Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ޔޫރޯ ކޮލިފައިން

ޔޫރޯ ކޮލިފައިން: ބެލްޖިއަމް އާއި ޖަރުމަނަށް މުހިންމު މޮޅެއް

މޮޅުވީ ކަޒަކިސްތާންއާ ވާދަކޮށް 0-3 ގެ ނަތީޖާއަކުން

ލީވާން އަލީ
ލީވާން އަލީ, ރާއްޖެ އެމްވީ | 9 ޖޫން 2019 | އާދީއްތަ 04:51
ބެލްޖިއަމް އަދި ކަޒަކިސްތާން ބައްދަލުކުރި މެޗުގެ ތެރެއިން

ބެލްޖިއަމް އަދި ކަޒަކިސްތާން ބައްދަލުކުރި މެޗުގެ ތެރެއިން

ޔޫރޯ ކޮލިފައިންގައި ބެލްޖިއަމް އާއި ޖަރުމަނުން މުހިންމު މޮޅެއް ހޯދައިފިއެވެ.

ހޮނިހިރު ދުވަހުގެ ރޭ ކުޅުނު މެޗުން ގްރޫޕް އައިގައި ހިމެނޭ ބެލްޖިއަމް މޮޅުވީ ކަޒަކިސްތާންއާ ވާދަކޮށް 0-3 ގެ ނަތީޖާއަކުންނެވެ.

ބެލްޖިއަމްގައި ކުޅުނު މި މެޗު ފެށިގެން 11 ވަނަ މިނެޓުގައި އެޓީމުން ވަނީ ލީޑު ނަގާފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ކެޕްޓަން އެޑެން ހަޒާޑްގެ އެހީތެރިކަމާއެކު މާޓެންސްއެވެ.

ބެލްޖިއަމްއިން ލީޑު ފުޅާކުރީ 14 ވަނަ މިނެޓުގައެވެ. މި ލަނޑު މާޓެންސްގެ އެހީތެރިކަމާއެކު ކާމިޔާބުކުރީ ކަސްޓަންގްއެވެ. ފުރަތަމަ ހާފް ނިމުމުގެ ކުރިންވެސް ބެލްޖިއަމްއަށް ވަނީ ލީޑު އިތުރަށް ފުޅާކުރުމަށް ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ.

ދެވަނަ ހާފް ފެށިގެންވެސް ރަނގަޅަށް ކުޅެމުންދިޔައީ ބެލްޖިއަމްއިންނެވެ. އެގޮތުން އެޓީމަށް ވަނީ ފުލުފުލުގައި ލަނޑު ޖެހުމަށް ފުރުސަތުތައް ލިބި ބޭކާރުވެފައެވެ.

ބެލްޖިއަމްގެ ތިންވަނަ ލަނޑު 50 ވަނަ މިނެޓުގައި ކާމިޔާބުކުރީ މެންޗެސްޓަރ ޔުނައިޓެޑަށް ކުޅެމުން އަންނަ ރޮމެލޫ ލުކާކޫއެވެ. މިއީ އޭނާ ގައުމީ ޓިމަށް ކާމިޔާބުކޮށްދިން 45 ވަނަ ލަނޑެވެ.

މި ގްރޫޕްގައި ހިމެނޭ ރަޝިއާއިން ސެން މެރީނޯގެ މައްޗަށް 0-9 ގެ ތަފާތުބޮޑު ނަތީޖާއަކުން ކުރިހޯދާފައިވާއިރު، ސްކޮޓްލޭންޑުން ވަނީ 1-2 ގެ ނަތީޖާއަކުން ސައިޕްރަސްގެ މައްޗަށް ކުރިހޯދާފައެވެ.

ގްރޫޕް އައިގެ އެއްވަނައިގައި އޮތީ ނުވަ ޕޮއިންޓާއެކު ބެލްޖިއަމްއެވެ. ދެވަނައިގައި ހަ ޕޮއިންޓާއެކު ރަޝިއާ އޮތްއިރު، ރަޝިއާއާ އެއް އަދަދަކަށް ޕޮއިންޓް ހޯދައިގެން ލަނޑުގެ ތަފާތުން ތިންވަނައިގައި އޮތީ ސްކޮޓްލޭންޑެވެ.

ހޮނިހިރު ދުވަހުގެ ރޭ ގްރޫޕް ޖޭގައި ކުޅުނު މެޗުން ޖަރުމަން މޮޅުވީ ބެލަރުސްއާ ވާދަކޮށް 0-2 ގެ ނަތީޖާއަކުންނެވެ.

ބެލަރުސް ދަނޑުގައި ކުޅުނު މި މެޗު ފެށިގެން 12 ވަނަ މިނެޓުގައި ޖަރުމަނުން ވަނީ މެޗުގެ ލީޑު ނަގާފައެވެ. މި ލަނޑު ކިމިޗްގެ އެހީތެރިކަމާއެކު ކާމިޔާބުކުރީ ލިރޯއި ސާނޭއެވެ.

މި ލަނޑަށްފަހުވެސް ޖަރުމަނަށް ލަނޑު ޖެހުމަށް ގިނަ ފުރުސަތު ލިބިފައިވާއިރު، އެ ފުރުސަތުތަކުގެ ބޭނުން އެންމެ އެދެވޭ ގޮތެއްގައި އެޓީމަށް ހިފިފައެއް ނުވެއެވެ.

ދެވަނަ ހާފްގައިވެސް ޖަރުމަނަށް ލަނޑު ޖެހުމަށް ފުރުސަތުތަކެއް ލިބިފައިވާއިރު، މުޅި މެޗުގައިވެސް ބެލަރުސްއަށް ލަނޑު ޖެހުމަށް މާ އެދެވޭ ފުރުސަތެއް ލިބިފައެއް ނުވެއެވެ.

ޖަރުމަންގެ ދެވަނަ ލަނޑު 62 ވަނަ މިނެޓުގައި ޖިންޓާގެ އެހީތެރިކަމާއެކު ކާމިޔާބުކުރީ މާކޯ ރެއުސްއެވެ. މި ލަނޑަށްފަހުވެސް ޖަރުމަނަށް ވަނީ ލީޑު އިތުރަށް ފުޅާކުރުމަށް ފުލުފުލުގައި ފުރުސަތުތައް ލިބި ބޭކާރުވެފައެވެ.

މި ގްރޫޕްގައި ހިމެނޭ ނޮދަން އަޔަލޭންޑުން ވަނީ 1-2 ގެ ނަތީޖާއަކުން އެސްޓޯނިއާގެ މައްޗަށް ކުރިހޯދާފައެވެ.

މި ނަތީޖާއާއެކު ގްރޫޕްގެ އެއްވަނައިގައި އޮތީ ނުވަ ޕޮއިންޓާއެކު ނޮދަން އަޔަލޭންޑެވެ. ދެވަނައިގައި ހަ ޕޮއިންޓާއެކު ޖަރުމަން އޮތްއިރު، ތިންވަނައިގައި އޮތީ ތިން ޕޮއިންޓާއެކު ނެދަލޭންޑްސްއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޕްރިމިއާ ލީގު: ޗެލްސީ އާއި ލިވަޕޫލްގެ ކުރިމަތިލުން އެއްވަރުވިއިރު، އާސެނަލުން ފުރުސަތު ނަގާލައިފި

ޕްރިމިއާ ލީގު: ޗެލްސީ އާއި ލިވަޕޫލްގެ ކުރިމަތިލުން އެއްވަރުވިއިރު، އާސެނަލުން ފުރުސަތު ނަގާލައިފި

01 ފެބުރުއަރީ 2017
ތިމްޕޫއާއި އެއްވަރުކޮށް ވެލެންސިޔާއިން އުއްމީދު އާކޮށްފި

ތިމްޕޫއާއި އެއްވަރުކޮށް ވެލެންސިޔާއިން އުއްމީދު އާކޮށްފި

31 ޖެނުއަރީ 2017
ގްރިޒްމަން ހޯދުމަށް ޔުނައިޓެޑުން 80 މިލިއަން ޔޫރޯ ހުށަހަޅައިފި

ގްރިޒްމަން ހޯދުމަށް ޔުނައިޓެޑުން 80 މިލިއަން ޔޫރޯ ހުށަހަޅައިފި

31 ޖެނުއަރީ 2017
ސަންޗޭޒްގެ އާއި އާސެނަލްއާ ދެމެދު އަދިވެސް އެއްބަސްވުމަކަށް ނާދެވޭ!

ސަންޗޭޒްގެ އާއި އާސެނަލްއާ ދެމެދު އަދިވެސް އެއްބަސްވުމަކަށް ނާދެވޭ!

25 ޖެނުއަރީ 2017
ނިއު އާއި ގްރީން ސްޓްރީޓް ބައްދަލުކުރި އެކުވެރިކަމުގެ މެޗު އެއްވަރުވެއްޖެ

ނިއު އާއި ގްރީން ސްޓްރީޓް ބައްދަލުކުރި އެކުވެރިކަމުގެ މެޗު އެއްވަރުވެއްޖެ

24 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

12 ފެބުރުއަރީ
ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި
20251 އަހަރު ކުރިން
ރާއްޖެ

ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!
20242 އަހަރު ކުރިން
މީހުން

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!
20233 އަހަރު ކުރިން
ރިޕޯޓު

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން
20224 އަހަރު ކުރިން
ސިއްހަތު

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި
20197 އަހަރު ކުރިން
ރާއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު
20188 އަހަރު ކުރިން
ރިޕޯޓު

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު