Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުމަގޭ ރިޕޯޓު

ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅުއްވުމަށް ފަހު، ޑރ. ޖަމީލް ފަނޑިޔާރު ދީދީގެ ދިފާއުގައި!

ޑރ. ޖަމީލް، ސުޕްރީމް ކޯޓަށް މައްސަލައެއް ހުށަހަޅުއްވާފައިވޭ

އަބުދުﷲ ނަސީރު އިބްރާހިމް
އަބުދުﷲ ނަސީރު އިބްރާހިމް | 22 ޖޫން 2019 | ހޮނިހިރު 09:04
ޖޭއެސްސީން ކުރިއަށްގެންދިޔަ ތަހުޤީޤްގެ ތެރެއިން

ޖޭއެސްސީން ކުރިއަށްގެންދިޔަ ތަހުޤީޤްގެ ތެރެއިން

ސުޕްރީމް ކޯޓުުގެ ފަނޑިޔާރު އަބްދުﷲ ދީދީގެ ސުލޫކީ މައްސަލަތައް ބެލުމަށް ކުރިއަށްގެންދިޔަ ތަހުޤީޤް ބައްދަލުވުމުގައި ފަނޑިޔާރު ދީދީގެ ދިފާއީ ވަކީލެއްގެ ގޮޮތުގައި ވަޑައިގެންނެވި އެއް ބޭފުޅަކީ ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުުމަދު އެވެ. އާންމުކޮށް ހުޅުވާލައިގެން ކުރިއަށްގެންދިޔަ އެ ތަހުޤީޤް ބައްދަލުވުމުގައި އަޑުގަދަކުރައްވައި، ޑރ. ޖަމީލް ރުންކުރު ގޮތަކަށް ވިދާޅުވަމުން ގެންދެވީ މައްސަލަ ބަލާ ކޮމެޓީގެ ބައްދަލުވުމުގައި ތިބި ބޭފުޅުންނަށް އެ ކޮމެޓީގައި ނުތިއްބެވޭނެ ކަމަށާއި، އެ ބޭފުޅުންގެ މަސްލަހަތު ފުށުއަރާ ކަމަށެވެ. ސަބަބެއް ކަމަށް ވިދާޅުވަމުން ގެންދެވީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވަކީލުންގެ ޓީމުގައި ދެ ބޭފުޅަކު ހިމެނިވަޑައިގަންނަވާތީ ކަމަށެވެ.

ޑރ. ޖަމީލް އެގޮތަށް އަޑުގަދަކުރައްވަމުން ގެންދެވިއިރު ހަނދާނުގައި ނެތް ކަމަކީ، ފަނޑިޔާރު ދީދީގެ ދިފާއީ ވަކީލެއްގެ ގޮތުގައި ޑރ. ޖަމީލްގެ ވެސް މަސްލަހަތު ފުށުއަރާ މިންވަރު އެވެ.

ޑރ. ޖަމީލް ވަނީ ނިމުނު އޭޕްރީލް މަހުގެ ތެރޭގައި އެމަނިކުފާނު ނައިބު ރައީސްކަމުން ވަކިކުރި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅުއްވާފަ އެވެ. ޖަމީލް ހުށަހެޅުއްވި އެ މައްސަލާގައި ވިދާޅުވެފައި ވަނީ ރައްޔިތުންގެ ވޯޓަކުން ނައިބު ރައީސަކަށް އިންތިޚާބުކޮށްފައި ވަނިކޮށް، ރައްޔިތުންގެ މަޖިލީހަށް އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހަޅައި މަގާމުން ދުރުކުރީ ދޮގު އިލްޒާމްތަކަކާ އެކު ގާނޫނުއަސާސީއާ ޚިލާފަށް ކަމަށެވެ. އެ މައްސަލާގައި ޑރ. ޖަމީލް އެދިވަޑައގެންފައި ވަނީ އެމަނިކުފާނު މަޤާމުން ވަކިކުރެވީ ޤާނޫނު އަސާސީއާ ހިލާފަށް ކަމަށް ކަނޑައަޅައިދެއްވުމަށެވެ.

ސުޕްރީމް ކޯޓަށް މައްސަލައެއް ހުށަހެޅުއްވުުމަށް ފަހު، އެ ކޯޓުގެ ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑައިގަންނަވާ ފަނޑިޔާރަކާ ގުޅޭ ގޮތުން ބޮޑެތި ތުހުމަތުތަކެއް ކުރެވުނު ވަގުތު، އެ ފަނޑިޔާރުގެ ދިފާއީ ވަކީލެއްގެ ގޮތުގައި މަސައްކަތްކުރެއްވުމަކީ މަސްލަހަތު ފުށުއަރާނެ ކަމެއް ކަމަށް ބެލުމުގެ ފުރުސަތު މާބޮޑު އެވެ. އެހެނީ ފަނޑިޔާރުގެ ދިފާއީ ވަކީލެއްގެ ގޮތުގައި ޑރ. ޖަމީލް މަސައްކަތްކުރެއްވުމަކީ، އެމަނިކުފާނު ހުށަހަޅުއްވާފައިވާ މައްސަލާގައި ބޭނުންފުޅުވާ ވަކި ނަތީޖާއެއް ނެރުމަށް ކުރައްވާ ކަމެއް ކަމަށް ތުހުމަތުކުރުމުގެ ފުރުސަތު ބޮޑުވުމުންނެވެ.

ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތާއި، ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސެއިން، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ޤާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގެންފައިވަނީ ކުރީގެ ތާރީހްތަކެއްގަ އެވެ. އަދި ހުށަހެޅިފައިވާ މައްސަލަތަކާއި، އެ ބޭފުޅުން މާކުރީގައި ވަކި ބޭފުޅުގެ ޤާނޫނީ ވަކީލުކަން ކުރެއްވުމާއި މާބޮޑު ގުޅުމެއް ވެސް ނެތެވެ. ނަމަވެސް ޑރ. ޖަމީލް ހުށަހެޅުއްވި މައްސަލަ ގޮތެއް ނުނިމި އަދިވެސް ސުޕްރީމް ކޯޓުގައި އެބައޮތެވެ. އެއީ މި ވަގުތުގައި ވެސް ހިނގަ ހިނގާ އޮތް ކަމެެކެވެ. އެހެންކަމުން އެ މައްސަލަ ޑރ. ޖަމީލް ބޭނުންފުޅުވާ ގޮތަށް ނިންމެވުމަށް ފަނޑިޔާރު އަބްދުﷲ ދީދީ އަށް ނުފޫޒު ފޯރުވުމުގެ ފުރުސަތު އެބަ އޮތެވެ.

މި މިންވަރުން ވެސް މައްސަލާގައި މައްސަލަ ފުށުއެރުން އޮތީ، ކޮން ބޭފުޅެއްގެ ކިހާ ހިސާބަކުންކަން އެބަ އެނގެ އެވެ.

ތަހުޤީޤް މަރުހަލާގައި އަޑުގަދަކޮށް، ހުތުރުކޮށް އުޅުއްވުމުގެ ހަޤީޤަތުގައި ދިފާއީ ވަކީލެއްގެ ޒިންމާ ނަންގަވައިގެން، މަސައްކަތްކުރުން މާރަނގަޅުވާނެ އެވެ. ކުރެވޭ ސުވާލުތަކަށް ޖަވާބުދެއްވައި، ތަހުޤީޤަށް އެއްބާރުލުން ދެއްވުމުން، ރައްޔިތުންގެެ ކޮންމެވެސް ވަރެއްގެ އިހުތިރާމެއް ލިބުމުގެ ފުރުސަތު އެބައޮތެވެ.

މިއަދުގެ ހަޤީޤަތަކީ ޑރ. ޖަމީލަކީ، ރައްޔިތުންގެ އިތުބާރާއި، ލޯބި ލިބިވަޑައިގެންފައިވާ ބޭފުޅެއް ނޫޫން ކަމެވެ. ނިމުނު ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އާދައިގެ ޖަމިއްޔާއެއްގެ އިންތިހާބެއްގައި ވެސް ލިބޭ ވަރަށް ޑރ. ޖަމީލަސް ވިލިމާލެ އިން ވޯޓު ނުލިބުމަކީ އޭގެ އެއް ހެއްކެވެ. ދެ އިރު ދެ ދަޅައަށް އެނބުރޭ ވަހުތާނެއްހެން ޕާޓީ ބަދަލުކުރެއްވުމާއި ދެ އަނގައިން ވާހަކަ ދެއްކެވުމާއި އިންތިހާބުވިޔަސް ވެރިކަން ހަވާލުނުކުރައްވާނެ ކަމަށް ވިދާޅުވުން ފަދަ ގާނޫނާ ހިލާފު ކަންކަން ކުރައްވާނެ ކަމުގެ އިންޒާރު ދެއްވާ ބޭފުޅަކު މަސްލަހަތުގެ ވާހަކަ ދައްކަވާ އިރު އަމިއްލަ ނަފްސާ މެދު ވިސްނާލުން ބުއްދިވެރިއެވެ.

އިތުރަށް ކިޔާލަން

07 ޖޫން 2017

ގަތަރުގެ މައްސަލައަށް މަތިންބައިން ޖެހިގެން ވަނުމުން ރާއްޖޭގެ ނަން ހުތުރު ވަނީ!

07 ޖޫން 2017
ގަތަރުގެ މައްސަލައަށް މަތިންބައިން ޖެހިގެން ވަނުމުން ރާއްޖޭގެ ނަން ހުތުރު ވަނީ!
03 ޖޫން 2017

ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގައި ދައުލަތުގެ ޒިންމާ!

03 ޖޫން 2017
ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގައި ދައުލަތުގެ ޒިންމާ!
05 އެޕްރީލު 2017

ގައުމީ ވޮލީ ޓީމާއި އެސޯސިއޭޝަނަށް ދިމާވެގެން މިއުޅެނީ ކޮން މައްސަލައެއް؟

05 އެޕްރީލު 2017
ގައުމީ ވޮލީ ޓީމާއި އެސޯސިއޭޝަނަށް ދިމާވެގެން މިއުޅެނީ ކޮން މައްސަލައެއް؟
03 އެޕްރީލު 2017

ދިގު އިންތިޒާރަކަށް ފަހު ކުޑަ ހުސެން އަޔަން މޭންއަކަށް

03 އެޕްރީލު 2017
ދިގު އިންތިޒާރަކަށް ފަހު ކުޑަ ހުސެން އަޔަން މޭންއަކަށް
12 މާރިޗު 2017

ރެހެންދި ހަދީޖާ އަށް ފަހު، "ރެހެންދި ފާތުމަ"!

12 މާރިޗު 2017
ރެހެންދި ހަދީޖާ އަށް ފަހު، "ރެހެންދި ފާތުމަ"!
03 މާރިޗު 2017

"ރާއްޖޭގެ ޕްރިޔަންކާ" އެންމެ ފަހުން ބައިނަލްއަގުވާމީ މަޖައްލާއަކަށް

03 މާރިޗު 2017
"ރާއްޖޭގެ ޕްރިޔަންކާ" އެންމެ ފަހުން ބައިނަލްއަގުވާމީ މަޖައްލާއަކަށް
02 މާރިޗު 2017

މަގޫދޫ ދޮން އައިމިނަ: ބޭނުންވަނީ މިނިވަން ދިވެހިރާއްޖެއެއްގެ ފަސްގަނޑަށް ފަހު ނޭވާލާން

02 މާރިޗު 2017
މަގޫދޫ ދޮން އައިމިނަ: ބޭނުންވަނީ މިނިވަން ދިވެހިރާއްޖެއެއްގެ ފަސްގަނޑަށް ފަހު ނޭވާލާން
19 ފެބުރުއަރީ 2017

19 އަހަރު ފަހުން ވެސް "އަމާނާތަށް" ބެލުންތެރިންގެ ބޮޑު ތަރުހީބެއް

19 ފެބުރުއަރީ 2017
19 އަހަރު ފަހުން ވެސް "އަމާނާތަށް" ބެލުންތެރިންގެ ބޮޑު ތަރުހީބެއް
16 ފެބުރުއަރީ 2017

ކުށްމަދު، އެކަމަކު ރޭވިގެން ހިންގާ ހިޔާނާތާއި ވައްކަމުގެ މައްސަލަތައް ވަނީ ގިނަވެފަ

16 ފެބުރުއަރީ 2017
ކުށްމަދު، އެކަމަކު ރޭވިގެން ހިންގާ ހިޔާނާތާއި ވައްކަމުގެ މައްސަލަތައް ވަނީ ގިނަވެފަ
11 ޖެނުއަރީ 2017

ލާމަރުކަޒީ ނިޒާމު ކަފުންކޮށް ވަޅުލުމަށް ފަހު، ޕީޕީއެމް ލާމަރުކަޒީ އިންތިހާބަށް!

11 ޖެނުއަރީ 2017
ލާމަރުކަޒީ ނިޒާމު ކަފުންކޮށް ވަޅުލުމަށް ފަހު، ޕީޕީއެމް ލާމަރުކަޒީ އިންތިހާބަށް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު