Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެތަރިކައިގެ ބިލު

ދިވެހިރާއްޖޭގެ ތަރިކައިގެ ދަފްތަރެއް އެކުލަވާލައި ތަރިކައިގެ ބިލު މަޖިލީހަށް ފޮނުވައިފި

28 މާރިޗު 2019 | ބުރާސްފަތި 12:38

ސަގާފީ ތަރިކައިގެ ވަގުތީ ދަފްތަރެއް އެކުލަވާލުމަށް ވަނީ ގެޒެޓްކޮށްފައި

ރިޒްނާ ޒަރީރު
ރިޒްނާ ޒަރީރު | 28 މާރިޗު 2019 | ބުރާސްފަތި 12:38
ކަޅުވަކަރު މިސްކިތް

ކަޅުވަކަރު މިސްކިތް

ދިވެހިރާއްޖޭގެ ތަރިކައިގެ ދަފްތަރެއް އެކުލަވާލައި ތަރިކައިގެ ބިލު މަޖިލީހަށް ފޮނުވައިފިއެވެ.

ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި މިނިސްޓްރީއިން ކުރަން ވައުދުވެފައިވާ ކަންތަކުގެ ތެރޭގައި ހިމެނޭ ކޮންމެ ރަށެއްގައިވެސް ހުރި ތަރިކައާއި، ދުވަސްވީ ބިނާތަކާއި، އާސާރު އެކުލެވޭ ތަންތަނާއި، ތާރީޚާ ގުޅިފައިވާ ތަކެއްޗަކީ އެރަށެއްގެ އެންމެ މުހިންމު އައިޑެންޓިޓީކަމުން، މިފަދަ ތަންތަނާއި ތަކެތި ހިމާޔަތްކުރުން އެންމެހާ ފަރާތްތަކަށް ލާޒިމްވާގޮތަށް ގާނޫނީ ޒިންމާ ކަނޑައެޅި، ތަރިކައިގެ ލިސްޓެއް އެކުލަވާލެވި، ހަރުދަނާ އުސޫލަކުން އާސާރުބެލެހެއްޓޭން ފެށުމުގެ ތެރެއިން ތަރިކައިގެ ގާނޫނުގެ ބިލުގެ ދެލި ކޮޕީ ތައްޔާރުކުރުމަށް ފަހު ރައްޔިތުންގެ މަޖުލީހަށް ވަނީ ފޮނުވާފައެވެ.

Advertisement - newsAdvertisement

މީގެ އިތުރުން ސަގާފީ ތަރިކައިގެ ވަގުތީ ދަފްތަރެއް އެކުލަވާލުމަށް ފަހު މިހާރު ވާނީ ގެޒެޓްކޮށްފައެވެ.

މި ލިސްޓު ތައްޔާރުކޮށްފައިވަނީ ރަށު ކައުންސިލްތަކާއި ދާއިރާގެ މާހިރުންނާއި އާންމުންގެ އެހީތެރިކަމާއި އެކުގައެވެ. މި ލިސްޓު އަދާ ހަމަކޮށް، ލިސްޓުގައި ހިމެނިފައިވާ މައުލޫމާތުތައް އުނި އިތުރު ގެނައުމަށާއި މައުލޫމާތު ކަށަވަރުކުރުމަށް އާންމުންގެ ޚިޔާލު މިނިސްޓްރީގެ ވެބްސައިޓު މެދުވެރިކޮށް އަބަދުވެސް ފޮނުވޭނެ އިންތިޒާމު ވަނީ ހަމަޖެހިފައެވެ.

ތަރިކައިގެ ޤާނޫނު މަޖުލީހުން ފާސްކޮށް ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤު ކުރެއްވުމުން ރާއްޖޭގެ ތަރިކަ ދެމެހެއްޓެނިވި ގޮތަކަށް ކަނޑައެޅިފައިވާ އުސޫލުތަކެއްގެ ތެރެއިން ބަލަހައްޓަންފަށައި، ތަރިކައިގެ ލިސްޓަށް ޤާނޫނީ ބާރު، ލިބި އާސާރީ ސަރަހައްދުތައް ޙިމާޔަތް ކުރުމަށް ކުރަމުންދާ މަސައްކަތްތައް އިތުރަށް ކުރިއަށްގެންދިއުމަށް މަގުފަހިވެގެންދާނެ ކަމަށްވެސް ހެރިޓޭޖް މިނިސްޓްރީން ބުންޏެވެ.

މީގެ އިތުރުން ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކުރުމަށް ހަމަޖެހިފައިވަނީ ކަޅުވަކަރު މިސްކިތް އަލުން ރާވައި ބެހެއްޓުމުގެ މަސައްކަތެކެވެ.

މި މިސްކިތަކީ ރާއްޖޭގެ ހިރިގަލު މިސްކިތްތަކުގެ ތެރެއިން ފާހަގަކޮށްލެވޭ އިމާރާތެކެވެ. ގިނަ އަދަދަކަށް ކަޅުވަކަރު ބޭނުން ކޮށްގެން ހަދާފައިވުމުގެ އިތުރުން މުހިންމު އާސާރެކެވެ. މިފަދަ ތަނެއް މަރާމާތުކޮށް، އެއްތަނުން އަނެއްތަނަށް ބަދަލުކޮށް ރޭވުމަކީ ވަރަށް ފަންނީ އަދި އެހާމެ ފަރުވާތެރިކަމާއެކު ކުރަންޖެހޭ މަސައްކަތެކެވެ.

މިފަދަ ދުވަސް ވީތަންތަނަށް ދޭންޖެހޭ ފަރުވާއަކީ ވަރަށް ވަގުތުނަގާ އަދި ވަކި މުއްދަތުތަކެއް އެކަމަށް ހޭދަކުރަންޖެހޭ ކަމެއް ވެސްމެއެވެ.

ކަޅުވަކަރު މިސްކިތް ބަހައްޓާ ސަރަހައްދުގައި ކުރިން ހުރި އިމާރާތުގެ ތަޅުންގަޑާއި ފައުންޑޭޝަން ތެޅުމަށް ފަހު ބިންގަނޑު ތައްޔާރުކުރުމުގެ މަސައްކަތް ނިންމައި، އެ ސަރަހައްދުގައި ސެކިއުރިޓީ ފެންސު ޖެހުމުގެ މަސައްކަތް ދަނީ ކުރިއަށް ކަމަށާއި މިސްކިތް ބަހައްޓާ ސަރަހައްދާއި ސަލްޓަން ޕާކު ގުޅިގެންދާނޭ ފަދަ ވެއްޓެއް ތައްޔާރު ކުރުމަށް މިސްކިތް ބަހައްޓާ ސަރަހައްދުގެ ކުރެހުންތައް މިހާރު ވަނީ ތައްޔާރުކޮށް ނިމިފައި ކަމަށް ވެސް އެމިނިސްޓްރީން ވަނީ ބުނެފައެވެ.

ކަޅުވަކަރު މިސްކިތުގެ ހިރިގަލުގެ ހުރިހާ ބައިތައް މަރާމާތުކޮށް އާބާތުރަ ފިލުވުމުގެ މަސައްކަތްވަނީ ނިމިފައެވެ. މި މަސައްކަތްތަކާއި އެއްކޮށް މިސްކިތުގެ ލަކުޑިއަށް ދޭންޖެހޭ ފަރުވާ ދިނުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް މިނިސްޓްރީން ބުންޏެވެ.

މީގެ ތެރޭގައި އަލުން ހަދަން ޖެހޭ ބައިތަކާއި އާބާތުރަ ފިލުވުމުގެ ބައިތަކާއި މަރާމާތުކުރަން ޖެހޭ ބައިތައް ހިމެނޭއިރު، މި މަސައްކަތުގެ %70 ވަނީ މިހާރު ނިމިފައި ކަމަށްވެސް މިނިސްޓްރީން ވަނީ ބުނެފައެވެ.

އެންމެ ހިނގާ

1

އެއް ފަހަރާ އެކަކަށް ކުންފުންޏެއްގެ އެމްޑީކަމާއި ސްޓޭޓް މިނިސްޓަރުކަން މިއީ ކިހިނެއް ހިނގާ ސަރުކާރެއް؟

2

ޕްރައިމަރީއާ ގުޅޭގޮތުން ފައިސަލް އާއި ރައީސް ސޯލިހުގެ 3 ގަޑިއިރުގެ ބައްދަލުވުމެއް!

3

އީރާނާ ދެކޮޅަށް ފަނާކުރަނިވި 'ބޮންތަކުގެ މައި ބޮން' ބޭނުންކުރަން ޓްރަމްޕް ވިސްނަވަނީ

4

އިސްރާއީލުން ވަޒަންވެރިވަނީ އަސްކަރީ ބާރުގެ ބޭނުންކޮށްގެން ހިފާ ބިންތަކުގައި، މިނިވަން ޤައުމެއްގައި ޗުއްޓީ ހޭދަކުރާ ގެތަކުގައެއް ނޫން: މުއްތޮލިބް

5

ރައީސް މުޢިއްޒު ޕާކިސްތާނަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި 12 އެއްބަސްވުމެއްގައި ސޮއިކުރައްވަނީ

އިތުރަށް ކިޔާލަން

26 ނޮވެމްބަރު 2017

މީޑިއާ ކޮމިޝަންގެ ބިލުގައި ހުރި ކަންބޮޑުވުންތައް މެންބަރުންނާ ހިއްސާ ކުރަނީ

26 ނޮވެމްބަރު 2017
މީޑިއާ ކޮމިޝަންގެ ބިލުގައި ހުރި ކަންބޮޑުވުންތައް މެންބަރުންނާ ހިއްސާ ކުރަނީ
31 އޮކްޓޯބަރު 2017

ކުޅުދުއްފުށީގައި ދިރިއުޅޭ ބިދޭސީންގެ ދަފްތަރެއް އެކުލަވާލަނީ

31 އޮކްޓޯބަރު 2017
ކުޅުދުއްފުށީގައި ދިރިއުޅޭ ބިދޭސީންގެ ދަފްތަރެއް އެކުލަވާލަނީ
09 އޮކްޓޯބަރު 2017

ޕީޖީ ބިޝާމްގެ ކާރުކޮޅުގައި ރޯކޮށްލި މައްސަލަ ތަހުގީގު ކުރުމަށް ހާއްސަ ޓީމެއް އެކުލަވާލައިފި

09 އޮކްޓޯބަރު 2017
ޕީޖީ ބިޝާމްގެ ކާރުކޮޅުގައި ރޯކޮށްލި މައްސަލަ ތަހުގީގު ކުރުމަށް ހާއްސަ ޓީމެއް އެކުލަވާލައިފި
03 އޮކްޓޯބަރު 2017

ސިއްޙީ ދިރާސާގެ ގައުމީ ސިޔާސަތު އެކުލަވާލައި އާންމުކޮށްފި

03 އޮކްޓޯބަރު 2017
ސިއްޙީ ދިރާސާގެ ގައުމީ ސިޔާސަތު އެކުލަވާލައި އާންމުކޮށްފި
01 އޮކްޓޯބަރު 2017

ދޮށީ އުމުރުގެ މީހުންގެ ހައްގުތައް ހިމާޔަތް ކުރުމަށް ސިޔާސަތެއް އެކުލަވާލައިފި

01 އޮކްޓޯބަރު 2017
ދޮށީ އުމުރުގެ މީހުންގެ ހައްގުތައް  ހިމާޔަތް ކުރުމަށް ސިޔާސަތެއް އެކުލަވާލައިފި
21 ސެޕްޓެމްބަރު 2017

ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިންނާ އާއިލާތަކުން ބައްދަލު ކުރުމުގެ ގަވާއިދެއް އެކުލަވާލައިފި

21 ސެޕްޓެމްބަރު 2017
ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިންނާ އާއިލާތަކުން ބައްދަލު ކުރުމުގެ ގަވާއިދެއް އެކުލަވާލައިފި
10 ސެޕްޓެމްބަރު 2017

ރޮހިންޖާ މުސްލިމުންނަށް އެހީތެރިވުމަށް ސަރުކާރުން ހާއްސަ ކޮމިޓީއެއް އެކުލަވާލައިފި

10 ސެޕްޓެމްބަރު 2017
ރޮހިންޖާ މުސްލިމުންނަށް އެހީތެރިވުމަށް ސަރުކާރުން ހާއްސަ ކޮމިޓީއެއް އެކުލަވާލައިފި
28 ޖޫން 2017

ޓީއައިޕީ ރިޕޯޓްގައި ދިވެހިރާއްޖޭގެ ރޭންކް ޓަޔަރ 2 އަކަށް އަޕްގްރޭޑްވެއްޖެ: މިނިސްޓަރ މުހައްމަދު އާސިމް

28 ޖޫން 2017
ޓީއައިޕީ ރިޕޯޓްގައި ދިވެހިރާއްޖޭގެ ރޭންކް ޓަޔަރ 2 އަކަށް އަޕްގްރޭޑްވެއްޖެ: މިނިސްޓަރ މުހައްމަދު އާސިމް
20 މާރިޗު 2017

ކައުންސިލް އިންތިޚާބު ކަވަރ ކުރުމުގެ އުސޫލެއް އެކުލަވާލައިފި

20 މާރިޗު 2017
ކައުންސިލް އިންތިޚާބު ކަވަރ ކުރުމުގެ އުސޫލެއް އެކުލަވާލައިފި
03 މާރިޗު 2017

ދައުލަތުގެ ލިޔެކިޔުންތަކާއި ރިކޯޑްތައް ނައްތާލުމުގައި އަމަލު ކުރަންޖެހޭ ގޮތުގެ ގަވާއިދެއް އެކުލަވާލައިފި

03 މާރިޗު 2017
ދައުލަތުގެ ލިޔެކިޔުންތަކާއި ރިކޯޑްތައް ނައްތާލުމުގައި އަމަލު ކުރަންޖެހޭ ގޮތުގެ ގަވާއިދެއް އެކުލަވާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް