Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމަނަފަރު ރިސޯޓް

މަނަފަރު ރިސޯޓް މައްސަލަ ހައްލު ކުރުމަށް ޓޫރިޒަމް މިނިސްޓަރ އެ ރިސޯޓަށް

މަނަފަރު ރިސޯޓްގައި ދިވެހިންގެ ރޭޝިއޯ 60 އިންސައްތައަށްވުރެ މަތި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 30 ޖޫން 2019 | އާދީއްތަ 12:36
ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު މީޑިއާއަށް މައުލޫމާތުދެއްވަނީ

ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު މީޑިއާއަށް މައުލޫމާތުދެއްވަނީ

މަނަފަރު ރިސޯޓުގެ މުވައްޒަފުންތަކެއް ވަޒީފާއިން ވަކިކުރަން ނިންމުމާ ގުޅިގެން އުފެދުނު ހަމަނުޖެހުންތައް ހައްލު ކުރުމަށް ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު އެ ރިސޯޓަށް ވަޑައިގަންނަވަން ނިންމަވައިފިއެވެ.

ހއ. އަތޮޅުގައި އޮންނަ މަނަފަރު ރިސޯޓުގެ ވިޔަފާރި ދަށްވުމުގެ ސަބަބުން ގިނަ އަދަދެއްގެ މުވައްޒަފުންތަކެއް ވަޒީފާއިން ވަކި ކުރަން ނިންމުމާ ގުޅިގެން ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު އާދިއްތަ ދުވަހު އެރަށަށް ވަޑައިގަތުމަށް ނިންމަވާފައިވާއިރު، އެކަމާ ގުޅޭގޮތުން މީޑިއާއަށް މައުލޫމާތު ދެއްވަމުން މިނިސްޓަރ ވިދާޅުވީ، އެ މައްސަލަ ބަލަން ނިންމާފައިވަނީ މިނިސްޓްރީގެ އަމިއްލަ އިސްނެގުމުގެ މަތިން ކަމަށާއި، އެކަން ހިނގާފައިވާ ގޮތް ރަނގަޅަށް ބައްލަވާނެ ކަމަށެވެ.

މިނިސްޓަރ އެހެން ވިދާޅުވެފައިވާއިރު، މި އަހަރު އެ ރިސޯޓުގެ މާލީ ހާލަތު ދައްވެ ރިސޯޓުގެ ބައެއް ކަންކަން ރީސްޓްރަކްޗަރ ކުރުމުގެ އިތުރުން ބައެއް މަގާމުތައް އުވާލަން ޖެހިފައިވާ ކަމަށް މެނޭޖްމަންޓުން މުވައްޒަފުންނަށް އަންގާފައިވާ ކަމަށް ބައެއް މީޑިއާ ތަކުގައި ވަނީ ރިޕޯރޓް ކޮށްފައެވެ. އަދި އެކަމާ ގުޅިގެން ރިސޯޓުގެ މުވައްޒަފުން ވަނީ ބަނޑުހައި ހޫނު ކަމުގެ ހަޅުތާލެއްވެސް ކޮށްފައެވެ.

އެކަމާ ގުޅޭގޮތުން މިނިސްޓަރ ވިދާޅުވީ، ރިސޯޓުގެ ވިޔަފާރި ދަށްވެ "ރިޑަންޑެންސީ"ގެ ހާލަތަށް ގޮސްފައިވާ ކަމަށް ލިބިފައިވާ މައުލޫމާތު ކަށަވަރު ކުރައްވާނެ ކަމަށެވެ. އަދި އެފަދަ ހާލަތެއްގައި ރިސޯޓުގެ މަސްލަހަތާއި، މުވައްޒަފުންގެ މަސްލަހަތު ނުގެއްލޭ ގޮތަށް ޤާނޫނާއި ޤަވާއިދު ތަކުގެ ތެރެއިން ހައްލެއް ގެނައުމަށް މަސައްކަތް ކުރައްވާނެ ކަމަށް މިނިސްޓަރ ވިދާޅުވި އެވެ.

މިދިޔަ އަހަރު އޯގަސްޓު މަހުގެ މިނިސްޓްރީގެ އިންސްޕެކްޝަން ރިކޯޑްތައް ދައްކާގޮތުން މަނަފަރު ރިސޯޓްގައި ދިވެހިންގެ ރޭޝިއޯ 60 އިންސައްތައަށްވުރެ މަތި އެވެ. މިނިސްޓަރ ވދާޅުވީ މިއަހަރު ފެބްރުއަރީގައި ހެދުނު ސޭފްޓީ އޮޑިޓްއިން ދައްކާގޮތުން އެ ރިސޯޓުގައި 56 އިންސައްތަ ދިވެހިންގެ ރޭޝިއޯ ހިފެހެއްޓިފައިވާ ކަމަށެވެ.

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް
09 ޖެނުއަރީ 2017

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު
08 ޖެނުއަރީ 2017

ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

08 ޖެނުއަރީ 2017
ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ
08 ޖެނުއަރީ 2017

މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

08 ޖެނުއަރީ 2017
މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!
08 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

08 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު