Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޕީޕީއެމް

ލަންކާގެ އިމިގްރޭޝަނަށް ލުތުފީ ދައްކަން ޖެހޭ ޖޫރިމަނާ ސަރުކާރުން ދައްކަން އުޅޭ: ޕީޕީއެމް

މިއީ ސައްހަ ވެރިކަމެއް ކަމަށް ގަބޫލު ނުކުރާކަމަށް ވިދާޅުވި

ޝަރޫނާ އަބްދުﷲ
ޝަރޫނާ އަބްދުﷲ | 1 ޖުލައި 2019 | ހޯމަ 22:23
ޕީޕީއެމް އާއި ޕީއެންސީ އިން ބޭއްވި ޕްރެސް ކޮންފަރެންސްގެ ތެރެއިން

ޕީޕީއެމް އާއި ޕީއެންސީ އިން ބޭއްވި ޕްރެސް ކޮންފަރެންސްގެ ތެރެއިން

ބޭރުގެ ކުލީ ސިފައިން ގެނެސް ރާއްޖެއަށް ދިން އުދުވާނީ ހަމަލާގެ މޭސްތިރިޔާ ހ. ހާޖަރާގެ އަބްދުﷲ ލުތުފީ ގާނޫނާ ހިލާފަށް ސްރީލަންކާގައި އުޅެފައިވާތީ އޭނާ އެ ގައުމުގެ އިމިގްރޭޝަނަށް ދައްކަންޖެހޭ ޖޫރިމަނާ ދިވެހި ސަރުކާރުން ދައްކަން އުޅޭ ކަމަށް ޕީޕީއެމުން ބުނެފިއެވެ.

ހޯމަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވިދާޅުވީ ލުތުފީ ދައްކަން ޖެހޭ ޖޫރިމަނާ ދިވެހި ސަރުކާރުން ދައްކަން އުޅޭ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ. އަދި އެ ޖޫރިމަނާ ދައުލަތުން ދައްކާނަމަ ދައްކާނީ ދިވެހި ރައްޔިތުން ދައްކާ ޓެކްސް ފައިސާއިން ކަމަށާއި، އެއީ ބަލައިގަނެވޭނެކަމެއް ނޫން ކަމަށް ޝިޔާމް ވިދާޅުވި އެވެ.

ޝިޔާމް ވިދާޅުވީ ބޮޑު ޖަރީމާއެއް ހިންގާފައިހުރި ބާޣީ އެއް ކޮށްފައިވާ ކުށަކުން ބަރީއަވެ، ރާއްޖެ ގެނައުމަށްޓަކައި ސަރުކާރުން އޭނާ ދައްކަން ޖެހޭ ޖޫރިމަނާގެ ފައިސާ ދައްކަވަން ވަނީ ހަމަޖެހިފަތޯ ސަރުކާރާ ސުވާލުކުރަން ބޭނުންވާކަމަށެވެ. އަދި މިއީ ސައްހަ ވެރިކަމެއް ކަމަށް ގަބޫލު ނުކުރައްވާކަމަށް ވިދާޅުވެ ޝިޔާމް ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައިވެސް ލުތުފީގެ ދައުރެއް ނުވާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.

ޝިޔާމް ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީއަށް ނިސްބަތްވާ ބޭފުޅުން ވަނީ ދާދި ފަހުން ސްރީލަންކާއަށް ވަޑައިގެން އެތަނުގައި ދުވަސްކޮޅެއް ހޭދަކުރައްވާފަ ކަމަށާއި، އޭރުވެސް ލުތުފީ އުޅުނީ ލަންކާގަ ކަމަށެވެ. އަދި އެމްޑީޕީގެ އިސް ބައެއް ބޭފުޅުންނަށް ލުތުފީ އުޅެމުންދާ ގޮތުގެ މައުލޫމާތު އެނގިވަޑައިގަންނަވާކަމަށް އޭނާ ތުހުމަތުކުރެއްވި އެވެ.

މިއަދުގެ ސަރުކާރަށާއި، އެމްޑީޕީއަށް ބޮޑެތި ތުހުމަތުތަކެއްކޮށް ޝިޔާމް ވާހަކަދެއްކެވިއިރު، އެބޭފުޅުންގެ ސަރުކާރުގެ ފަސް އަހަރުގައި ލުތުފީ ނުގެނެވުނު ސަބަބާއި ގުޅޭގޮތުން ވާހަކަދައްކަވާފަ އެއް ނުވެ އެވެ. ޕީޕީއެމްގެ ރައީސް އަދި ހުދުމުހުތާރު ވެރިކަމެއް ކުރެއްވިކަމަށް ރައްޔިތުން ގަބުލުކުރާ އަބްދުﷲ ޔާމީންގެ ވެރިކަމުގެ 5 އަހަރު ނިމުގެންދިޔައިރު، ޝިޔާމްވެސް އަދި ޕީޕީއެމްގެ އެއްވެސް އިސް ފަރާތަކުން ލުތުފީ ރާއްޖެ ނުގެނެވިގެން ކަންބޮޑުވުން ފާޅުކޮށްފައެއް ނުވެ އެވެ.

ލުތުފީ ރާއްޖެ ގެނައުމުގެ މަސައްކަތް ކުރަމުންގެންދަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުންނެވެ. އަދި އެމަނިކުފާނުގެ ސަރުކާރުގެ އިސްވެރިން ވަނީ ލުތުފީ ރާއްޖެ ގެންނާނެކަމުގެ ޔަޤީންކަން ރައްޔިތުންނަށް އަރުވާފަ އެވެ.

1988 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 3 ވަނަ ދުވަހު ރާއްޖެއަށް ދިން ރަހުމްކުޑަ އުދުވާނީ ހަމަލާގައި 19 ދިވެއްސަކު ޝަހީދު ކޮށްލިއެވެ. ލުތުފީ އިސްކޮށް ހުރެ މިހަމަލާއާ ގުޅިގެން ލުތުފީ މަރަން ހުކުމްކުރިއެވެ. ނަމަވެސް އޭރުގެ ސަރުކާރުން އޭނާގެ އަދަބު ލުއިކޮށްދެއްވައި އުމުރު ދުވަހުގެ ޖަލުހުކުމަކަށް ބަދަލުކުރިއެވެ.

އިތުރަށް ކިޔާލަން

13 ޖެނުއަރީ 2017

ހިތުހުރި ގޮތެއް ހަދަން ދޫކޮށްލައިފި ނަމަ ރިޔާސީ އިންތިޚާބުގައި ހިތާމަކުރަން ޖެހޭނެ: ޝިދާތާ

13 ޖެނުއަރީ 2017
ހިތުހުރި ގޮތެއް ހަދަން ދޫކޮށްލައިފި ނަމަ ރިޔާސީ އިންތިޚާބުގައި ހިތާމަކުރަން ޖެހޭނެ: ޝިދާތާ
12 ޖެނުއަރީ 2017

ގެއްލިގެން ހޯދަމުން ދިޔަ ސްރީލަންކާގެ މަސްބޯޓް ފެނިއްޖެ، އެކަކުގެ ހާލު ދެރަ: އެމްއެންޑީއެފް

12 ޖެނުއަރީ 2017
ގެއްލިގެން ހޯދަމުން ދިޔަ ސްރީލަންކާގެ މަސްބޯޓް ފެނިއްޖެ، އެކަކުގެ ހާލު ދެރަ: އެމްއެންޑީއެފް
12 ޖެނުއަރީ 2017

ކައުންސިލް އިންތިހާބު ހިލާލުމަށް ހިންގާ ޖަރީމާތަކާ ދެކޮޅު ހަދަންޖެހޭ: އަމީން އިބްރާހިމް

12 ޖެނުއަރީ 2017
ކައުންސިލް އިންތިހާބު ހިލާލުމަށް ހިންގާ ޖަރީމާތަކާ ދެކޮޅު ހަދަންޖެހޭ: އަމީން އިބްރާހިމް
12 ޖެނުއަރީ 2017

ސިވިލް ސާވިސް މުވައްޒިފުންނަށް ވެސް އެލަވަންސް ދޭންޖެހޭ:އަބްދުﷲ ރިޔާޒު

12 ޖެނުއަރީ 2017
ސިވިލް ސާވިސް މުވައްޒިފުންނަށް ވެސް އެލަވަންސް ދޭންޖެހޭ:އަބްދުﷲ ރިޔާޒު
09 ޖެނުއަރީ 2017

އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން އިސްތިއުފާދެއްވަންޖެހޭ: އަލީ ޒާހިރު

09 ޖެނުއަރީ 2017
އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން އިސްތިއުފާދެއްވަންޖެހޭ: އަލީ ޒާހިރު
08 ޖެނުއަރީ 2017

މައުލޫމާތު ފެތުރުމުގެ ފުރިހަމަ ބާރާއި ކޮންޓްރޯލް އޮންނަން ޖެހޭނީ ދައުލަތުގައި: އިކުރާމް

08 ޖެނުއަރީ 2017
މައުލޫމާތު ފެތުރުމުގެ ފުރިހަމަ ބާރާއި ކޮންޓްރޯލް އޮންނަން ޖެހޭނީ ދައުލަތުގައި: އިކުރާމް
08 ޖެނުއަރީ 2017

އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ

08 ޖެނުއަރީ 2017
އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ
07 ޖެނުއަރީ 2017

06 ޖެނުއަރީ 2017

ޕީޕީއެމް ބައިވެރިނުވިނަމަވެސް އޭޕްރިލް ގައި އިންތިހާބު ބާއްވަންޖެހޭނެ: ނިޔާޒް

06 ޖެނުއަރީ 2017
ޕީޕީއެމް ބައިވެރިނުވިނަމަވެސް އޭޕްރިލް ގައި އިންތިހާބު ބާއްވަންޖެހޭނެ: ނިޔާޒް
06 ޖެނުއަރީ 2017

ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި

06 ޖެނުއަރީ 2017
ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު