Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުއުރީދޫ

އުރީދޫ އެމް-ފައިސާ މެދުވެރިކޮށް މިހާރު ވިލާ ގޭހަށް ފައިސާ ދެއްކެވޭނެ!

ކޮންމެ ތާކު ހުރެގެންވެސް، ކަސްޓަމަރުންނަށް ގޭސް ފުޅި އޯޑަރކޮށް، އޮންލައިންކޮށް ފައިސާ ދެއްކޭނެ

އަބުދުﷲ ނަސީރު އިބްރާހިމް
އަބުދުﷲ ނަސީރު އިބްރާހިމް | 29 މެއި 2019 | ބުދަ 12:15
އުރީދޫ އާއި ވިލާ ގޭހާއި ދެމެދު އެއްބަސްވުމުގައި ސޮއިކުރުން

އުރީދޫ އާއި ވިލާ ގޭހާއި ދެމެދު އެއްބަސްވުމުގައި ސޮއިކުރުން

އުރީދޫގެ އެމް-ފައިސާ ޚިދުމަތް މެދުވެރިކޮށް، ފަސޭހަކަމާއި އެކު ވިލާ ގޭސް ފުޅި އޯޑަރކޮށް، ފައިސާ ދެއްކޭ ނިޒާމެއް، އުރީދޫ މޯލްޑިވްސް އާއި ވިލާ ގޭސް ގުޅިގެން ތައާރަފްކޮށްފިއެވެ.

އުރީދޫން ބުނީ އެ ކުންފުނީގެ ޑިޖިޓަލް ޕޭމަންޓް ސޮލިއުޝަން މެދުވެރިކޮށް ކޮންމެ ތާކު ހުރެގެންވެސް، ކަސްޓަމަރުންނަށް ގޭސް ފުޅި އޯޑަރކޮށް، އޮންލައިންކޮށް ފައިސާ ދެއްކުމުގެ ފަސޭހަކަން ލިބިގެންދާނެ ކަމަށެވެ.

މި ޚިދުމަތް ތައާރަފްކޮށްފައިވަނީ، ވިލާ ޝިޕިންގ އެންޑް ޓްރޭޑިންގެ ޑެޕިއުޓީ މެނޭޖިންގ ޑައިރެކްޓަރ، މުހައްމަދު ރަޝީދު އަދި އުރީދޫ މޯލްޑިވްސްގެ މެނޭޖިންގ ޑައިރެކްޓަރ އަދި ސީއީއޯ، ނަޖީބް ޚާންގެ ބައިވެރިވުމާއި އެކު އުރީދޫ މޯލްޑިވްސް ހެޑްކުއާޓަރސްގައި ބުދަ ދުވަހު ބޭއްވުނު ޚާއްސަ ޙަފްލާއެއްގައެވެ.

އުރީދޫ އެމް-ފައިސާ އަކީ ކޮންމެތަނަކުން، އަދި ކޮންމެ ވަގުތެއްގައި ވެސް، ޑިޖިޓަލް ވޮލެޓެއް މެދުވެރިކޮށް ފައިސާ ޖަމާކޮށް، ފައިސާ ނަގައި، އެއް އެކައުންޓުން އަނެއް އެކައުންޓަށް ފައިސާ ފޮނުވައި، ތަފާތު ޚިދުމަތްތަކަށް ފައިސާ ދެއްކުމަށް މަގުފަހިކޮށްދޭ ޑިޖިޓަލް ޕޭމަންޓް ސޮލިއުޝަން އެކެވެ. މިއީ ކަރަންޓު، ފެން ފަދަ އެންމެ ގިނަ ޔޫޓިލިޓީ ބިލްތަކަށް އެއްތަނަކުން ފައިސާ ދެއްކެވުމަށް ރާއްޖޭގައި ބޭނުންކުރެވޭ ޑިޖިޓަލް ޕްލެޓްފޯމްއެވެ. މީގެ ތެރޭގައި އުރީދޫ، ސްޓެލްކޯ، އެމްޑަބްލިއުއެސްސީ، މީޑިއާނެޓް ފަދަ ގިނަ ކުންފުނިތަކެއް ހިމެނެއެވެ. ހަމައެހެންމެ، ބަރަކާތްތެރި ރަމަޟާން މަހުގެ ތެރޭގައި، އުރީދޫ އެމް-ފައިސާ މެދުވެރިކޮށް ފިތުރު ޒަކާތްވެސް ދައްކާލެވޭނެ ކަމަށް އުރީދޫއިން ބުންޏެވެ.

އިތުރަށް ކިޔާލަން

28 ފެބުރުއަރީ 2017

އެންމެ ވަރުގަދަ ޓެލެކޮމް ބްރޭންޑުތަކުގެ ގަދަ 50 ގައި އުރީދޫ ހިމެނިއްޖެ

28 ފެބުރުއަރީ 2017
އެންމެ ވަރުގަދަ ޓެލެކޮމް ބްރޭންޑުތަކުގެ ގަދަ 50 ގައި އުރީދޫ ހިމެނިއްޖެ
21 ފެބުރުއަރީ 2017

މިހާރު ކޭޝްކާޑު ޓެކްސީތަކުގައި ވެސް ބޭނުންކުރެވޭ

21 ފެބުރުއަރީ 2017
މިހާރު ކޭޝްކާޑު ޓެކްސީތަކުގައި ވެސް ބޭނުންކުރެވޭ
20 ފެބުރުއަރީ 2017

މިލޭނިއަމް ޔޫތް އެމްބެސެޑަރސް ޕްރޮގްރާމް އަށް އުރީދޫއިން އެހީތެރިކަން ފޯރުކޮށްދީފި

20 ފެބުރުއަރީ 2017
މިލޭނިއަމް ޔޫތް އެމްބެސެޑަރސް ޕްރޮގްރާމް އަށް އުރީދޫއިން އެހީތެރިކަން ފޯރުކޮށްދީފި
18 ފެބުރުއަރީ 2017

އިނގިރޭސި ވިލާތުން ރާއްޖެ އައި ފަތުރުވެރިންގެ އަދަދު ލައްކައަކަށް ވުރެ މައްޗަށް

18 ފެބުރުއަރީ 2017
އިނގިރޭސި ވިލާތުން ރާއްޖެ އައި ފަތުރުވެރިންގެ އަދަދު ލައްކައަކަށް ވުރެ މައްޗަށް
08 ފެބުރުއަރީ 2017

އުރީދޫއިން ބޮލީވުޑަށް ހާއްސަ އިރޯސްނައޮ ޕްލެޓްފޯމް ތައާރަފްކޮށްފި

08 ފެބުރުއަރީ 2017
އުރީދޫއިން ބޮލީވުޑަށް ހާއްސަ އިރޯސްނައޮ ޕްލެޓްފޯމް ތައާރަފްކޮށްފި
06 ފެބުރުއަރީ 2017

ޓެކްސީ ދަތުރަށް އެމްފައިސާ މެދުވެރިކޮށް ފައިސާ ދެއްކޭނެ ގޮތް ތަޢާރަފްކޮށްފި

06 ފެބުރުއަރީ 2017
ޓެކްސީ ދަތުރަށް އެމްފައިސާ މެދުވެރިކޮށް ފައިސާ ދެއްކޭނެ ގޮތް ތަޢާރަފްކޮށްފި
02 ފެބުރުއަރީ 2017

އުރީދޫ ކަސްޓަމަރުންނާއި ތަޖުރިބާކާރުން ގުޅުވާލަދޭ ވަސީލަތެއް ތަޢާރަފް ކޮށްފި

02 ފެބުރުއަރީ 2017
އުރީދޫ ކަސްޓަމަރުންނާއި ތަޖުރިބާކާރުން ގުޅުވާލަދޭ ވަސީލަތެއް ތަޢާރަފް ކޮށްފި
10 ޖެނުއަރީ 2017

75 ޕަސެންޓް ރަށަށް އުރީދޫގެ G4 ނެޓްވާކް ފުޅާކޮށްފި

10 ޖެނުއަރީ 2017
75 ޕަސެންޓް ރަށަށް އުރީދޫގެ G4 ނެޓްވާކް ފުޅާކޮށްފި
07 ޖެނުއަރީ 2017

އުރީދޫއަށް އަނެއްކާވެސް ޑީޑޮސް އެޓޭކުތަކެއް އަމާޒުވެއްޖެ

07 ޖެނުއަރީ 2017
އުރީދޫއަށް އަނެއްކާވެސް ޑީޑޮސް އެޓޭކުތަކެއް އަމާޒުވެއްޖެ
06 ޖެނުއަރީ 2017

ސަބްމެރިން ކޭބަލް މުޅި ރާއްޖޭގައި އެޅުމުގެ އަމަލީ މަސައްކަތް އުރީދޫ އިން ނިންމާލައިފި

06 ޖެނުއަރީ 2017
ސަބްމެރިން ކޭބަލް މުޅި ރާއްޖޭގައި އެޅުމުގެ އަމަލީ މަސައްކަތް އުރީދޫ އިން ނިންމާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު