Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޖިއާންގެ މަރުގެ މައްސަލަ

ޖިއާންގެ މަރުގެ މައްސަލަ: ދައުވާ ލިބޭ ހަ މީހުންގެ ތެރެއިން ތިން މީހަކު ކުށަށް އިއުތިރާފްވެއްޖެ

21 މާރިޗު 2019 | ބުރާސްފަތި 11:42

ދެ ދިވެހިންނާއި، އިންޑިއާ ރައްޔިތަކު ވަނީ ދައުވާއަށް އިންކާރުކޮށްފައި

އަބުދުﷲ ނަސީރު އިބްރާހިމް
އަބުދުﷲ ނަސީރު އިބްރާހިމް | 21 މާރިޗު 2019 | ބުރާސްފަތި 11:42
ހާދިސާ ހިނގި ވަގުތުގެ މަންޒަރު

ހާދިސާ ހިނގި ވަގުތުގެ މަންޒަރު

ޑިސެމްބަރު މަހުގެ 17 ވަނަ ދުވަހު އިމާރާތަކުން ސިމެންތި ބަސްތާއެއް ވެއްޓި ޖެހުމުގެ ސަބަބުން މަރުވި އުމުރުން ހަތް އަހަރުގެ ރައުޝަން ޖިއާންގެ މަރުގެ މައްސަލާގައި ދައުލަތުން ދައުވާކުރާ ހަ މީހުންގެ ތެރެއިން ތިން މީހަކު ކުށަށް އިއުތިރާފްވެއްޖެއެވެ.

ޖިއާންއަކީ ބަންގްލަދޭޝަށް ނިސްބަތްވާ ކުއްޖެކެވެ. އޭނާ މަރުވީ ޑަބްލިއު ކޮންސްޓްރަކްޝަން ކުންފުނިން މާލޭގައި އިމާރާތް ކުރަމުންދިޔަ އިމާރާތަކުން ސިމެންތި ބަސްތާ ވެއްޓުމުގެ ހާދިސާގައި ލިބުނު އަނިޔާތަކާ ގުޅިގެން އައިޖީއެމްއެޗްގައި ފަރުވާ ދެމުން ދަނިކޮށެވެ.

Advertisement - newsAdvertisement

މި މައްސަލަ ފުލުހުން ތަހްގީގުކޮށް ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވާފައި ވަނީ މި މަހުގެ ކުރީ ކޮޅުއެވެ. މި މައްސަލައިގައި ޖިނާއީ ދައުވާ އުފުލާފައި ވަނީ، ގާނޫނުލް އުގޫބާތުގެ 111 ވަނަ މާއްދާގެ (ހ) އާއި ހަވާލާދީ (ނ) ގެ ދަށުންނެވެ. އަދި މި މައްސަލާގައި ދައުލަތުން ދައުވާ ކުރަނީ އިންޑިއާގެ ހަތަރު މީހަކަށާއި ދެ ދިވެއްސެއްގެ މައްޗަށެވެ.

ބުރާސްފަތި ދުވަހު ބޭއްވި މައްސަލައިގެ ފުރަތަމަ އަޑުއެހުމުގައި ކުށަށް އިއުތިރާފްވެފައި ވަނީ ދައުވާ ލިބޭ އިންޑިއާގެ ހަތަރު މީހުންގެ ތެރެއިން ރައްޖާވް އަލީ އާއި މުތުމަނި ރަމަޗަންދުރަން އާއި ކެޝަރިލަލް ޗަައުހަން އެވެ.

އޭގެ ތެރެއިން ރައްޖާވް އަލީ އާއި މުުތުމަނި ރަމަޗަންދުރަންގެ މައްޗަށް ދައުވާކޮށްފައި ވަނީ، މީހަކު މަރުވެ ދިއުމުގައި ފަރުވާކުޑަ އަމަލެއް ހިންގުމުގެ ކުށުގެ ދައުވާއެވެ. އަދި ކެޝަރިލަލް ޗަައުހަން މައްޗަށް ދައުވާކޮށްފައި ވަނީ ނުރައްކަލެއްގައިވާ މީހާއަށް ކުރިމަތިވެދާނެކަން އެނގޭ ނުރައްކަލެއްގެ އިންޒާރު، އެކަށީގެންވާ ސަބަބެއް ނެތި ނުދިނުމުގެ ކުށުގެ ދައުވާއެވެ.

އެ މީހުންގެ ތެރެއިން ރައްޖާވް އަލީއަކީ ސިމެންތި ބަސްތާ ވެއްޓުނުއިރު، ވިންޗު އޮޕަރޭޓްކުރަން ހުރި މީހާއެވެ. ޝަރީއަތުގެ މަޖިލީހުގައި ވާހަކަދައްކަމުން ރައްޖާވް ބުނީ، އެ ހާދިސާ ހިނގި ކަމަށް ގަބޫލުކުރާ ކަމަށާއި އެކަމަކު އެއީ ގަސްދުގައި ކުރި ކަމެއް ނޫން ކަމަށެވެ.

ކުށަށް އިއުތިރާފްވެ ވާހަކަ ދައްކަމުން މުތުމަނި ރަމަޗަންދުރަން ބުނީ ހާދިސާ ހިނގި ކަމަށް ގަބޫލުކުރާ ކަމަށާއި، ނަމަވެސް އެއީ ގަސްދުގައި ކުރި ކަމެއް ނޫން ކަމަށެވެ. ރަމަޗަންދުރަންއަކީ ސިމެންތި ބަސްތާ މައްޗަށް ނެގުމަށް އެންގި މީހާ އެވެ. މުތުމަނި ރަމަޗަންދުރަންއަކީ ސިމެންތި ބަސްތާ މައްޗަށް ނެގުމަށް އެންގި މީހާއެވެ.

ތިން ވަނަ މީހަކަށް ކެޝަރިލަލް ޗަައުހަން ކުށަށް އިއުތިރާފެވަ ވާހަކަ ދައްކަމުން ވެސް ބުނީ، އެއީ ގަސްދުގައި ކުރި ކަމެއް ނޫން ކަމަށެވެ. ކެޝަރިލަލް ޗައުހަރީއަކީ ސިމެންތި ބަސްތާތައް ސަވާޖީއަށް އެރުވިއިރު، ތިރީގައި ހަރަކާތްތެރިވި ދެ މީހުންގެ ތެރެއިން އެކަކެވެ.

ބުރާސްފަތި ދުވަހު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި މައްސަލަ ބައްލަވާ ގާޒީ ވިދާޅުވީ، ތިން ބިދޭސީން ވެސް ކުށަށް އިއުތިރާފްވުމުން ޖިނާއީ އިޖްރާއާތުގެ ގާނޫނުގައިވާ ގޮތުގެ މަތިން އަވަސް ނިޔާގެ މައްސަލައެއްގެ ގޮތުގައި އެ ތިން މީހުންގެ މައްޗަށް އަންނަ އަންގާރަ ދުވަހު ހުކުމް ކުރާނެ ކަމަށެވެ.

އިންޑިއާ ތިން ރައްޔިތަކު ކުށަށް އިއުތިރާފްވިނަމަވެސް، ދައުވާ ލިބޭ ހަތަވަރު ވަނަ އިންޑިއާ މީހާ އާއި ދެ ދިވެހިން ވަނީ ދައުވާއަށް އިންކާރުކޮށްފައެވެ. އަދި ދެ ދިވެހިން ވަނީ ވަކީލަކު ހަމަޖައްސަން އިތުރު ފުރުސަތު ބޭނުންވާ ކަމަށް ބުނެފައެވެ. އެއީ މާލޭ ދަފުތަރު 8424 މޫސާ ހަސަން އާއި، މަލޭ ދަފްތަރު 7198 އާދަމް ޝަފީގް އެވެ. މި ދެ މީހުންގެ މައްޗަށް އުފުލީ، މީހަކު މަރުވެ ދިިއުމުގެ އިހުމާލުގެ އަމަލެއް ކުރުމުގެ ކުށުގެ ދައުވާއެވެ. މޫސާ ހަސަންއަކީ ޑަބްލިއު ކޮންސްޓަކްޝަން ކުންފުނީގެ ސީނިއަރ ސައިޓް ސުޕަވައިޒަރެކެވެ. އަދި އާދަމް ޝަފީގަކީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރެވެ.

އެ ތިން މީހުން ދައުވާއަށް އިންކާރުކުރުމުން، ދައުލަތުގެ ފަރާތުން ވަނީ ދައުވާ ސާބިތުކުރުމަށް ހެކި ހުށަހަޅާފަ އެވެ. އެގޮތުން ގުލާމްއާ ދެކޮޅަށް 24 ހެކި ހުށަހެޅިއިރު، ދެ ދިވެހިންނާ ދެކޮޅަށް 31 ހެއްކެއް ދައުލަތުން ހުށަހެޅި އެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ

10 ޖެނުއަރީ 2017
ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ
10 ޖެނުއަރީ 2017

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް
09 ޖެނުއަރީ 2017

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު
08 ޖެނުއަރީ 2017

ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

08 ޖެނުއަރީ 2017
ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ
08 ޖެނުއަރީ 2017

މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

08 ޖެނުއަރީ 2017
މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!
08 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

08 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!
08 ޖެނުއަރީ 2017

އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް

08 ޖެނުއަރީ 2017
އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް
06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ
06 ޖެނުއަރީ 2017

މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ

06 ޖެނުއަރީ 2017
 މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ
06 ޖެނުއަރީ 2017

ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި

06 ޖެނުއަރީ 2017
ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް