Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޔޫއެފާ ޗެމްޕިއަންސް ލީގު

ޓޮޓެންހަމް ބަލިކޮށް ލިވަޕޫލް ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފި

2 ޖޫން 2019 | އާދީއްތަ 05:28

މިއީ ލިވަޕޫލުން ޔޫރަޕުގެ ތަށި އުފުލާލި ހަވަނަ ފަހަރު

އަމަން ހަލީމް
އަމަން ހަލީމް | 2 ޖޫން 2019 | އާދީއްތަ 05:28
ޗެމްޕިއަންސް ލީގު ކާމިޔާބު ކުރުމަށް ފަހު ލިވަޕޫލްގެ ކުޅުންތެރިން ތަށި އުފުލާލަނީ

ޗެމްޕިއަންސް ލީގު ކާމިޔާބު ކުރުމަށް ފަހު ލިވަޕޫލްގެ ކުޅުންތެރިން ތަށި އުފުލާލަނީ

2-0 ގެ ނަތީޖާއަކުން ޓޮޓެންހަމް ބަލިކުރުމަށް ފަހު، ލިވަޕޫލުން 19/2018 ސީޒަންގެ ޗެމްޕިއަންސް ލީގު ތަށި އުފުލާލައިފިއެވެ.

ފައިނަލް މެޗު ފެށިގެން ދިޔައީ ހުކުރު ދުވަހު ހިނގި ކާރު އެކްސިޑެންޓެއްގައި މަރުވި ހޯސޭ އެންޓޯނިއޯ ރެޔޭސްގެ ހަނދާނުގައި ބޭއްވި ސުކޫތަކުންނެވެ.

ސްޕެއިންގެ މެޑްރިޑްގައި ކުޅުނު މެޗުގެ ފުރަތަމަ ލަނޑު ލިބުނު ޕެނަލްޓީއަކުން ކާމިޔާބު ކުރީ ލިވަޕޫލްއަށް ކުޅެމުން އަންނަ މިސްރުގެ ހުނަރުވެރި ފޯވާޑް މުހައްމަދު ސަލާހުއެވެ. ލިވަޕޫލަށް ޕެނަލްޓީ ލިބުނީ އޭރިއާ ބޭރުގައި ހުރެފައި ލިވަޕޫލްގެ ސަދިއޯ މާނޭ ހުރަސް ކޮށްލަން ފޮނުވާލި ބޯޅަ، ޓޮޓެންހަމްގެ މޫސާ ސިސޯކޯ އަތުގައި ޖެހުމުންނެވެ.

އޭގެ ފަހުން ޓޮޓެންހަމްގެ ކުޅުން ރަނގަޅުކޮށް ބޯޅަ ގިނައިރު ހިފަހައްޓައިގެން ކުޅުނު ކަމުގައިވީ ނަމަވެސް، ނުރައްކާތެރި ހަމަލާއެއް ލިވަޕޫލްގެ ގޯލަށް އަމާޒުކުރެވޭ ވަރެއް ނުވިއެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެން ދިޔައީ ދެ ޓީމަށް ވެސް ގޯލް ޖަހަން މާ ރަނގަޅު ފުރުސަތުތަކެއް ތަނަވަސް ނުކުރެވިއެވެ. އެ ހާފުގައި ޓޮޓެންހަމްގެ ފަރާތުން ކިރިޔާ ވެސް ނުރައްކާ ކޮށްފައިވަނީ ކުރިޔަށް ކުޅޭ ދެކުނު ކޮރެއާގެ ފޯވާޑް ސޮން ހޮން-މިންގެ ފަރާތުންނެވެ.

ދެވަނަ ހާފު ފެށިގެން ވެސް ގިނައިރު ބޯޅަ ހިފަހައްޓައިގެން ކުޅުނީ ޓޮޓެންހަމްއިންނެވެ. ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި އެރި ލިވަޕޫލްގެ ޖޭމްސް މިލްނަރއަށް ވެސް ލީޑު ފުޅާކުރަން ރަނގަޅު ފުރުސަތެއް ލިބުނު އިރު، އެ ޓީމަށް ދެވަނަ ލަނޑު ޖަހައި ދިނީވެސް ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ކުޅެން އެރި ޑިވޮކް އޮރީގީއެވެ. މެޗުގެ 87 ވަނަ މިނިޓުގައި އޭނާ ޖެހި ލަނޑާއެކު ލިވަޕޫލަށް މެޗު ހަމަޖެހިލައިގެން ނިންމާލުމުގެ ފުރުސަތު ލިބުނެވެ. ދެވަނަ ހާފުގެ ނަތީޖާ އެއޮތް ގޮތަށް އޮވެ ނިމުމުގައި އެންމެ ބޮޑު ރޯލެއް އަދާކުރީ ލިވަޕޫލްއަށް ކުޅޭ ބްރެޒިލްގެ ކީޕަރު އެލިސަން ބެކަރއެވެ. އޭނާވަނީ ޓޮޓެންހަމުން ލިވަޕޫލްގެ ގޯލަށް އަމާޒުކޮށް ފޮނުވާލި ހުރިހާ ހަމަލާއެއް ދިފާއުކޮށްފައެވެ.

މިއީ ލިވަޕޫލުން ޔޫރަޕުގެ ތަށި ކާމިޔާބު ކުރި ހަވަނަ ފަހަރު އަދި ޗެމްޕިއަންސް ލީގުގެ ގޮތުގައި އެ މުބާރާތް ރީބްރޭންޑް ކުރެވުނު ފަހުން ލިވަޕޫލުން އެ މުބާރާތް ކާމިޔާބު ކުރި ދެވަނަ ފަހަރެވެ. އެންމެ ފަހުން ލިވަޕޫލުން ޗެމްޕިއަންސް ލީގު ކާމިޔާބު ކޮށްފައިވަނީ ރަފާ ބެނީޓޭޒްގެ އިރުޝާދުގެ ދަށުން 2005 ވަނަ އަހަރުގައެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

12 ޖެނުއަރީ 2017

އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި

12 ޖެނުއަރީ 2017
އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި
08 ޖެނުއަރީ 2017

ގަތަރު އޯޕަން ޓެނިސް މުބާރާތް: މަރޭ ބަލިކޮށް ޖޮކޮވިޗް ތަށި ދިފާއުކޮށްފި

08 ޖެނުއަރީ 2017
ގަތަރު އޯޕަން ޓެނިސް މުބާރާތް: މަރޭ ބަލިކޮށް ޖޮކޮވިޗް ތަށި ދިފާއުކޮށްފި
08 ޖެނުއަރީ 2017

އެފްއޭކަޕް: ރަޝްފަޑްގެ ދެ ލަނޑުން ރެޑިން ބަލިކޮށް ޔުނައިޓެޑް ހަތަރުވަނަ ބުރަށް

08 ޖެނުއަރީ 2017
އެފްއޭކަޕް: ރަޝްފަޑްގެ ދެ ލަނޑުން ރެޑިން ބަލިކޮށް ޔުނައިޓެޑް ހަތަރުވަނަ ބުރަށް
06 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި

06 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ފަހު ވަގުތު ޖިރޫ ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް ސަލާމަތްވެއްޖެ

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ފަހު ވަގުތު ޖިރޫ ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް ސަލާމަތްވެއްޖެ
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކޭން އާއި ޑެލެއަލީގެ ލަނޑުތަކުން ވަޓްފޯޑްގެ މައްޗަށް ޓޮޓެންހަމް ކުރިހޯދައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކޭން އާއި ޑެލެއަލީގެ ލަނޑުތަކުން ވަޓްފޯޑްގެ މައްޗަށް ޓޮޓެންހަމް ކުރިހޯދައިފި
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި
04 ޖެނުއަރީ 2017

ލީގު ތަށްޓާ ބެހޭގޮތުން ސިޓީ އަށް ދެއްކޭނެ ވާހަކައެއް ނެތް: ގާޑިއޯލާ

04 ޖެނުއަރީ 2017
ލީގު ތަށްޓާ ބެހޭގޮތުން ސިޓީ އަށް ދެއްކޭނެ ވާހަކައެއް ނެތް: ގާޑިއޯލާ
04 ޖެނުއަރީ 2017

އިސްކޯ ހޯދުމާ ގާތަށް ޓޮޓެންހަމް ޖެހިލައިފި

04 ޖެނުއަރީ 2017
އިސްކޯ ހޯދުމާ ގާތަށް ޓޮޓެންހަމް ޖެހިލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް