Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުވޮލީބޯލް އެސޯސިއޭޝަން

ވޮލީ އެސޯސިއޭޝަނުގައި ކަރަޕްޝަން އެބަ އޮތްތަ؟

ވީއޭއެމްގެ މުސާރަ ލަތީބެ ނުނަންގަވާ

ލީވާން އަލީ
ލީވާން އަލީ | 6 ޖޫން 2019 | ބުރާސްފަތި 05:49
ވީއޭއެމް އެކްސްކޯގައި ހިމެނޭ ބޭފުޅުން

ވީއޭއެމް އެކްސްކޯގައި ހިމެނޭ ބޭފުޅުން

ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) ކަރަޕްޝަންގެ ހާއްޔަކަށް ވެފައިވާ ކަމަށް ބުނެ، ތަފާތު ވާހަކަތައް މީޑިއާގައި ދައުރުވަމުން އަންނަތާ ދުވަސްތަކެއް ވެއްޖެއެވެ. ނަމަވެސް މިއަދާ ހަމައަށް ވެސް ކަރަޕްޝަންގެ އެއްވެސް މައްސަލައެއް ސާބިތުވެފައެއް ނުވެއެވެ. އަބުރު ކަތިލުން ފިޔަވައި އެއްވެސް ކަމެއް ކުރެވިފައެއް ނުވެއެވެ.

ދާދި ފަހުން ވީއޭއެމްގެ މައްސަލަތަކެއް ޔޫތު މިނިސްޓްރީއަށް ހުށަހަޅާފައިވާއިރު، ކޮމިޝަނާ އޮފް ސްޕޯޓްސްގެ އިސްނެގުމާ އެކު ތިން މެމްބަރުންގެ ކޮމިޓީއެއްގެ ބެލުމުގެ ދަށުން އެ މައްސަލަތައް ވަނީ ބަލާފައެވެ. ނަމަވެސް ރާއްޖެއެމްވީއަށް އެނގިފައިވާ ގޮތުގައި ވީއޭއެމްއާ ދެކޮޅަށް ހުށަހެޅި އެއްވެސް މައްސަލައެއް މިހާތަނަށް ސާބިތުވެފައެއް ނުވެއެވެ.

ވީއޭއެމްގެ ރައީސްކަމަށް މުހައްމަދު ލަތީފް (ލަތީބެ) އިންތިހާބުވެ ވަޑައިގެންނެވި ފަހުން އެ އެސޯސިއޭޝަންގެ ތާރީހުގައި ފުރަތަމަ ފަހަރަށް ވަނީ އޮޑިޓްކޮށްފައެވެ. މިދިޔަ އަހަރު ވީއޭއެމް އޮޑިޓްކުރީ މިނިވަން އޮޑިޓް ފާމަކުންނެވެ.

ވޮލީ އާއިލާގެ ބައެއް ފަރާތްތަކުން ލަތީބެ އިންތިހާބުވެ ވަޑައިގެންނެވި ފަހުން ވީއޭއެމް ކަރަޕްޝަން ހާއްޔަކަށްވެފައިވާ ކަމަށް ބުނި ނަމަވެސް، އެ ބޭފުޅާއަށް އެސޯސިއޭޝަނުން ލިބެންޖެހޭ 32 މަހުގެ މުސާރަ ކަމަށްވާ 128،000 ރުފިޔާ ބޭނުންކޮށްފައި ވަނީ ވީއޭއެމްގެ އެކި ކަން ކަމަށެވެ. މުސާރަ ނުނަންގަވައެވެ.

މީގެ އިތުރުން ލަތީބެ ވަނީ މިދިޔަ އަހަރު އެހީއެއްގެ ގޮތުގައި އަމިއްލަ ޖީބުން 151،936ރ. ވީއޭއެމްއަށް ހަރަދުކުރައްވާފައެވެ. އޮޑިޓް ރިޕޯޓުން ވެސް މިކަން ފެންނަން އެބައޮތެވެ. އޭގެ ތެރެއިން 99،686ރ. އަކީ 2017 ވަނަ އަހަރު ގައުމީ ޓީމުގެ ޖޯޒީބައި ގަތުމަށް ހަރަދުކުރެއްވި ފައިސާއެވެ.

އަދި ފާހަގަކޮށްލަންޖެހޭ ކަމަކީ ޖޯޒީބައި ގަތުމަށް ލަތީބެ ހަރަދުކުރެއްވި 99،686ރ. އަނބުރާ އެބޭފުޅާ އެކައުންޓަށް ޖަމާކުރެއްވުމުން، ހަމަ އެދުވަހު އަނބުރާ އެ ފައިސާ ވީއޭއެމް އެކައުންޓަށް ޖަމާކުރިއެވެ. ބޭންކް ސްޓޭޓްމަންޓުން ވެސް އެކަން ސާބިތުވެއެވެ.

ވޮލީ ގައުމީ ޓީމުގެ ކިޓާއި ޖޯޒީ ގަތުމަށް ވޮލީ އެސޯސިއޭޝަނުން ކޮށްފައިވާ މުއާމަލާތްތަކުގައި ކަރަޕްޝަން ހިމެނޭ ކަމަށް ބުނެ ދާދި ފަހުން ވަނީ މައްސަލައެއް ފެންމަތިވެފައެވެ. އެ މައްސަލަ ފެންމަތިވީ، މިހާރުގެ ސީނިއަރ ނައިބު ރައީސް މުހައްމަދު ފަހުމީގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ އަމިއްލަ ވިޔަފާރިއެއް ކަމަށްވާ އަލްމާ ސްޕޯޓްސް އިން އެ ތަކެތި ގަތުމުންނެވެ.

ނަމަވެސް ރާއްޖެއެމްވީން ލިޔެކިޔުންތައް ބަލާ ދިރާސާކުރިއިރު، ޖޯޒީ އާއި ކިޓް ގަތުމަށް ދެ ފިހާރައަކުން ވަނީ ކޯޓޭޝަން ނަގާފައެވެ. ނަމަވެސް އޭގެ ތެރެއިން އެންމެ އަގު ކުޑަކޮށް ކޯޓޭޝަން ހުށަހަޅާފައި ވަނީ އަލްމާ ސްޕޯޓްސް އިންނެވެ. އެއީ މާކެޓް ޕްރައިޒް އަށް ވުރެ ވެސް އަގުހެޔޮކޮށެވެ. އަލްމާ ސްޕޯޓްސްއިން ޖޯޒީ އާއި ކިޓް ގެނެސްފައި ވަނީ އޮންލައިންކޮށެވެ. އެގޮތުން މި މުއާމަލާތުގައި ވެސް ކަރަޕްޝަންގެ އެއްވެސް ކަމެއް ފާހަގަނުކުރެވެއެވެ.

މީގެ އިތުރުން ފާހަގަކޮށްލަންޖެހޭ ކަމަކީ މި މުއާމަލާތް ހިނގާފައި ވަނީ ސީނިއަރ ނައިބު ރައީސްގެ މަގާމަށް ފަހުމީ އައްޔަންކުރުމުގެ ކުރިން މިދިޔަ އަހަރުގެ ސެޕްޓެމްބަރ މަހު ކަމެވެ. އޭނާ އެ މަގާމަށް އައްޔަންކުރީ މިދިޔަ އަހަރުގެ ޑިސެމްބަރ މަހެވެ.

ފަހުމީއަކީ ވެސް ޑިސެމްބަރ މަހުން ފެށިގެން ވީއޭއެމްގެ މަގާމެއްގައި ހުންނަ ބޭފުޅަކަށްވާއިރު، ލިބޭ މުސާރަ އެ ބޭފުޅާ ވެސް ނުނަންގަވައެވެ. އަދި އެ ބޭފުޅާގެ މަސައްކަތުން ވީއޭއެމްއަށް ވަނީ އެތައް ލައްކަ ރުފިޔާގެ ސްޕޮންސާޝިޕް ވެސް ލިބިފައެވެ. މިކަން ވެސް ލިޔެކިޔުންތަކުން ފެންނަން އެބައޮތެވެ.

ވޮލީ ހިންގެވުމާ މީގެ ކުރިން ހަވާލުވެގެން ތިއްބެވި ބައެއް ބޭފުޅުން ވީއޭއެމްގެ ލީޑަރޝިޕް ބަދަލުކުރުމަށް ދަނީ މަސައްކަތް ކުރައްވަމުންނެވެ. އެ ބޭފުޅުން އެކި ގޮތްގޮތަށް ވީއޭއެމް ބަދުނާމުވާ ގޮތަށް ދޮގު ވާހަކަތައް ފަތުރަމުން ދާކަމަށް ވޮލީ އާއިލާގައި ހިމެނޭ ބައެއް ފަރާތްތަކުން ބުނެއެވެ.

ނަމަވެސް ފާހަގަކޮށްލަންޖެހޭ ކަމަކީ ވީއޭއެމްގެ ތެރޭގައި ކަރަޕްޝަންގެ އެއްވެސް ކަމެއް ހިނގާފައިވާކަން މިހާތަނަށް ސާބިތުކޮށް ނުދެވޭއިރު، އެއްވެސް ހެއްކެއް ވެސް މިހާތަނަށް ދެއްކިފައި ނެތުމެވެ. މިހާތަނަށް ބެލިބެލުމުން، ފަތުރަމުން ދަނީ ދޮގު ވާހަކަން އެނގެއެވެ. އަދި ވީއޭއެމް ހިންގެވުމާ ހަވާލުވެ ތިއްބެވި ބޭފުޅުންގެ އަގު ވައްޓާލައި، އަބުރު ކަތިލަން ބަޔަކު މަސައްކަތް ކުރާ ކަމަށް ތުހުމަތުކުރެވެއެވެ.

އިތުރަށް ކިޔާލަން

23 ޖެނުއަރީ 2018

ވެރިކަން ކުރެއްވުމުގެ ގާބިލުކަން ރައީސް ޔާމީނުގެ އެބަހުރިތޯ؟

23 ޖެނުއަރީ 2018
ވެރިކަން ކުރެއްވުމުގެ ގާބިލުކަން ރައީސް ޔާމީނުގެ އެބަހުރިތޯ؟
03 ޑިސެމްބަރު 2017

ދަރަންޏޭ ކިޔައިގެން ތިކިޔޭ އެއްޗެއް ސަރުކާރަށް އެބަ އެނގޭތަ؟

03 ޑިސެމްބަރު 2017
ދަރަންޏޭ ކިޔައިގެން ތިކިޔޭ އެއްޗެއް ސަރުކާރަށް އެބަ އެނގޭތަ؟
06 އޮކްޓޯބަރު 2017

ޣައްދާރުވެއްޖެ، މުއިއްޒު މަގާމުގައި ދެމިހުންނެވުމުގެ ހައިސިއްޔަތެއް އެބަ އޮތްތަ؟

06 އޮކްޓޯބަރު 2017
ޣައްދާރުވެއްޖެ، މުއިއްޒު މަގާމުގައި ދެމިހުންނެވުމުގެ ހައިސިއްޔަތެއް އެބަ އޮތްތަ؟
20 އޯގަސްޓު 2017

މޮޅެތި ރާޅާއެޅުންތެރިން އެބަތިބި، ބޭނުންވަނީ ސަރުކާރުގެ އެއްބާރުލުން!

20 އޯގަސްޓު 2017
މޮޅެތި ރާޅާއެޅުންތެރިން އެބަތިބި، ބޭނުންވަނީ ސަރުކާރުގެ އެއްބާރުލުން!
31 ޖުލައި 2017

ވެނެޒުއޭލާގައި ބޭއްވުނު ގާނޫނު އަސާސީ އެކުލަވާލާ މަޖިލިސް އިންތިޚާބުން ގައުމަށް އުންމީދެއް އެބައޮތްތަ؟

31 ޖުލައި 2017
ވެނެޒުއޭލާގައި ބޭއްވުނު ގާނޫނު އަސާސީ އެކުލަވާލާ މަޖިލިސް އިންތިޚާބުން ގައުމަށް އުންމީދެއް އެބައޮތްތަ؟
30 މެއި 2017

ވެރިކަން ބަދަލުވާ މަންޒަރު އެބަ ފެނޭތަ؟

30 މެއި 2017
ވެރިކަން ބަދަލުވާ މަންޒަރު އެބަ ފެނޭތަ؟
05 އެޕްރީލު 2017

ގައުމީ ވޮލީ ޓީމާއި އެސޯސިއޭޝަނަށް ދިމާވެގެން މިއުޅެނީ ކޮން މައްސަލައެއް؟

05 އެޕްރީލު 2017
ގައުމީ ވޮލީ ޓީމާއި އެސޯސިއޭޝަނަށް ދިމާވެގެން މިއުޅެނީ ކޮން މައްސަލައެއް؟
16 މާރިޗު 2017

އެޗްވަންއެންވަން ވައިރަހާ ގުޅިގެން އޭވީސީ ވޮލީ މުބާރާތް ރާއްޖޭގައި ބޭއްވިދާނެތަ؟

16 މާރިޗު 2017
އެޗްވަންއެންވަން ވައިރަހާ ގުޅިގެން އޭވީސީ ވޮލީ މުބާރާތް ރާއްޖޭގައި ބޭއްވިދާނެތަ؟
01 މާރިޗު 2017

ޑރ. އާސިމްއެވެ. މަނިކުފާނުގެ ގަޓު އެބަހުރިތޯއެވެ؟

01 މާރިޗު 2017
ޑރ. އާސިމްއެވެ. މަނިކުފާނުގެ ގަޓު އެބަހުރިތޯއެވެ؟
29 ޖެނުއަރީ 2017

ސަރުކާރުގެ ތެރޭގައި ކޮރަޕްޝަނަށް ޖަގާ އެބައޮތް ހެއްޔެވެ؟

29 ޖެނުއަރީ 2017
ސަރުކާރުގެ ތެރޭގައި ކޮރަޕްޝަނަށް ޖަގާ އެބައޮތް ހެއްޔެވެ؟
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު