Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެކްރިސްޓްޗާޗް ޝޫޓިން

އަހަރުމެންގެ ވަނީ ހިތް ހަލާކުވެފައި، އެކަަމަކު މިތިބީ އެކަތިގަނޑެއްގެ ގޮތުގައި: ނޫރް މިސްކިތުގެ އިމާމް

ނިއުޒިލޭންޑުން މިއަދު ދައްކުވައިދިނީ ބައިބައިވެގެން ނުދާނެކަން

އަލީ ސަމާޚް
އަލީ ސަމާޚް, ރާއްޖެ އެމްވީ | 22 މާރިޗު 2019 | ހުކުރު 05:51
އިމާމް ޖަމާލް ފައުދާ

އިމާމް ޖަމާލް ފައުދާ

ނިއުޒިލޭންޑްގެ ކްރިސްޓް ޗާޗްގެ މިސްކިތައް ދިން ހަމަލާ އަަށް ފަހު އެގަައުމުގައި ތިބި މުސްލިމުން ތިބީ ހިތް ހަލާކުވެފައި ކަމަށާއި، ނަަމަވެސް ނިއުޒިލޭންޑްގެ ހުރިހާ ރައްޔިތުން ތިބީ އެކަތިގަނޑެއްގެ ގޮތުގައިކަމަށް އަލް ނޫރް މިސްކިތުގެ ޖަމާލް ފައުދާ ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވީ، ހަގްލޭ ޕާކް ގައި ބޭއްވި ހުކުރު ނަމާދުގެ ހުތުބާގެ ކުރިން ވާހަކަ ދައްކަވަމުންނެވެ.

ނިއުޒިލޭންޑްގެ މިސްކިތައް ދިން ޓެރަރިސްޓަ ހަމަލާ އަށް ހަފްތާ ފުރިފައިވާއިރު، އެ ހަމަލާގައި މަރުވު މީހުންގެ ހަނދާން އާ ކުރުމުގެ ގޮތުން ވަނީ މިއަދު އެގަމުގު ހުރިހާ ހިސާބެއްގައި މިސްކިތުގެ ބަންގިއަށް ފަހު ވަނީ ދެ މިނިޓްގެ ސުކޫތެއް ގެެނެސްފައެވެ.

މެންދުރު ނަމާދުގެ ބަންގި ވަނީ އެގައުމެ ހުރިހާ ޓީވީ ޗެނަލަކުން މަންޒަރު ފޮނުވުމުގެ އިތުރުން ރޭޑިއޯއިން އަޑުއިއްވާފައެވެ. ބޮޑު ޖަމާއަތުގައި މުސްލިމުން ނަމާދު ކުރަމުން ދިޔައިރު މުސްލިމް ނޫން މީހުން ތިބީ އެމީހުންގެ ފަހަތުގައި ސަފުތަކަށް އެތުރިލައިގެންނެވެ. އެމީހުން ސާބިތުކޮށްދޭން ބޭނުންވީ އެމީހުންވެސް މުސްލިމުންނާއިއެކުވާ ކަމެވެ. ހުކުރު ނަމާދުގައި ނިއުޒިލޭންޑްގެ ބޮޑު ވަޒީރު ޖަސިންޑާ އާޑަންވެސް ވަނީ ބައިވެރިވެ ވަޑައިގެންފައެވެ.

ނިއުޒިލޭންޑްގެ އެކި ހިސާބުތަކުން ޖަމާވެފައި ތިބި މީހުންނާއި މުހާތަބު ކުރަމުން އިމާމް ވިދާޅުވީ، މިސްކިތައް ހަމަލާ ދިން މީހުންގެ ބޭނުމަކަށްވީ ނިއުޒިލޭންޑް ބައިބައި ކޮށްލުން ކަމަށެވެ.

''އޭގެ ބަދަލުގަައި ނިއުޒިލޭންޑުން މިއަދު ދައްކުވައިދިނީ ބައިބައިވެގެން ނުދާނެކަން. އެކަތިގަނޑެއްގެ ގޮތުގައި ތިބޭނީ. އަހަރުމެންގެ ހިތް ހަލާކުވެއްޖެ. އެކަމަކު އަޒުމެއް ނުގުޑާނެ. ދިރި މި ތިބީ. އެންމެން އެއްކޮށް. ބައިބައިވުމުގެ ފުރުސަތު އެއްވެސް ބަޔަކަށް ނުދޭނަން'' އިމާމް ވިދާޅުވިއެވެ.

މަރުވެގެން ދިޔަ މީހުންނަކީ ހަމައެކަނި އިސްލާމުންގެ ގޮތުގައި ޝަހީދުވެގެން ދިޔަ މީހުން ނޫން ކަމަށާއި އެމީހުންނަކީ ނިއުޒިލޭންޑަކަށްޓަކައި ޝަހީދުވި މީހުންގެ ގޮތުގައި އޭނާ ވަނީ ސިފަ ކުރަައްވާފައެވެ.

ކްރިސްޓާޗް މިސްކިތް ބޭރުގައި ހުންނަ ޕާކްގައި ހުކުރު ނަމާދު ކުރަނީ./ ފޮޓޯ - ރޮއިޓާސް

އިމާމް ވިދާޅުވީ، މިއަދު ފެންނަމުން ދަނީ އެ ގައުމުގެ ރައްޔިތުންގެ އިތުރުން މުޅި ދުނިޔޭގެ ލޯބި ކަމަށާއި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެތައް ބަޔަކު ނިއުޒިލޭންޑް މުސްލިމުންނާއި އެކު އެބަތިބި ކަމަށެވެ. އަދި މަރުވި މީހުން މަރުވެގެން ދިޔައީ ވޭނެއްގައި ނޫންކަމަށް އިމާމް ވިދާޅުވިއެވެ.

'' އެއީ އަހަރުމެންގެ ތެރެއިން އެންމެ ރަނގަޅު މީހުން. އެމީހުން އެދިޔައީ އެންމެ މުހިއްމު ދުވަހު. އެންމެ މަތިވެރި ތަނުގައި އެންމެ މަތިވެރި އަޅުކަމުގައި ތިއްބާ'' އޭނާ ވިދާޅުވިއެވެ.

އިމާމްގެ ވާހަކަ ނިންމާލުމުގެ ކުރިން އޭނާ ވަނީ ނިއުޒިލޭންޑްގެ ރައްޔިތުން މުސްލިމުންނަށްޓަކައި ރުއި ރުއިމާއި އޮހޮރި ކަރުނައަށް ޝުކުރު އަދާކޮށްފައެވެ.

ނިއުޒިލޭންޑްގެ ހަޔާތުގައި މިހާތަނަށް ދިން އެންމެ ބޮޑު ޓެރަރިސްޓް ހަމަލާއގައި 50 އެތައް ބަޔަކު ވަނީ މަރުވެފައެވެ. އެ ހަމަލާ ގައި ހައްޔަރު ކޮށްފައިވަނީ އުމުރުން 28 އަހަރުގެ އޮސްޓްރޭލިއާގެ ރައްޔިތެއް ކަމަށްވާ ބްރެންޓަން ހެރިސަންއެވެ.

އިތުރަށް ކިޔާލަން

30 އޮކްޓޯބަރު 2018

ލަޔަން އެއަރގެ ފްލައިޓް ވެއްޓުން: ދަތުރުގެ ބޯޓްގެ އާލާތްތަކެއް ހުރީ ހަލާކުވެފައި

30 އޮކްޓޯބަރު 2018
ލަޔަން އެއަރގެ ފްލައިޓް ވެއްޓުން: ދަތުރުގެ ބޯޓްގެ އާލާތްތަކެއް ހުރީ ހަލާކުވެފައި
20 މެއި 2018

ގެތައް ރެއިޑްކުރަމުންދާތީ ނަޖީބު ރައްޒާޤް ހިތްޕުޅު ހިތްޕުޅުހަމަޖެހިވަޑައެއްނުގެން!

20 މެއި 2018
ގެތައް ރެއިޑްކުރަމުންދާތީ ނަޖީބު ރައްޒާޤް ހިތްޕުޅު ހިތްޕުޅުހަމަޖެހިވަޑައެއްނުގެން!
19 މާރިޗު 2018

އިރުމަތީ ޣޫތާ އަށް ރައީސް އަސަދު ވަޑައިގެން ސަރުކާރު ސިފައިންނާ ބައްދަލު ކުރައްވާ ހިތްވަރު ދެއްވައިފި

19 މާރިޗު 2018
އިރުމަތީ ޣޫތާ އަށް ރައީސް އަސަދު ވަޑައިގެން ސަރުކާރު ސިފައިންނާ ބައްދަލު ކުރައްވާ ހިތްވަރު ދެއްވައިފި
12 ޖެނުއަރީ 2018

އެމެރިކާ އެމްބަސީގެ އައު އިމާރާތާއިމެދު ހިތްޕުޅުހަމަޖެހިވަޑައިނުގެން، ޓްރަމްޕްގެ އިނގިރޭސިވިލާތު ދަތުރުފުޅު ކެންސަލް ކުރައްވައިފި

12 ޖެނުއަރީ 2018
އެމެރިކާ އެމްބަސީގެ އައު އިމާރާތާއިމެދު ހިތްޕުޅުހަމަޖެހިވަޑައިނުގެން، ޓްރަމްޕްގެ އިނގިރޭސިވިލާތު ދަތުރުފުޅު ކެންސަލް ކުރައްވައިފި
10 ޖެނުއަރީ 2018

ކެބިނެޓަށް ގެންނެވި ބަދަލުތަކާ މެދު އިނގިރޭސި ބޮޑޮވަޒީރު ހިތްޕުޅު ހަމަޖެހިވަޑައިގަންނަވާކަން ހާމަކުރައްވައިިފި

10 ޖެނުއަރީ 2018
ކެބިނެޓަށް ގެންނެވި ބަދަލުތަކާ މެދު އިނގިރޭސި ބޮޑޮވަޒީރު ހިތްޕުޅު ހަމަޖެހިވަޑައިގަންނަވާކަން ހާމަކުރައްވައިިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު