Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއިންޑިއާ- ދިވެހިރާއްޖެ

ލޯނާއިއެކު ކުރިޔަށް ރާވާފައި ހުރި މަޝްރޫއުތައް ވަރަށް އަވަހަށް ފެށިގެންދާނެ: ފިނޭންސް މިނިސްޓަރު

 ފައިސާ ބޭނުން ކުރަން ހަމަޖެހިފައިވަނީ ފެނާއި ނަރުދަމާގެ މަސައްކަތުގެ އިތުރުން އެހެނިހެން މުހިއްމު މަޝްރޫއުތަކަށް: އަމީރު

އަލީ ސަމާޚް
އަލީ ސަމާޚް, ރާއްޖެ އެމްވީ | 18 މާރިޗު 2019 | ހޯމަ 14:46
ފިނޭންސް މިނިސްޓަރު އަމީރު މީޑިއާ އަށް މައުލޫމާތު ދެނީ

ފިނޭންސް މިނިސްޓަރު އަމީރު މީޑިއާ އަށް މައުލޫމާތު ދެނީ

އަވަށްޓެރި އިންޑިއާއިން ރާއްޖެއަށް ދީފައިވާ 800 ޑޮލަރުގެ ލޯނުގެ ދަށުން ކުރިޔަށް ރާާވާފައި ހުރި މަޝްރޫއުތަކުގެ އަމަލީ މަސައްކަތް ވަރަށް އަވަހަށް ފެށިގެންދާނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

އިންޑިއާއިން ރާއްޖެއަށް ދޭން ހަމަޖެހިފައިވާ ލޯނުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތަށް ފަހު މީޑިއާ ވާހަކަ ދައްކަމުން މިނިސްޓަރު ވިދާޅުވީ، އިންޑިއާއިން ދީފައިވާ ފައިސާ ބޭނުން ކުރަން ހަމަޖެހިފައިވަނީ ފެނާއި ނަރުދަމާގެ މަސައްކަތުގެ އިތުރުން އެހެނިހެން މުހިއްމު މަޝްރޫއުތަކަށް ކަމަށެވެ. މިހާރުވެސް ބައެއް މަޝްރޫއުތަކުގެ މައުލޫމާތު އެކްޒިމް ބޭންކުގެ އިތުރުން އިންޑިއާގެ ސަރުކާރާއި ހިއްސާކޮށްފައިވާނެ ކަމަށް ވިދާޅުވިއެވެ.

Advertisement - newsAdvertisement
''މިއަދު އަޅުގަނޑުމެންނަށް މި ސޮއިކުރުމުގެ ނަތިއްޖާ އަކަށް ވެގެންދާނީ އަޅުގަނޑުމެންނަށް ވަރަށް އަވަހަށް މި މަސައްކަތް ފެށިގެން ވަރަށް އަވަހަށް މި ޕޮރްޖެކްޓް ތަކުގެ އަމަލީ މަސައްކަތްތައް ފެށިގެންދާނެ. ވަރަށް އަވަހަށް ފެށިގެންދާނެ ކަމަށް ލަފާކުރެވޭ '' ފިނޭންސް މިނިސްޓަރު ވިދާޅުވިއެވެ.

ކޮމާޝަލް ޕޯޓް ތިލަފުއްޓަށް ބަދަލު ކުރުމުގެ އިތުރުން އެހެނިހެން ޕްރޮޖެކްޓްތައް ވެސް ހިމެނިފައިވާ ކަމަށާއި، މިހާރުވެސް 30 ރަށުގެ ފެނާއި ނަރުދަމާގެ މަސައްކަތްތައް ކުރިޔަށް ގެންދިއުމަށްޓަކައި ހުރިހާ ތަފްސީލްތައް ހުށައަޅާފައިވާ ކަމަށް އަމީރު ވިދާޅުވިއެވެ.

އިންޑިއާ އިން ރާއްޖެއަށް 800 ޑޮލަރު ދޭގޮތަށް ނިންމާފައިވަނީ ރައީސް ސޯލިހު އިންޑިއާ އަށް ކުރެއްވި ދަތުރުފުޅުގައެވެ. އެ ފައިސާއަކީ ސަރުކާރުން ކުރިއަށް ގެންދަން ބޭނުންވާ ޕްރޮޖެކްޓްތައް އިންޑިއާ ސަރުކާރަށް ހުށަހެޅުމުން އިންޑިޔާގެ އެގްޒިމް ބޭންކު މެދުވެރިކޮށް ދިނުމަށް ނިންމާފައިވާ ލޯންތަކެއް ކަމަށް މިނިސްޓަރު އަމީރު ވަނީ ވިދާޅުވެފައެވެ.

އިތުރަށް ކިޔާލަން

22 ޖެނުއަރީ 2017

ކްރައިމް އިންވެސްޓިގޭޝަން ކޮމާންޑްގެ ހުރިހާ ޑިޕާޓްމަންޓްތަކުގެ މުވައްޒަފުންނަށް ރޯލްކޯލްއެއް ބާއްވައިފި

22 ޖެނުއަރީ 2017
ކްރައިމް އިންވެސްޓިގޭޝަން ކޮމާންޑްގެ ހުރިހާ ޑިޕާޓްމަންޓްތަކުގެ މުވައްޒަފުންނަށް ރޯލްކޯލްއެއް ބާއްވައިފި
22 ޖެނުއަރީ 2017

ކޮރަޕްޝަނަކީ އިންސާނީ ތޮބީޢަތުގައިވާ ކަމެއް ކަމަށް ވިދާޅުވުމަކީ އިސްލާމްދީނުގެ އަސާސްތަކާއި އިންސާނީ އެންމެހައި ހަމަތަކާ ޚިލާފު، ބިރުހުރި ކަމެއް:އެމްޑީޕީ

22 ޖެނުއަރީ 2017
ކޮރަޕްޝަނަކީ އިންސާނީ ތޮބީޢަތުގައިވާ ކަމެއް ކަމަށް ވިދާޅުވުމަކީ އިސްލާމްދީނުގެ އަސާސްތަކާއި އިންސާނީ އެންމެހައި ހަމަތަކާ ޚިލާފު، ބިރުހުރި ކަމެއް:އެމްޑީޕީ
21 ޖެނުއަރީ 2017

ކައުންސިލް ނުލިބިއްޖެ ނަމަ ތިމަރަފުށީގައި ހުރި ސަރުކާރުގެ އޮފިސްތަކުގެ އޮނިގަނޑަށް ބަދަލު ގެންނާނަން: ޝަރީފް

21 ޖެނުއަރީ 2017
ކައުންސިލް ނުލިބިއްޖެ ނަމަ ތިމަރަފުށީގައި ހުރި ސަރުކާރުގެ އޮފިސްތަކުގެ އޮނިގަނޑަށް ބަދަލު ގެންނާނަން: ޝަރީފް
20 ޖެނުއަރީ 2017

އައްޑޫ ސިޓީ ޗަކަ ބިމެއްގައިހުރި ގަސްތަކެއްގައި އަލިފާން ރޯވެއްޖެ

20 ޖެނުއަރީ 2017
އައްޑޫ ސިޓީ ޗަކަ ބިމެއްގައިހުރި ގަސްތަކެއްގައި އަލިފާން ރޯވެއްޖެ
20 ޖެނުއަރީ 2017

ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އިންޑިޔާ ފަދަ ގައުމުތަކަށް ރާއްޖެއިން އަބަދުވެސް މަރުހަބާ ކިޔަން : ޝައިނީ

20 ޖެނުއަރީ 2017
ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އިންޑިޔާ ފަދަ ގައުމުތަކަށް ރާއްޖެއިން އަބަދުވެސް މަރުހަބާ ކިޔަން : ޝައިނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު