Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައީސް ސޯލިހު

އެންމެ ބޮޑު އިންވެސްޓެއް ކުރަނީ ފުލުހުންނަށް، ނަތީޖާ ފެންނަން ވާނެ: ރައީސް

29 މާރިޗު 2019 | ހުކުރު 18:36

ހެޔޮ ބަދަލެއް އައި މުއައްސަސާއަކީ ފުލުހުން ކަމަށް ވިދާޅުވި

ޙުސައިން ޙަސަން
ޙުސައިން ޙަސަން | 29 މާރިޗު 2019 | ހުކުރު 18:36
ދަރުބާރުގޭގައި ބޭއްވި ހަފްލާއަށް ރައީސް ވަޑައިގެންނެވުމުން އެމްސީ ހަމީދު މަރުހަބާ ދަންނަވަނި

ދަރުބާރުގޭގައި ބޭއްވި ހަފްލާއަށް ރައީސް ވަޑައިގެންނެވުމުން އެމްސީ ހަމީދު މަރުހަބާ ދަންނަވަނި

ދައުލަތުގެ ބަޖެޓުން އެންމެ ބޮޑު އިންވެސްޓެއް ކުރާ އެއް ބަޔަކީ ފުލުހުންނަށް ކަމަށާއި ފުލުހުންނަށް ކުރާ ހަރަދުގެ ނަތީޖާ ފެންނަންވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ފުލުހުންގެ ހިދުމަތަށް 86 އަހަރު ފުރުމުގެ މުނާސަބަތުގައި ދަރުބާރުގޭގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ, ފުލުހުންގެ ފަރާތުން ފެންނަން ނަތީޖާއަކީ ހަމަޖެހިގެން އުޅެވޭނެ އަމާން މާހައުލެއް ގާއިމުވުން ކަމަށެވެ. ރައްޔިތުންގެ ކުރިމަތީގައި ފުލުހުންގެ ތަސައްވުރު ކުރިން އޮތީ ވަރަށް ބިރުވެރި ސިފައެއްގައި ކަމަށް ވިދާޅުވެ، ރައީސް ވިދާޅުވީ އާ ސަރުކާރުން ފުލުހުންގެ ހިދުމަތަށް ގެނައި ހެޔޮ ބަދަލުގެ ނަތީޖާ ފެންނަން ފަށާފައިވާ ކަމަށެވެ.

Advertisement - newsAdvertisement

"ފުލުހުންގެ ހިދުމަތް އެންމެ ފުރިހަމަ ގޮތުގައި ދިނުމަށް ބޭނުންވާ ވަސީލަތްތައް ނެތް ކަން އަޅުގަނޑު ވެސް ގަބޫލު ކުރަން. އެހެން ނަމަވެސް ދައުލަތުގެ ބަޖެޓުން އެންމެ ބޮޑު އިންވެސްޓެއް ކުރާ އެއް ބަޔަކީ ފުލުހުން. އެހެންވީމަ ފުލުހުންގެ ފަރާތުން ނަތީޖާ ފެންނަންވާނެ. އެއީ ހަމަޖެހިގެން އުޅެވޭނެ އަމާން މާހައުލެއް ގާއިމުވުން،" ރައީސް ސޯލިހު ވިދާޅުވިއެވެ.

ރައީސް ސޯލިހު ވިދާޅުވީ ސިޔާސީ ނުފޫޒުގައި ފުލުހުން ޖެހުމާއި ކޮރަޕްޝަންގެ އަމަލު ހިންގުމާއި ގާނޫނީ އިމުގެ ބޭރުން ފުލުހުން ކަންކަން ކުރުމަކީ ފުލުހުންގެ އިތުބާރު ގެއްލޭ މައިގަނޑު ކަންތައްތައް ކަމަށާއި އެ ކަންތައްތަކުގެ ސަބަބުން މިދިޔަ އަހަރުތަކުގައި ފުލުހުންނަށް ކުރާ އިހްތިރާމު ގެއްލިފައިވާ ކަމަށެވެ. ނަމަވެސް ފަހަކަށް އައިސް ފުލުހުން ދައްކަމުންދާ ޕްރޮފެޝަނަލިޒަމާއި ގައުމީ މަސްލަހަތަށް އިސްކަންދިނުމުގެ ސަބަބުން ގެއްލިފައިވާ އިތުބާރު ލިބެން ފަށާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ވިދާޅުވީ އާ ސަރުކާރުގެ ހަތަރު މަސް ދުވަހުގެ ތެރޭގައި އެންމެ ހެޔޮ ބަދަލެއް އައިސް މުއައްސަސާއަކީ ފުލުހުންގެ މުއައްސަސާ ކަމަށެވެ.

ގައުމެއްގެ ދާހިލީ ހަމަޖެހުން ދެމި އޮންނާނީ އެ ގައުމެއްގެ ފުލުހުންގެ ތެދުވެރިކަމާއި ވަފާތެރިކަމުގެ މައްޗަށް ކަމަށް ފާހަގަ ކުރައްވައި ރައީސް ސޯލިހު ވިދާޅުވީ ގާނޫނީ އިމުގެ ތެރޭގައި އެންމެ މަތީ ފެންވަރުގެ ހިދުމަތް ދޭ ބަޔަކަށް ފުލުހުން ހެދުމަކީ ވަރަށް ބޮޑަށް ބޭނުންފުޅުވެވަޑައިގަންނަވާ ކަމެއް ކަމަށެވެ.

"މާތްﷲ ގެ ވާގިފުޅާ އެކު އަޅުގަނޑު ވެރިކަން ކުރަމުންދާނީ ގާނޫނީ އިމުގެ ތެރެއިން އެންމެ ފުރިހަމަ މިނިވަންކަމާ އެކު އަމަންއަމާންކަން ގާއިމު ކުރުމުގެ ފުރިހަމަ އިހްތިޔާރު ފުލުހުންނަށް ދީގެން. މި ވެރިކަމުގައި ފުލުހުންނަކީ ސިޔާސީ ނުފޫޒުން އެއްކިބާވެފައިވާ ބައެއްކަމުގެ ޔަގީންކަން ތިޔަ ހުރިހާ ފުލުހުންނަށާއި ލޮބުވެތި ރައްޔިތުންނަށް އަރުވަން،" ރައީސް ސޯލިހު ވިދާޅުވިއެވެ.

ރައްޔިތުންނަށް ހިދުމަތް ދިނުމުގައި ކޮންމެ ފުލުހެއްގެ މޫނުމަތިން ހިނިތުންވުމާއި އުފާވެރިކަން ދައްކައި ދިނުމަށް އެދިވަޑައިގެން، ރައީސް ވިދާޅުވީ ފުލުހުންނަށް އިހްތިރާމާއި ލޯބި އުފެދެން ފަށާނީ ފުލުހަކު ފެނުމުން އަމާންކަމާއި ބިރެއް ނެތް ކަމުގެ އިހުސާސް ރައްޔިތުންނަށް ކުރެވުމުން ކަމަށެވެ.

ހުކުރު ދުވަހުގެ ރޭ ދަރުބާރުގޭގައި ބޭއްވި ޖަލްސާގައި ރައީސް ސޯލިހު ވަނީ ފުލުހުންގެ ހިދުމަތުގައި 25 އަހަރަށް ވުރެ ދިގު މުއްދަތަށް މަސައްކަތް ކުރެއްވި ފުލުހުންގެ އަގުވަޒަން ކުރައްވައި، ހަނދާނީ ފިލާ ދެއްވާފައެވެ. އަދި ފުލުހުންގެ ބައެއް އޮފިސަރުންނަށް ރައީސުލްޖުމްހޫރިއްޔާގެ ކުލަ އެމަނިކުފާނު ވަނީ ދެއްވާފައެވެ.

އެންމެ ހިނގާ

1

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

5

ގެއްލުނު ޕައިލެޓުންގެ ތަހުގީގަށް މަގުފަހިކޮށްދޭން އީރާނުން ގަތަރަށް ގޮވާލައިފި

އިތުރަށް ކިޔާލަން

17 ޖެނުއަރީ 2017

މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގެ ނަތީޖާ އޮންލައިންކޮށް ދޫކުރަން ފަށައިފި

17 ޖެނުއަރީ 2017
މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގެ ނަތީޖާ އޮންލައިންކޮށް ދޫކުރަން ފަށައިފި
16 ޖެނުއަރީ 2017

ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް

16 ޖެނުއަރީ 2017
ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް
15 ޖެނުއަރީ 2017

ބަންގްލަދޭޝްގައި ތިބި ދިވެހި ކިޔަވާ ކުދިން މުޒާހަރާ ކުރަނީ

15 ޖެނުއަރީ 2017
ބަންގްލަދޭޝްގައި ތިބި ދިވެހި ކިޔަވާ ކުދިން މުޒާހަރާ ކުރަނީ
15 ޖެނުއަރީ 2017

ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް

15 ޖެނުއަރީ 2017
ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް
15 ޖެނުއަރީ 2017

ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ

15 ޖެނުއަރީ 2017
ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ
10 ޖެނުއަރީ 2017

ފޭދޫ ފިނޮޅު ވިއްކާލުމުން ފުލުހުންނަށް މާލީ ފައިދާ ލިބޭނެ: ފުލުހުން

10 ޖެނުއަރީ 2017
ފޭދޫ ފިނޮޅު ވިއްކާލުމުން ފުލުހުންނަށް މާލީ ފައިދާ ލިބޭނެ: ފުލުހުން
07 ޖެނުއަރީ 2017

އިންތިހާބު ބާއްވާނެ ތާރީހް އާދީއްތަ ދުވަހު އިޢުލާން ކުރަނީ

07 ޖެނުއަރީ 2017
އިންތިހާބު ބާއްވާނެ ތާރީހް އާދީއްތަ ދުވަހު އިޢުލާން ކުރަނީ
06 ޖެނުއަރީ 2017

!ފޭދޫފިނޮޅު ވިއްކާލުމުން އިންޑިއާގެ ކަންބޮޑުވުން: ދިވެހި ފޮރިން މިނިސްޓަރާ މަޝްވަރާ ކުރުން އެކަށީގެންވޭ

06 ޖެނުއަރީ 2017
!ފޭދޫފިނޮޅު ވިއްކާލުމުން އިންޑިއާގެ ކަންބޮޑުވުން: ދިވެހި ފޮރިން މިނިސްޓަރާ މަޝްވަރާ ކުރުން އެކަށީގެންވޭ
06 ޖެނުއަރީ 2017

!ފޭދޫފިނޮޅު ވިއްކާލުމުން އިންޑިއާގެ ކަންބޮޑުވުން: ދިވެހި ފޮރިން މިނިސްޓަރާ މަޝްވަރާ ކުރުން އެކަށީގެންވޭ

06 ޖެނުއަރީ 2017
!ފޭދޫފިނޮޅު ވިއްކާލުމުން އިންޑިއާގެ ކަންބޮޑުވުން: ދިވެހި ފޮރިން މިނިސްޓަރާ މަޝްވަރާ ކުރުން އެކަށީގެންވޭ
05 ޖެނުއަރީ 2017

ދުންޔާ ސަރުކާރާ ގުޅިވަޑައިގަތުމަކީ ލިބުނު ބޮޑު ޝޮކެއް: އުމަރު ނަސީރު

05 ޖެނުއަރީ 2017
ދުންޔާ ސަރުކާރާ ގުޅިވަޑައިގަތުމަކީ ލިބުނު ބޮޑު ޝޮކެއް: އުމަރު ނަސީރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް