Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އެމްޑީޕީގެ ނޫސްބަޔާން

ނައީމާއްތައާ މެދު ފުލުހުން އަމަލުކޮށްފައިވާ ގޮތް އެމްޑީޕީން ކުށްވެރިކޮށްފި

މިކަން ބެލުމަށް އެންއައިސީއަށްވެސް ވަނީ ގޮވާލާފައި

ރިޒްނާ ޒަރީރު
ރިޒްނާ ޒަރީރު, ރާއްޖެ އެމްވީ | 13 އޯގަސްޓު 2017 | އާދީއްތަ 11:59
ނައިމާ މުހައްމަދު ހައްޔަރުކޮށް، ފުލުހުންގެ ވެހިކަލެއްގައި

ނައިމާ މުހައްމަދު ހައްޔަރުކޮށް، ފުލުހުންގެ ވެހިކަލެއްގައި

ހުކުރުދުވަހުގެރޭ އެމްޑީޕީ ހަރުގެ ކުރިމަތިން ހައްޔަރު ކުރި އެ ޕާޓީގެ ޚިދުމަތްތެރި އަދި ދޮށީ އުމުރުގެ ނައީމާ މުޙައްމަދު (ނައީމާއްތަ) އަތޮޅުވެހީގައި ހައްޔަރުކޮށް، ފުލުހުން ޢަމަލުކޮށްފައިވާ ގޮތް ކުށްވެރިކޮށް އެކަން މިހާރުން މިހާރަށް ބެލުމަށް ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނަށް އެމްޑީޕީން ގޮވާލައިފިއެވެ.

މިކަން ކުށްވެރިކޮށް އެމްޑީޕީން ނެރުނު ބަޔާނުގައި ބުނެފައިވަނީ ހުކުރުދުވަހުގެރޭ ނައީމާއްތަ ހައްޔަރުކޮށް އަތޮޅުވެހީގައި ބަންދުކޮށްފައިވަނީ އެތަނުގައި މީހުންނާ އިންޓަވިއުކުރުމަށް ހަދާފައި ހުންނަ ތަނެއްގައި ކަމަށާއި ނައީމާއްތަ ހައްޔަރުކުރުމަށްފަހު ފުލުހުންނަށް އެކިފަހަރުމަތިން ގޮވާލުމުންވެސް ޑިއުޓީގައި ތިބި އެއްވެސް މީހެއްގެ ސަމާލުކަމެއް ދީފައިނުވާ ކަމަށެވެ. އަދި ފާޚާނާއަށް ދިއުމަށްވެސް ނައީމާއްތަ އެތަނުން ނެރެދީފައިވަނީ އަނެއްދުވަހުގެ ހެނދުނު ކަމަށް މިބަޔާނުގައި ބުނެފައިވެއެވެ.

Advertisement - newsAdvertisement

ނައީމާއްތަ ހައްޔަރުކުރީ ބިއްލޫރި ޖަހާފައިވާ ތަނެއްގައި ކަމުގައިވާތީ ހެނދުނު އިރުއެރުމާއެކު އެތަނުގެ ހޫނު ގަދަކަން އިތުރުވެގެންދިޔަ ކަމަށް އެމްޑީޕީގެ ބަޔާނުގައި ބުނެފައިވާއިރު، ކާން ނުވަތަ ބޯނެ އެއްވެސް އެއްޗެއް ނުދީ ބެހެއްޓުމަށްފަހު، ފެންވެސް ދީފައިވަނީ އަނެއްދުވަހުގެ ހެނދުނު 11 ގެ ފަހުން ކަމަށް އެމްޑީޕީން ބުންޏެވެ. އަދި ނައީމާއްތަ ގަވާއިދުން ކާ ބޭސް ފޯރުކޮށްދިނުމަށް ފުލުހުން ހުރަސްއެޅި ކަމަށާއި ނައީމާއްތައަށް ހޭލެވުނީ އެކޮޓަރިއަށް ބިދޭސީ 2 ފިރިހެނަކު، އިތުރު އަންހެން ފުލުހަކާ ނުލައި ހެނދުނު ވަނުމާއެކުގައި ކަމަށް ބުނެފައިވެއެވެ.

ފުލުހުންގެ ބެލުމުގެ ދަށަށް ގެންދާ މީހުންގެ މިފަދަ އަސާސީ ޙައްޤުތަކުން އެމީހުން މަޙްރޫމް ކުރުމަކީ ކަނޑައެޅިގެން ފުލުހުންގެ ޤާނޫނާ ޚިލާފް އަނިޔާވެރި ރަޙުމްކުޑަ ޢަމަލެއް ކަމަށާއި ފުލުހުންގެ ބެލުމުގެ ދަށަށް އާންމުން ގެންދެވުނު ނަމަވެސް އެއީ އަނިޔާވެރިވުމަށް ފުލުހުންނަށް ދެވޭ ހުއްދައެއްނޫ ކަމަށް މިބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

މީހުން ހައްޔަރުކުުރުމުގައި ފުލުހުން ޢަމަލުކުރަންވީ ގޮތާއި ހައްޔަރުގައި ބެހެއްޓޭ މީހުންނާމެދު ޢަމަކުރަންވީ ގޮތްތައް ކަނޑައެޅިފައިވާއިރު އެ އުޞޫލުތަކާ ޚިލާފަށް ކަންކަން ހިނގަމުންދާކަން ތަކުރާރުކޮށް ހައްޔަރީންގެ ކިބައިން ހާމަވާ އިރު، އެފަދަ ކަންކަމާ މެދު ޕޮލިސް ކޮމިޝަނަރާއި ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނާއި ހިއުމަން ރައިޓްސް ކޮމިޝަނުން ހިމޭނުންތިބުމަކީ ލަދުވެތި ކަމެއް ކަމަށް އެޕާޓީން ނެރުނު ނޫސްބަޔާނުގައި ބުނެފައިވެއެވެ.

ރެޔާ ދުވާލު މީހުންގެ ޙައްޤުތައް ފުލުހުން އަނިޔާވެރިކޮށް ނިގުޅާއިގަންނަމުން ދާއިރު، އެފަދަ ވާހަކަތައް ހާމަ ކުރާ ފަރާތްތަކާމެދު ފިޔަވަޅު އަޅާނެ ކަމަށް ބުނެ އިންޒާރުދީ ބިރުދެއްކުމުގެ ގޮތުން ޕޮލިސް ކޮމިޝަނަރު ދައްކަވަނީ ނާތަހުޒީބު ވާހަކަތެއް ކަން ފާހަގަކުރަމުން، އެފަދަ ކަންކަމުން ދުރުވެ، ކޮމިޝަނަރާއި މިނިވަން މުވައްސަސާތަކުގެ ވެރިންނާ ޤަނޫނުން މަތިކޮށްފައިވާ ޒިންމާތައް އަދާ ކުރުމަށް އެމްޑީޕީން ވަނީ ގޮވާލާފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޕީޕީއެމްގެ މެމްބަރުންނާ ބައްދަލު ނުކުރެއްވޭނެ ކަމަށް ފުލުހުން އެންގުމުން ރައީސް މައުމޫން އެޗްއާރުސީއެއްމަށް!

ޕީޕީއެމްގެ މެމްބަރުންނާ ބައްދަލު ނުކުރެއްވޭނެ ކަމަށް ފުލުހުން އެންގުމުން ރައީސް މައުމޫން އެޗްއާރުސީއެއްމަށް!

22 ޖެނުއަރީ 2017
މަރުވި ދެމަފިރިންގެ ތަހުލީލްތަކުގައި މައްސަލައެއް ފެންނާކަށް ނެތް: ފުލުހުން

މަރުވި ދެމަފިރިންގެ ތަހުލީލްތަކުގައި މައްސަލައެއް ފެންނާކަށް ނެތް: ފުލުހުން

22 ޖެނުއަރީ 2017
 ފުލުހުންގެ ވަޒީފާއަށް ކުރިމަތިލުމުގެ ފުުރުސަތު ހުޅުވާލައިފި

ފުލުހުންގެ ވަޒީފާއަށް ކުރިމަތިލުމުގެ ފުުރުސަތު ހުޅުވާލައިފި

20 ޖެނުއަރީ 2017
ގަން އެއާޕޯޓުން ބިދޭސީ މަސައްކަތްތެރިންނަށް ފުރޭނެ ގޮތް ހެދުމަށް މިދަނީ މަސައްކަތް ކުރަމުން: އިމިގްރޭޝަން

ގަން އެއާޕޯޓުން ބިދޭސީ މަސައްކަތްތެރިންނަށް ފުރޭނެ ގޮތް ހެދުމަށް މިދަނީ މަސައްކަތް ކުރަމުން: އިމިގްރޭޝަން

20 ޖެނުއަރީ 2017
ރައީސް މައުމޫނަށް މެންބަރުންނަށް ބައްދަލު ނުކުރެވޭނެކަމަށް އެންގި މައްސަލަ ފުލުހުންނަށް ހުށަހަޅައިފި

ރައީސް މައުމޫނަށް މެންބަރުންނަށް ބައްދަލު ނުކުރެވޭނެކަމަށް އެންގި މައްސަލަ ފުލުހުންނަށް ހުށަހަޅައިފި

19 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

22 މެއި
ހުކުރު ދުވަހު ހެނދުނު ޔަމަނުން އިސްރާއީލަށް މިސައިލު ހަމަލާ އެއް ދީފި
20251 އަހަރު ކުރިން
ދުނިޔެ

ހުކުރު ދުވަހު ހެނދުނު ޔަމަނުން އިސްރާއީލަށް މިސައިލު ހަމަލާ އެއް ދީފި

ދާއިމީ އެކަނިވެރިކަމުން ސިކުނޑިއަށް ބޮޑު ގެއްލުމެއް... ދެވޭ ލަފާއަކީ އެންމެ ރަނގަޅު ހައްލުބާ؟
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ދާއިމީ އެކަނިވެރިކަމުން ސިކުނޑިއަށް ބޮޑު ގެއްލުމެއް... ދެވޭ ލަފާއަކީ އެންމެ ރަނގަޅު ހައްލުބާ؟

ނިލަންދޫ ދާއިރާގެ މެންބަރު މުހުސިން އެމްޑީޕީއަށް ސޮއިކުރައްވައިފި
20233 އަހަރު ކުރިން
ރާއްޖެ

ނިލަންދޫ ދާއިރާގެ މެންބަރު މުހުސިން އެމްޑީޕީއަށް ސޮއިކުރައްވައިފި

މާވިން: މީހަކު ހޭނައްތާލާނެ ގޮތް ފޯނުން ސާރޗް ކުރީ ބަޔަަކު ބިރުދަައްކާތީ
20224 އަހަރު ކުރިން
ރިޕޯޓު

މާވިން: މީހަކު ހޭނައްތާލާނެ ގޮތް ފޯނުން ސާރޗް ކުރީ ބަޔަަކު ބިރުދަައްކާތީ

ބްލެކް ފަންގަސް ފެތުރެމުން ދަނިކޮށް ވައިޓް ފަންގަސް ވެސް ފެނިއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ބްލެކް ފަންގަސް ފެތުރެމުން ދަނިކޮށް ވައިޓް ފަންގަސް ވެސް ފެނިއްޖެ

ބިދޭސީން ގަވާއިދާ ހިލާފަށް މަސައްކަތް ކުރަނީ އެ މީހުން ގެންނަ މީހާގެ އިހުމާލުން: ތޮލާލް
20197 އަހަރު ކުރިން
ރާއްޖެ

ބިދޭސީން ގަވާއިދާ ހިލާފަށް މަސައްކަތް ކުރަނީ އެ މީހުން ގެންނަ މީހާގެ އިހުމާލުން: ތޮލާލް

ކުރުނބާގެ އަގު ބޮޑުވިއިރު ކޮޕީ ފަތް ލިބުމަށް ދަތިވެއްޖެ!
20188 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ކުރުނބާގެ އަގު ބޮޑުވިއިރު ކޮޕީ ފަތް ލިބުމަށް ދަތިވެއްޖެ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު