Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - businessAdvertisement
ވިޔަފާރި-އިގްތިސާދުދިރާގުގެ އަހަރީ ޢާންމު ޖަލްސާ

ދިރާގުގެ 30 ވަނަ އަހަރީ ޢާންމު ޖަލްސާ މިމަހު 25ގައި!

18 އެޕްރީލު 2019 | ބުރާސްފަތި 12:12

ފައިދާގެ ގޮތުގައި 905،160،000 ރުފިޔާ ލިބިފައިވޭ

ރިޒްނާ ޒަރީރު
ރިޒްނާ ޒަރީރު | 18 އެޕްރީލު 2019 | ބުރާސްފަތި 12:12
ދިރާގުގެ 30 ވަނަ އަހަރީ ޢާންމު ޖަލްސާ

ދިރާގުގެ 30 ވަނަ އަހަރީ ޢާންމު ޖަލްސާ

ދިވެހިރާއްޖޭގެ ގުޅުން ޕލކ (ދިރާގު)ގެ 30 ވަނަ އަހަރީ ޢާންމު ޖަލްސާ 25 އޭޕްރިލްގައި ބާއްވާ ގޮތަށް ނިންމައިފިއެވެ.

ދިރާގުން ބުނީ މިޖަލްސާ އޮންނާނީ 25 އޭޕްރިލް ދުވަހުގެ ރޭ 8:15 ގައި ކުރުނބާ މޯލްޑިވްސްގެ ކޮންވެންޝަން ހޯލުގައި ކަމަށެވެ.

ދިރާގުގެ ޙިއްޞާދާރުންގެ ރަޖިސްޓަރީގައި ހިމެނިވަޑައިގަންނަވާ ހިއްސާދާރުންނަށް މިޖަލްސާގައި ބައިވެރިވުމަށް ރެޖިސްޓަރ ކުރުމަށް މިހާރު ވަނީ ހުޅުވާލެވިފައިއެވެ. ރެޖިސްޓްރޭޝަން ފޯމްތައް ދިރާގު investor-relations@dhiraagu.com.mv ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެ ކަމަށް އެކުންފުނިން ބުންޏެވެ.

އަދި ފޯމް ފުރިހަމަކުރެއްވުމަށްފަހު އީމެއިލްއަށް އީމެއިލްކޮށް ނުވަތަ ދިރާގު ހެޑް އޮފީހުގެ ރިސެޕްޝަނަށް ހަވާލުކޮށްލެވޭނެ ކަމަށާއި އަދި ޙިއްސާދާރުންނަށް ލިންކު މެދުވެރިކޮށް އޮންލައިންކޮށް ރެޖިސްޓަރ ކުރެވޭނެއެވެ.

ޙިއްޞާދާރުން ރަޖިސްޓަރީ ކުރުމުގެ ސުންގަނޑިއަކީ 24 އޭޕްރިލް 2019ގެ 20:15 އެވެ. އަދި ޙިއްޞާދާރުންގެ ބަދަލުގައި ވަޑައިގަންނަވާ ފަރާތްތައް ރަޖިސްޓަރީ ކުރުމުގެ ސުންގަނޑިއަކީ 23 އޭޕްރިލް 2019 ގެ 20:15 ގައި ކަމަށް ދިރާގުން ބުންޏެވެ.

ނިމިދިޔަ އަހަރުގެ ފައިދާ އިން ހިއްސާއަކަށް 11.91ރ. ބެހުމަށް ކުރިއަށް އޮތް އަހަރީ އާންމު ޖަލްސާގައި ފާސްކުރަން ހުށަހެޅުމަށް ދިރާގުންވަނީ ނިންމާފައެވެ.

ދިރާގުގެ ޑިރެކްޓަރުންގެ ބޯޑުން ވަނީ 2018 ވަނަ އަހަރުގެ ޖުމްލަ ހިއްސާގެ ފައިދާގެ ގޮތުގައި 905،160،000 (ނުވަ ސަތޭކަ ފަސް މިލިއަން އެއް ލައްކަ ފަސްދޮޅަސް ހާސް) ރުފިޔާ ބަހަން ހުށަހަޅަން ނިންމާފައެވެ. އެއީ ކުންފުނީގެ ސާފު ފައިދާގެ %100 އެވެ.

ދިރާގުން ބުނީ 2018 ވަނަ އަހަރުގެ ފައިނަލް ޑިވިޑެންޑްގެ ގޮތުގައި އަހަރީ އާންމު ޖަލްސާގައި ހިއްސާދާރުން ކަނޑައަޅާ ފައިދާ ބަހާނީ ކުންފުނީގެ ކުރިއަށް އޮތް އަހަރީ އާންމު ޖަލްސާގައި އިއުލާނުކުރާ 'ބުކް ކްލޯޝަރ ޑޭޓް' ގައި ކުންފުނީގެ ރަޖިސްޓަރގައި ވާ ހިއްސާދާރުންގެ މެދުގައި ކަމަށެވެ.

އެންމެ ހިނގާ

1

އީރާނުގެ ޕައިލެޓުން ޖީޕީއެސް ނެތި އެމެރިކާގެ މަރުކަޒުތަކަށް ބޮން އެޅި

2

ސިގްނަލްތަކަށް ހުރަސްއަޅައިގެން އިސްރާއީލުގެ ހާމީސް ޑްރޯނަކާއި އެމެރިކާގެ ރީޕަރ ޑްރޯނެއް އެއްވެސް ގެއްލުމެއް ނުދީ އަތުލައިގެންފައިވާ މަންޒަރު އީރާނުން ދައްކާލައިފި

3

ޚާމަނާއީއާ މުއާމަލާތް ކުރުން "ވަރަށް އުނދަގޫ" - ރައީސް ޕެޒެޝްކިއަން

4

ސްޕޭސްއެކްސްގެ ރޮކެޓަކުން ވަކިވި ހަތަރު ޓަނުގެ ބޮޑު އެތިގަނޑެއް ހަނދުގައި ޖެހި ވަޅުގަނޑެއް ހެދިއްޖެ

5

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

އިތުރަށް ކިޔާލަން

03 އޯގަސްޓު 2017

ދިރާގުގެ ދެވަނަ ކުއާޓަރގައި ސާފު ފައިދާ ދަށްވެއްޖެ

03 އޯގަސްޓު 2017
ދިރާގުގެ ދެވަނަ ކުއާޓަރގައި ސާފު ފައިދާ ދަށްވެއްޖެ
02 އޯގަސްޓު 2017

އުރީދޫގެ 12 ވަނަ އަހަރީ ދުވަސް، ކުންފުނިން ވަނީ ބޮޑު ކާމިޔާބެއް ހޯދާފައި

02 އޯގަސްޓު 2017
އުރީދޫގެ 12 ވަނަ އަހަރީ ދުވަސް، ކުންފުނިން ވަނީ ބޮޑު ކާމިޔާބެއް ހޯދާފައި
24 ޖުލައި 2017

ދިރާގުގެ ހިއްސާއަކަށް 5.96 ރުފިޔާ

24 ޖުލައި 2017
ދިރާގުގެ ހިއްސާއަކަށް 5.96 ރުފިޔާ
20 ޖުލައި 2017

ބީއެމްއެލްގެ އަހަރީ އާންމު ޖަލްސާ 23 އޮގަސްޓްގައި

20 ޖުލައި 2017
ބީއެމްއެލްގެ އަހަރީ އާންމު ޖަލްސާ 23 އޮގަސްޓްގައި
18 ޖޫން 2017

ކުންފުނިތަކުގެ މިދިޔަ އަހަރުގެ އަހަރީ ހިސާބުތަކާއި ރިޕޯޓްތައް ހުށަހެޅުން ޖުލައި 16 އަށް އިތުރުކޮށްފި

18 ޖޫން 2017
ކުންފުނިތަކުގެ މިދިޔަ އަހަރުގެ އަހަރީ ހިސާބުތަކާއި ރިޕޯޓްތައް ހުށަހެޅުން ޖުލައި 16 އަށް އިތުރުކޮށްފި
25 މެއި 2017

ދިރާގުގެ ކުލަ އޮރެންޖް ކުލައަށް، އަދި ލޯގޯ ބަދަލުކޮށްފި

25 މެއި 2017
ދިރާގުގެ ކުލަ އޮރެންޖް ކުލައަށް، އަދި ލޯގޯ ބަދަލުކޮށްފި
09 މެއި 2017

ފަސް ރުފިޔާގެ ޕޮލިމާ ނޫޓު މިމަހުގެ 10 ވަނަ ދުވަހުގައި ނެރެނީ

09 މެއި 2017
ފަސް ރުފިޔާގެ ޕޮލިމާ ނޫޓު މިމަހުގެ 10 ވަނަ ދުވަހުގައި ނެރެނީ
20 އެޕްރީލު 2017

ދިރާގުގެ އަހަރީ އާންމު ޖަލްސާ މިރޭ އާޓް ގެލަރީގައި އޮންނާނެ

20 އެޕްރީލު 2017
ދިރާގުގެ އަހަރީ އާންމު ޖަލްސާ މިރޭ އާޓް ގެލަރީގައި އޮންނާނެ
19 އެޕްރީލު 2017

ވެލިގާ ހާޑުވެޔަރގެ އަހަރީ ދުވަހާ ގުޅިގެން ކުރިއަށްގެންދިޔަ ޕްރޮމޯޝަނުގެ އިނާމް ހަވާލުކޮށްފި

19 އެޕްރީލު 2017
ވެލިގާ ހާޑުވެޔަރގެ އަހަރީ ދުވަހާ ގުޅިގެން ކުރިއަށްގެންދިޔަ ޕްރޮމޯޝަނުގެ އިނާމް ހަވާލުކޮށްފި
30 ޖެނުއަރީ 2017

ދިރާގުގެ 2016 ވަނަ އަހަރުގެ ފަހު ކްއާޓާގެ އާމްދަނީ 2.5 ބިލިއަން ރުފިޔާއަށް

30 ޖެނުއަރީ 2017
ދިރާގުގެ 2016 ވަނަ އަހަރުގެ ފަހު ކްއާޓާގެ އާމްދަނީ 2.5 ބިލިއަން ރުފިޔާއަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް