Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެގުޅިފައިވާ ސިޔާސީ ޕާޓީތައް

ފާރިސް ހައްޔަރުކުރުން ޕާޓީތަކުން ކުށްވެރިކޮށްފި

ޤާނޫނާއި ގަވާއިދާ ހިލާފު އަމުރުތަކަށް ތަބާ ނުވުމަށް ދިވެހި ފުލުހުންނަށް ހަދާންކޮށްދޭ ކަމަށް

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 18 ޖުލައި 2017 | އަންގާރަ 15:40
ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ނޫސްވެރިންގެ ބައްދަލުވުން

ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ނޫސްވެރިންގެ ބައްދަލުވުން

ދިއްގަރު ދާއިރާގެ މެމްބަރު އަހްމަދު ފާރިސް މައުމޫން ހައްޔަރުމާ ގުޅިގެން އެކަން ހަރުކަށި އިބާރާތުން ކުށްވެރިކުރާކަމަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ބުނެފިއެވެ.

ގުޅިފައިވާ ސިޔާސީ ޕާޓީތަކުން މިކަން ކުށްވެރިކޮށްފައިވަނީ އަންގާރަ ދުވަހު ނެރުނު ޖޮއިންޓް ސްޓޭޓްމަންޓެއް ގައެވެ.

Advertisement - newsAdvertisement

މި ސްޓޭޓްމަންޓުގައި ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ބުނެފައިވަނީ ޤާނޫނާއި ހިލާފަށް ފާރިސް ހައްޔަރުކޮށްފައިވަނީ ރައްޔިތުން މަޖިލީހުގެ ރައީސް އަބްދުﷲ މަސީހްގެ އިތުބާރު ނެތްކަމުގެ ވޯޓު ނެގުމަށް ހަފްތާއެއް ވެފައިވަނިކޮށް ކަމަށާއި ފާރިސް ހައްޔަރުކޮށްފައިވަނީ މަޖިލީހުގެ މެންބަރުންނަށް ނުފޫޒު ފޯރުވައި، ގާނޫނާ ޚިލާފަށް މަސައްކަތްތަކެއް ކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭތީއާއި، ފާރިސް މުޖުތަމައުއަށް ދޫކޮށްފައި ބެހެއްޓުމަކީ މައްސަލައިގެ ތަހުގީގަށް ބޮޑެތި ހުރަސްތަކެއް އެޅި މިކަންކަމާ ގުޅޭ ގޮތުން ލިބެންހުރި ހެކި ފޮރުވައި، ހެކިބަސް ދޭން ތިބި ފަރާތްތަކަށް ނުފޫޒު ފޯރުވައި، އެ ހެކި ނައްތާލުމުގެ ފުރުސަތު ތަނަވަސްވެގެންދާނެ ކަމެއް ކަމަށް ކްރިމިނަލް ކޯޓަށް ފެންނާތީ ކަމަށެވެ. ނަމަވެސް ފާރިސްވަނީ މިހުރިހާ ތުހުމަތުތަކެއް ދޮގުކޮށްފައެވެ.

ފާރިސް ހައްޔަރުކުރަން ކްރިމިނަލް ކޯޓުން އަމުރު ދީފައިވަނީ ޕޮލިހުންގެ ސިއްރު އިންޓެލިޖަންސް ރިޕޯޓެއްގެ މައްޗަށް ބިނާކޮށްކަމަށް ކްރިމިނަލް ކޯޓުން ބުނެފައިވާ ކަމަށާއި މިކަހަލަ އިންޓެލިޖަންސް ރިޕޯޓްތަކަކީ ފަހަކަށް އައިސް ޤާނޫނާ ހިލާފު އަމުރުތައް ކުރުމަށާއި ސިޔާސީ މަޤްސަދުތައް ހާސިލްކުރުމަށް ބޭނުންކުރާ ރިޕޯޓްތަކެއް ކަމަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ވަނީ ބުނެފައެވެ.

ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ދިވެހި ފުލުހުންނަށް ޤާނޫނާއި ގަވާއިދާ ހިލާފު އަމުރުތަކަށް ތަބާ ނުވުމަށް ހަދާންކޮށްދޭކަމަށާއި މިކަހަލަ އަމުރުތަކަށް ތަބާވާ ފުލުހުންނަށް ކުރިއަށް އަންނަ އޮތް ސަރުކާރަކުން ޖަވާބުދާރީ ކުރުވާނެކަމަށްވެސް ގުޅިފައިވާ ސިޔާސީ ޕާޓީތަކުންވަނީ ބުނެފައެވެ.

މާރިޗް މަހު ސިޔާސީ ހަތަރު ޕާޓީ އެމްޑީޕީ، ޕީޕީއެމް، އަދާލަތު ޕާޓީ އަދި ޖުމްހޫރީ ޕާޓީގެ ލީޑަރުން ރާއްޖޭގެ ސިޔާސީ ހާލަތު ރަގަޅުކުރުމަށް ކޯލިޝަން ހަދާފައިވާކަމަށްވެސް މި ސްޓޭޓްމަންޓްގައި ބުނެފައިވެއެވެ.

ފުލުހުންގެ ޗީފް ސުޕުރިޑެންޓެންޓު އަދި އޮފަރޭޝަނަލް ޑިޕާޓްމަންޓުގެ ހެޑް އަހްމަދު އަބްދުއް ރަހުމާންއަކީ ނިލަންދޫ ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ސެކެޓަރީ ޖެނެރަލް އަބްދުﷲ ޙަލީލުގެ ޅިޔަނެއް ކަމަށާއި ޙަލީލުއަކީ ރައީސް ޔާމީންއަށް ވަފާދާރު މީހެއްކަމަަށްވެސް ގުޅިފައިވާ ޕާޓީތަކުން ބެނެފައިވެއެވެ.

އިތުރަށް ކިޔާލަން

09 މާރިޗު 2017

މެންބަރުންގެ އެއްވެސް ބާރެއް މިހާރު ނެތް: ފާރިސް

09 މާރިޗު 2017
މެންބަރުންގެ އެއްވެސް ބާރެއް މިހާރު ނެތް: ފާރިސް
08 މާރިޗު 2017

ރައްޔިތުންގެ މަތިން ހަނދާންކުރާ މަޖިލީހެއް ހޯދުމުގެ ފުރުސަތު އެބަ އޮތް: ފާރިސް

08 މާރިޗު 2017
ރައްޔިތުންގެ މަތިން ހަނދާންކުރާ މަޖިލީހެއް ހޯދުމުގެ ފުރުސަތު އެބަ އޮތް: ފާރިސް
08 މާރިޗު 2017

މަސީހު ބޭރުކުރުން ލާޒިމް، ބޮޑު މެޖޯރިޓީއެއް އެބައޮތް: ފާރިސް

08 މާރިޗު 2017
މަސީހު ބޭރުކުރުން ލާޒިމް، ބޮޑު މެޖޯރިޓީއެއް އެބައޮތް: ފާރިސް
02 މާރިޗު 2017

ނޫސްވެރިންނަށް ދޭ އިންޒާރުތައް މީޑިއާ ކައުންސިލުން ކުށްވެރިކޮށްފި

02 މާރިޗު 2017
ނޫސްވެރިންނަށް ދޭ އިންޒާރުތައް މީޑިއާ ކައުންސިލުން ކުށްވެރިކޮށްފި
20 ފެބުރުއަރީ 2017

ފާރިސްއާއި ނާދިރާ ވަކިކުރި މައްސަލައިގެ އަޑުއެހުމެއް ސިވިލް ކޯޓުގައި އެޖެންޑާ ކޮށްފި

20 ފެބުރުއަރީ 2017
ފާރިސްއާއި ނާދިރާ ވަކިކުރި މައްސަލައިގެ އަޑުއެހުމެއް ސިވިލް ކޯޓުގައި އެޖެންޑާ ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު