Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެގާނޫނީ ވަކީލު ހުސްނުއް ސުއޫދު

ސުއޫދުގެ މައްސަލަ ބަލަން ފެށުމަކީ ފަނޑިޔާރުގެ އިސްލާހުކުރުމަށް ވާހަކަ ދައްކާ ފަރާތްތަކަށް ބިރުދެއްކުން: އެމްޑީޕީ

24 އެޕްރީލު 2019 | ބުދަ 22:19

ސުއޫދު ހާޒިރުކުރީ ބުދަ ދުވަުގެ މެންދުރު

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު | 24 އެޕްރީލު 2019 | ބުދަ 22:19
މަރުތައް ބަލާ ކޮމިޝަންގެ ރައީސް އަދި ކުރީގެ ބަންޑާރަ ނައިބު ހުސްނުއް ސުއޫދު

މަރުތައް ބަލާ ކޮމިޝަންގެ ރައީސް އަދި ކުރީގެ ބަންޑާރަ ނައިބު ހުސްނުއް ސުއޫދު

ރާއްޖެ ޓީވީގެ ފަލަސުރުޚީ ޕްރޮގްރާމުގައި ދެއްކެވި ވާހަކަތަކާ ގުޅިގެން މަރުތައް ބަލާ ކޮމިޝަންގެ ރައީސް އަދި ކުރީގެ ބަންޑާރަ ނައިބު ހުސްނުއްސުއޫދު ސުޕްރީމް ކޯޓަށް ހާޒިރުކޮށް ބަޔާން ނެގީ ފަނޑިޔާރުގެ އިސްލާހުކުރުމަށް ވާހަކަދައްކާ ފަރާތްތަކަށް ބިރުދެއްކުމަށް ކަމަށް އެމްޑީޕީން ބުނެފިއެވެ.

ރާއްޖެޓީވީގައި ދެއްކެވި ވާހަކަތަކާއިގުޅިގެން ކޯޓުތަކުގެ ބެލެނެވެރި ފަރާތްކަމަށްވާ ޑީޖޭއޭއަށް ސުއޫދު ހާޒިރުކޮށް ބުދަ ދުވަހު ވަނީ ބަޔާން ނަގާފައެވެ.

Advertisement - newsAdvertisement

އެމްޑީޕީން ނެރުނު ބަޔާނެއްގައި ބުނީ ގާނޫނު އަސާސީގައާއި ގާނޫނުގައި ކުށެއްކަމަށް ބަޔާންކޮށްފައި ނުވާ ކަންކަމުގައި، ސްޕްރީމް ކޯޓަށް ހާޒިރުކޮށް މައްސަލަ ބަލަން ފެށުމަކީ ފަނޑިޔާރުގެ އިސްލާހުކުރުމަށް ވާހަކަދައްކާ ފަރާތްތަކަށް ބިރުދެއްކުން ކަމަށާއި ފަނޑިޔާރުގެއާ މެދު ހިޔާލުފާޅުކުރުމުގެ ސަބަބުން މީގެ ކުރިން ވެސް އެކި ފަހަރުމަތިން ސްޕްރީމް ކޯޓުން ވަނީ ސުއޫދު ސަސްޕެންޑް ކޮށްފައިވާކަމަށެވެ.

ޓީވީ ޕްރޮގްރާމްގައި ސުއޫދު ދެއްކެވީ ފަނޑިޔާރުގެއިން އިންސާފު ނުލިބޭތީ ރާއްޖޭގެ ގިނަ މީހުންނާއި ބޭރުގެ ފަރާތްތަކުން ވެސް ދައްކާ ވާހަކަތައް ކަމަށާއި ގާނޫނާ އެއްގޮތަށް ދެފުށްފެންނަ ގޮތަށް ހުރިހާ އިޖްރާޢަތްތަކެއް ފުރިހަމަ ކުރުމަށްފަހުގައާއި، ފަނޑިޔާރުންނަށް ޖަވާބުދާރީވުމުގެ ފުރުސަތު ދިނުމަށްފަހުގައި މެނުވީ ފަނޑިޔާރުން ވަކިކުރެވިގެން ނުވާނޭކަމަށް ސުއޫދު ބާރުއަޅުއްވާފައިވާ ކަމަށެވެ.

ދިވެހިރާއްޖޭގެ އަދުލު އިންސާފުގެ ނިޒާމާއި ފަނޑިޔާރުގެއާ މެދު ވަރަށް ގިނަ ރައްޔިތުންނާއި އަދި ބައިނަލްއަގުވާމީ ފަރާތްތަކުން އިންތިހާއަށް ކަންބޮޑުވުން ފާޅުކޮށް ރާއްޖޭގެ ޝަރުއީ ނިޒާމް ވަގުތުން އިސްލާހުކުރުމަށް ގޮވާލަމުންދާ ކަމަށްވެސް ބަޔާނުގައި ބުނެފައިވެއެވެ.

އެގޮތުން ފަނޑިޔާރުންނާއި ވަކީލުންނާ ބެހޭ އދ. ގެ ހާއްސަ މުޝީރު ވެސް މީގެ ކުރިން ރާއްޖެ ވަޑައިގެން ދިރާސާކުރެއްވުމަށްފަހު ރާއްޖޭގެ ވަކީލުން ސަސްޕެންޑްކުރުމާއި، އަދި ޝަރުއީ ނިޒާމު އޮތް ހާލަތާމެދު ބޮޑެތި ކަންބޮޑުވުންތައް ފާޅުކުރައްވާފައިވާކަން އެމްޑީޕީގެ ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ.

މީގެ އިތުރުން އދ. ގެ ހިޔުމަން ރައިޓްސް ކޮމިޝަނާއި، ކޮމެންވެލްތާއި، ޔޫރަޕިއަން ޔޫނިއަން އާއި އެކިއެކި ޑިމޮކްރެޓިކް ގައުމުތަކުންނާއި ދުނިޔޭގެ ބޮޑެތި ޖަމިއްޔާ ޖަމާއަތްތަކުން ވެސް ރާއްޖޭގެ ޝަރުއީ ނިޒާމާ މެދު އިންތިހާއަށް ކަންބޮޑުވުން ފާޅުކޮށް އެކަންކަން ވަގުތުން އިސްލާޙުކުރެއްވުމަށް ގޮވާލަމުންދާ ކަމަށް އެމްޑީޕީގެ ބަޔާނުގައި ބުނެފައިވެއެވެ

ޜާއްޖެޓީވީގެ ފަލަ ސުރުޚީގައި ވާހަކަ ދައްކަވަމުން ސުއޫދު ވިދާޅުވެފައިވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މައްޗަށް އިތުބާރު ނެތް ކަމަށާއި އެ ހުރިހާ ފަނޑިޔާރުން މަގާމުން ދުރުކުރަން ޖެހޭ ކަމަށެވެ. ސުޕްރީމް ކޯޓުން މިދިޔަ އަހަރުގެ ފެބްރުއަރީ މަހު ނެރުނު އަމުރަށް ފަހު ހިނގައި ދިޔަ ކަންކަމުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް އިތުބާރު ނެތް ކަމަށާއި އެހެންކަމުން އެ ހުރިހާ ބޭފުޅުން ވެސް އެ މަގާމުން ދުރުކުރަން ޖެހޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށް ސުއޫދު ވަނީ ވިދާޅުވެފައެވެ.

ޝަރުއީ ދާއިރާ އިސްލާހު ކުރަންޖެހޭ ކަމަށް ވިދާޅުވެ ސުއޫދު ވިދާޅުވީ ޝަރުއީ ދާއިރާ އިސްލާހު ކުރުމަށްޓަކައި ދަށު ކޯޓުތަކުން ފެށިގެން ސުޕްރީމް ކޯޓާ ހަމައަށް ވެސް ބަދަލުތަކެއް ގެންނަން ޖެހޭ ކަމަށާއި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ކަންކަން ތަރުތީބުކޮށްފައި ވަނީ ފަނޑިޔާރުންނާ ގުޅޭ ގޮތުން ހުށަހަޅާ މައްސަލަތައް ނުބެލޭ ގޮތަށް ކަމަށްވާއިރު އެކަންކަން އިސްލާހު ކުރަންޖެހޭ ކަމަށް ފެނިވަޑައިގަންނަވާ ކަމަށް ވިދާޅުވިއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

09 ޖެނުއަރީ 2017

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު
08 ޖެނުއަރީ 2017

ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

08 ޖެނުއަރީ 2017
ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ
08 ޖެނުއަރީ 2017

މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

08 ޖެނުއަރީ 2017
މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!
08 ޖެނުއަރީ 2017

އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ

08 ޖެނުއަރީ 2017
އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ
08 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

08 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!
08 ޖެނުއަރީ 2017

އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް

08 ޖެނުއަރީ 2017
އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް
07 ޖެނުއަރީ 2017

އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ

07 ޖެނުއަރީ 2017
އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ
06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ
06 ޖެނުއަރީ 2017

މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ

06 ޖެނުއަރީ 2017
 މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ
06 ޖެނުއަރީ 2017

ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި

06 ޖެނުއަރީ 2017
ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް