Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއިތިއޯޕިއާ

އިތިއޯޕިއާގެ ސިފައިންގެ ވެރިޔާގެ ގަޔަށް ބޮޑީގާޑަކު ބަޑިޖަހައި އަވަހާރަކޮށްލައިފި

އަސްކަރިއްޔާގެ ވެރިޔާ އަވަހާރަކޮށްލީ ބަޣާވާތްކުރަން އުޅުނު ބަޔަކު

އަބުދުﷲ މުހައްމަދު
އަބުދުﷲ މުހައްމަދު | 23 ޖޫން 2019 | އާދީއްތަ 18:19
ޖެނެރަލް ސިއަރޭ އަވަހާރަކޮށްލާފައިވަނީ ހޮނިހިރު ދުވަހު ހަވީރު

ޖެނެރަލް ސިއަރޭ އަވަހާރަކޮށްލާފައިވަނީ ހޮނިހިރު ދުވަހު ހަވީރު

އިތިއޯޕިއާގެ ސިފައިންގެ ވެރިޔާ ޖެނެރަލް ސިއަރެ މިކޮނެންގެ ގަޔަށް އޭނާގެ އަމިއްލަފުޅު ބޮޑީގާޑަކު ބަޑިޖަހައި ވެރިރަށް އަދިސް އަބާ އަވަހާރަކޮށްލައިފިއެވެ

ބޮޑުވަޒީރު އަބީ އަހްމަދު ވިދާޅުވީ އޭނާއާއި އިތުރު އޮފިސަރަކު އަވަހާރަވީ އިތިއޯޕިއާގެ އުތުރުގެ ސަރަހައްދުގައި ސަރުކާރާ ދެކޮޅަށް ގެންނަން އުޅުނު ބަޣާވާތެއް ހުއްޓުވުމަށް މަސައްކަތްކުރުމުގެ ތެރެއިންކަމަށެވެ.

ޖެނެރަލް ސިއަރޭ އަވަހާރަކޮށްލާފައިވަނީ ހޮނިހިރު ދުވަހު ހަވީރު އޭނާގެ ގެކޮޅުގައި ޖެނެރަލް ގެޒާއީ އަބޭރާއާވެސް އެކުގައެވެ.

ސިފައިންގެ ވެރިޔާ އަވަހާރަކޮށްލި ބޮޑީގާޑު މިހާރުވަނީ ހައްޔަރުކޮށްފައިކަމަށް ބޮޑުވަޒީރުގެ އޮފީހުގެ މީޑިއާއިން މައުލޫމާތުދެއެވެ.

ބޮޑުވަޒީރުވަނީ ޓީވީ މެދުވެރިކޮށް ޚިތާބެއް ދެއްވައި ގައުމު ބައިބައި ކުރަން އުޅޭ މީހުންގެ ކުރިމަތީގައި އެއްބައިވަންތަކަން ދެއްކުމަށް ގޮވާލައްވާފައެވެ.

ސަރުކާރުންވަނީ ހާލަތު ހަމަޔަކަށް އަޅުވައި ކޮންޓްރޯލް ނެގިފައިވާކަމަށް ބުނެފައެވެ.

އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުންވަނީ އަދިސް އަބާބާގައި ތިބި އެ ގައުމުގެ މުވައްޒަފުން ގެއިން ނުނިކުތުމަށް އަންގާފައެވެ.

އިތިއޯޕިއާގެ އަމްހާރާއާއި އެހެނިހެން ހިސާބުތަކަށް މި ވޭތުވެދިޔަ އަހަރުތަކުގައިވަނީ ދީނީ ހަމަނުޖެހުންތަކުގެ އަސަރުކޮށްފައެވެ.

މިހާރުގެ ބޮޑުވަޒީރު އަބީ މިދިޔަ އަހަރު އިންތިޚާބުވެ ވަޑައިގަތީއްސުރެ ގެންދަވަނީ ސިޔާސީ ހަތުރުވެރިކަން ނައްތާލުމަށްޓަކައި ސިޔާސީ ކުށްވެރިން ދޫކޮށް ސިޔާސީ ޕާޓީތައް މަނާކުރެވިފައި އޮތް އޮތުން ނިމުމަކަށް ގެނެސް އިންސާނީ ހައްގުތަކަށް އަރައިގެންފައިވާކަމަށް ތުހުމަތުކުރެވޭ މީހުންގެ މައްޗަށް ދައުވާކުރަމުންނެވެ.

އެފްރިކާގައި އެންމެ ދުވަސްވީ މިނިވަން ގައުމުގެ ގޮތުގައި އޮތް އިތިއޯޕިއާއަކީ ނައިޖީރިއާއަށްފަހު އެ ބައްރުގައި އެންމެ އާބާދީ ބޮޑުވެސް ގައުމެވެ.

އާބާދީގައި 102.5 މިލިއަން މީހުން އުޅޭއިރު 80 އަށްވުރެ ގިނަ ދީނީ ފިކުރުތަކަށް މީހުން ބެހިފައިވެއެވެ.

އިތުރަށް ކިޔާލަން

01 ޖޫން 2017

ފިލިޕިންސް ސިފައިންނަށް އޮޅިގެން އެގައުމުގެ ސިފައިންގެ 10 މީހުން މަރާލެވިއްޖެ

01 ޖޫން 2017
ފިލިޕިންސް ސިފައިންނަށް އޮޅިގެން އެގައުމުގެ ސިފައިންގެ 10 މީހުން މަރާލެވިއްޖެ
22 މެއި 2017

ސީރިޔާގެ ހޮމްސް ސަރުކާރު ސިފައިންގެ ކޮންޓްރޯލްގެ އަތްދަށަށް ގެނެސްފި

22 މެއި 2017
ސީރިޔާގެ ހޮމްސް ސަރުކާރު ސިފައިންގެ ކޮންޓްރޯލްގެ އަތްދަށަށް ގެނެސްފި
24 އެޕްރީލު 2017

އަފްޣާނިސްތާނު ސިފައިންގެ އިސްވެރިޔާ އިސްތިއުފާ ދެއްވައިފި

24 އެޕްރީލު 2017
އަފްޣާނިސްތާނު ސިފައިންގެ އިސްވެރިޔާ އިސްތިއުފާ ދެއްވައިފި
24 އެޕްރީލު 2017

އަފްޣާންގެ އަސްކަރީ ބޭހަށް ދިން ހަމަލާގައި މަރުވި ސިފައިންގެ އަދަދު 100 އަށް އަރައިފި

24 އެޕްރީލު 2017
އަފްޣާންގެ އަސްކަރީ ބޭހަށް ދިން ހަމަލާގައި މަރުވި ސިފައިންގެ އަދަދު 100 އަށް އަރައިފި
23 މާރިޗު 2017

ޕުޓިންއާ ދެކޮޅު ރަޝިޔާގެ ކުރީގެ އެމް.ޕީ އެއްގެ ގަޔަށް ބަޑިޖަހާ މަރާލައިފި

23 މާރިޗު 2017
ޕުޓިންއާ ދެކޮޅު ރަޝިޔާގެ ކުރީގެ އެމް.ޕީ އެއްގެ ގަޔަށް ބަޑިޖަހާ މަރާލައިފި
09 މާރިޗު 2017

އެމެރިކާ އަސްކަރިއްޔާގެ 1000 ސިފައިންގެ ފައުޖެއް ކުވައިތަށް ފޮނުވަން އެމެރިކާ އިން ވިސްނަނީ

09 މާރިޗު 2017
އެމެރިކާ އަސްކަރިއްޔާގެ 1000 ސިފައިންގެ ފައުޖެއް ކުވައިތަށް ފޮނުވަން އެމެރިކާ އިން ވިސްނަނީ
13 ފެބުރުއަރީ 2017

ގެމްބިއާގެ ރައީސް އަޑަމާ ބަރޯ ނަމާދަށް ވަޑައިގެންނެވި މިސްކިތުގައި ފިސްތޯލައެއް ހިފައިގެންހުރި ސިފައިންގެ މީހަކު ހައްޔަރު ކޮށްފި

13 ފެބުރުއަރީ 2017
ގެމްބިއާގެ ރައީސް އަޑަމާ ބަރޯ ނަމާދަށް ވަޑައިގެންނެވި މިސްކިތުގައި ފިސްތޯލައެއް ހިފައިގެންހުރި ސިފައިންގެ މީހަކު ހައްޔަރު ކޮށްފި
10 ފެބުރުއަރީ 2017

ރަޝިއާގެ ވައިގެ ހަމަލާއެއްގައި ތުރުކީގެ ސިފައިންގެ ތިން މީހުން މަރުވެއްޖެ

10 ފެބުރުއަރީ 2017
ރަޝިއާގެ ވައިގެ ހަމަލާއެއްގައި ތުރުކީގެ ސިފައިންގެ ތިން މީހުން މަރުވެއްޖެ
30 ޖެނުއަރީ 2017

ޓްރަމްޕުގެ ވެރިކަމުގައި މަރުވި ފުރަތަމަ އެމެރިކާ ސިފައިންގެ މީހާ ޔަމަނުގައި މަރުވެއްޖެ

30 ޖެނުއަރީ 2017
ޓްރަމްޕުގެ ވެރިކަމުގައި މަރުވި ފުރަތަމަ އެމެރިކާ ސިފައިންގެ މީހާ ޔަމަނުގައި މަރުވެއްޖެ
04 ޖެނުއަރީ 2017

ބަންގްލަދޭޝް މަޖިލިސް މެމްބަރެއް ގަޔަށް ބަޑިޖަހާ އަވާހަރަކޮށްލައިފި

04 ޖެނުއަރީ 2017
ބަންގްލަދޭޝް މަޖިލިސް މެމްބަރެއް ގަޔަށް ބަޑިޖަހާ އަވާހަރަކޮށްލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު