Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ކޮމިޝަން ފޯރ ޕްރިޒަންސް އޮޑިޓް

ފެބުރުއަރީ 1 ގެ އަމުރު ތަންފީޒު ނުކުރި މައްސަލަ ތަހުޤީޤް ކުރުމަށް އަންގައިފި

ކޮމިޝަންގެ ރިޕޯޓް ނެރޭތާ 7 ދުވަހުގެ ތެރޭގައި އެމައްސަލަތައް މުއައްސަސާތަކަށް ހުށަހެޅުމަށް އަންގާފައިވޭ

އަބުދުﷲ ނަސީރު އިބްރާހިމް
އަބުދުﷲ ނަސީރު އިބްރާހިމް, ރާއްޖެ އެމްވީ | 28 މެއި 2019 | އަންގާރަ 16:08
ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރުމަށްފަހު ފުލުހުން މަގުމަތީގައި

ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރުމަށްފަހު ފުލުހުން މަގުމަތީގައި

ފެބުރުއަރީ 1 ގެ އަމުރު ތަންފީޒު ނުކުރި މައްސަލަ ތަހުޤީޤްކޮށް ފިޔަވަޅު އެޅުމަށް ޖަލުތަކުގެ ހާލަތު ދިރާސާކުރި ކޮމިޝަން ފޯރ ޕްރިޒަންސް އޮޑިޓް އިން، ކޮމިޝަނުން ހޯމް މިނިސްޓްރީއަށް ލަފާދީފި އެވެ.

ޖަލުތަކުގެ ހާލަތު ދިރާސާކުރުމަށް ފަހު އެކުލަވާލި ރިޕޯޓުގައި ކޮމިޝަނުން ގިނަ ކަންތައްތަކެއް ފާހަގަކޮށްފައިވެއެވެ. އެގޮތުން 1 ފެބުރުއަރީ 2018 ވަނަ ދުވަހުު ސުޕްރީމް ކޯޓުން ނެރުނު އަމުރާއި ގުޅެގޮތުން އެ ރިޕޯޓުގައި ބުނެފައިވަނީ ސުޕްރީމް ކޯޓުން ނެރުނު އަމުރުގައި ބަންދުގައި ތިބި 9 މީހަކު މިނިވަންކުރަން އަންގާފައިވީ ނަމަވެސް، އަދި ސުޕްރީމް ކޯޓުން ނެރޭ ޢަމުރުތަކަކީ އެ ތަންފީޛްކުރުން ލާޒިމް އަމުރުތަކަކަށްވީއިރު، އަދި މިފަދަ ޢަމުރުތައް ތަންފީޛް ނުކުރުމަކީ ކުށަކަށް ވާއިރު، ދަޢުލަތުގެ ކަމާގުޅުން ހުރި މުއައްސަސާތަކުން މިކަމަށް އިއުތިރާޒް ކޮށްފައިވާ ކަމަށެވެ. އަދި އެގޮތަށް ކަންކުރުމުން، ޢަމުރު ނެރުމުގެ ފަހުން ހިނގައިދިޔަ ކޮންމެ ދުވަހެއްގައި އަމުރުގައި ފާހަގަކޮށްފައިވާ މީހުން ބައިތިއްބާފައިވަނީ ޣައިރުޤާނޫނީ ބަންދެއްގައި ކަމަށް ކޮމިޝަންގެ ރިޕޯޓުގައި ބުނެފައިވެއެވެ.

Advertisement - newsAdvertisement

އެކަންތައްތައް ފާހަގަކޮށް ކޮމިޝަންގެ ރިޕޯޓްގައި އިތުރަށް ބުނެފައިވަނީ އަމުރު ތަންފީޛް ކުރުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއާއި، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އިން ކަނޑައެޅިގެން ހުރަސްއަޅާފައިވާ ކަމަށެވެ. އަދި އެކަން މިގޮތަށް ހިނގައިދިޔައިރު، ޖަލުތަކުގައި ބަންދުކުރެވޭ މީހުންގެ ޙައްޤުތައް ކަށަވަރުކުރުމުގެ ޒިންމާ މަތިކުރެވިފައިވާ، ދަޢުލަތުގެ ބަންޑާރަ ނައިބާއި، އިންސްޕެކްޓަރ އޮފް ކަރެކްޝަނަލް ސަރވިސްއާއި، ހިއުމަން ރައިޓްސް ކޮމިޝަނާއި، އަދި ނެޝަނަލް އިންޓެގްރިޓީ ކޮމިޝަނުން ވެސް އެފަރާތްތަކުގެ ޣައިރު ޤާނޫނީ ބަންދު ބާތިލްކޮށް އެފަރާތްތަކަށް ސުޕްރީމް ކޯޓުގެ ޢަމުރުން ލިބިދިނުމަށް ކަނޑައެޅުނު އެއްވެސް ޙައްޤެއް ކަށަވަރު ކޮށްދިނުމަށް އެއްވެސް މަސައްކަތެއް ކޮށްދީފައި ނުވާ ކަމަށް އެމީހުންގެ ފަރާތުން ކޮމިޝަނަށް މަޢުލޫމާތު ދީފައިވާ ކަމަށެވެ.

އޭގެއިތުރުން ކުއްލި ނުރައްކަލުގެ ޙާލަތުގައި ފުލުހުން ހައްޔަރުކުރި މީހުންނާއި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްއިން ފޮރުވާފައި ބޭތިއްބި ފުލުހުންގެ އާއިލާތަކުން އަނިޔާގެ މައްސަލަތައް އެޗްއާރުސީއެމް އަށް ހުށަހެޅުމުން ވެސް އެ މައްސަލަތަކަށް ފަރުވާ ކުޑަކޮށް، މަދު އާއިލާއަކަށް ނޫނީ އެހީތެރިކަން ނުދޭ ކަމަށް އަނިޔާ ލިބުނު މީހުންނާއި އެމީހުންގެ އާއިލާތަކުން ކޮމިޝަނަށް މައުލޫމާތު ދީފައިވާ ކަމަށް ވެސް އެ ރިޕޯޓުގައި ބުނެފައިވެއެވެ.

ކޮމިޝަނުން ހުށަހެޅުމެއްގެ ގޮތުގައި ހޯމް މިނިސްޓަރަށް ހުށަހަޅާފައިވަނީ ކޮމިޝަންގެ ރިޕޯޓް ނެރޭތާ 7 ދުވަހުގެ ތެރޭގައި އެމައްސަލަތައް ދައުލަތުގެކަމާ ގުޅުންހުރި ތަހުގީގީ މުއައްސަސާތައް މެދުވެރިކޮށް ތަހުގީގް ކުރުމަށެވެ. ނަމަވެސް އެ މައްސަލަ ހުށަހަޅަން ޖެހޭ އިދާރާތަކެއް ކޮމިޝަންގެ ރިޕޯޓްގައި ސާފުކޮށް ބުނެފައެއް ނުވެ އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ފެބުރުއަރީ މަހުގެ 1 ވަނަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރު ތަންފީޒްކުރުމަށް ދެކޮޅު ހެދުމަށްފަހު، ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައިވަނީ އެ މަހުގެ 5 ވަނަ ދުވަހު އެވެ. އަދި އެޔަށްފަހު ގިނަ ސިޔާސީ ފަރާތްތަކެއް ހައްޔަރުކޮށް އެތައް މަސް ދުވަހަކު ބަންދުގައި ގެންގުޅެފައިވެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި

ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

08 ޖެނުއަރީ 2017
މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

08 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

12 ފެބުރުއަރީ
ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި
20251 އަހަރު ކުރިން
ރާއްޖެ

ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!
20242 އަހަރު ކުރިން
މީހުން

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!
20233 އަހަރު ކުރިން
ރިޕޯޓު

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން
20224 އަހަރު ކުރިން
ސިއްހަތު

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި
20197 އަހަރު ކުރިން
ރާއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު
20188 އަހަރު ކުރިން
ރިޕޯޓު

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު