Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކިގާލީ ގްލޯބަލް ޑައިލޮގް

ކާބަން ނިއުޓްރަލް ވެވޭނެ ގޮތާއި ޓެކްނޮލޮޖީ އެބަހުރި، ބޭނުންވަނީ އަޒުމު: ރައީސް ނަޝީދު

3 ޖުލައި 2019 | ބުދަ 13:44

ރަނގަޅު އެކްޝަން ޕްލޭންއަކާއި ގާނޫނީ އޮނިގަނޑެއްގެ ތެރެއިން ލޯ-ކާބަން ތަރައްގީ ކުރެވޭނެ

އަމަން ހަލީމް
އަމަން ހަލީމް | 3 ޖުލައި 2019 | ބުދަ 13:44
ރައީސް ނަޝީދު ބައިވެރިވެވަޑައިގެންނެވި ޕެނަލްގެ ބައިވެރިންނާ އެކު

ރައީސް ނަޝީދު ބައިވެރިވެވަޑައިގެންނެވި ޕެނަލްގެ ބައިވެރިންނާ އެކު

ލޯ-ކާބަން ތަރައްގީގެ ސްޓްރެޖީތަކުގެ ދަށުން ގައުމުތައް ތަރައްގީ ކުރެވޭނެ ޓެކޮނޮލޮޖީއާއި އިލްމު މިހާރު އެބަހުރި ކަމަށާއި، ދެން ބޭނުންވަނީ އެކަން ކުރަން އަޒުމް ކަނޑައެޅުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް, ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރުވާންޑާގެ ވެރިރަށް ކިގާލީގާއި ކުރިޔަށްދާ ކިގާލީ ގްލޯބަލް ޑައިލޮގްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، ރަނގަޅު އެކްޝަން ޕްލޭންއަކާއި ގާނޫނީ އޮނިގަނޑެއްގެ ތެރެއިން ލޯ-ކާބަން ތަރައްގީގެ ސްޓްރެޓެޖީތަކުގެ ދަށުން ގައުމުތައް ތަރައްގީ ކުރެވޭނެ ކަމަށެވެ.

Advertisement - newsAdvertisement

އަދުގެ ދުނިޔޭގައި އިޔާދަނުކުރެވޭ ހަކަތައަށް ވުރެ އިޔާދަކުރެވޭ ހަކަތަ އުފައްދަން މާ އަގުހެޔޮ ކަމަށް ވެސް ރައީސް ނަޝީދު ފާހަގަކުރެއްވިއެވެ. އެކަމުގެ މިސާލެއް ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ މި ފަހުން އިންޑިއާގައި ހަކަތަ އުފައްދާ ޕްލާންޓަކަށް ބިޑް ކުރުމުގެ ކަންކަން ކުރިޔަށް ދިޔައިރު ފާހަގަވީ ކަމަކީ، "ކޯލް" އަށް ވުރެ އިޔާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން ހަކަތަ އުފައްދަން މާ އަގުހެޔޮ ކަމެވެ. ހިޔާލަކީ އެކްސްޓްރެކްޝަން މަދުކޮށް، ރީސައިކަލް ކުރުން އިތުރުކުރުން ކަމަށް އެމަނަކިފާނު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ މިހާރު ރާއްޖޭގައި އޮތް ސަރުކާރަކީ ވެސް ލޯ-ކާބަން ތަރައްގީގެ މެނިފެސްޓޯއެއްގެ ދަށުން ވެރިކަމަށް އައިސްފައިވާ ސަރުކާރެއް ކަމަށެވެ. އަދި މީގެ ނުވަ އަހަރު ކުރިން ދިވެހިރާއްޖެ ވަނީ ކާބަން ނިއުޓްރަލް ގައުމަކަށް ވާން ނިންމި ފުރަތަމަ ގައުމަށް ކަމަށާއި، މިހާރު ދުނިޔޭގެ 49 ގައުމަކުން ކާބަން ނިއުޓްރަލް ވާން ނިންމައި، އިތުރު ގައުމުތަކުން ވެސް ވަނީ ކާބަން ނިއުޓްރަލްވުމުގެ މަޝްވަރާތައް ކުރަން ފަށާފައި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އެގޮތުން ދުނިޔޭގެ ފަސްވަނައަށް އެންމެ ބޮޑު އިގްތިސާދު ކަމުގައިވާ ކެލިފޯނިއާއިން ވެސް މިހާރު ވަނީ ކާބަން ނިއުޓްރަލް ވުމުގެ މަސައްކަތް ފަށާފައި ކަމަށާއި، މިހާރު ދުނިޔޭގެ ކޮންމެ ހިސާބެއްގައި ވެސް އިޔާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން ކަރަންޓު ފޯރުކޮށްދިނުމުގެ ގާބިލިއްޔަތު އެބަހުރި ކަމަށެވެ.

ކިގާލީ ގްލޯބަލް ޑައިލޮގަކީ ތަރައްގީ ގެނައުމުގައި މޫސާމާ ރައްޓެހި ޓެކްނޮލިޖީއާއި އީޖާދީ ހައްލުތައް ބޭނުންކޮށްގެން ދެމެހެއްޓެނިވި ތަރައްގީ ކުރެވޭނެ ގޮތްތަކާއި ބެހޭގޮތުން އޮންނަ ބައިނަލްއަގްވާމީ ޕެނަލިސްޓުން ބައިވެރިވާ ޑައިލޮގެކެވެ. މިއީ އޮބްޒާވަރ ރިސާޗް ފައުންޑޭޝަންގެ ސެންޓަރ ފޯރ ނިއު އިކޮނޮމިކް ޑިޕްލޮމަސީ އަދި ރްވާންޑާ ކޮންވެންޝަން ބިއުރޯ ގުޅިގެން ކުރިޔަށް ގެންދާ މަޝްވަރާ ބައްދަލުވުމެކެވެ.

ރައީސް ނަޝީދު މި މަޝްވަރާ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވީ "ދި ކިގާލީ ކޮންސެންޝަސް: އަ ނިއު ޗާޓަރ ފޯރ ގްރޯތް އެންޑް ޑިވެލިޕްމަންޓް" ގެ ޕެނަލް ޑިސްކަޝަންގައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

5

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

އިތުރަށް ކިޔާލަން

16 މާރިޗު 2018

ހުރިހާކަމެއް އަދީބުގެ ބޮލަށް ޖަހައިގެން ސަލާމަތެއް ނުވެވޭނެ: ނަޝްވާ

16 މާރިޗު 2018
ހުރިހާކަމެއް އަދީބުގެ ބޮލަށް ޖަހައިގެން ސަލާމަތެއް ނުވެވޭނެ: ނަޝްވާ
08 ފެބުރުއަރީ 2018

ކޯޓުން އަމުރު ނެރުނު ގޮތާއި ލޯންޗް ގޮއްވާލި ހާދިސާ ހިނގިގޮތް މާކުރިން އިލްހާމް ކުރެއްވި: ރައީސް

08 ފެބުރުއަރީ 2018
ކޯޓުން އަމުރު ނެރުނު ގޮތާއި ލޯންޗް ގޮއްވާލި ހާދިސާ ހިނގިގޮތް މާކުރިން އިލްހާމް ކުރެއްވި: ރައީސް
27 ޖެނުއަރީ 2018

ވަކި އާއިލާއަކަށް، ގާނޫނަށް ވުރެ ބާރުގަދައެއް ނުވެވޭނެ: އަދުއްރަހީމް

27 ޖެނުއަރީ 2018
ވަކި އާއިލާއަކަށް، ގާނޫނަށް ވުރެ ބާރުގަދައެއް ނުވެވޭނެ: އަދުއްރަހީމް
14 ޖެނުއަރީ 2018

ތައުލީމު އުނގަންނައި ދިނުމުގައި ޓެކްނޮލޮޖީއަށް މުޅިން ބަރޯސާ ނުވާނަން: މިނިސްޓަރު

14 ޖެނުއަރީ 2018
ތައުލީމު އުނގަންނައި ދިނުމުގައި ޓެކްނޮލޮޖީއަށް މުޅިން ބަރޯސާ ނުވާނަން: މިނިސްޓަރު
04 ޖެނުއަރީ 2018

ރާއްޖޭގެ ކަންތައްތަކާއި އދއަށް ބެހެވޭނެ، ރާއްޖެއަށް ބައިނަލްއަޤްވާމީ ޤާނޫނާއި ޚިލާފުނުވެވޭނެ: ޑރ ޝަހީދު

04 ޖެނުއަރީ 2018
ރާއްޖޭގެ ކަންތައްތަކާއި އދއަށް ބެހެވޭނެ، ރާއްޖެއަށް ބައިނަލްއަޤްވާމީ ޤާނޫނާއި ޚިލާފުނުވެވޭނެ: ޑރ ޝަހީދު
30 ނޮވެމްބަރު 2017

ރިޔާޒް ވަކިކުރި ގޮތާއިމެދު ވައިބަރގައި އެއްޗެއް ބުނެގެން ސިވިލް އޮފިސަރަކު ވަޒީފާއިން ވަކިކޮށްފި

30 ނޮވެމްބަރު 2017
ރިޔާޒް ވަކިކުރި ގޮތާއިމެދު ވައިބަރގައި އެއްޗެއް ބުނެގެން ސިވިލް އޮފިސަރަކު ވަޒީފާއިން ވަކިކޮށްފި
15 އޯގަސްޓު 2017

'އޯޒޯން ޓު ކްލައިމެޓް ޓެކްނޮލޮޖީ" އެކްސްޕޯ ފަށައިފި

15 އޯގަސްޓު 2017
 'އޯޒޯން ޓު ކްލައިމެޓް ޓެކްނޮލޮޖީ" އެކްސްޕޯ ފަށައިފި
31 ޖުލައި 2017

ދައުވާއަށް ޖަވާބުދާރީވެވޭނެ ވަސީލަތަށް އެދެމުންދަނިކޮށް ފާރިސްގެ ޝަރީއަތް ކުރިއަށް ގެންދެވޭނެ ކަމަށް ކަނޑައަޅައިފި

31 ޖުލައި 2017
ދައުވާއަށް ޖަވާބުދާރީވެވޭނެ ވަސީލަތަށް އެދެމުންދަނިކޮށް ފާރިސްގެ ޝަރީއަތް ކުރިއަށް ގެންދެވޭނެ ކަމަށް ކަނޑައަޅައިފި
14 ޖުލައި 2017

ސުޕްރީމް ކޯޓަށްވެސް ޤާނޫނުއަސާސީގެ މައްޗަށް ބާރުވެރިއެއް ނުވެވޭނެ: ފާއިޒް

14 ޖުލައި 2017
ސުޕްރީމް ކޯޓަށްވެސް ޤާނޫނުއަސާސީގެ މައްޗަށް ބާރުވެރިއެއް ނުވެވޭނެ: ފާއިޒް
27 ފެބުރުއަރީ 2017

ވަގަށްނަގާ ނުވަތަ ގެއްލޭ ފޯނު ޓެކްނޮލޮޖީގެ އެހީގައި ހޯދޭނެ ނިޒާމެއް ގާއިމުކޮށްފި

27 ފެބުރުއަރީ 2017
ވަގަށްނަގާ ނުވަތަ ގެއްލޭ ފޯނު ޓެކްނޮލޮޖީގެ އެހީގައި ހޯދޭނެ ނިޒާމެއް ގާއިމުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް