Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެލަންކާ ހަމަލާ

ހަމަލާ އަށް ފަންޑް ކުރި މީހާ ހައްޔަރު ކޮށްފި

200 ބޭންކް ސްލިޕާއި 10 މިލިއަން ރުޕީސްގެ ކޭޝް ރިސިޕްޓް ފުލުހުން ވަނީ ހޯދާފައި

އަލީ ސަމާޚް
އަލީ ސަމާޚް, ރާއްޖެ އެމްވީ | 4 މެއި 2019 | ހޮނިހިރު 04:48
ފަންޑުކުރި ކަމަށް ތުހުމަތު ކުރެވޭ މީހާ ހައްޔަރު ކޮށްގެން ގެންދަނީ

ފަންޑުކުރި ކަމަށް ތުހުމަތު ކުރެވޭ މީހާ ހައްޔަރު ކޮށްގެން ގެންދަނީ

އޭޕްރީލް މަހުގެ 21 ވަނަ ދުވަހު އަވަށްޓެރި ސްރީލަންކާ އަށް ދިން ބޮންގޮއްވާލުމުގެ ހަމަލާ ހިންގި ނެޝަނަލް ތައުހީދު ޖަމާއަތަށް (އެންޓީޖޭ) ފަންޑު ކޮށްދިން ކަމުގެ ތުހުމަތުގައި ފުލުހުން މީހަކު ހައްޔަރު ކޮށްފިއެވެ.

ލަންކާގެ ފުލުހުން ހިންގި އޮޕަރޭޝަނެއް ގައި ހައްޔަރު ކޮށްފައިވަނީ އަބްދުލް ސައްތާރު މުހައްމަދު ނަމަކަށް ކިޔާ މީހެކެވެ. އޭނާ އަކީ އެންޓީޖޭ ފައިނޭންޝަލް މެނޭޖަރު ކަމަށް ފުލުހުން ތުހުމަތު ކުރެއެވެ.

ސިފައިންގެ ފައުޖުތަކުން ވަނީ އޭނާގެ އަތުން 200 ބޭންކް ސްލިޕާއި 10 މިލިއަން ރުޕީސްގެ ކޭޝް ރިސިޕްޓްގެ އިތުރުން 25 މިލިއަންގެ ކޭޝް ރިސިޕްޓް ހޯދާފައެވެ.

ބޭންކް ސްލިޕްގެ އިތުރުން ލެޕްޓޮޕަކާ، އައިއެސް ޖަމާއަތުގެ ވީޑިއޯ ތަކަކާއި، ސިފައިންގެ ޔުނީފޯމު އަޅައިގެން ތިބި ފޮޓޯ ތަކަކާއި، ދެ އައިޑީ ކާޑުގެ އިތުރުން ތެލަދެނިޔާގައި ހިނގާ ދިޔަ ހަމަލާތަކުގެ ވީޑިއޯތަކެއް ހޯދިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އަދި އޭގެ އިތުރުން ހަމަލާއަށް ފަހު ސަމާލުވެގެން އުޅުމަށް އަންހެނަކު އިލްތިމާސް ކުރާ އޯޑިއޯއެއް ވެސް ފުލުހުން ވަނީ ހޯދާފައެވެ.

ފަންޑު ކުރި ކަމަށް ޝައްކު ކުރެވޭ ސައްތާރު ހައްޔަރު ކޮށްފައި ވަނީ ބޫޓް ވިއްކާ ފިހާރައެއްގެ ވެރިމީހަކުގެ ގެކައިރި ކުއްޔަށް ނަގައިގެން އުޅުނު ތަނަކުންނެވެ. އެ ގެއަކީ ހަށިގޮއްވާލައިގެން ހަމަލާދިން ދެ މީހަކު އެކަން ކުރަން ކުރުމުގެ ކުރިން ބޭނުން ކުރި ގެކަމަށް ފުލުހުން މައުލޫމާތުދެއެވެ. ހައްޔަރު ކުރި މީހާގެ ބަންދާ މެދު ގޮތެއް ނިންމުމަށް އިއްޔެ އޭނާ ވަނީ ގަމްޕޮލާގެ މެރޖިސްޓްރޭޓް ކޯޓަށް ހާޒިރު ކޮށްފައެވެ.

ފަންޑު ކުރި ކަމަށް ތުހުމަތު ކުރި މީހަކު ހައްޔަރު ކޮށްފައިވާއިރު، އިސްލާމީ ހަރުކަށި ބަޔަކު ވެރިރަށް ކޮޅުނބުގެ ބްރިޖްގައި ހަމަލާތަކެއް ދޭން އުޅޭ ކަމުގެ އިންޓެލް މައުލޫމާތު ލިބިފައިވާ ކަމަށް ހުކުރު ދުވަހު ފުލުހުން ވަނީ ބުނެފައެވެ. ފުލުހުން ވަނީ މިހާރު އެ ސަރަހައްދުގެ ސަލާމަތީ ފިޔަވަޅުތައް ވަރުގަދަ ކޮށްފައެވެ.

އިތުރަށް ކިޔާލަން

17 ޖެނުއަރީ 2017

ތުރުކީގެ ނައިޓް ކްލަބަށް ހަމަލާދިނުމުގައި އިންޓެލިޖެންސް ބައިވެރިވާ ކަމަށް ސަރުކާރުން ތުހުމަތުކޮށްފި

17 ޖެނުއަރީ 2017
ތުރުކީގެ ނައިޓް ކްލަބަށް ހަމަލާދިނުމުގައި އިންޓެލިޖެންސް ބައިވެރިވާ ކަމަށް ސަރުކާރުން ތުހުމަތުކޮށްފި
16 ޖެނުއަރީ 2017

ސީރިއާ ސަރުކާރާ ގުޅިފައިވާ ފައުޖަކުން ދިން ހަމަލާތަކެއްގައި އާއްމުންގެ ހަތް މީހުން މަރާލައިފި

16 ޖެނުއަރީ 2017
ސީރިއާ ސަރުކާރާ ގުޅިފައިވާ ފައުޖަކުން ދިން ހަމަލާތަކެއްގައި އާއްމުންގެ ހަތް މީހުން މަރާލައިފި
13 ޖެނުއަރީ 2017

ގެމްބިއާގެ ރައީސް ޔަހްޔާ ޖަމްމޭހް އަށް ނާއިޖީރިއާއިން ސިޔާސީ ހިމާޔަތް ދިނުމަށް ފާސްކޮށްފި

13 ޖެނުއަރީ 2017
ގެމްބިއާގެ ރައީސް ޔަހްޔާ ޖަމްމޭހް އަށް ނާއިޖީރިއާއިން ސިޔާސީ ހިމާޔަތް ދިނުމަށް ފާސްކޮށްފި
11 ޖެނުއަރީ 2017

އަފްޣާނިސްތާނުގައި އަންގާރަ ދުވަހު ހަނގުރާމަވެރިން ދިން ހަމަލާތަކުގައި އެތައް ބަޔަކު މަރުވެއްޖެ

11 ޖެނުއަރީ 2017
އަފްޣާނިސްތާނުގައި އަންގާރަ ދުވަހު ހަނގުރާމަވެރިން ދިން ހަމަލާތަކުގައި އެތައް ބަޔަކު މަރުވެއްޖެ
11 ޖެނުއަރީ 2017

އަފްޣާނިސްތާނުގައި ޖާނުންފިދާވެގެން ދިން ބޮމުގެ ދެހަމަލާއެއްގައި 20 މީހުން މަރުވެއްޖެ

11 ޖެނުއަރީ 2017
އަފްޣާނިސްތާނުގައި ޖާނުންފިދާވެގެން ދިން ބޮމުގެ ދެހަމަލާއެއްގައި 20 މީހުން މަރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު