Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

އޭރު ކުރީ މަލާމަތް، މިއަދު ހާލަތު ބަރުދާސްކުރަން ޖެހިފައި!

އޭރު ބޭސްފަރުވާ ކުރުމުގެ މުހިންމު ކަމެއް ވިސްނަން ބޭނުމެއް ނުވި

ރާއްޖެ އެމްވީ | 12 މާރިޗު 2019 | އަންގާރަ 13:50
ރައީސް ޔާމީން ޖަލަށް ގެންދަނީ

ރައީސް ޔާމީން ޖަލަށް ގެންދަނީ

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސިއްހީ ހާލުކޮޅާ ގުޅިގެން ހަދަންޖެހޭ ބައެއް ޓެސްޓުތައް ރާއްޖެ އިން ހެދެން ނެތް ކަމަށް ޑޮކްޓަރުން ލަފާދެއްވާފައިވާ ކަމަށް ކޮންގްރެސް ޕާޓީގެ ވަގުތީ ރައީސް އަދި ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) އާއި އެ ޕާޓީގެ އިސް ބައެއް ބޭފުޅުން އެބަ ވިދާޅު ވެއެވެ. ބަންދުގައި ހުންނަ ކޮންމެ މީހަކަށް ވެސް ސިއްހީ ފުރިހަމަ ފަރުވާ ލިބެންޖެހޭނެއެވެ. ރާއްޖޭގެ އާންމު ސިއްހީ ނިޒާމުގެ ތެރެއިން ލިބެން ނެތް ފަރުވާއެއް ނަމަ، އެ ފަރުވާ ލިބޭނެ އެހެން ގޮތެއް ހޯދަންޖެހޭއެވެ.

މިއަދު ޔާމީނަށް އެ ވަނީ އެ މަނިކުފާނުގެ ވެރިކަމުގައި، ނުހައްގުން ބަންދުކުރި ސިޔާސީ ލީޑަރުން ބޭސްފަރުވާ އިން މަހްރޫމު ކުރުމުން، ކުރެވޭނެ އިހްސާސްތައް އަމިއްލަފުޅަށް ކުރައްވަން ޖެހިވަޑައިގެންފައެވެ. އޭރު ބޭސްފަރުވާގެ ވާހަކަ ދެއްކުމުން، މަލާމަތްކުރަމުން ދިޔަ ބޭފުޅުންނަށް މިހާރު ކަންކަން ރަނގަޅަށް އިހްސާސްކުރެވޭނެއެވެ. ބަލި ހާލު ތަހައްމަލުކުރާ ފަރާތްތަކާއި އާއިލާގެ ހިތުގެ ކެކުޅުން އިހްސާސްކުރެވޭނެއެވެ.

ގެންދަވާނީ ދައްކަވަން ހުރި ތަނެއް ދައްކަވާފައޭ ބުނެއެވެ. އެގޮތުން، މިއަދު ރައީސް ޔާމީނަށް އެ ވަނީ އެ މަނިކުފާނުގެ ވެރިކަމުގައި ނުހައްގުން އަނިޔާ ދިން ފަރާތްތައް ބަރުދާސްތުކުރި ވޭނާއި ކެކުޅުމުގެ ކޮންމެ މިންވަރެއް ނަމަވެސް އިހްސާސްކުރަން ޖެހިވަޑައިގެންފައެވެ. ނަމަވެސް އޭރާ ބަލާއިރު، ޒައްރެއްގެ މިންވަރެކެވެ.

ރައީސް ޔާމީންގެ ސިއްހީ ހާލަތު ދަށްވެގެން ގޮސްފައި ވަނީ ބަންދުކޮށްގެން އެކަހެރި މާހައުލެއްގައި ގެންގުޅުއްވާތީ ކަމަށް އެ މަނިކުފާނުގެ މިނިސްޓަރުންގެ ގޮތުގައި އޭރު ތިއްބެވި ބައެއް ބޭފުޅުން އެބަ ވިދާޅު ވެއެވެ. ރައީސް ޔާމީން ބަންދުގެ މުއްދަތު އެ ބޭފުޅުން ގެންދަވަނީ ގުނުއްވަމުންނެވެ. ސިއްހީ ފަރުވާ ނުލިބޭ ވާހަކަ ގެންދަވަނީ ވިދާޅުވަމުންނެވެ. ކަސްރަތެއް ނުކުރެވި އަސާސީ އެތައް ހިދުމަތްތަކުން އެ މަނިކުފާނު މަހުރޫމުވެ ހުންނަވާ ވާހަކަ ގެންދަވަނީ ހާމަކުރައްވަމުންނެވެ.

އެ ބޭފުޅުންގެ ވެރިކަމުގައި އޭރުގެ އިދިކޮޅު ފަރާތްތަކުންނާއި ބަންދުކުރި މީހުންގެ އާއިލާތަކުން މިފަދަ ވާހަކަތައް ދެއްކިއިރު، ރައީސް ޔާމީންގެ ހާލުކޮޅާ ގުޅިގެން މިހާރު ވާހަކަ ދައްކަވާ ބޭފުޅުން ތިއްބެވީ ސަރުކާރު ހިންގެވުމުގަ އެވެ. އެންމެ ގިނަ ބަޔަކު ނުހައްގުން ޖަލަށްލީ އެ ވެރިކަމުގަ އެވެ. ވާނުވާ ޖަހާފައި އެންމެ ގިނަ ލީޑަރުން ބަންދުކޮށްފައި ބެހެއްޓީ ވެސް ހަމަ އެ ވެރިކަމުގަ އެވެ. ޝަރުއީ ނިޒާމު ފުނޑާލީ ވެސް އެ ވެރިކަމުގަ އެވެ. މުއައްސަސާތަކުގެ ވާގި ދުއްވާލީ ވެސް އެ ބޭފުޅުންނެވެ. އޭރު ސިއްހީ ފަރުވާ ނުލިބޭ ވާހަކަ އާއި ރާއްޖޭން ބޭރުން ފަރުވާ ހޯދަންޖެހޭ ވާހަކަ ދެއްކެވިއިރު، އެ ފުރުސަތެއް ނުދެއްވި އެވެ. ފުރުސަތު ދެއްވި ބޭފުޅުންގެ ތެރެއިން ބައެއް ބޭފުޅުން އަނބުރައި ގެންނެވީ އެވެ. ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު ބޭސްފަރުވާ އަށް ފޮނުވޭނީ އަތްޕުޅުގައި ހުރި ކަމަށް ތުހްމަތުކުރާ އެމްއެމްޕީއާރުސީގެ ފައިސާ ދެއްވުމުން ކަމަށް ވިދާޅުވަމުން ދިޔަ އެވެ.

ރައީސް ޔާމީންގެ ދައުރުގައި ސިޔާސީ ލީޑަރުންގެ ހައްޔަރުކޮށް، ދައުވާ އުފުލައި އަދި ހުކުމްކޮށްގެންނާއި ހުކުމެއް ނެތި ޖަލަށް ލަމުން ދިޔައީ ސިޔާސީ މަގުސަދުގައިކަން އެންމެންނަށް އެނގެއެވެ. ނަމަވެސް މިއަދު ރައީސް ޔާމީންގެ މައްޗަށް އުފުލާފައި އެވަނީ މަނީ ލޯންޑަކުރި ކަމުގެ ދައުވާއެވެ. ބޮޑު ޖިނާއީ ކުށެކެވެ. ޝަރީއަތް ނިމެންދެން ބަންދުކޮށްފައި އެ ހުންނެވީ ޝަރުއީ ނިޒާމުގެ ތެރެއިން، ގާނޫނާ އެއްގޮތަށެވެ. ޝަރީއަތަށް ނުފޫޒު ފޯރުވުމަށް މަސައްކަތް ކުރި ކަމުގެ ތުހުމަތު ކުރެވޭތީއެވެ.

ރައީސް ޔާމީންގެ ސަޕޯޓަރުން މިހާރު ދައްކަވާ ވާހަކަތަކަކީ ހަގީގަތް ނަމަ، ހާލަތު ބަދަލު ނުވެ އޮތީ ރައީސް ޔާމީންގެ ވެރިކަމުގެ ސަބަބުންނެވެ. އެ ވާހަކަތައް ދައްކަމުން ދިޔައިރު، ހާލަތު ބަދަލުކުރި ނަމަ މިހާރު އެ ވާހަކަ ދެއްކުމަށް ފުރުސަތެއް ނޯންނާނެއެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި ގޯހުން ގޯހަށް ހުރި ކަންކަން އާ ސަރުކާރުން ދަނީ ހަމައަކަށް އަޅުވަމުންނެވެ. ޖަލުގައި ފަރުވާ ދިނުމުގެ ނިޒާމު ވަނީ އެތައް ގުނައެއް ހަރުދަނާކޮށްފަ އެވެ. ޖަލުގައި ތިއްބެވި ރައީސް ޔާމީނާއި ކުރީގެ ނައިބު ރައީސް އަހްމަދު އަދީބަށް ވެސް ސިއްހީ ޚިދުމަތް ދެމުން ގެންދަނީ ވަރަށް ފުރިހަމައަށް ދެމުންނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ކުރިން ވައްކަން ކުރީ ސޯޓު ލައިގެން، މިހާރު ވައްކަން ކުރަނީ ކޯޓު ލައިގެން

ކުރިން ވައްކަން ކުރީ ސޯޓު ލައިގެން، މިހާރު ވައްކަން ކުރަނީ ކޯޓު ލައިގެން

13 އެޕްރީލު 2017
އެންމެ ބޮޑު"ވީކްނެސް" އަކީ މިއަދު ކުރަންޖެހޭ ކަންތައްތައް މާދަމާއަށް ލަސްކުރުން: ޓެޑްރީ

އެންމެ ބޮޑު"ވީކްނެސް" އަކީ މިއަދު ކުރަންޖެހޭ ކަންތައްތައް މާދަމާއަށް ލަސްކުރުން: ޓެޑްރީ

12 އެޕްރީލު 2017
ރާއްޖޭގެ ހާލަތު އެޑްމިރަލް ޖެނެރަލް އަލަދީންގެ ފޮތުން!

ރާއްޖޭގެ ހާލަތު އެޑްމިރަލް ޖެނެރަލް އަލަދީންގެ ފޮތުން!

11 އެޕްރީލު 2017
5 އެއާޕޯޓު ހަދަން ހަވާލު ކުރީ ދުވަހަކު އެއަޕޯޓެއް ހެދި ބަޔަކާ ނޫން!

5 އެއާޕޯޓު ހަދަން ހަވާލު ކުރީ ދުވަހަކު އެއަޕޯޓެއް ހެދި ބަޔަކާ ނޫން!

12 މާރިޗު 2017
މައުމޫނަށް ރައްކާތެރިކަން ހޯދައިދިނުމަށް ޤާނޫނުހެދި ވެރިން މިއަދު މި ކުރަނީ ކޮންކަމެއް!

މައުމޫނަށް ރައްކާތެރިކަން ހޯދައިދިނުމަށް ޤާނޫނުހެދި ވެރިން މިއަދު މި ކުރަނީ ކޮންކަމެއް!

11 މާރިޗު 2017

އަހަރުތަކުން މިއަދު

20 ޖެނުއަރީ
ޕިއްޒާ ސްޓަންޓް އަތަށް ގޮވާ، ޑީއެންއާރުގެ މަސައްކަތާއި މެދު ޖަވާބު ނުދެވި ނޫސްވެރިންނަށް ފިއްލަވައިފި
20251 އަހަރު ކުރިން
ރާއްޖެ

ޕިއްޒާ ސްޓަންޓް އަތަށް ގޮވާ، ޑީއެންއާރުގެ މަސައްކަތާއި މެދު ޖަވާބު ނުދެވި ނޫސްވެރިންނަށް ފިއްލަވައިފި

އައްމަޓީ ފުރުމަށް ދީފައިވާ ހުއްދަ ބާތިލުކުރަންޖެހޭ ތަނެއް ނެތްކަމަށް ހައިކޯޓުން ނިންމި ނިންމުން ސުޕްރީމް ކޯޓުން ބާތިލުކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

އައްމަޓީ ފުރުމަށް ދީފައިވާ ހުއްދަ ބާތިލުކުރަންޖެހޭ ތަނެއް ނެތްކަމަށް ހައިކޯޓުން ނިންމި ނިންމުން ސުޕްރީމް ކޯޓުން ބާތިލުކޮށްފި

ކަނޑު އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސްއާ ބެހޭ ގަވާއިދު ނެރެފި
20233 އަހަރު ކުރިން
ރާއްޖެ

ކަނޑު އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސްއާ ބެހޭ ގަވާއިދު ނެރެފި

ކޮމަންޑޫ ދާއިރާގެ ރައްޔިތުން ގޮވަނީ 346 މިލިއަން ރުފިޔާ ގެންދިޔައީ ގޯނިގޯނީގައިތޯއެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ކޮމަންޑޫ ދާއިރާގެ ރައްޔިތުން ގޮވަނީ 346 މިލިއަން ރުފިޔާ ގެންދިޔައީ ގޯނިގޯނީގައިތޯއެވެ.

ހޯޕް ޓްރެވަލްސްއިން ތަފާތު މޮޑެލްއެއްގެ ލޯންޗެއް - ގަލްފް ކްރާފްޓްގެ \"ސިލްވަރ ކެޓް 34\"
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ހޯޕް ޓްރެވަލްސްއިން ތަފާތު މޮޑެލްއެއްގެ ލޯންޗެއް - ގަލްފް ކްރާފްޓްގެ \"ސިލްވަރ ކެޓް 34\"

ރައުޝަން ޖިއާންގެ މަރަށް 1 މަސް، އޭނާގެ ފަހު ދުވަސް ދިޔަ ގޮތް މަންމަގެ ދުލުން!
20197 އަހަރު ކުރިން
ރިޕޯޓު

ރައުޝަން ޖިއާންގެ މަރަށް 1 މަސް، އޭނާގެ ފަހު ދުވަސް ދިޔަ ގޮތް މަންމަގެ ދުލުން!

އެއް އުކުޅެއް: ގާސިމްގެ ވިޔަފާރި ނައްތާލަން މަސައްކަތް ކުރަނީ ގުޅީ އީސާ ކަލޭފާނުގެ ވިޔަފާރި ނައްތާލި ގޮތަށް!
20188 އަހަރު ކުރިން
ރިޕޯޓު

އެއް އުކުޅެއް: ގާސިމްގެ ވިޔަފާރި ނައްތާލަން މަސައްކަތް ކުރަނީ ގުޅީ އީސާ ކަލޭފާނުގެ ވިޔަފާރި ނައްތާލި ގޮތަށް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު