Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެފީވަކުގެ ކަރަންޓް މައްސަލަ

ފީވަކުގެ ކަރަންޓް މައްސަލަ ހައްލުކުރުމަށް ކުރަމުންދާ މަސައްކަތަށް ބަޔަކު ހުރަސްއަޅަނީ!

26 މެއި 2019 | އާދީއްތަ 05:54

ރަށުގެ ރައްޔިތުން ތިން ފަހަރެއްގެ މަތިން ހުރަސް އަޅާފައިވާ ކަމަށް ފެނަކައިން ބުނޭ

ހައްވާ މުހައްމަދު
ހައްވާ މުހައްމަދު | 26 މެއި 2019 | އާދީއްތަ 05:54
ފީވަކުގެ ކަރަންޓް މައްސަލައިގައި ބަޔަކު އިންޖީނު ގެއަށް ވަދެ ނުރުހުން ފާޅުކުރަނީ

ފީވަކުގެ ކަރަންޓް މައްސަލައިގައި ބަޔަކު އިންޖީނު ގެއަށް ވަދެ ނުރުހުން ފާޅުކުރަނީ

ށ. ފީވަކުގެ ކަރަންޓް މައްސަލަ ހައްލުކުރުމަށް ފެނަކައިން ކުރަމުންދާ މަސައްކަތަށް ބަޔަކު ހުރަސް އަޅަމުންދާ ކަމަށް ފެނަކަ ކޯޕަރޭޝަން ލިމިޓެޑުން ބުނެފިއެވެ.

ށ. ފީވަކުގެ ކަރަންޓް ހާލަތާ ގުޅޭ ގޮތުން ފެނަކައިން ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނެފައި ވަނީ 16 މެއި 2019 ވަނަ ދުވަހު ފީވަކު ބްރާންޗްގެ ޕެނަލްގެ މަސައްކަތް ކުރަމުން ދަނިކޮށް އެ ރަށުގެ ރައްޔިތުންގެ ތެރެއިން ބަޔަކު އިންޖީނުގެ ތެރެއަށް ވަދެ އަޑުގަދަކޮށް މަސައްކަތް ކުރުމުގެ ސަބަބުން މަސައްކަތުގެ މާހައުލު ގެއްލި ކަރަންޓް ހިދްމަތް ފޯރުކޮށް ދިނުމަށް ޓެކްނިކަލް މައްސަލަތަކެއް ދިމާވެ، ކަރަންޓް ޚިދްމަތް ފޯރުކޮށް ދިނުމަށް ގިނަ ވަގުތުތަކެއް ހޭދަވި ކަމަށެވެ.

Advertisement - newsAdvertisement

ފެނަކައިގެ ބަޔާނުގައި ބުނެފައި ވަނީ ފީވަކަށް ދިމާވެފައިވާ ކަރަންޓްގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް އަލުން ޓެކްނިކަލް ޓީމެއް ފީވަކުގައި މަސައްކަތް ކުރަމުން ދަނިކޮށް، 22 މެއި 2019 ގައި ރައްޔިތުންގެ ތެރެއިން ބަޔަކު އިންޖީން ރޫމަށާއި ކޮންޓްރޯލް ރޫމަށް ވަދެ މުވައްޒިފުންނަށް ބިރުދައްކައި މުޅި ރަށުން ކަރަންޓްގެ ހިދްމަތް ކަނޑާލި ކަމަށެވެ. އަދި އެ ދުވަހު ކަރަންޓް ހިދުމަތް ފޯރުކޮށްދެވުނީ ވެސް ގިނަ އިރުތަކެއް ފަހުން، ކައުންސިލް އަދި ރައްޔިތުންގެ ތެރެއިން ބަޔަކާ ވާހަކަ ދެކެވިގެން ކަމަށް ފެނަކައިން ވަނީ ބުނެފައެވެ.

ފެނަކައިން ބުނީ 24 މެއި 2019 ވަނަ ދުވަހުގެ ރޭ އިންޖީނަކަށް ދިމާވި މައްސަލަޔަކާ ގުޅިގެން ކަރަންޓް ކެނޑުނުތަނާހެން ރައްޔިތުންގެ ތެރެއިން ބަޔަކު އިންޖީނުގެ ތެރެއަށް ވަދެ އަޑު ގަދަކޮށް، މަސައްކަތުގެ މާހައުލް ގެއްލުވާލި ކަމަށެވެ. ކަރަންޓްގެ ޚިދްމަތް އަނބުރާ ދެވުނީ ކަރަންޓްގެ ޚިދްމަތް ދިނުމާ ދެކޮޅު ހަދަމުން ދިޔަ މީހުންނާ ދެކޮޅަށް، ރައްޔިތުންގެ ތެރެއިން ބަޔަކު ނިކުމެ ކަރަންޓް އިޔާދަކުރަން އެދިގެން ކަމަށް ބަޔާނުގައި ވެއެވެ. އެ ގޮތަށް ކަންތައްތައް ދިމާވުމުގެ ސަބަބުން ކަރަންޓް ޚިދުމަތް މެދުކެނޑި އަލުން ޚިދުމަތް ފޯރުކޮށްދިނުމަށް ގިނަ ވަގުތުތަކެއް ހޭދަވި ކަމަށް ފެނަކަ އިން ވަނީ ބުނެފައެވެ.

ފެނަކަ އިން ބުނީ ފީވަކަށް ކަރަންޓް ދެވޭ ވަރަށް އެ ރަށުގައި ޖެނެރޭޝަން ކެޕޭސިޓީ ގާއިމްކުރެވިފައިވާ ކަމަށާއި، ދިމާވާ ބައެއް ޓެކްނިކަލް މައްސަލަތައް ހައްލުކުރުމަށް ކުރަންޖެހޭ ކަންތައްތައް ކުންފުނިން ކުރަމުންދާ ކަމަށެވެ. ފީވަކުގެ ކަރަންޓުގެ ހާލަތު އިތުރަށް ރަނގަޅުކޮށް ދެމެހެއްޓެނިވި ގޮތެއްގައި ޚިދުމަތް ފޯރުކޮށްދިނުމައްޓަކައި ކުރިން ވެސް ރޭވިފައިވާ އެންމެހާ ކަންތައްތައް ކުންފުނިން ކުރަމުންދާ ކަމަށެވެ. ފެނަކައިން ބުނީ ފީވަކުގެ ކަރަންޓް ޚިދްމަތް ފޯރުކޮށްދެމުންދަނީ 180 ކިލޯވޯޓް، 128 ކިލޯވޯޓް އަދި 128 ކިލޯވޯޓް ތިން ޖެނެރޭޓަރު ބޭނުންކޮށްގެން ކަމަށެވެ. އެ ރަށުގެ އެންމެ މަތީ ލޯޑަކީ 200 ކިލޯ ވޯޓް ކަމަށް ވެސް ފެނަކައިގެ ބަޔާނުގައި ވެއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި

10 ޖެނުއަރީ 2017
ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި
10 ޖެނުއަރީ 2017

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް
09 ޖެނުއަރީ 2017

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު
08 ޖެނުއަރީ 2017

ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

08 ޖެނުއަރީ 2017
ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ
08 ޖެނުއަރީ 2017

މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

08 ޖެނުއަރީ 2017
މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!
08 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

08 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!
08 ޖެނުއަރީ 2017

އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް

08 ޖެނުއަރީ 2017
އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް
06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ
06 ޖެނުއަރީ 2017

މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ

06 ޖެނުއަރީ 2017
 މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ
06 ޖެނުއަރީ 2017

ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި

06 ޖެނުއަރީ 2017
ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް