Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުއޭޑީކޭގެ ސީއެސްއާރް ޕްރޮގްރާމް

އޭޑީކޭގެ ސީއެސްއާރް ޕްރޮގްރާމް ވަރަށް ފުރިހަމަ!

އެހީތެރިކަން ފޯރުކޮށްދީފައިވަނީ ލ. ހިތަދޫ އާއިލާއަކަށް

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 31 މެއި 2019 | ހުކުރު 14:35
އޭޑީކޭގެ ސީއެސްއާރް ޕްރޮގްރާމްގެ ދަށުން އެހީތެރިކަން ފޯރުކޮށްދިން އާއިލާ

އޭޑީކޭގެ ސީއެސްއާރް ޕްރޮގްރާމްގެ ދަށުން އެހީތެރިކަން ފޯރުކޮށްދިން އާއިލާ

ކޮންމެ ކުންފުންޏެއްގެ ވެސް ސީއެސްއާރް ޕްރޮގްރާމްގެ ދަށުން އެކި ހަރަކާތްތައް ހިންގައެވެ. އެގޮތުން އެކި އެސޯސިއޭޝަންތަކަށް އެހީތެރިކަން ފޯރުކޮށްދިނުމާއި ކްލާސްރޫމްތަކަށް ބޭނުންވާ ސާމާނު ފޯރުކޮށްދިނުމާއި އެކި ޖަމިއްޔާ ޖަމާއަތްތަކަށް އެކި ގޮތް ގޮތުން އެހީތެރިކަން ފޯރުކޮށްދެއެވެ. ސީއެސްއާރް ޕްރޮގްރާމްގެ ދަށުން އޭޑީކޭ ޖެނެރަލް ޓްރޭޑިންގް ގެ ފަރާތުން މިފަހަރު ކޮށްފައިވަނީ ވަރަށް ތަފާތު މަސައްކަތެކެވެ.

އޭޑީކޭ އިން ވަނީ މި ޕްރޮގްރާމްގެ ދަށުން ނިކަމެތި އާއިލާއަކަށް އެހީތެރިކަން ފޯރުކޮށްދީފައެވެ. އޭޑީކޭ އިން މި ޕްރޮގްރާމް ފެށުމުގެ ގޮތުން އެންމެ ފުރަތަމަ ރަށްތަކަށް ގޮސް އެސެސްމަންޓް ކުރިއަތް ގެންދިޔައެވެ. އެއަށްފަހު އެހީތެރިކަން ފޯރުކޮށްދޭނެ އާއިލާއެއް ކަނޑައެޅީ ލ. ހިތަދޫ އިންނެވެ. އޭޑީކޭގެ ޓީމް މި މަސައްކަތް ފެށީ މެއި މަހުގެ އެއްވަނަ ދުވަހުއެވެ. އަދި އެ އާއިލާއަށް އެހީތެރިކަން ފޯރުކޮށްދީ ނިންމާލާފައިވަނީ މެއި 15 ވަނަ ދުވަހުއެވެ. މި އާއިލާއަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ހަރަކާތްތެރިވެފައިވަނީ އޭޑީކޭގެ ޓީމް އެކަންޏެވެ. އެގޮތުން ރޯދަ މަހުގައި ވެސް ހުއްޓުމެއްނެތި މޫސުން ގޯސްވިއިރު ވެސް އެ ޓީމުން ވަނީ ހިތްވަރާއެކު މަސައްކަތް ކޮށްފައެވެ.

ލ. ހިތަދޫގައި ދިރިއުޅެމުންދާ މި އާއިލާގައި ހަތް ކުދިން ތިބޭއިރު އެ ކުދިންގެ މަންމައާއެކު ދިރިއުޅެމުން ގެންދަނީ ފަސް ކުދިންނެވެ. އެ ކުދިން ބަލަނީ އެ ކުދިންގެ މަންމައެވެ. އެ އާއިލާ ވަނީ އެންމެ އަސާސީ ހިދުމަތްތަކަށް ބޭނުން ޖެހިފައެވެ. އެ ގޭގައި ފާހަނައެއް ނުހުންނައިރު ފާހަނަ ކުރަން ދާން ޖެހެނީ އަތިރި މައްޗަށެވެ. އެ ކުދިން ނިދަނީ އެންމެ ގޮދަޑިއެއްގައެވެ. އެ އާއިލާގެ އުމުރުން 13 އަހަރުގެ ފިރިހެން ކުއްޖާ ބުނީ ސުކޫލަށް ނުދަނީ މީހުން ފުރައްސާރަކޮށް މަލާމަތް ކުރާތީ ކަމަށެވެ. އޭޑީކޭގެ ފަރާތުން ވަނީ އެ ކުދިން ސްކޫލަށް ބޭނުންވާ ހުރިހާ ސާމާނެއް ހޯދައިދީ އެ އާއިލާއަށް ދިރިއުޅެވޭނެ ފެންވަރަށް އެ ގެ ހަދައިދީފައެވެ.

އޭޑީކޭ އިން ބުނީ ރަށުގެ ކައުންސިލާއި އަދި އިސްވެރިނާއި، އެ އާއިލާއާ ހިމަނައިގެން ތަރާވީހެއް ބޭއްވި ކަމަށާއި މަޤްސަދަކަށް ވަނީ އެ އާއިލާ އާއި މުޖުތަމައުގެ އެހެން ފަރުންދުންނާއެކު ގުޅުން ބަދަހިކުރުމެވެ.

އޭޑީކޭގެ ސީއެސްއާރް ޕްރޮގްރާމްގެ ދަށުން އެ އާއިލާއަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ސަބަބުން އެ އާއިލާގެ ދިރިއުޅުން ވަނީ ވަރަށް ބޮޑުތަން ރަނގަޅު ވެފައެވެ. ކޮންމެން ކުންފުންޏެއްގެ ސީއެސްއާރް ޕްރޮގްރާމްގެ ދަށުން މި ގޮތަށް ބޭނުން ޖެހިފައިވާ އާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދޭނަމަ މުޖުމަތަމައުގެ ހާލަތޔ އިތުރަށް ރަނގަޅުވެގެންދާނެއެވެ.

އިތުރަށް ކިޔާލަން

25 ޖޫން 2017

ރަމަޟާން މަހު ބާޒާރު: ހައިރާން ވާވަރަށް ކަރާގެ އަގު އުފުލުނު އިރު، ކަނޑުމަހުގެ އަގު ދަށަށް!

25 ޖޫން 2017
ރަމަޟާން މަހު ބާޒާރު: ހައިރާން ވާވަރަށް ކަރާގެ އަގު އުފުލުނު އިރު، ކަނޑުމަހުގެ އަގު ދަށަށް!
10 ޖޫން 2017

މިވަރަށް ސައުދީގެ "އަޅުވެތިކަމަށް" ވެއްޓެން ހެޔޮވެސް ނުވާނެ!

10 ޖޫން 2017
މިވަރަށް ސައުދީގެ "އަޅުވެތިކަމަށް" ވެއްޓެން ހެޔޮވެސް ނުވާނެ!
26 މެއި 2017

މާދަމާ ރޯދަމަހާއެކު ބާޒާރުގެ އަގުތައް އުފުލިފައި، ބައެއް ތަކެތި ވަރަށް މަދު!

26 މެއި 2017
މާދަމާ ރޯދަމަހާއެކު ބާޒާރުގެ އަގުތައް އުފުލިފައި، ބައެއް ތަކެތި ވަރަށް މަދު!
29 އެޕްރީލު 2017

"ލޯބިވާ، މިހާރު ވަރަށް ކަންބޮޑުވެއްޖެ، ހެޔޮނުވާނެ ސަލާމަތުން ހުރިއްޔާ އަންގާލަ ދީބަލަ"

29 އެޕްރީލު 2017
"ލޯބިވާ، މިހާރު ވަރަށް ކަންބޮޑުވެއްޖެ، ހެޔޮނުވާނެ ސަލާމަތުން ހުރިއްޔާ އަންގާލަ ދީބަލަ"
10 އެޕްރީލު 2017

ސެމްސޮން ގެލެކްސީ އެސް8ގެ ފެށުން ވަރަށް ވެސް ފުރިހަމަ

10 އެޕްރީލު 2017
ސެމްސޮން ގެލެކްސީ އެސް8ގެ ފެށުން ވަރަށް ވެސް ފުރިހަމަ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު