Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުމިޓް ފެއަރ

މޮސްކޯގައި ކުރިއަށްދާ މިޓް ފެއަރގައި ރާއްޖެއިން ބައިވެރިވެއްޖެ

13 މާރިޗު 2019 | ބުދަ 09:49

މިފެއަރ ކުރިއަށް ދާނީ 14މާރޗްގެ ނިޔަލަށް

ރިޒްނާ ޒަރީރު
ރިޒްނާ ޒަރީރު | 13 މާރިޗު 2019 | ބުދަ 09:49
މޮސްކޯ އިންޓަނޭޝަނަލް ޓްރޭވަލް އެންޑް ޓޫރިޒަމް އެގްޒިބިޝަން

މޮސްކޯ އިންޓަނޭޝަނަލް ޓްރޭވަލް އެންޑް ޓޫރިޒަމް އެގްޒިބިޝަން

ރަޝިޔާގެ މޮސްކޯގައި ކުރިއަށްދާ "މޮސްކޯ އިންޓަނޭޝަނަލް ޓްރޭވަލް އެންޑް ޓޫރިޒަމް އެގްޒިބިޝަން" ރާއްޖެ ތަމްސީލްކުރުމަށް އެމްއެމްޕީއާރްސީން ބައިވެރިވެއްޖެއެވެ.

މާރޗު މަހުގެ 12 އިން 14ގެ ނިޔަލަށް ކުރިއަށްދާ މި އެގްޒިބިޝަންގައި ރާއްޖެ އިޝްތިހާރުކުރުމުގެ ގޮތުން އެމްއެމްޕީއާރްސީގެ އިތުރުން ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ 19 ކުންފުންޏެއްގެ 34 ފަރާތެއް ބައިވެރިވެފައި ވެއެވެ.

މިދިޔަ އަހަރު މިފެއަރގައި، ދުނިޔޭގެ އެކި ޤައުމުތަކުން 22،777 އަށް ވުރެ ގިނަ އިންޑަސްޓްރީ ޕްރޮފެޝަނަލްސް ވަނީ ބައިވެރިވެފައެވެ. ކޮންމެ އަހަރަކު ވެސް ދުނިޔޭގެ 200 އަށް ވުރެ ގިނަ ޤައުމަކުން، 1800 އަށް ވުރެ ގިނަ ކުންފުނިން މި ފެއަރގައި ބައިވެރިވެއެވެ.

މި ފެއާގައި ރާއްޖޭގެ ސްޓޭންޑް ފަރުމާކޮށްފައި ވަނީ ދިވެހިރާއްޖޭގެ ޤުދުރަތީ ރީތި މަންޒަރުތައް ދައްކުވައިދޭ ގޮތަށެވެ. އަދި ރަޝިޔާ އިން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުކުރުމަށްޓަކައި މި މާރކެޓްގައި ހަރަކާތްތެރިވާ އިންޑަސްޓްރީގެ އިސް ބޭފުޅުންނާ، ރަޝިޔާގެ އެންމެ މަގުބޫލު މީޑިޔާތަކާއި އަދި ރަޝިޔާ އާއި ދިވެހިރާއްޖެއާ ދޭތެރޭ ދަތުރުކުރާ ބޮޑެތި އެއާރލައިންތަކާ ބައްދަލުކޮށް، ރާއްޖެ އިތުރަށް އިޝްތިހާރުކުރުމަށް ކުރިއަށް ގެންދެވޭނެ އެކި ހަރަކާތްތަކާއި ގުޅޭ ގޮތުން މަޝްވަރާކުރުމަށް ވަނީ ހަމަޖެހިފައި ކަމަށް އެމްއެމްޕީއާރްސީން ބުންޏެވެ.

މޮސްކޯ އިންޓަނޭޝަނަލް ޓްރޭވަލް އެންޑް ޓޫރިޒަމް އެގްޒިބިޝަން

ފެއަރއަށް ޒިޔާރަތްކުރާ ފަރާތްތަކަށް ވާރޗުއަލް ރިއަލިޓީ މެދުވެރިކޮށް ދިވެހިރާއްޖޭގެ ކަނޑުއަޑީގެ ރީތިކަން ދައްކައިދިނުމަށް ސްޓޭންޑްގައި ހަމަޖެހިފައިވެއެވެ. އަދި ހަމައެއާ އެކު ފެއަރގައި ދިވެހިރާއްޖޭގެ ސްޓޭންޑަށް ޒިޔާރަތްކުރާ ފަރާތްތަކުގެ މެދުގައި ގުރުއަތު ނެގުމަށް ފަހު، ހާއްސަ އިނާމްތަކެއް ލިބިގެންދާނެ ކަމަށް ވެސް އެމްއެމްޕީއާރްސީން ބުންޏެވެ.

2018 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ނިޔަލަށް މި މާރކެޓް އިން ރާއްޖެއަށް 70,935 ޓޫރިސްޓުން ޒިޔާރަތްކޮށްފައިވާއިރު މިއީ މިދިޔައަހަރާއި އަޅާބަލާއިރު 14.5 އިންސައްތައިގެ ކުރިއެރުމެކެވެ. 2019 މި ފެއަރގެ ސަބަބުން މިމާކެޓުގައި ރާއްޖޭގެ ފަތުރުވެރިކަން އިތުރަށް ވަރުގަދަވެ ރާއްޖެ އަންނަ ފަތުރުވެރިން އިތުރުވެގެން ދާނެކަމަށް އެމްއެމްޕީއާރްސީން ވަނީ ބުނެފައެވެ.

އިތުރަށް ކިޔާލަން

14 މާރިޗު 2018

ސިންގަޕޫރުގައި އޮންނަ އޭޝިއަން ޕޭސްޓްރީ ކަޕްގައި ރާއްޖެއިން ފުރަތަމަ ފަހަރަށް ބައިވެރިވަނީ !

14 މާރިޗު 2018
ސިންގަޕޫރުގައި އޮންނަ އޭޝިއަން ޕޭސްޓްރީ ކަޕްގައި ރާއްޖެއިން ފުރަތަމަ ފަހަރަށް ބައިވެރިވަނީ !
14 މާރިޗު 2018

މޮސްކޯ ފެއަރގައިވެސް ދިވެހިރާއްޖެއަށް ޓްރެވަލް އެޖެންޓުންގެ ޝައުޤުވެރިކަމެއް ނެތް!

14 މާރިޗު 2018
މޮސްކޯ ފެއަރގައިވެސް ދިވެހިރާއްޖެއަށް ޓްރެވަލް އެޖެންޓުންގެ ޝައުޤުވެރިކަމެއް ނެތް!
29 ޖެނުއަރީ 2018

ޑަބްލިޔުޓީއެމް އެފްރިކާ 2018 ފެއަރގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

29 ޖެނުއަރީ 2018
ޑަބްލިޔުޓީއެމް އެފްރިކާ 2018 ފެއަރގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
19 ޑިސެމްބަރު 2017

ރާއްޖެއިން އެކްސްޕޯޓްކުރި މިންވަރު 99 ޕަސެންޓް އިތުރުވެއްޖެ

19 ޑިސެމްބަރު 2017
ރާއްޖެއިން އެކްސްޕޯޓްކުރި މިންވަރު 99 ޕަސެންޓް އިތުރުވެއްޖެ
12 އޮކްޓޯބަރު 2017

އިޓަލީގެ އެންމެ މަޤްބޫލު ޓްރޭޑް ފެއަރގައި ރާއްޖެއިން ބައިވެރިވެއްޖެ

12 އޮކްޓޯބަރު 2017
އިޓަލީގެ އެންމެ މަޤްބޫލު ޓްރޭޑް ފެއަރގައި ރާއްޖެއިން ބައިވެރިވެއްޖެ
10 އެޕްރީލު 2017

ރިޔާދް ޓްރެވެލް ފެއަރގައި ރާއްޖެއިން ބައިވެރިވެއްޖެ

10 އެޕްރީލު 2017
ރިޔާދް ޓްރެވެލް ފެއަރގައި ރާއްޖެއިން ބައިވެރިވެއްޖެ
03 އެޕްރީލު 2017

ކުންމިންގ ފެއަރގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި

03 އެޕްރީލު 2017
ކުންމިންގ ފެއަރގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި
15 މާރިޗު 2017

މޮސްކޯ އިންޓަރނޭޝަނަލް އެގްޒިބިޝަންގައި ރާއްޖެއިން ބައިވެރިވެއްޖެ

15 މާރިޗު 2017
މޮސްކޯ އިންޓަރނޭޝަނަލް އެގްޒިބިޝަންގައި ރާއްޖެއިން ބައިވެރިވެއްޖެ
21 ފެބުރުއަރީ 2017

ވަން ވާރލްޑް ޓްރެވެލް މާޓު 2017 ގައި ރާއްޖެއިން ބައިވެރިވެއްޖެ

21 ފެބުރުއަރީ 2017
ވަން ވާރލްޑް ޓްރެވެލް މާޓު 2017 ގައި ރާއްޖެއިން ބައިވެރިވެއްޖެ
20 ފެބުރުއަރީ 2017

ރާއްޖެއިން އެކްސްޕޯޓު ކުރި މިންވަރު 137 ޕަސެންޓް އިތުރުވެއްޖެ

20 ފެބުރުއަރީ 2017
ރާއްޖެއިން އެކްސްޕޯޓު ކުރި މިންވަރު 137  ޕަސެންޓް އިތުރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް