Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓްް

މާލެ އާއި ރާއްޖެތެރެ ކިޔުން ހުއްޓާލަންޖެހޭ!

ތަކެތީގެ އަގު ބޮޑުވުމާއެކު، މާލެ އާއި ރާއްޖެތެރެގެ ބަހުސް ވަނީ ގަަދަވެފައި

އަބުދުﷲ ނަސީރު އިބްރާހިމް
އަބުދުﷲ ނަސީރު އިބްރާހިމް, ރާއްޖެ އެމްވީ | 7 މެއި 2019 | އަންގާރަ 12:20
ތޮއްޖެހިފައިވާ މާލެ

ތޮއްޖެހިފައިވާ މާލެ

ކަނޑޫދޫ މިރުހާއި ބައެއް ދަނޑުވެރިކަމުގެ އުފެއްދުންތަކުގެ އަގު ރަމަޟާން މަހާ އެކު ބޮޑުވުމުން އުފެދުނީ މުޅިން އެހެން މައްސަލައެކެވެ. ފެށުނީ މުޅިން އެހެން ބަހުސްއަކާއި، ޒުވާބެކެވެ.

މާލެ ކުލީގެ އަގު ބޮޑުވެގެން އެކަމުގެ ވާހަކަދައްކާއިރު، ރާއްޖެތެރެއިން އުފައްދާ އުފެއްދުންތަކުގެ އަގު ބޮޑުވެގެން އެ ވާހަކަ ނުދައްކަނީ ކީއްވެތޯ އެއް ބަޔަކު ބުނަމުންގެންދިޔައިރު، އަނެއް ބަޔަކު ބުނަމުންގެންދިޔައީ ރާއްޖެތެރޭ މީހުންނަށް ބޮޑު ކުލީގައި ދިރިއުޅެންޖެހިފައިވާއިރު، ދަނޑުވެރިކަމުގެ ތަކެތީގެ އަގު ބޮޑުވެގެން ޝަކުވާ ކުރާނެ ޖާގައެއް ނެތް ކަމަށެވެ. އެއީ މަސައްކަތުގެ އަގު ކަމަށެވެ.

ބޮޑު ކުލި ދައްކާފައި މާލޭގައި ދިރިއުޅެން މަޖުބޫރު ނުކުރާ ކަމަށް "މާލޭ" މީހުން ބުނާއިރު، ހަމަ އޭގެ ރައްދެއްގެ ގޮތުން ބޮޑު އަގުދައްކާފައި އަތޮޅު ތެރޭގެ އުފެއްދުންތައް ގަންނަން މަޖުބޫރު ނުކުރާ ކަމަށް "ރާއްޖެތެރޭ" މީހުން ވެސް ބުނެ އެވެ. މާލޭގައި ދިރިއުޅެނީ ހިދުމަތްތައް ނުލިބި، އިތުރު ގޮތެއް ނެތިގެން ކަމަށް ބުނާއިރު، "މާލޭ" މީހުން ބުނަނީ އިމާރާތް ކުރަނީ ބޮޑު ލޯނު ނަގައިގެން ކަމަށެވެ. އެހެންކަމުން ބޮޑު ކުލި ވެސް ނަގަން މަޖުބޫރު ވަނީ ކަމަށެވެ.

ކޮންމެއަކަސް ދައްކަން މި އުޅެނީ "މާލެ" އާއި "ރާއްޖެތެރެ" މީހުން ކުރާ ޒުވާބުގެ ވާހަކަ އެވެ. ދައްކަން މި އުޅެނީ މާލެ، މާލެއަށް ވީގޮތާއި، އެކަކަށް ވެސް "މާލެ" އޭ "ރާއްޖެތެރެ" އޭ ބުނެ އަނެކާ ދަށްކޮށްލުމުގެ ނިޔަތުގައި އެއްޗެއް ބުނެވެން ނެތް ވާހަކަ އެވެ.

ހުރިހާ ހިދުމަތެއް މާލެއަށް އެއްކޮށް، ރާއްޖެތެރޭ މީހާ މާލެ ނައިސް، ރަށުގައި ދިރިއުޅުނު ނަމަ މާލެ، މާލެއަށް ވީސް ހެއްޔެވެ؟ މާލޭ މީހާއަށް ބޮޑު ކުލި ނެގެނީ ވެސް ރާއްޖެތެރޭ މީހާގެ ސަބަބުންނެވެ. ބޮޑު ކުލީގައި އިމާރަތް ކުއްޔަށް ދޫކޮށްފައި ޤައުމުން ބޭރުގައި ވެސް އުޅެނީ ހަމަ ރާއްޖެތެރޭ މީހާ އެ އިމާރަތްތައް ކުއްޔަށް ނަގާތީ އެވެ. މާލޭ މީހުންނަށް ހިދުމަތްތައް ވެސް ލިބެނީ، ރާއްޖެތެރޭ މީހާ މާލެ އައިސް އެ ހިދުމަތްތައް ފޯރުކޮށްދޭން އުޅޭތީ އެވެ. ވިޔަފާރިތައް ވެސް ހަމަ ހިނގަނީ އެ އުސޫލުންނެވެ.

ރާއްޖެތެރޭ މީހުން މާލެ އަންނަން މަޖުބޫރު ކުރުވީ ވެސް ހަމަ މާލޭ މީހުންނެވެ. ޒަމާނުއްސުރެ ވެރިކަމުގެ ކޮއިލުގެ ތެރޭގައި ތިއްބަވައިގެން ރާއްޖެތެރެއަށް އެއްވެސް ހިދުމަތެއް ނުދީ ހުރިހާ ހިދުމަތްތަކެއް މާލެއަށް އެއްކުރީ ވެސް ހަމަ އެ މީހުންނެވެ. އަހަރުތައް ޒަމާންތަކަށް ބަދަލުވެގެން ދިޔަ އިރު ވެސް އެންމެ އަސާސީ ހިދުމަތްތައް ނުލިބޭ ރާއްޖެތެރޭ ރަށްތައް އެބަހުއްޓެވެ. ސްކޫލަށް ދިއުމަށް ކޮންމެ ދުވަހަކު ފެރީގައި ދަތުކުރަންޖެހޭ ދަރިވަރުން އަދިވެސް އެ ބުނާ ރާއްޖެތެރޭގައި އެބަ އުޅެވެ. ނަމަވެސް ރާއްޖެ ތެރޭ މީހާ އަތުން ވެސް ޓެކްސް ނަގަނީ މާލޭ މީހާގެ ޖީބުން ވެސް ނަގާ ވަރަށެވެ. ނަމަވެސް ރާއްޖެތެރޭ މީހާގެ ރަށް ތަރައްގީ ނުވެ އެއްކަލަ މާލެ ތަރައްގީ ވަނީ ކީއްވެ ހެއްޔެވެ؟ އެހެންކަމުން މާލޭ މީހުންނަށް ރާއްޖެތެރޭ ކިއުމުގެ އެއްވެސް ހައްޤެއް އޮތް ކަމަކަށް ޤަބޫލެއް ނުކުރަމެވެ.

ތެދެކެވެ. ދަނޑުވެރިން އުފައްދާ އުފެއްދުންތަކުގެ އަގުވެސް 100 އިންސައްތަ ބޮޑުކުރާކަށް ނުޖެހެ އެވެ. ނަމަވެސް އެކަން އެގޮތަށް ވަނީ ދަނޑުވެރިންގެ ސަބަބަކުން ނޫނެވެ. އެހެނީ ދަނޑުވެރިން މާލޭ ބާޒާރަށް އެއްޗެހި ވިއްކަނީ ތިން ވަނަ ފަރާތެއް މެދުވެރިކޮށް ކަމަށްވާތީ އެވެ. ތިން ވަނަ ފަރާތަކާ ހަމައަށް އަންނައިރު، ކޮންމެ ފަށަލައަކުން ވެސް ވިޔަފާރި ފައިދާއަށް މިންވަރެއް އިތުރުކުރާތީ އެވެ. އެހެންކަމުން އެކަމުގައި އަދި އަމުދުން، މާލެ، ރާއްޖެތެރޭ ކިޔާނެ ޖާގައެއް ނެތެވެ.

މާލެވެސް ހިމެނެނީ ހަމަ ރާއްޖެތެރޭގައެވެ. ރާއްޖެތެރޭގެ ރަށެއްގެ ގޮތުގަ އެވެ. ދެން ކޮން، މާލެއެއް ރާއްޖެތެރެއެއް ކިޔާކަށް ހެއްޔެވެ؟ މިއީ އެއް ޤައުމެކެވެ. މި ޤައުމަށް ލިބިފަައިވާ ގުދުރަތީ މުއްސަނދިކަން އޮތީ ރާއްޖެތެރޭގަ އެވެ. ރާއްޖޭގެ ނަލަކަން ދެކިލުމަށް، މާލޭ މީހާ ވެސް ހަމަ ދާން އޮތީ ރާއްޖެތެރެއަށެވެ. މި މާލެއަކުން ރާއްޖެތެރެ ވަންތަކަން ހޯދަން ރަސްފަންނު ހެދިއެއް ކަމަކު އެ އުފަލާއި އަރާމެއް ނުލިބެއެވެ.

މި ކުޑަކުޑަ ޤައުމު، ޤައުމެއްގެ ގޮތުގައި ކުރިއަރައިދާނީ އެއް ރާއްޖެއެއްގެ ގޮތުގަ އެވެ. ތަަކެތީގެ އަގު އުފުލޭ ކޮންމެ ވަގުތަކު، އަދި އެހެންވެސް މައްސަލައެއް ޖެހޭ ކޮންމެ ފަހަރަކު، މާލެއާއި ރާއްޖެތެރެ ކިޔުން ހުއްޓާލަންޖެހެ އެވެ. މިއީ ކުރަންޖެހޭ ބަހުސެއް ނޫނެވެ. ޒާތީ ވާންޖެހޭ ސަބަބެއް ވެސް ނެތެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އުުތުރު ކޮރެއާއިން ނިއުކްލިއާ ހަތިޔާރު ޓެސްޓް ކުރަނީ ކީއްވެބާ؟

އުުތުރު ކޮރެއާއިން ނިއުކްލިއާ ހަތިޔާރު ޓެސްޓް ކުރަނީ ކީއްވެބާ؟

06 މެއި 2017
ފުރާނައާއި ފުރާނަފުޅު!

ފުރާނައާއި ފުރާނަފުޅު!

26 އެޕްރީލު 2017
އެމެރިކާ އާއި އުތުރު ކޮރެއާގެ ގުޅުން ގޯހަށް! ނިމޭނިީ ކިހާ ހިސާބަކުންބާ؟

އެމެރިކާ އާއި އުތުރު ކޮރެއާގެ ގުޅުން ގޯހަށް! ނިމޭނިީ ކިހާ ހިސާބަކުންބާ؟

24 އެޕްރީލު 2017
ފުޓްސަލް އާއި ފުޓުބޯޅަ ވަކިކުރަންވީތަ؟ ނުވަތަ ފުޓްސަލް މުބާރާތްތައް އޮފް ސީޒަނަށް ބަދަލުކުރަންވީތަ؟

ފުޓްސަލް އާއި ފުޓުބޯޅަ ވަކިކުރަންވީތަ؟ ނުވަތަ ފުޓްސަލް މުބާރާތްތައް އޮފް ސީޒަނަށް ބަދަލުކުރަންވީތަ؟

13 އެޕްރީލު 2017
އުތުރު ކޮރެއާ އާއި މެލޭޝިއާގެ ގުޅުން ވަރަށް ގޯސްވެއްޖެ! ނިމޭނީ ކިހާ ހިސާބަކުންބާ؟!

އުތުރު ކޮރެއާ އާއި މެލޭޝިއާގެ ގުޅުން ވަރަށް ގޯސްވެއްޖެ! ނިމޭނީ ކިހާ ހިސާބަކުންބާ؟!

07 މާރިޗު 2017

އަހަރުތަކުން މިއަދު

2 ފެބުރުއަރީ
ސިފައިންގެ މީހަކު އެހެން ސިފައިންގެ ބައެއްގެ ގަޔަށް ބަޑިޖަހަން އުޅުނުކަމުގެ މައުލޫމާތު ލިބިއްޖެ
20251 އަހަރު ކުރިން
ރާއްޖެ

ސިފައިންގެ މީހަކު އެހެން ސިފައިންގެ ބައެއްގެ ގަޔަށް ބަޑިޖަހަން އުޅުނުކަމުގެ މައުލޫމާތު ލިބިއްޖެ

އެމްޑީޕީ ޕްރައިމަރީ: ގިނަ މެމްބަރުންތަކަކަށް ޓިކެޓް ކަށަވަރުވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ޕްރައިމަރީ: ގިނަ މެމްބަރުންތަކަކަށް ޓިކެޓް ކަށަވަރުވެއްޖެ

މަރުވިކަމަށް ނިންމާ އިންޑިއާގައި އަންދާލި މީހެއް 8 މަސް ފަހުން އެނބުރި ގެއަށް
20233 އަހަރު ކުރިން
ތަފާތު ޚަބަރު

މަރުވިކަމަށް ނިންމާ އިންޑިއާގައި އަންދާލި މީހެއް 8 މަސް ފަހުން އެނބުރި ގެއަށް

އިންޑިއާ އައުޓް ކެމްޕެއިނާ ދެކޮޅަށް ގާނޫނު ހަދާ މައްސަލަ ބޭރު ދުނިޔޭގެ ސަމާލުކަމަށް
20224 އަހަރު ކުރިން
ރާއްޖެ

އިންޑިއާ އައުޓް ކެމްޕެއިނާ ދެކޮޅަށް ގާނޫނު ހަދާ މައްސަލަ ބޭރު ދުނިޔޭގެ ސަމާލުކަމަށް

ކުޅި، ފާ، ޗަސްބިން - އަގުނުކުރެވޭ ފަދަ މާހައުލުތަކެއް
20215 އަހަރު ކުރިން
ރިޕޯޓު

ކުޅި، ފާ، ޗަސްބިން - އަގުނުކުރެވޭ ފަދަ މާހައުލުތަކެއް

މަޖިލީހަށް ގެންނަންވާނީ ޝަރުއީ ދާއިރާ އިސްލާހު ކުރުމުގެ ވިސްނުމާއި ޤާބިލުކަން ހުރި މެމްބަރުން: ނިޝާން
20197 އަހަރު ކުރިން
ރާއްޖެ

މަޖިލީހަށް ގެންނަންވާނީ ޝަރުއީ ދާއިރާ އިސްލާހު ކުރުމުގެ ވިސްނުމާއި ޤާބިލުކަން ހުރި މެމްބަރުން: ނިޝާން

އުއްތަމަ ފަނޑިޔާރު ދިރިއުޅުއްވާ ގެކޮޅަށް އެސްޕީޖީގެ އިސް ބައެއް ފަރާތްތަކުން ގޮސްފި
20188 އަހަރު ކުރިން
ރާއްޖެ

އުއްތަމަ ފަނޑިޔާރު ދިރިއުޅުއްވާ ގެކޮޅަށް އެސްޕީޖީގެ އިސް ބައެއް ފަރާތްތަކުން ގޮސްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު