Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުތޯމަސް ޓުޗެލް

ޕީއެސްޖީގެ އެއްބަސްވުން ޓުޗެލް އާކޮށްފި

ޓުޗެލް އެއްބަސްވުން އާކޮށްފައިވަނީ 2021 ގެ ނިޔަލަށް

ލީވާން އަލީ
ލީވާން އަލީ | 25 މެއި 2019 | ހޮނިހިރު 14:46
ތޯމަސް ޓުޗެލް

ތޯމަސް ޓުޗެލް

ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އާއެކު ހަދާފައިވާ އެއްބަސްވުން ތޯމަސް ޓުޗެލް އާކޮށްފިއެވެ.

ޕީއެސްޖީގެ ކޯޗުކަމުން ޓުޗެލް ވަކިކުރާނެ ކަމަށް ރިޕޯޓްތައް ބުނަމުން އައި ދަނޑިވަޅެއްގައި އޭނާ ކްލަބާއެކު އެއްބަސްވުން އާކޮށްފައިވާއިރު، އާ އެއްބަސްވުމުގެ ދަށުން އޭނާ ކްލަބުގައި 2021 ގެ ނިޔަލަށް މަޑުކުރާނެއެވެ.

އެއްބަސްވުން އާކުރުމަށް ފަހު ޓުޗެލް ބުނީ، އެއްބަސްވުން އާކުރެވުމުން އެކަމާ ވަރަށް އުފާވެފައި ހުރި ކަމަށާއި، ކްލަބުން އޭނާއާމެދު ކުރާ އިތުބާރަށް ޝުކުރު އަދާކުރާ ކަމަށެވެ.

ކުރިޔަށް އޮތް ސީޒަނަށް އަމާޒުކޮށް ޕީއެސްޖީން ވަނީ އެ ކްލަބަށް ކުޅުންތެރިން ގެނައުމުގެ މަސައްކަތް ފަށާފައެވެ. އަދި އެ ކްލަބުން އަންނަނީ ޓުޗެލްގެ އެދުމުގެ މަތިން ބައެއް ކުޅުންތެރިން ހޯދުމަށް ވެސް މަސައްކަތް ފަށާފައެވެ.

ޓުޗެލްގެ އިރުޝާދުގެ ދަށުން މި ސީޒަނުގައި ޕީއެސްޖީން އެންމެ އުންމީދުކުރި ޔުއެފާ ޗެމްޕިއަންސް ލީގުގައި ކާމިޔާބެއް ނުހޯދުނަސް، ކުރިޔަށް އޮތް ސީޒަނުގައި ޗެމްޕިއަންސް ލީގު ކާމިޔާބު ކުރުމަށް އެ ކްލަބުން ވަނީ އަމާޒު ހިފާފައެވެ.

މީގެކުރިން ބްރޫޝިއާ ޑޯޓްމަންޑަށް ވެސް ކޯޗުކޮށްދީފައިވާ ޓުޗެލްގެ އިރުޝާދުގެ ދަށުން ޕީއެސްޖީ ވަނީ ކުޅުނު 55 މެޗުގެ ތެރެއިން 40 މެޗުން މޮޅުވެފައެވެ. ބާކީ 8 މެޗުން އެޓީމު ބަލިވިއިރު، ހަތް މެޗު ނިމުނީ އެއްވަރުވެގެންނެވެ.

ޖަރުމަނަށް އުފަން ޓުޗެލްގެ އިރުޝާދުގެ ދަށުން ޑޯޓްމަންޑުން ޖަރުމަން ކަޕް ކާމިޔާބު ކޮށްފައިވާއިރު، ޕީއެސްޖީން ވަނީ އޭނާގެ އިރުޝާދުގެ ދަށުން ފްރެންޗް ލީގު އަދި ފްރެންޗް ސުޕަކަޕް ކާމިޔާބު ކޮށްފައެވެ.

އިތުރަށް ކިޔާލަން

07 އެޕްރީލު 2017

ލިންގާޑް ޔުނައިޓެޑްގެ ކޮންޓްރެކްޓް އާކޮށްފި

07 އެޕްރީލު 2017
ލިންގާޑް ޔުނައިޓެޑްގެ ކޮންޓްރެކްޓް އާކޮށްފި
25 މާރިޗު 2017

އޭވީސީ ސެންޓްރަލް ޒޯން: ކިރިގިސްތާން ބަލިކޮށް ތުރުކަމިނިސްތާން ފައިނަލްގެ އުންމީދު އާކޮށްފި

25 މާރިޗު 2017
އޭވީސީ ސެންޓްރަލް ޒޯން: ކިރިގިސްތާން ބަލިކޮށް ތުރުކަމިނިސްތާން ފައިނަލްގެ އުންމީދު އާކޮށްފި
15 މާރިޗު 2017

އެވަޓަންއިން ހުށަހެޅި އާ އެއްބަސްވުން ލުކާކޫ އަށް ކަމުނުދިޔަ

15 މާރިޗު 2017
އެވަޓަންއިން ހުށަހެޅި އާ އެއްބަސްވުން ލުކާކޫ އަށް ކަމުނުދިޔަ
22 ފެބުރުއަރީ 2017

ޗެމްޕިއަންސް ލީގު: ސިޓީ އަދި އެޓްލެޓިކޯ މޮޅުވެ ކުއާޓާގެ އުންމީދު އާކޮށްފި

22 ފެބުރުއަރީ 2017
ޗެމްޕިއަންސް ލީގު: ސިޓީ އަދި އެޓްލެޓިކޯ މޮޅުވެ ކުއާޓާގެ އުންމީދު އާކޮށްފި
16 ފެބުރުއަރީ 2017

ޗެމްޕިއަންސް ލީގު: ރެއާލް އަދި ބަޔާން މޮޅުވެ ކުއާޓާގެ އުންމީދު އާކޮށްފި

16 ފެބުރުއަރީ 2017
ޗެމްޕިއަންސް ލީގު: ރެއާލް އަދި ބަޔާން މޮޅުވެ ކުއާޓާގެ އުންމީދު އާކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު