Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޕްރިމިއާ ލީގު

ޕްރިމިއާ ލީގް: ގަދަ ހަތަރަކަށް އެރުމަށް ލިބުނު ފުރުސަތު ޔުނައިޓެޑްއިން ނަގާލައިފި

3 އެޕްރީލު 2019 | ބުދަ 12:39

މެންޗެސްޓަރ ޔުނައިޓެޑް ބަލިވީ ވޮލްވްހެމްޕްޓޮން އާއި ވާދަކޮށް 1-2

މިއުނާ ހަސަން
މިއުނާ ހަސަން | 3 އެޕްރީލު 2019 | ބުދަ 12:39
ވޮލްވްސްއާއި ޔުނައިޓެޑް ވާދަކުރި މެޗުގެ ތެރެއިން

ވޮލްވްސްއާއި ޔުނައިޓެޑް ވާދަކުރި މެޗުގެ ތެރެއިން

ޕްރިމިއާ ލީގުގައި އަންގާރަ ދުވަހު ކުޅުނު މެޗުން ބަލިވެ ލީގުގެ ގަދަ ހަތަރަކަށް އެރުމަށް މެންޗެސްޓާ ޔުނައިޓެޑްއަށް ލިބުނު ފުރުސަތު ނަގާލައިފިއެވެ.

މެންޗެސްޓަރ ޔުނައިޓެޑް ބަލިވީ ވޮލްވްހެމްޕްޓޮން އާއި ވާދަކޮށް 1-2 ގެ ނަތީޖާއަކުންނެވެ.

ވުލްވްސް މޮލިނެއުކްސް ސްޓޭޑިއަމްގައި ކުޅުނު މި މެޗު ފެށިގެން ޔުނައިޓެޑްގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެންދިޔައެވެ. އެ ގޮތުން މެޗުގެ ފުރަތަމަ ލަނޑު ޖަހައި ލީޑް ނެގީވެސް އެ ޓީމުންނެވެ. މި ލަނޑު މެޗުގެ 13 ވަނަ މިނެޓުގައި އެ ޓީމަށް ކާމިޔާބުކޮށް ދިނީ ފްރެޑްރިކޯ ރޮޑްރިގޭޒްގެ އެހީތެރި ކަމާއިއެކު ސްކޮޓް މެކްޓޮމީނޭއެވެ.

މި ލަނޑަށް ފަހުގައިވެސް ޔުނައިޓެޑުން ވަނީ ވޮލްވްސްގެ ގޯލާއި އަމާޒުކޮށް ވަރުގަދަ ހަމަލާތަކެއް ފޮނުވާލާފައެވެ. އެހެން ނަމަވެސް ރުއީ ޕެޓްރީސިއޯ ވަނީ ދިފާއު ކޮށްފައެވެ.

ފުރަތަމަ ހާފްގެ ކުރީ ކޮޅުގައި ޔުނައިޓެޑުން ލީޑް ނެގިނަމަވެސް ވޮލްވްސްއިން ވަނީ ޔުނައިޓެޑްގެ ފަހަތަށް ބާރުބޮޑުކޮށް ރަނގަޅު ހަމަލާތަކެއް އުފައްދާފައެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ 25 ވަނަ މިނެޓުގައި ރައުލް ޖިމިނޭޒްގެ އެހީތެރި ކަމާއިއެކު ޑިއޭގޯ ޖޯޓާ ވަނީ ވޮލްވްސްއަށް ނަތީޖާ ހަމަހަމަ ކޮށްދީފައެވެ.

ފުރަތަމަ ހާފް ނިމުނީ 1-1 ގެ ނަތީޖާ އަކުން ދެ ޓީމް އެއްވަރު ވެގެންނެވެ.

ދެވަނަ ހާފް ފެށިގެން ރަނގަޅަށް ކުޅެމުން އައީ ވޮލްވްސްހެމްޕްޓޯންއިންނެވެ. އެ ޓީމުން ވަނީ މެންޗެސްޓާގެ ފަހަތަށް ބާރުބޮޑުކޮށް ރަނގަޅު ހަމަލާތަކެއް އުފައްދާފައެވެ.

މެޗުގެ 57 ވަނަ މިނެޓުގައި ޔުނައިޓެޑްގެ އޭޝްލީ ޔަންގްއަށް ދެ ރީނދޫ ކާޑާއިއެކު ދަނޑުން ފޮނުވާލުމުން އެ ޓީމުން މެޗުގެ ބާކީބައި ކުޅުނީ 10 ކުޅުންތެރުންނާއި އެކުއެވެ.

ވޮލްވްސްހެމްޕްޓޮންއަށް މެޗުގެ ލީޑް 77 ވަނަ މިނެޓުގައި ނަގައިދިނީ އެ ޓީމުގެ ކްރިސް ސްމޯލިންގްއެވެ.

މި ސީޒަނުގައި ވޮލްވްސްއިން ޔުނައިޓެޑް ބަލިކުރި މިއީ ދެވަނަ ފަހަރެވެ. މާރޗް މަހު އެފްއޭ ކަޕުން ޔުނައިޓެޑް ކެޓީ ކުއާޓާ ފައިނަލުގއި ވުލްވްސް އަތުން 2-1 އިން ބަލިވުމުންނެވެ. ޕްރިމިއާ ލީގުގައި ޔުނައިޓެޑް ދަނޑުގައި ވުލްވްސްއާ ދެކޮޅަށް ކުޅުނު މެޗު ނިމުނީ 1-1 ގެ ނަތީޖާއަކުން ދެ ޓީމް އެއްވަރުވެގެންނެވެ.

މި ނަތީޖާ އާއިއެކު ގަދަ ހަތަރަކަށް ވަންނަން ޔުނައިޓެޑަށް ލިބުނު ފުރުސަތު ގެއްލުނުއިރު، ބުދަ ދުވަހު ޗެލްސީ ކުޅޭ މެޗުން ނަތީޖާ ނުކުންނަ ގޮތަކުން ޔުނައިޓެޑް ހަ ވަނަ އަށް ވެއްޓުމުގެ ފުރުސަތު އެބައޮތެވެ. ޔުނައިޓެޑް މި ވަގުތު ފަސް ވަނައިގައި އޮތީ 32 މެޗުން ހޯދި 61 ޕޮއިންޓާ އެކު އެވެ. ހަ ވަނައިގައި އޮތް ޗެލްސީ މިރޭ އަމިއްލަ ދަނޑުގައި ބްރައިޓަންއާ ދެކޮޅަށް ކުޅޭއިރު، އެ ޓީމު މި ވަގުތު އޮތީ ތާވަލުގެ ހަވަނާގައި ކުޅުނު 31 މެޗުން ހޯދި 60 ޕޮއިންޓް އާއި އެކުއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

23 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކޯސްޓާ އެނބުރި އައި މެޗުން ޗެލްސީ މޮޅުވެ 8 ޕޮއިންޓްގެ ލީޑެއް

23 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކޯސްޓާ އެނބުރި އައި މެޗުން ޗެލްސީ މޮޅުވެ 8 ޕޮއިންޓްގެ ލީޑެއް
17 ޖެނުއަރީ 2017

އާ ސީޒަނަށް ނުކުންނާނީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރަން: ޝަޒީން

17 ޖެނުއަރީ 2017
އާ ސީޒަނަށް ނުކުންނާނީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރަން: ޝަޒީން
14 ޖެނުއަރީ 2017

ނޭޕާލް ބަލިކޮށް އީރާނަށް ވަރުގަދަ ރައްދެއް ދޭން ބޭނުން: އަދީލް

14 ޖެނުއަރީ 2017
ނޭޕާލް ބަލިކޮށް އީރާނަށް ވަރުގަދަ ރައްދެއް ދޭން ބޭނުން: އަދީލް
12 ޖެނުއަރީ 2017

އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި

12 ޖެނުއަރީ 2017
އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި
11 ޖެނުއަރީ 2017

މަޝްހޫރު ޓީމުތައް ގަދަ ހަތަރަކުން ކެޓީ ޓީމުތަކުގެ މެނޭޖްމެންޓްގެ ސަބަބުން: ސޮބާ

11 ޖެނުއަރީ 2017
މަޝްހޫރު ޓީމުތައް ގަދަ ހަތަރަކުން ކެޓީ ޓީމުތަކުގެ މެނޭޖްމެންޓްގެ ސަބަބުން: ސޮބާ
06 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި

06 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ފަހު ވަގުތު ޖިރޫ ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް ސަލާމަތްވެއްޖެ

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ފަހު ވަގުތު ޖިރޫ ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް ސަލާމަތްވެއްޖެ
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކޭން އާއި ޑެލެއަލީގެ ލަނޑުތަކުން ވަޓްފޯޑްގެ މައްޗަށް ޓޮޓެންހަމް ކުރިހޯދައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކޭން އާއި ޑެލެއަލީގެ ލަނޑުތަކުން ވަޓްފޯޑްގެ މައްޗަށް ޓޮޓެންހަމް ކުރިހޯދައިފި
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް