Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއެޑެން ހަޒާޑް

ޗެލްސީއާއެކު ޔޫރޮޕާ ލީގު ކާމިޔާބުކުރަން ބޭނުން: ހަޒާޑް

20 މާރިޗު 2019 | ބުދަ 04:54

ހަޒާޑް ހޯދުމަށް ގިނަ ކްލަބްތަކުން އަންނަނީ މަސައްކަތް ކުރަމުން

ލީވާން އަލީ
ލީވާން އަލީ | 20 މާރިޗު 2019 | ބުދަ 04:54
އެޑެން ހަޒާޑް

އެޑެން ހަޒާޑް

ޗެލްސީއާއެކު ޔޫރޮޕާ ލީގު ކާމިޔާބުކުރަން ބޭނުންވާ ކަމަށް އެ ކްލަބަށް ކުޅެމުން އަންނަ ބެލްޖިއަމްގެ ކެޕްޓަން އެޑެން ހަޒާޑް ބުނެފިއެވެ.

ބެލްޖިއަމްގެ ޓީވީއަކަށް ދިން އިންޓަވިއުއެއްގައި ހަޒާޑް ބުނީ، ޗެލްސީއާއެކު ކުރިއެރުން ހޯދަން ބޭނުންވާ ކަމަށާއި، ޓާގެޓަކީ އެ ކްލަބާއެކު މި ސީޒަނުގައި ޔޫރޮޕާ ލީގު ކާމިޔާބުކުރުން ކަމަށެވެ.

ހަޒާޑް ބުނީ، ކުރިޔަށް އޮތް ސީޒަނުގައި ޗެމްޕިއަންސް ލީގުން ޖާގަ ކަށަވަރުކުރަން ޖެހޭ ކަމަށާއި، އެގޮތުން ޔޫރޮޕާ ލީގު ކާމިޔާބުކުރުން ނުވަތަ ޕްރިމިއާ ލީގުގެ ގަދަ ހަތަރަކުން ޖާގަ ކަށަވަރުކުރުން ޗެލްސީއަށް މަޖުބޫރު ކަމަށެވެ.

ސަޕޯޓަރުންނާއި، ކްލަބުގެ މެނޭޖްމަންޓުން ހާސިލްކުރަން ބޭނުންވާ ޓާގެޓަށް ވާސިލުވާން ބުރަ މަސައްކަތް ކޮށްދޭނެކަން ފާހަގަކުރަމުން ހަޒާޑް ބުނީ، ހުރިހާ ކުޅުންތެރިންވެސް ބުރަކޮށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ހަޒާޑް މިހެން ބުނެފައިވާއިރު، މި ސީޒަނަށްފަހު އޭނާ ޗެލްސީ ދޫކޮށްލާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ. އަދި ބައެއް ރިޕޯޓްތައް ބުނާ ގޮތުން އޭނާ ރެއާލް މެޑްރިޑަށް ބަދަލުވާނެއެވެ.

ނަމަވެސް އެއްވެސް ކްލަބަކަށް ހަޒާޑްއާއެކު އެއްބަސްވުމަކަށް އައިސްފައިނުވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. ޗެލްސީއާއެކު ހަޒާޑް ހަދާފައިވާ އެއްބަސްވުން ހަމަވާނީ 2020 ވަނަ އަހަރެވެ.

ދާދި ފަހުން ނޫސްވެރިންނަށް މައުލޫމާތު ދެމުން ހަޒާޑް ބުނީ އެއްބަސްވުން ކުރިޔަށް އޮތް ދުވަސްތަކުގައި އާނުކުރެވިއްޖެ ނަމަ އެހެން ކްލަބަކަށް ބަދަލުވުމުގެ ފުރުސަތު އެބަ އޮތް ކަމަށާއި، އަމިއްލަ އަށް ކްލަބް ދޫކޮށްލުމުގެ ވިސްނުމެއް އަދި ނެތް ކަމަށެވެ.

ފްރާންސްގެ ލިއްލޭ އިން ކެރިޔަރު ފެށި ހަޒާޑް ވަނީ އެޓީމަށް ކުޅުނު 194 މެޗުގައި 50 ލަނޑު ކާމިޔާބުކޮށްފައެވެ. އޭނާ ޗެލްސީއަށް ބަދަލުވީ 2012 ވަނަ އަހަރު އެވެ. އޭނާ ވަނީ ޗެލްސީއަށް މިހާތަނަށް ކުޅުނު 339 މެޗުގައި 105 ލަނޑު ކާމިޔާބުކޮށްފައެވެ.

ޗެލްސީއާ އެކު ޔޫރޮޕާ ލީގު ކާމިޔާބުކޮށްފައިވާ ހަޒާޑް ވަނީ އެޓީމާއެކު ޕްރިމިއާ ލީގު ދެ ފަހަރު އަދި ފުޓްބޯލް ލީގު ކަޕް ވެސް ކާމިޔާބުކޮށްފައެވެ. އޭނާ ވަނީ ބެލްޖިއަމް ގައުމީ ޓީމަށް ކުޅުނު 98 މެޗުގައި 27 ލަނޑު ކާމިޔާބުކޮށްފައެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

14 ޖެނުއަރީ 2017

ނޭޕާލް ބަލިކޮށް އީރާނަށް ވަރުގަދަ ރައްދެއް ދޭން ބޭނުން: އަދީލް

14 ޖެނުއަރީ 2017
ނޭޕާލް ބަލިކޮށް އީރާނަށް ވަރުގަދަ ރައްދެއް ދޭން ބޭނުން: އަދީލް
12 ޖެނުއަރީ 2017

އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި

12 ޖެނުއަރީ 2017
އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި
07 ޖެނުއަރީ 2017

ސަންޗޭޒް ބޭނުންވަނީ އާސެނަލްގައި މަޑުކުރަން، ރަނގަޅު އެއްބަސްވުމެއް ހެދޭނެ: ވެންގާ

07 ޖެނުއަރީ 2017
ސަންޗޭޒް ބޭނުންވަނީ އާސެނަލްގައި މަޑުކުރަން، ރަނގަޅު އެއްބަސްވުމެއް ހެދޭނެ: ވެންގާ
06 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި

06 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ފަހު ވަގުތު ޖިރޫ ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް ސަލާމަތްވެއްޖެ

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ފަހު ވަގުތު ޖިރޫ ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް ސަލާމަތްވެއްޖެ
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކޭން އާއި ޑެލެއަލީގެ ލަނޑުތަކުން ވަޓްފޯޑްގެ މައްޗަށް ޓޮޓެންހަމް ކުރިހޯދައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކޭން އާއި ޑެލެއަލީގެ ލަނޑުތަކުން ވަޓްފޯޑްގެ މައްޗަށް ޓޮޓެންހަމް ކުރިހޯދައިފި
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި
04 ޖެނުއަރީ 2017

ލީގު ތަށްޓާ ބެހޭގޮތުން ސިޓީ އަށް ދެއްކޭނެ ވާހަކައެއް ނެތް: ގާޑިއޯލާ

04 ޖެނުއަރީ 2017
ލީގު ތަށްޓާ ބެހޭގޮތުން ސިޓީ އަށް ދެއްކޭނެ ވާހަކައެއް ނެތް: ގާޑިއޯލާ
04 ޖެނުއަރީ 2017

ޔުނައިޓެޑް ދޫކޮށްލަން ބޭނުންވާ ކަމަށް ޑިޕޭ ބުނެފި

04 ޖެނުއަރީ 2017
ޔުނައިޓެޑް ދޫކޮށްލަން ބޭނުންވާ ކަމަށް ޑިޕޭ ބުނެފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް