Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމޯދީގެ ދަތުރުފުޅު 2019

މޯދީ އަށް ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިކަމުގެ ލަގަބު އަރުވަނީ

8 ޖޫން 2019 | ހޮނިހިރު 05:01

ރާއްޖެ ވަޑައިގަންނަވާނީ މެންދުރުގެ ވަގުތެއްގައި

އަލީ ސަމާޚް
އަލީ ސަމާޚް | 8 ޖޫން 2019 | ހޮނިހިރު 05:01
ރައީސް ސޯލިހު އިންޑިއާ އަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން

ރައީސް ސޯލިހު އިންޑިއާ އަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން

އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރާ މޯދީ އަށް ދިވެހި ދައުލަތުން ދެވޭ އެންމެ މަތީ ޝަރަފު ''ނިޝާން އިއްޒުއްދީން އިއްޒަތުގެ ވެރިކަން'' ގެ ލަގަބު އަރުވަން ހަމަޖެހިއްޖެއެވެ.

އިންޑިއާގެ ނޫސްތަކުގައި އޮފިޝަލަކާ ހަވާލާދީ ބުނީ، އިންޑިއާގެ ބޮޑުވަޒީރު މޯދީ ރާއްޖެއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި އެ މަނިކުފާނަށް އިހްތިރާމް އަދާކުރުމުގެ ގޮތުން ނިޝާން އިއްޒުއްދީންގެ ލަގަބު އަރުވަން ހަމަޖެހިފައިވާ ކަމަށެވެ.

Advertisement - newsAdvertisement

ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހީމް ހޫދު ވިދާޅުވީ، އެކަމާ ބެހޭ ގޮތުން ޖަވާބެއް ދެއްވާނީ 11 ގެ ފަހުން ކަމަށެވެ.

މޯދީ އަށް ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިކަމުގެ ލަގަބަކީ ރާއްޖޭގައި ގައުމެއްގެ އިސްވެރިޔަކަށް ދެވޭ އެންމެ މަތީ ލަގަބެކެވެ.

މިހާތަނަށް މި ޝަރަފް އެރުވުނު ހަމައެކަނި ބޭރުގެ އިއްޒަތްތެރިޔަކީ އިނގިރޭސި ރާނީ އެލިޒަބަަތު އެލެކްސް ސެންޑްރަރ މޭރީ (އެލިޒަަބަތު 2). އެކަމަނާއަށް މި ޝަރަފް އަރުވާފައިވަނީ 1972 ވަނަ އަހަރުގެ މާރޗް މަހު އެ ކަމަނާ ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގައެވެ.

ދެވަނަ ދައުރަކަށް ހޮވިވަޑައިގަތުމަށް ފަހު ގައުމުން ބޭރަށް ރާއްޖެއަށް ކުރައްވާ ދަތުރުފުޅުގައި އެމަނިކުފާނު ވަޑައިގަންނަވާނީ ހޮނިހިރު ދުވަހު މެންދުރުގެ 15:00 ގައެވެ.

ދިވެހި ސަރުކާރުން މޯދީ އަށް ހޫނު މަރުހަބާއެއް ކިޔަން ތައްޔާރުވެފައިވާއިރު މި ދަތުރުފުޅުގައި މުހިއްމު އެއްބަސްވުން ތަކެއްގައި ސޮއިކުރުމުގެ އިތުރުން އަދި ރައީސް ސޯލިހާ އެކު ޖޮއިންޓް ޕްރެސް ސްޓޭޓްމެންޓެއް ދެއްވުމަށް ވަނީ ހަމަޖެހިފައެވެ.

މޯދީގެ ދަރުފުޅުގައި އެންމެ ހާއްސަ ކަމެއްގެ ގޮތުގައި އޮތީ ރައްޔިތުންގެ މަޖިލީހުގައި ތަގްރީރު ކުރެއްވުމެވެ. އެމަނިކުފާނު މަޖިލީހުގައި ތަގްރީރު ކުރައްވާނީ 18:45 ގައެވެ. އެއަށް ފަހު މޯދީގެ ޝަރަފުގައި ރައީސް ސޯލިހު ދެއްވާ ފަރީކޮޅެއްގައި އެމަނިކުފާނު ބައިވެރިވެވަޑައިގަތުމަށް ވަނީ ތާވަލުކުރެވިފައެވެ.

ދެ ދުވަހުގެ ދަތުރުފުޅު ނިންމަވަލެއްވުމަށް ފަހު މޯދީ ދެން ވަޑައިގަންނަވަން ހަމަޖެހިފައިވަނީ އަވަށްޓެރި ސްރީލަންކާއަށެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

3

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

އިތުރަށް ކިޔާލަން

07 ޖޫން 2017

ނޫސްވެރިކަމުގެ އެވޯޑަށް ނަން ހުށައެޅުމުގެ މުއްދަތު އިތުރުކޮށްފި

07 ޖޫން 2017
ނޫސްވެރިކަމުގެ އެވޯޑަށް ނަން ހުށައެޅުމުގެ މުއްދަތު އިތުރުކޮށްފި
22 މެއި 2017

ފަތުރުވެރިކަމުގެ ސިނާއަތް ރައްކާތެރިކޮށް ދެމެހެއްޓުމަށް ދިރޭތަކެތީގެ ނަސްލުތައް ހިމާޔަތް ކުރަން ޖެހޭ: މިނިސްޓަރު ތޯރިގް

22 މެއި 2017
ފަތުރުވެރިކަމުގެ ސިނާއަތް ރައްކާތެރިކޮށް ދެމެހެއްޓުމަށް ދިރޭތަކެތީގެ ނަސްލުތައް ހިމާޔަތް ކުރަން ޖެހޭ: މިނިސްޓަރު ތޯރިގް
10 މެއި 2017

އެމްޑީޕީގެ ކެނޑިޑޭޓުންނަށް ވޯޓް ހޯދަދޭން އިއްޒަތުގެ ބައްޕަ މަސައްކަތް ކުރުމުން ކޯޑިނޭޓަރުކަމުން ވަކިކޮށްފި

10 މެއި 2017
އެމްޑީޕީގެ ކެނޑިޑޭޓުންނަށް ވޯޓް ހޯދަދޭން އިއްޒަތުގެ ބައްޕަ މަސައްކަތް ކުރުމުން ކޯޑިނޭޓަރުކަމުން ވަކިކޮށްފި
05 މެއި 2017

ދެކުނު އޭޝިއާ ސެޓެލައިޓަކީ ސާކްގެ ރައްޔިތުންގެ ބޭނުންތަކަށް ދޭ އަހައްމިއްޔަތުގެ މިސާލެއް: މޯދީ

05 މެއި 2017
ދެކުނު އޭޝިއާ ސެޓެލައިޓަކީ ސާކްގެ ރައްޔިތުންގެ ބޭނުންތަކަށް ދޭ އަހައްމިއްޔަތުގެ މިސާލެއް: މޯދީ
03 މެއި 2017

ރާއްޖޭގައި ނޫސްވެރިކަމުގެ މިނިވަންކަން ފުޅާ ދައިރާއެއްގައި އެބަ އޮތް: ހޯމް މިނިސްޓްރީ

03 މެއި 2017
ރާއްޖޭގައި ނޫސްވެރިކަމުގެ މިނިވަންކަން ފުޅާ ދައިރާއެއްގައި އެބަ އޮތް: ހޯމް މިނިސްޓްރީ
01 މެއި 2017

ނޫސްވެރިކަމުގެ މިނިވަންކަން އެއްވެސް ވަރަކަށް ނެތް ގައުމުތަކުގެ ލިސްޓުގައި ރާއްޖެ ހިމެނިއްޖެ

01 މެއި 2017
ނޫސްވެރިކަމުގެ މިނިވަންކަން އެއްވެސް ވަރަކަށް ނެތް ގައުމުތަކުގެ ލިސްޓުގައި ރާއްޖެ ހިމެނިއްޖެ
20 އެޕްރީލު 2017

ޤާސިމްގެ ޗެލެންޖު ރައީސް ޔާމީނަށް: ކެރިވަޑައިގަންނަވާނަމަ ވެރިކަމުގެ ސައްހަކަން ބެލުމަށް ފެންނަ ނުފެންނަ ވޯޓަކަށް ވަޑައިގަންނަވާ

20 އެޕްރީލު 2017
ޤާސިމްގެ ޗެލެންޖު ރައީސް ޔާމީނަށް: ކެރިވަޑައިގަންނަވާނަމަ ވެރިކަމުގެ ސައްހަކަން ބެލުމަށް ފެންނަ ނުފެންނަ ވޯޓަކަށް ވަޑައިގަންނަވާ
11 އެޕްރީލު 2017

މިނިވަން މީޑިއާއަކީ ހެޔޮވެރިކަމުގެ ރުކުނެއް. މީޑިއާ ކައުންސިލްގެ ކުރީގެ ރައީސުން ކުރާ މަސައްކަތައް މަރުޙަބާ: އަދާލަތު

11 އެޕްރީލު 2017
މިނިވަން މީޑިއާއަކީ ހެޔޮވެރިކަމުގެ ރުކުނެއް. މީޑިއާ ކައުންސިލްގެ ކުރީގެ ރައީސުން ކުރާ މަސައްކަތައް މަރުޙަބާ: އަދާލަތު
10 އެޕްރީލު 2017

ނޫސްވެރިކަމުގެ މިނިވަންކަން ހޯދަން މީޑިއާ ކައުންސިލްގެ ކުރީގެ ރައީސުން އިގުރާރުވެއްޖެ

10 އެޕްރީލު 2017
ނޫސްވެރިކަމުގެ މިނިވަންކަން ހޯދަން މީޑިއާ ކައުންސިލްގެ ކުރީގެ ރައީސުން އިގުރާރުވެއްޖެ
21 މާރިޗު 2017

އަނިޔާވެރިކަން ނިންމާލެވޭނީ އަނިޔާވެރިކަމުގެ ވާހަކަ ދައްކައިގެން:ތައްޔިބު

21 މާރިޗު 2017
އަނިޔާވެރިކަން ނިންމާލެވޭނީ އަނިޔާވެރިކަމުގެ ވާހަކަ ދައްކައިގެން:ތައްޔިބު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް