Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުއަރްޖުން ކަޕޫރް - މަލައިކާ އަރޯރާ

އަރްޖުން ކަޕޫރް އާއި މަލައިކާ އަރޯރާ ރާއްޖެ އައީ އެކުގައި

ފުރަތަމަ ރިޕޯޓް ކުރެވުނު ގޮތުގައި އަރްޖުން ރާއްޖެ އައިސްފައިވަނީ މަލައިކާ އައިސް ދިއުމަށް ފަހު

އައިޝަތު ޝާނީ
އައިޝަތު ޝާނީ | 5 އެޕްރީލު 2019 | ހުކުރު 17:09
އަރްޖުން ކަޕޫރް އާއި މަލައިކާ އަރޯރާ މުމްބާއީ އެއާޕޯޓްގައި، ރާއްޖެއަށް ކުރި ދަތުރަށް ފަހު

އަރްޖުން ކަޕޫރް އާއި މަލައިކާ އަރޯރާ މުމްބާއީ އެއާޕޯޓްގައި، ރާއްޖެއަށް ކުރި ދަތުރަށް ފަހު

ބޮލީވުޑްގެ ތަރިން، އަރްޖުން ކަޕޫރް އާއި މަލައިކާ އަރޯރާ ރާއްޖެ އައިސްފައިވަނީ އެކުގައި އެވެ.

ދަތުރު ތެރޭގައި މަލައިކާ ގިނަ ފޮޓޯތަކެއް ޝެއާ ކޮށްފައިވާއިރު، އެއްވެސް ފޮޓޯއެއް އަރްޖުން ޕޯސްޓް ކޮށްފައެއް ނުވެއެވެ. އަދި މަލައިކާ ރާއްޖެ އައިސްފައިވަނީ އެކުވެރިންތަކަކާ އެކު، 'ގަރލްސް ޓްރިޕް'އެއްގައި ކަމަށް ވެއެވެ. ނަމަވެސް، މުމްބާއީއަށް އަނބުރާ ދިއުމަށް ފަހު އަރްޖުން ކުރި ޕޯސްޓަކުން އޮޅުން ތަކެއް އަރާފައެވެ.

ފުރަތަމަ ރިޕޯޓް ކުރެވުނު ގޮތުގައި އަރްޖުން ރާއްޖެ އައިސްފައިވަނީ މަލައިކާ އައިސް ދިއުމަށް ފަހުއެވެ.

އެހެން ނަމަވެސް، އިންޑިއާގެ ނޫސްތަކުން ރިޕޯޓް ކޮށްފައިވާ ގޮތުގައި، ރާއްޖެ އަށް ކުރި ދަތުރަށް ފަހު މަލައިކާ މުމްބާއީ އަށް އަނބުރާ ދިޔައިރު އެކުގައި އަރްޖުން ވެސް ހުއްޓެވެ.

މީގެ އިތުރުން، މަލައިކާގެ ފޮޓޯއަކަށް މަޝްހޫރު ފިލްމް ޑައިރެކްޓަރ އަދި ޕްރޮޑިއުސަރ ފަރާ ހާން ކޮށްފައިވާ ކޮމެންޓެއްގައި "މި ފޮޓޯތައް ނަގަނީ ކާކުތާ؟" މިހެން އަހާފައި ވެއެވެ.

އަދި އެއަށް ފަހު، އަރްޖުން ޕޯސްޓް ކުރި ފޮޓޯގައި "މިހާރު އެނގިއްޖެ"ކަމަށް އޭނާ ބުނެފައިވެއެވެ.

މި ދެ މީހުން މުމްބާއީއަށް އެކުގައި ދިޔަ ނަމަވެސް، މަލައިކާގެ ފޮޓޯތަކުން އޭނާ އުޅުނީ ނިޔާމަ ޕްރައިވެޓް އައިލެންޑްސް މޯލްޑިވްސްގައި އިނގެއެވެ. ނަމަވެސް، އަރްޖުންގެ ފޮޓޯގައި 'ޕެރެޑައިސް އައިލެންޑް' ޖަހައިފައިވެއެވެ.

އޮޅުން އަރަން މެދުވެރިވި އެއް ސަބަބަކީ މިއެވެ. ނަމަވެސް، އަރްޖުންގެ ޕޯސްޓްގެ ދެވަނަ ފޮޓޯއިން ފެންނަނީ ނިޔާމާ ޕްރައިވެޓް އައިލެންޑްސް މޯލްޑިވްސްގެ ޖެޓީކަން ފާހަގަ ކުރެވެއެވެ.

މަލައިކާ، 45، އާއި ފިރިމީހާ އަރްބާޒް ހާން 2017 ވަނަ އަހަރު ވަކިވެފައިވާ އިރު، އޭނާއާއި އަރްޖުން ރަށްޓެހިވެގެން އުޅޭ ވާހަކަ ފުރަތަމަ އަޑު އިވެން ފެށީ 2018 ވަނަ އަހަރެވެ. އަދި މި މަހުގެ 19 ވަނަ ދުވަހު އެ ދެ މީހުން ކައިވެނި ކުރަން އުޅޭކަމަށް ބައެއް ރިޕޯޓްތަކުން ބުނެއެވެ.

އިތުރަށް ކިޔާލަން

14 މާރިޗު 2017

އަނިލް އާއި ދަރިން އެކުގައި އެއް ފިލްމެއްގައި!

14 މާރިޗު 2017
އަނިލް އާއި ދަރިން އެކުގައި އެއް ފިލްމެއްގައި!
06 މާރިޗު 2017

ކޭޓީ ޕެރީ އާއި އޮލެންޑޯ ބްލޫމް ރުޅިވީ ދިރިއުޅުމާ މެދު "ހިޔާލު ތަފާތު ވުމުން"

06 މާރިޗު 2017
ކޭޓީ ޕެރީ އާއި އޮލެންޑޯ ބްލޫމް ރުޅިވީ ދިރިއުޅުމާ މެދު "ހިޔާލު ތަފާތު ވުމުން"
27 ފެބުރުއަރީ 2017

ކަންގަނާއާއި އެކު ފިލްމު ކުޅެން ދެކޮޅެއް ނުހަދަން: ޝާހުރުކް

27 ފެބުރުއަރީ 2017
ކަންގަނާއާއި އެކު ފިލްމު ކުޅެން ދެކޮޅެއް ނުހަދަން: ޝާހުރުކް
14 ފެބުރުއަރީ 2017

"ކާބިލް" ގެ ކާމިޔާބީއާ ގުޅިގެން ޔާމީ ގޯތަމްގެ އާއިލާއިން ޕާޓީއެއް ބާއްވަނީ

14 ފެބުރުއަރީ 2017
"ކާބިލް" ގެ ކާމިޔާބީއާ ގުޅިގެން ޔާމީ ގޯތަމްގެ އާއިލާއިން ޕާޓީއެއް ބާއްވަނީ
13 ފެބުރުއަރީ 2017

ވަރުން އާއި އާލިޔާއަށް މާދުރީ ނަށަން ދަސްކޮށްދީފި

13 ފެބުރުއަރީ 2017
ވަރުން އާއި އާލިޔާއަށް މާދުރީ ނަށަން ދަސްކޮށްދީފި
13 ފެބުރުއަރީ 2017

"ޕަދްމާވަތީ" ގައި ދިޕިކާ އާއި ރަންވީރު އެކުގައި ނުފެންނާނެ

13 ފެބުރުއަރީ 2017
"ޕަދްމާވަތީ" ގައި ދިޕިކާ އާއި ރަންވީރު އެކުގައި ނުފެންނާނެ
12 ފެބުރުއަރީ 2017

ޒޯޔާ އަކްތަރްގެ "ގަލީ ބޯއީ " ގައި އާލިއާ އާއި ރަންވީރް

12 ފެބުރުއަރީ 2017
ޒޯޔާ އަކްތަރްގެ "ގަލީ ބޯއީ " ގައި އާލިއާ އާއި ރަންވީރް
31 ޖެނުއަރީ 2017

"އިއްތިފާގު" ގެ ރީމޭކިންގައި ސިދާތް އާއި ސޯނާކްޝީ

31 ޖެނުއަރީ 2017
"އިއްތިފާގު" ގެ ރީމޭކިންގައި ސިދާތް އާއި ސޯނާކްޝީ
11 ޖެނުއަރީ 2017

އަރްޖުން ރާމްޕާލް ސިޔާސީ މައިދާނަށް ނުކުންނަނީތަ؟

11 ޖެނުއަރީ 2017
އަރްޖުން ރާމްޕާލް ސިޔާސީ މައިދާނަށް ނުކުންނަނީތަ؟
07 ޖެނުއަރީ 2017

އަނުޝްކާ އާއި ވިރާޓްގެ އެންގޭޖްމަންޓް ބާއްވަން އުޅޭކަން ދޮގުކޮށްފި

07 ޖެނުއަރީ 2017
އަނުޝްކާ އާއި ވިރާޓްގެ އެންގޭޖްމަންޓް ބާއްވަން އުޅޭކަން ދޮގުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް