Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޖޭމްސް މެޑިސަން

ލެސްޓާގެ މިޑްފިލްޑަރ މެޑިސަން އަށް ޕްރިމިއާ ލީގުގެ ކްލަބްތަކުން ޝައުގުވެރިވޭ

މެޑިސަން ވިއްކާލަން ލެސްޓާ އޮތީ ތައްޔާރަށް

ލީވާން އަލީ
ލީވާން އަލީ, ރާއްޖެ އެމްވީ | 5 ޖޫން 2019 | ބުދަ 03:34
ޖޭމްސް މެޑިސަން

ޖޭމްސް މެޑިސަން

ލެސްޓާ ސިޓީއަށް ކުޅެމުން އަންނަ އިނގިރޭސި މިޑްފިލްޑަރ ޖޭމްސް މެޑިސަންއަށް ޕްރިމިއާ ލީގުގެ ގިނަ ކްލަބްތަކުން ޝައުގުވެރިވާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ޑެއިލީ ސްޓާއިން ބުނީ، ކުރިޔަށް އޮތް ސީޒަނަށް އަމާޒުކޮށް މެޑިސަން ގެނައުމަށް މެންޗެސްޓާ ޔުނައިޓެޑް، މެންޗެސްޓާ ސިޓީ، ޓޮޓެންހަމް ހޮޓްސްޕާ އަދި ލިވަޕޫލުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

ރިޕޯޓްތައް ބުނާ ގޮތުން މެޑިސަން ވިއްކާލަން ލެސްޓާއިން އޮތީ ތައްޔާރަށެވެ. ނަމަވެސް އޭނާ ވިއްކާލަން ލެސްޓާއިން އެއްބަސްވާ އަގަކީ 60 މިލިއަން ޕައުންޑު ކަމަށް ރިޕޯޓްތައް ބުނެއެވެ.

އުމުރުން 22 އަހަރުގެ މެޑިސަން ލެސްޓާއަށް ބަދަލުވީ މިދިޔަ ސީޒަނުގައި 20 މިލިއަން ޕައުންޑުގެ އަގަކަށެވެ. އޭނާ އެ ކްލަބާއެކު ހަދާފައިވާ އެއްބަސްވުން 2023 ވަނަ އަހަރެވެ.

ކޮވެންޓްރީ ސިޓީއިން ކެރިޔަރު ފެށި މެޑިސަން ވަނީ ނޯވިޗްއަށްވެސް ކުޅެފައެވެ. އޭނާ ވަނީ ނޯވިޗްއަށް ކުޅުނު 53 މެޗުގައި 16 ލަނޑު ކާމިޔާބުކުރުމުގެ އިތުރުން އެ ކްލަބުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު 2017 ވަނަ އަހަރުގެ ސީޒަނުގައި ހޯދާފައެވެ.

ލެސްޓާއަށް މިހާތަނަށް ކުޅުނު 33 މެޗުގައި ހަތް ލަނޑު ކާމިޔާބުކޮށްފައިވާ މެޑިސަން އިނގިރޭސި ގައުމީ ޓީމަށް މެޗެއް ނުކުޅުނު ނަމަވެސް، އޭނާ ވަނީ އިނގިރޭސި 21 އަހަރުން ދަށުގެ ޓީމަށް ހަ މެޗު ކުޅެފައެވެ.

އިތުރަށް ކިޔާލަން

17 ޖެނުއަރީ 2017

އާ ސީޒަނަށް ނުކުންނާނީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރަން: ޝަޒީން

17 ޖެނުއަރީ 2017
އާ ސީޒަނަށް ނުކުންނާނީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރަން: ޝަޒީން
15 ޖެނުއަރީ 2017

ލީގުގެ އެއްވަނައިގައި ޗެލްސީއަށް ހަތް ޕޮއިންޓްގެ ލީޑެއް

15 ޖެނުއަރީ 2017
ލީގުގެ އެއްވަނައިގައި ޗެލްސީއަށް ހަތް ޕޮއިންޓްގެ ލީޑެއް
15 ޖެނުއަރީ 2017

ކޭންގެ ހެޓްރިކާއެކީ ޓޮޓެންހަމް ލީގުގެ ދެވަނައަށް

15 ޖެނުއަރީ 2017
ކޭންގެ ހެޓްރިކާއެކީ ޓޮޓެންހަމް ލީގުގެ ދެވަނައަށް
15 ޖެނުއަރީ 2017

މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް

15 ޖެނުއަރީ 2017
މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް
12 ޖެނުއަރީ 2017

އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި

12 ޖެނުއަރީ 2017
އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު