫމް ރުޅިވީ ދިރިއުޅުމާ މެދު "ހިޔާލު ތަފާތު ވުމުން"
27 ފެބުރުއަރީ 2017

ކަންގަނާއާއި އެކު ފިލްމު ކުޅެން ދެކޮޅެއް ނުހަދަން: ޝާހުރުކް

27 ފެބުރުއަރީ 2017
ކަންގަނާއާއި އެކު ފިލްމު ކުޅެން ދެކޮޅެއް ނުހަދަން: ޝާހުރުކް
14 ފެބުރުއަރީ 2017

"ކާބިލް" ގެ ކާމިޔާބީއާ ގުޅިގެން ޔާމީ ގޯތަމްގެ އާއިލާއިން ޕާޓީއެއް ބާއްވަނީ

14 ފެބުރުއަރީ 2017
"ކާބިލް" ގެ ކާމިޔާބީއާ ގުޅިގެން ޔާމީ ގޯތަމްގެ އާއިލާއިން ޕާޓީއެއް ބާއްވަނީ
13 ފެބުރުއަރީ 2017

ވަރުން އާއި އާލިޔާއަށް މާދުރީ ނަށަން ދަސްކޮށްދީފި

13 ފެބުރުއަރީ 2017
ވަރުން އާއި އާލިޔާއަށް މާދުރީ ނަށަން ދަސްކޮށްދީފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު