Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެގދ ފަރެސްމާތޮޑާ

ފަރެސްމާތޮޑާ އެއާޕޯޓު މި އަހަރު ނިމޭނެ: މިނިސްޓަރު އަސްލަމް

18 މާރިޗު 2019 | ހޯމަ 06:29

ރައްޔިތުންގެ ފުރިހަމަ އެއްބާރުލުން ބޭނުންވޭ

އަމްނާ އިމާދު
އަމްނާ އިމާދު | 18 މާރިޗު 2019 | ހޯމަ 06:29
މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމް

މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމް

ގދ. ފަރެސްމާތޮޑާ އެއާޕޯޓު އެޅުމުގެ މަޝްރޫއު މި އަހަރުގެ ތެރޭގައި ނިމޭނެ ކަމަށް މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

އާދިއްތަ ދުވަހުގެ ރޭ ފަރެސްމާތޮޑާގައި އެމްޑީޕީން ބޭއްވި ކެންޕޭން ޖަލްސާގައި މިނިސްޓަރު އަސްލަމް ވިދާޅުވީ އަމާޒަކީ މިއަހަރު ނިމެންވާއިރަށް ފަރެސްމާތޮޑާ އެއާޕޯޓު ނިންމުން ކަމަށާއި، އުންމީދާކީ އެއީ ކަމަށެވެ.

Advertisement - newsAdvertisement

މިނިސްޓަރު އަސްލަމް ވިދާޅުވީ އެއާޕޯޓުގެ މަޝްރޫއަކީ މުޅި ދާއިރާ ގުޅިފައިވާ މަޝްރޫއެއް ކަމަށާއި، އެ ދާއިރާގެ ރައްޔިތުންގެ އެންމެ ބޮޑު އެއް ހުވަފެން ކަމަށެވެ. މި އަހަރުގެ މި މަޝްރޫއު ނިންމާ ރައްޔިތުންނަށް އެއާޕޯޓު ބޭނުންކުރެވޭ ގޮތް ހެދުމަށް، ރައްޔިތުން ސަރުކާރަށް ފުރިހަމަ އެއްބާރުލުންދޭން ޖެހޭ ކަމަށާއި، ރައްޔިތުންގެ މަޖިލީހުގެ އެއްބާރުލުން ފުރިހަމައަށް ބޭނުންވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"ސަރުކާރު ހިންގުމަށްޓަކައި ރައްޔިތުން މަޖިލީހުގައި އަޅުގަނޑު މީގެ ކުރިން ރައީސް ނަޝީދުގެ ސަރުކާރުގަ މަސައްކަތްކޮށްފިން ރައްޔިތުން މަޖިލީހުގެ އަގުލަބިއްޔަތެއް ވެރިކަން ކުރާ ޕާޓީއަށް ނެތި. ކަންތައްތައް ކުރެވުނީ ވަރަށް ދަތިކޮށް. މަޖިލީހުގައި ތިއްބަވާ އިދިކޮޅު މެންބަރުގެ ހުރަސްއަޅުއްވާ ކަންކަން ވަރަށް ބައިވަރުހުރޭ،" މިނިސްޓަރު އަސްލަމް ވިދާޅުވިއެވެ.

މިނިސްޓަރު އަސްލަމް ވިދާޅުވީ ގައުމާއި ރައްޔިތުންގެ ކުރިމަގަށް ކުރާ މަސައްކަތުގައި ބަޖެޓެއް ހޯދަން ވިޔަސް، ލޯނެއް ހޯދަން ވިޔަސް އަދި ބަޔަކާ އެކު އެއްބަސްވުމެއްގައި ސޮއިކުރަން ވިޔަސް މަޖިލިސް މެންބަރުން އުނދަގޫތައް ތަޖުރިބާ ކުރެވިފައިވާ ކަމަށެވެ. އެހެންކަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ މި ވެރިކަމުގައި މިކަންކަން ތަޖުރިބާ ކުރަން ބޭނުންނުވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އާބާދީގައި 1200 އެއްހާ މީހުން ދިރިއުޅޭ ފަރެސްމާތޮޑާ އެއާޕޯޓަކީ ސަރުކާރުން ހަތަރު މިލިއަން ޑޮލަރު ޚަރަދުކޮށްގެން ކުރިއަށްގެންދާ މަޝްރޫއެކެވެ. މިދިޔަ އަހަރު ސެޕްޓެމްބަރު މަހުން ފެށިގެން އެ ރަށުގައި އެއާޕޯޓު އެޅުމަށް އެއަޕޯޓު ހިމެނޭ ސަރަހައްދުގެ ބިން ހިއްކުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

ފަރެސްމާތޮޑާ އެއަރޕޯޓް މަޝްރޫއާ، އެއަރޕޯޓް އެޅުމަށް ބިންހިއްކުމުގެ މަސައްކަތް ކުރުމަށް މިއަހަރުގެ ބަޖެޓްގައި 40.3 މިލިއަން ރުފިޔާ ވަނީ ހިމަނާފައެވެ.

އެންމެ ހިނގާ

1

ރަޝިޔާގެ ހުއްދަ ނެތި އެމެރިކާ އެއަރ ފޯސްގެ ބޯޓެއް ވެރި ރަށް މޮސްކޯގައި ޖައްސައިފި

2

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

3

ރާއްޖެ ޓީވީގެ އާމިރު ސަލީމަށް ހަމަލާދޭން ސަރުކާރު ހިންގާ ޕާޓީން ބަޔަކަށް ފައިސާދިންކަމުގެ މައުލޫމާތު ލިބިގެން މައްސަލަ ފުލުހަށް ހުށަހަޅައިފި

4

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

5

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

އިތުރަށް ކިޔާލަން

20 ޖެނުއަރީ 2017

ގަން އެއާޕޯޓުން ބިދޭސީ މަސައްކަތްތެރިންނަށް ފުރޭނެ ގޮތް ހެދުމަށް މިދަނީ މަސައްކަތް ކުރަމުން: އިމިގްރޭޝަން

20 ޖެނުއަރީ 2017
ގަން އެއާޕޯޓުން ބިދޭސީ މަސައްކަތްތެރިންނަށް ފުރޭނެ ގޮތް ހެދުމަށް މިދަނީ މަސައްކަތް ކުރަމުން: އިމިގްރޭޝަން
17 ޖެނުއަރީ 2017

މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގެ ނަތީޖާ އޮންލައިންކޮށް ދޫކުރަން ފަށައިފި

17 ޖެނުއަރީ 2017
މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގެ ނަތީޖާ އޮންލައިންކޮށް ދޫކުރަން ފަށައިފި
10 ޖެނުއަރީ 2017

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް
10 ޖެނުއަރީ 2017

އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!

10 ޖެނުއަރީ 2017
އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!
09 ޖެނުއަރީ 2017

2017 ވަނަ އަހަރުގެ ކިޔެވުން ފަށައިފި

09 ޖެނުއަރީ 2017
2017 ވަނަ އަހަރުގެ ކިޔެވުން ފަށައިފި
08 ޖެނުއަރީ 2017

މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު

08 ޖެނުއަރީ 2017
މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު
06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ
06 ޖެނުއަރީ 2017

ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ

06 ޖެނުއަރީ 2017
ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ
06 ޖެނުއަރީ 2017

މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ

06 ޖެނުއަރީ 2017
 މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ
04 ޖެނުއަރީ 2017

ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު

04 ޖެނުއަރީ 2017
ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް