Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެވެމްކޯ

ބާރަށް ވެހިކަލް ދުއްވާ ވެމްކޯ ޑްރައިވަރުންގެ މައްސަލަ މި ދަނީ ބަލަމުން: ވެމްކޯ

29 އެޕްރީލު 2019 | ހޯމަ 04:22

ޒޯންތަކުގައި ފިރިހެން އޮފިސަރުން ބޭތިއްބުމަށް ހަމަޖެހިފައިވާ ކަމަށް އެޑަމް ވިދާޅުވި

އަލީ ސަމާޚް
އަލީ ސަމާޚް | 29 އެޕްރީލު 2019 | ހޯމަ 04:22
ބާރަށް ދުއްވި ކަމަށް ބުނާ ވެމްކޯގެ ވެހިކަލެއް

ބާރަށް ދުއްވި ކަމަށް ބުނާ ވެމްކޯގެ ވެހިކަލެއް

ބާރު ސްޕީޑުގައި ވެމްކޯގެ ވެހިކަލްތައް ދުއްވަމުންދާކަން ސަމާލު ކަމަށް އައިސްފައިވާ ކަމަށާއި، އެ މައްސަލަ ބަލަމުންދާ ކަމަށް ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން (ވެމްކޯ) އިން ބުނެފިއެވެ.

ވެމްކޯގެ ކުނިއުކާ ވެހިކަލެއް ބާރު ސްޕީޑެއްގައި ދުއްވާ ވީޑިއޯއެއް ޝޯޝަލް މީޑިއާގައި ވަނީ ދާދި ފަހުން އާއްމުވެފައެވެ. އެ ވިޑީއޯގައި ފެންނަނީ ވަރަށް ބާރު ސްޕީޑެއްގައި ވެމްކޯގެ އުޅަނދެއް ދުއްވާފައި ދާތަނެވެ. އެ ވީޑިއޯ އަށް ކޮމެންޓްކޮށްފައިވާ ގިނަ މީހުން ބުނެފައި ވަނީ އާއްމު ގޮތެއްގައި ވެމްކޯގެ ވެހިކަލްތައް ދުއްވަނީ ބާރު ސްޕީޑުގައި ކަމަށެވެ.

Advertisement - newsAdvertisement

ވެމްކޯގެ ވެހިކަލްތައް އާދަޔާ ހިލާފަށް ބާރަށް ދުއްވަމުން ދާކަން ސަމާލުކަމަށް އައިސްފައިވާ ކަން ފާހަގަ ކުރައްވަމުން ވެމްކޯގެ މެނޭޖިން ޑިރެކްޓަރ އާދަމް މުހައްމަދު (އެޑަމް) ރާއްޖެއެމްވީ އަށް ވިދާޅުވީ، އެ ކަންތައް ބެލުމަށް އިންޓަރނަލް އޮޕަރޭޝަނަލް އޮޑިޓެއް ހިންގަމުންދާ ކަމަށެވެ. އަދި އެގޮތަށް ދުއްވާ ޑްރައިވަރުންނާ މެދު ފިޔަވަޅު އަޅާނެ ކަމަށެވެ.

އެޑަމް ވިދާޅުވީ، ވެމްކޯގައި މިހާރު މަސައްކަތް ކުރަމުންދާ ޑްރައިވަރުންނަކީ، ކުރީއްސުރެ މަސައްކަތް ކުރަމުންދާ ޑްރައިވަރުން ކަމަށެވެ. އެ އޮޑިޓް ހަދައި ދެ ހަފްތާއެއްގެ ތެރޭގައި ނިމޭނެ ކަމަށާއި، ބާރަށް ދުއްވަނީ ކޮން ޑްރައިވަރުންތަކެއް ކަން ދެނެގަނެވޭނެ ކަމަށް ވިދާޅުވިއެވެ.

ރޭގަނޑު ގަޑީގައި ބުރަކޮށް މަސައްކަތްކުރާ ވެމްކޯގެ އަންހެން މުވައްޒަފުންނަށް ޖިންސީ ފުރައްސާރަ ކުރާ ކަމަށް ބައެއް ފަރާތުން ވާހަކަތައް ދެކެވެމުން ދާއިރު އެކަމަށް އިޝަރާތް ކުރައްވާ އެޑަމް ވިދާޅުވީ، އެފަދަ މައްސަލައެއް އެއްވެސް ފަރާތަކުން މިހާތަނަށް ރިޕޯޓް ކޮށްފައި ނުވާ ކަމަށެވެ.

''އެކަހަލަ ކަމެއް ޑައިރެކްޓްލީ، ވާ ގޮތަކީ އެއްވެސް ފަރާތަކުން ވެސް އެއްވެސް މުވައްޒަފަކު ވެސް ރިޕޯޓެއް ނުކުރައްވާ. ދެން އެކަން އެކަމަކު ސުޕަވައިޒަރުންނާއި މީހުން މެދުވެރިކޮށް އަޅުގަނޑުމެންގެ ސަމާލު ކަމަށް އައީމަ، މިހާރު އަޅުގަނޑުމެން މި ލަނީ ތަންކޮޅެއް އެކަހަލަ ކަންތައްތައް ބެލެހެއްޓޭވަރުގެ މީހުން،'' އެޑަމް ވިދާޅުވިއެވެ.

ކުރިން ޒޯންތައް ބަލަހައްޓަން ތިބެނީ ހަމައެކަނި އަންހެން އޮފިސަރުން ކަން ފާހަގަ ކުރައްވަމުން އޭނާ ވިދާޅުވީ، ޑިއުޓީ އޮފިސަރުންނަށް އެކަންތައްތައް ބެލެހެއްޓޭނެ ވަރުގެ ފިރިހެން އޮފިސަރުން ބޭތިއްބުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އެގޮތުން އިތުރު ފިރިހެން އޮފިސަރުން ހޯދުމުގެ މަސައްކަތް ކުރާ ކަމަށް ވިދާޅުވިއެވެ. މުޅި ވެމްކޯގެ އޮޑިޓެއް ހެދުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ވެސް އެޑަމް ވިދާޅުވިއެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

15 މެއި 2017

ވެމްކޯގެ ޗެއާމަނާއި އެމްޑީ މަގާމުން ވަކިކޮށްފި

15 މެއި 2017
ވެމްކޯގެ ޗެއާމަނާއި އެމްޑީ މަގާމުން ވަކިކޮށްފި
13 މެއި 2017

އިންތިޚާބުގައި އެމްޑީޕީއަށް ލިބުނު ކާމިޔާބީ ފާހަގަކޮށް ކުޅުދުއްފުށީގައި ވެހިކަލް ބުރެއް ބާއްވައިފި

13 މެއި 2017
އިންތިޚާބުގައި އެމްޑީޕީއަށް ލިބުނު ކާމިޔާބީ ފާހަގަކޮށް ކުޅުދުއްފުށީގައި ވެހިކަލް ބުރެއް ބާއްވައިފި
05 މެއި 2017

އައްޑޫ ސިޓީ އެމްޑީޕީގެ ކެމްޕޭންގެ ހަރަކާތަށް ނިންމާލުމަށް ވެހިކަލް ބުރެއް ބާއްވަނީ

05 މެއި 2017
އައްޑޫ ސިޓީ އެމްޑީޕީގެ ކެމްޕޭންގެ ހަރަކާތަށް ނިންމާލުމަށް ވެހިކަލް ބުރެއް ބާއްވަނީ
04 މެއި 2017

އެމްއާރުޑީސީގެ ވެހިކަލްގައި ޕީޕީއެމްގެ ކެމްޕޭން

04 މެއި 2017
އެމްއާރުޑީސީގެ ވެހިކަލްގައި ޕީޕީއެމްގެ ކެމްޕޭން
29 އެޕްރީލު 2017

ޔާމީންގެ މަރުގެ ތަހުގީގު ވަރަށް ބާރަށް ކުރިއަށް އެބަދޭ: ފުލުހުން

29 އެޕްރީލު 2017
ޔާމީންގެ މަރުގެ ތަހުގީގު ވަރަށް ބާރަށް ކުރިއަށް އެބަދޭ: ފުލުހުން
22 ފެބުރުއަރީ 2017

"މަގުމަތިން ފެނިއްޖެއްޔާ ލޮލަށް ލޭއަރުވާލާނަން، ތަނެއް ފަޅާލައި، ދުއްވާލާނަން"

22 ފެބުރުއަރީ 2017
"މަގުމަތިން ފެނިއްޖެއްޔާ ލޮލަށް ލޭއަރުވާލާނަން، ތަނެއް ފަޅާލައި، ދުއްވާލާނަން"
14 ފެބުރުއަރީ 2017

ކުނި އުފުލަން ހާއްސަ އުޅަނދުތަކެއް، އަންނަ ހަފުތާގައި އިތުރު ސަރަހައްދުތަކުން ކުނި އުކާލެވޭނެ: ވެމްކޯ

14 ފެބުރުއަރީ 2017
ކުނި އުފުލަން ހާއްސަ އުޅަނދުތަކެއް، އަންނަ ހަފުތާގައި އިތުރު ސަރަހައްދުތަކުން ކުނި އުކާލެވޭނެ: ވެމްކޯ
17 ޖެނުއަރީ 2017

ނޯތު ހާބަރަށް ވެހިކަލް ވަންނަ ކޮންމެ ފަހަރު ފީނަގަން ނިންމައިފި

17 ޖެނުއަރީ 2017
ނޯތު ހާބަރަށް ވެހިކަލް ވަންނަ ކޮންމެ ފަހަރު ފީނަގަން ނިންމައިފި
17 ޖެނުއަރީ 2017

މާލޭގެ ގޭބީސީތަކުންނާއި ވިޔަފާރި ކުރާ ތަންތަނުގެ ކުނި އުކާލަދޭ އަގުތައް ވެމްކޯއިން ކަނޑައަޅައިފި

17 ޖެނުއަރީ 2017
މާލޭގެ ގޭބީސީތަކުންނާއި ވިޔަފާރި ކުރާ ތަންތަނުގެ ކުނި އުކާލަދޭ އަގުތައް ވެމްކޯއިން ކަނޑައަޅައިފި
17 ޖެނުއަރީ 2017

ސާކް ސަމިޓަށް އައްޑޫ ސިޓީ އިން ވެހިކަލްތައް ކުއްޔަށް ހިފުމުގައި ކޮރަޕްޝަނެއް ނެތް: އޭސީސީ

17 ޖެނުއަރީ 2017
ސާކް ސަމިޓަށް އައްޑޫ ސިޓީ އިން ވެހިކަލްތައް ކުއްޔަށް ހިފުމުގައި ކޮރަޕްޝަނެއް ނެތް: އޭސީސީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް