Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމޯދީގެ ދަތުރުފުޅު 2019

އެންމެ ފުރަތަމަ ރާއްޖެ ވަޑައިގަންނަވަނީ އެންމެ އަވަށްޓެރި ގައުމަށް ވާތީ: މޯދީ

ރާއްޖެއަށް ދަތުރުކުރައްވަން ދައުވަތުދެއްވިކަމަށްޓަކައި ރައީސަށް ޝުކުރ އަދާކުރެއްވި

އަލީ ސަމާޚް
އަލީ ސަމާޚް, ރާއްޖެ އެމްވީ | 7 ޖޫން 2019 | ހުކުރު 13:48
ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، އަދި އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، އަދި އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ

ބޮޑު ވަޒީރުކަމަށް ދެވަނަ ފަހަރަށް ހޮވިވަޑައިގަތުމަށް ފަހު ބޭރުގެ ފުރަތަމަ ގައުމަކަށް ރާއްޖެ ހިޔާރުކުރެއްވީ ރާއްޖެއަކީ އެންމެ ގާތް އަވަށްޓެރި ގައުމަށް ވާތީ ކަމަށް އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ ވިދާޅުވެއްޖެއެވެ.

މޯދީ ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ ހޮނިހިރު ދުވަހުގެ މެންދުރުގެ ވަގުތެއްގައެވެ. އެމަނިކުފާނުގެ ދަތުރުފުޅުގައި ރައްޔިތުންގެ މަޖިލީހުގައި ތަގްރީރު ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި ގިނަ އެއްބަސްވުންތަކުގައި ސޮއިކުރެއްވުމަށް ހަމަޖެހިފައިވެއެވެ.

Advertisement - newsAdvertisement

ހުކުރު ދުވަހު ކުރެއްވި ޓްވީޓެއްގައި ބޮޑު ވަޒީރު މޯދީ ވިދާޅުވީ، އިންޑިއާއިން އަބަދުވެސް އެ ގައުމުގެ ކަނޑުގެ ސަރަހައްދުގައި ތިބޭ ގައުމުތަކާއި އެކު ހާއްސަ ގުޅުމެއް ބާއްވަމުންދާ ކަމަށެވެ. އެގޮތުން ރާއްޖެއަކީ އިންޑިއާ އެހާމެ ގާތް އެކުވެރި ރައްޓެހި ގައުމެއް ކަމަށް މޯދީ ވިދާޅުވި އެވެ.

ރާއްޖެ ވަޑައިގަތުމަށް ދައުވަތު ދެއްވި ކަމަށްޓަކައި މޯދީ ވަނީ ރައީސް ސޯލިހަށް ޝުކުރު އަދާކުރައްވާފައެވެ. މޯދީގެ ދަތުރުފުޅުގައި ދެ ގައުމުގެ މެދުގައި އެއްބަސްވުންތަކެއްގައި ސޮއި ކުރުމަށް ވަނީ ހަމަޖެހިފައެވެ. ރާއްޖެއަށް ކުރައްވާ ދަތުރުފުޅުގައި މޯދީ މަޖިލީހުގައި ތަގްރީރު ކުރައްވަން ހަމަޖެހިފައިވަނީ ރޭގަނޑުގެ ވަގުތެއްގައެވެ.

އެމަނިކުފާނުގެ ދެ ދުުވަހުގެ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު ދެން ވަޑައިގަންނަވާނީ އަވަށްޓެރި ސްރީލަންކާއަށެވެ.

އިތުރަށް ކިޔާލަން

23 ޖެނުއަރީ 2017

އަސްލެއް ނެތް ދައުވާ ކޮށްގެން ރާއްޖެ ޓީވީގެ މަންޒަރެއް، އަޑު ކަނޑައެއް ނުލެވޭނެ: ފިޔާޒު

23 ޖެނުއަރީ 2017
އަސްލެއް ނެތް ދައުވާ ކޮށްގެން ރާއްޖެ ޓީވީގެ މަންޒަރެއް، އަޑު ކަނޑައެއް ނުލެވޭނެ: ފިޔާޒު
20 ޖެނުއަރީ 2017

ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އިންޑިޔާ ފަދަ ގައުމުތަކަށް ރާއްޖެއިން އަބަދުވެސް މަރުހަބާ ކިޔަން : ޝައިނީ

20 ޖެނުއަރީ 2017
ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އިންޑިޔާ ފަދަ ގައުމުތަކަށް ރާއްޖެއިން އަބަދުވެސް މަރުހަބާ ކިޔަން : ޝައިނީ
20 ޖެނުއަރީ 2017

ރާއްޖެޓީވީގެ ނޫސްވެރިން ކުރި ކުށަކީ ހަރަކާތްތަކެއް ކަވަރުކުރުން: ސީޕީޖޭ

20 ޖެނުއަރީ 2017
ރާއްޖެޓީވީގެ ނޫސްވެރިން ކުރި ކުށަކީ ހަރަކާތްތަކެއް ކަވަރުކުރުން: ސީޕީޖޭ
17 ޖެނުއަރީ 2017

އުރީދޫގެ 4ޖީ ޕްލަސް މުޅި ރާއްޖެއަށް ފުޅާކޮށްފި

17 ޖެނުއަރީ 2017
އުރީދޫގެ 4ޖީ ޕްލަސް މުޅި ރާއްޖެއަށް ފުޅާކޮށްފި
16 ޖެނުއަރީ 2017

ރާއްޖެޓީވީގެ ޒަރީރަށް ހުކުމް ކުރުން މިއަދު

16 ޖެނުއަރީ 2017
ރާއްޖެޓީވީގެ ޒަރީރަށް ހުކުމް ކުރުން މިއަދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު