Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
މޫނު ބުރުގާ އެޅުން މަނާކުރުން

ލަންކާގައި މޫނު ބުރުގާ އެޅުން މަނާ ކުރާ ބިލެއް

މޫނު ބުރުގާއަކީ ސީދާ އިސްލާމް ދީނުގެ ފޭރަމެއް ނޫން: ހުށަހެޅި މެމްބަރު

އަލީ ސަމާޚް
އަލީ ސަމާޚް, ރާއްޖެ އެމްވީ | 24 އެޕްރީލު 2019 | ބުދަ 10:20
ބުރުގާ އަޅައިގެން ތިބު ބައެއް

ބުރުގާ އަޅައިގެން ތިބު ބައެއް

ސްރީލަންކާގައި މޫނު ބުރުގާ އެޅުން މަނާކުރާ ބިލެއް އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހަށް ހުށަހަޅަން ނިންމައިފިއެވެ.

އެ ބިލް ގާނޫނު ހަދާ މަޖިލީހަށް ހުށަހަޅަނީ ނެޝަނަލް ލިސްޓްގެ މެމްބަރު ޕޮރެފެސަރު އަޝޫ މަރަސިންގެހެވެ.

ވެރިކަން ކުރާ ޔޫއެންޕީ ޕާޓީއަށް ނިސްބަށްވެވަޑައިގަންނަވާ އެ މެމްބަރު ބިލް ހުށައަޅަނީ އަމިއްލަ ހައިސިއްޔަތުންނެވެ. ޔޫއެންޕީ އޮފީހުގައި މީޑިއާ ވާހަކަ ދައްކަވަމުން އަޝޫ ވިދާޅުވީ، އަންހެނުން މޫނު ބުރުގާ އެޅުމަކީ ސީދާ އިސްލާމް ދީނުގެ ފޭރަމެއް ނޫން ކަމަށާއި، ގިނަ މުސްލިމް ސިޔާސީ ލީޑަރުން ވެސް އެކަމާ އެއްބަސްވެފައިވާ ކަމަށެވެ.

ފިރިހެނުން ވެސް މޫނު ބުރުގާ އަޅައިގެން ޓެރަރިޒަމްގެ އަމަލުތައް ހިންގަމުންދާ ކަމަށް އަޝޫ ވިދާޅުވިއެވެ. އެ ބިލަށް މުސްލިމުންގެ އެއްބާރުލުން ލިބޭނޭ ކަމަށް ގަބޫލު ކުރައްވާ ކަމަށާއި، އެކަމާ ބެހޭ ގޮތުން މުސްލިމުން އިތުރަށް ހޭލުންތެރިވާން ޖެހޭ ކަމަށް މެމްބަރު އަޝޫ ވިދާޅުވިއެވެ.

ސްރީލަންކާގެ މުސްލިމުން އަންހެނުންގެ ތެރެއިން މޫނު ބުރުގާ އަޅާ އަންހެނުންގެ އަދަދު މަދު ކަން އަޝޫ ވަނީ ފާހަގަކުރައްވާފައެވެ. އަޝޫ ހުށަހެޅި ބިލަށް ކޮލަމްބޯ ޑިސްޓްރިކްޓްގެ މުސްލިމު މެމްބަރު މުޖީބުއް ރަހްމާން ވަނީ ތާއިދު ކުރައްވާފައެވެ. މުޖީބް ވިދާޅުވީ، މޫނު ބުރުގާ އެޅުމަކީ ސްރީލަންކާގެ އަންހެން މުސްލިމުންގެ ތެރޭގައި އެއްވެސް އިރަކު އޮތް ސަގާފަތެއް ނޫންކަމަށެވެ. ޓެރަރިސްޓު ހިންގަމުންދާ އަމަލުތަކުގެ ސަބަބުން މުސްލިމުން ވެސް ތިބެނީ ބިރުވެރިކަމެއްގެ ތެރޭގައި ކަމަށް އޭނާ ވިދާޅުވިއެވެ.

ލަންކާގެ ފައްޅިތަކާއި ހޮޓާތަކަށް އާދިއްތަ ދުވަހު ދިން ހަމަލާގައި ގިނަ އަންހެނުންތަކެއް ބައިވެރިވެފައިވާ ކަމަށް ޝައްކު ކުރެވިފައިވާއިރު މޫނު ބުރުގާ މަނާ ކުރުމަށް ވަޒީރުންގެ މަޖިލީހުން ރައީސް މައިތިރިޕާލަ ސިރިސެނާއަށް އަރުވާފައިވާ ކަމަށް ލަންކާގެ ސަރުކާރުގެ އޮފިޝަލުންނާއި ހަވާލާދީ ބައެއް ރިޕޯޓްތައް ބުނެއެވެ.

ލަންކާގެ އަބާދީގެ 9.7 ޕަސެންޓަކީ މުސްލިމުންނެވެ. ލަންކާގެ މުސްލިމުންގެ އަދަދަކީ 1.9 މިލިއަނެވެ. މުސްލިމުން އެންމެ ގިނައީ އަމްޕާރަ ޑިސްޓްރިކްޓްގައެވެ. ދެހާސް ބާރަވަނަ އަހަރުގެ ބޯހިމެނުން ދައްކާ ގޮތުން އަމްޕާރަ ޑިސްޓްރިކްޓްގެ 43 ޕަސެންޓަކީ މުސްލިމުންނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އުތުރުކޮރެއާގައި ތިބި މެލޭޝިއާ ރައްޔިތުން އެގައުމުން ފޭބުން މަނާކޮށްފި

އުތުރުކޮރެއާގައި ތިބި މެލޭޝިއާ ރައްޔިތުން އެގައުމުން ފޭބުން މަނާކޮށްފި

07 މާރިޗު 2017
މުސްލިމުން އެމެރިކާއަށް އެރުން މަނާކޮށް ޓްރަމްޕް އަނެއްކާވެސް އައު ގަރާރެއް ނެރުއްވައިފި

މުސްލިމުން އެމެރިކާއަށް އެރުން މަނާކޮށް ޓްރަމްޕް އަނެއްކާވެސް އައު ގަރާރެއް ނެރުއްވައިފި

06 މާރިޗު 2017
ސްރީލަންކާގައި ގައިދީން އުފުލާ ބަހަކަށް ހަމަލާދީ ހަތް މީހުން މަރާލައިފި

ސްރީލަންކާގައި ގައިދީން އުފުލާ ބަހަކަށް ހަމަލާދީ ހަތް މީހުން މަރާލައިފި

28 ފެބުރުއަރީ 2017
ތުރުކީގެ ސިފައިން ބުރުގާ އެޅުން ހުއްދަކޮށްފި

ތުރުކީގެ ސިފައިން ބުރުގާ އެޅުން ހުއްދަކޮށްފި

23 ފެބުރުއަރީ 2017
ލޯބިވެރިންގެ ދުވަސް ފާހަގަކުރުން މަނާކޮށް ޕާކިސްތާން ހައިކޯޓުން އަމުރެއް ނެރެފި

ލޯބިވެރިންގެ ދުވަސް ފާހަގަކުރުން މަނާކޮށް ޕާކިސްތާން ހައިކޯޓުން އަމުރެއް ނެރެފި

14 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

7 ޖޫން
އީސްރާއީލުގެ ނިއުކްލިއަރ ޕްރޮގްރާމް އާ ބެހޭ ގިނަ އަދަދެއްގެ ސިއްރު މައުލޫމާތު އީރާނުގެ ޖާސޫސުން ހޯދައިފި
20251 އަހަރު ކުރިން
ދުނިޔެ

އީސްރާއީލުގެ ނިއުކްލިއަރ ޕްރޮގްރާމް އާ ބެހޭ ގިނަ އަދަދެއްގެ ސިއްރު މައުލޫމާތު އީރާނުގެ ޖާސޫސުން ހޯދައިފި

ގުރައިދޫ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ ޚިދުމަތްތައް ފުޅާކުރުމުގެ މަސައްކަތް ދަނީ ކުރަމުން: ވަޒީރު
20242 އަހަރު ކުރިން
ރާއްޖެ

ގުރައިދޫ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ ޚިދުމަތްތައް ފުޅާކުރުމުގެ މަސައްކަތް ދަނީ ކުރަމުން: ވަޒީރު

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދައުލަތުން ދޭ އެލަވަންސް މިމަހުން ފެށިގެން ބޮޑުވާނެ: ސަރުކާރު
20233 އަހަރު ކުރިން
ރާއްޖެ

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދައުލަތުން ދޭ އެލަވަންސް މިމަހުން ފެށިގެން ބޮޑުވާނެ: ސަރުކާރު

މަނިޔަފުށި: މި ކުޑަކުޑަ ރަށުގައި މުސްތަގުބަލަށް މުހިންމު މަސައްކަތެއް
20224 އަހަރު ކުރިން
ރިޕޯޓު

މަނިޔަފުށި: މި ކުޑަކުޑަ ރަށުގައި މުސްތަގުބަލަށް މުހިންމު މަސައްކަތެއް

ފްރާންސްގެ ރައީސްގެ މޫނުފުޅުގައި މީިހަކު ޖަހައިފި
20215 އަހަރު ކުރިން
ދުނިޔެ

ފްރާންސްގެ ރައީސްގެ މޫނުފުޅުގައި މީިހަކު ޖަހައިފި

މިސްކިތުން ނައިބު ރައީސް ފެންނާތީ ތައުރީފުކުރި، ފަހު ވަގުތު ނައިބުގެ އެހީތެރިކަން!
20197 އަހަރު ކުރިން
ރިޕޯޓު

މިސްކިތުން ނައިބު ރައީސް ފެންނާތީ ތައުރީފުކުރި، ފަހު ވަގުތު ނައިބުގެ އެހީތެރިކަން!

ދިރިއޮއްވާ އާއިލާ އިން ވަޅުލި ތުއްތު ކުއްޖާ 7 ގަޑީއިރު ފަހުން ސަލާމަތުން އޮއްވާ ނަގައިފި
20188 އަހަރު ކުރިން
ދުނިޔެ

ދިރިއޮއްވާ އާއިލާ އިން ވަޅުލި ތުއްތު ކުއްޖާ 7 ގަޑީއިރު ފަހުން ސަލާމަތުން އޮއްވާ ނަގައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު