Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޖޭއެސްސީ

ޖޭއެސްސީގެ ޤާނޫނަށް އިސްލާހު ހުށައެޅުމުގެ ބިލަށް ފަނޑިޔާރުންގެ ޖަމިއްޔާއިން ހިޔާލު ހުށައަޅައިފި

7 ޖުލައި 2019 | އާދީއްތަ 09:42

ސަރުކާރުން ހުށައެޅި އިސްލާހުތަކުގެ އިތުރުންވެސް ކަންކަން ހުށައެޅި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 7 ޖުލައި 2019 | އާދީއްތަ 09:42
ޖުޑީޝަލް ސާރވިސް ކޮމިޝަން

ޖުޑީޝަލް ސާރވިސް ކޮމިޝަން

ޖުޑީޝަލް ކޮމިޝަންގެ ޤާނޫނަށް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށައަޅާފައިވާ އިސްލާހުތަކަށް ދިވެހި ފަނޑިޔާރުންގެ ޖަމިއްޔާއިން ހިޔާލު ހުށައަޅައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީގެ މުޤައްރިރު އިމްތިޔާޒް ފަހުމީއަށް އެެޑްރެސްކޮށް ފަނޑިޔާރުންގެ ޖަމިއްޔާއިން ހޯމަ ދުވަހު ހުށައަޅާފައިވާ ސިޓީގައި ބުނެފައިވަނީ، ޤާނޫނު ނަންބަރު 10/2008 (ޖުޑީޝަލް ސާރވިސް ކޮމިޝަނުގެ ޤާނޫނު) އަށް އިސްލާހު ގެނައުމަށް ސަރުކާރުން ހުށައަޅާފައިވާ ބިލާއި ގުޅޭގޮތުން ފަނޑިޔާރުންގެ ޖަމިއްޔާއަށް ފާހަގަ ކުރެވޭ ކަންކަމާއި، ބިލުގައި ހިމަނަން ފެންނަ ބައެއް މުހިއްމު ކަންކަން ހިމެނޭ ކަރުދާހެއް ފޮނުވާފައިވާނެ ކަމަށެވެ.

Advertisement - newsAdvertisement

ސަރުކާރުން ހުށައަޅާފައިވާ އިސްލާހުގައި ކޯޓުތަކުގެ އިދާރީ އޮނިގަނޑު އެކުލަވައިލުމާއި އިދާރީ މުވައްޒަފުންގެ ވަޒީފާއާ ބެހޭ ކަންކަން އެ ކޯޓެއްގެ ރަޖިސްޓްރާ ނުވަތަ އިދާރީ އެންމެ އިސް މުވައްޒަފުގެ މަޝްވަރާގެ މަތިން ހިންގަން ހުށަހަޅާފައި ވާއިރު، ފަނޑިޔާރުންގެ ޖަމިއްޔާއިން ވަނީ މި ހުށަހެޅުމުން ރަޖިސްޓްރާ އުނިކުރަން ހުށައަޅާފައެވެ. އެގޮތުން އެ ޖަމިއްޔާއިން ބުނީ، ކޯޓުތަކުގެ އިދާރީ އޮނިގަނޑުގައި ވަނީ އިދާރީ އެންމެ އިސް ފަރާތަކީ ކޯޓް އެޑްމިނިސްޓްރޭޓަރުން ކަމުގައި ކަނޑައަޅާފައި ކަމަށެވެ.

ސަރުކާރުން ހުށައަޅާފައިވާ އިސްލާހުތަކަށް ފަނޑިޔާރުންގެ ޖަމިއްޔާއިން ގިނަ ހިޔާލުތަކެއް ހުށައަޅާފައިވާއިރު، އެ ޖަމިއްޔާއިން ވަނީ ސަރުކާރުން ހުށައެޅި އިސްލާހުތަކުގެ އިތުރުންވެސް އެ ބިލުގައި ހިމަނަން ބޭނުންވާ ކަންކަން ކޮމިޓީއަށް ހުށައަޅާފައެވެ. އޭގެތެރޭގައި ފަނޑިޔާރުންނާ ބެހޭ ގޮތުން ޖޭއެސްސީ އަށް ހުށައެޅޭ އެކިއެކި ޝަކުވާތަކުގެ މައްސަލަތައް ނިންމާނެ މުއްދަތެއް ކަނޑައެޅުން ފަދަ ކަންކަން ހިމެނެއެވެ.

އެންމެ ހިނގާ

1

ނާމަލް ރާޖަޕަކްސަ ހައްޔަރުކޮށްފި

2

ހުޅުމާލެއިން 7.1 މިލިއަން ރުފިޔާގެ އަގުބޮޑު ބިމެއް މިނިސްޓަރު މުއްޠަލިބުގެ ޢާއިލީ ބޭފުޅަކު ބައްލަވައިގެންނެވިކަން ހާމަވެއްޖެ

3

ނެދަލެންޑްސްއިން އެމެރިކާގައި ބަހައްޓާފައި ހުރި 10 ބިލިއަން ޑޮލަރުގެ ރަން އަނބުރާ ގެންދިޔައީ ކީއްވެ؟

4

ދުނިޔޭގެ އައު ޗާޓް އދ. ގެ އާންމު މަޖިލީހުން ފާސްކޮށްފި

5

ފިލިޕީންސްގެ ނައިބު ރައީސް ހައްޔަރުކުރުމަށް ކޯޓުން އަމުރުކޮށްފި

އިތުރަށް ކިޔާލަން

02 މާރިޗު 2017

މަޖިލިސް ގަވާއިދު އިސްލާހު ކުރާ ކޮމެޓީން ކުރިއަށް ނުދާތީ މެންބަރު މާރިއާ ފާޑު ވިދާޅުވެއްޖެ

02 މާރިޗު 2017
މަޖިލިސް ގަވާއިދު އިސްލާހު ކުރާ ކޮމެޓީން ކުރިއަށް ނުދާތީ މެންބަރު މާރިއާ ފާޑު ވިދާޅުވެއްޖެ
01 މާރިޗު 2017

ދުންފަތާއި އެނާޖީ ޑްރިންކްގެ ޑިއުޓީން 5 ޕަސެންޓް ހޭލުންތެރިކަމުގެ ހަރަކާތްތަކަށް ކަނޑައަޅާން ހުށަހެޅި އިސްލާހު ބޭރުކޮށްލައިފި

01 މާރިޗު 2017
ދުންފަތާއި އެނާޖީ ޑްރިންކްގެ ޑިއުޓީން 5 ޕަސެންޓް ހޭލުންތެރިކަމުގެ ހަރަކާތްތަކަށް ކަނޑައަޅާން ހުށަހެޅި އިސްލާހު ބޭރުކޮށްލައިފި
28 ފެބުރުއަރީ 2017

ސިފައިންނަށް ވޯޓު ނުލެވޭގޮތް ހެދުމަށް ޤާނޫނަށް އިސްލާހު ހުށަހަޅާނަން: ޑިފެންސް މިނިސްޓަރ

28 ފެބުރުއަރީ 2017
ސިފައިންނަށް ވޯޓު ނުލެވޭގޮތް ހެދުމަށް ޤާނޫނަށް އިސްލާހު ހުށަހަޅާނަން: ޑިފެންސް މިނިސްޓަރ
22 ފެބުރުއަރީ 2017

ބޭރު މީހުންނަށް ބިން ނުވިއްކޭ ގޮތަށް ގާނޫނޫއަސާސީއަށް އެމްޑީޕީން އިސްލާހު ހުށަހަޅަން ނިންމައިފި

22 ފެބުރުއަރީ 2017
ބޭރު މީހުންނަށް ބިން ނުވިއްކޭ ގޮތަށް ގާނޫނޫއަސާސީއަށް އެމްޑީޕީން އިސްލާހު ހުށަހަޅަން ނިންމައިފި
15 ފެބުރުއަރީ 2017

ކައުންސިލަށް ކުރިމަތިލުމުގެ ޝަރުތުތަކަށް ބަދަލުގެނައި އިސްލާހުގެ ބިލް ރައީސް ތަސްދީގުކުރައްވައިފި

15 ފެބުރުއަރީ 2017
ކައުންސިލަށް ކުރިމަތިލުމުގެ ޝަރުތުތަކަށް ބަދަލުގެނައި އިސްލާހުގެ ބިލް ރައީސް ތަސްދީގުކުރައްވައިފި
14 ފެބުރުއަރީ 2017

ސިނގިރޭޓާއި އެނަރޖީ ޑްރިންކުގެ އަގުބޮޑު ކުރަން ހުށަހެޅި އިސްލާހު ދިރާސާ ކުރުމަށް ކޮމެޓީއަށް ފޮނުވައިފި

14 ފެބުރުއަރީ 2017
ސިނގިރޭޓާއި އެނަރޖީ ޑްރިންކުގެ އަގުބޮޑު ކުރަން ހުށަހެޅި އިސްލާހު ދިރާސާ ކުރުމަށް ކޮމެޓީއަށް ފޮނުވައިފި
13 ފެބުރުއަރީ 2017

ސިނގިރޭޓާއި އެނަރޖީ ޑްރިންކުގެ އަގުބޮޑު ކުރަން ސަރުކާރުން ހުށަހެޅި ބިލަށް ބަހުސް ކުރުން އަންގާރަ ދުވަހު

13 ފެބުރުއަރީ 2017
ސިނގިރޭޓާއި އެނަރޖީ ޑްރިންކުގެ އަގުބޮޑު ކުރަން ސަރުކާރުން ހުށަހެޅި ބިލަށް ބަހުސް ކުރުން އަންގާރަ ދުވަހު
13 ފެބުރުއަރީ 2017

ހެއްކާބެހޭ ބިލަށް ބަހުސްކުރުން ހޯމަ ދުވަހުގެ ޖަލްސާއަށް އެޖެންޑާ ކޮށްފި

13 ފެބުރުއަރީ 2017
ހެއްކާބެހޭ ބިލަށް ބަހުސްކުރުން ހޯމަ ދުވަހުގެ ޖަލްސާއަށް އެޖެންޑާ ކޮށްފި
12 ފެބުރުއަރީ 2017

ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް ބަދަލު ގެންނަނީ!

12 ފެބުރުއަރީ 2017
ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް ބަދަލު ގެންނަނީ!
06 ފެބުރުއަރީ 2017

ކައުންސިލް މެމްބަރު ކަމަށް ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތުތަކަށް ބަދަލު ގެނައުމަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި

06 ފެބުރުއަރީ 2017
ކައުންސިލް މެމްބަރު ކަމަށް ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތުތަކަށް ބަދަލު ގެނައުމަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް