Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމޯލްޑިވްސް - އީޔޫ ޑައިލޮގް

އިންވެސްޓާސް ޑައިލޮގްއެއް ބާއްވަން އީޔޫ އިން ޝައުގުވެރިކަން ފާޅުކޮށްފި

11 މާރިޗު 2019 | ހޯމަ 07:50

ޝެންގެން ވިސާ އަށް ލުއިފަސޭހަ ލިބޭނެ ގޮތަށް މަސައްކަތް ކުރައްވާނެ ކަމަށް ސަފީރު ވިދާޅުވި

އަލީ ސަމާޚް
އަލީ ސަމާޚް | 11 މާރިޗު 2019 | ހޯމަ 07:50
ސަފީރު ޓުން ލައި

ސަފީރު ޓުން ލައި

ރާއްޖެ-އީޔޫ އިންވެސްޓާސް ޑައިލޮގެއް ބާއްވަން ޝައުގުވެރިކަން އެބަހުރި ކަމަށް އީޔޫ ސަފީރު ޓަންގް-ލައި ވިދާޅުވެއްޖެއެވެ.

ކުރުނބާ މޯލްޑިވްސްގައި ބާއްވާ ހަތަރު ވަނަ އީޔޫ-މޯލްޑިވްސް ޑައިލޮގް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އީޔޫ އިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޓުން ލައި މާރގްއީޔޫ ވިދާޅުވީ، ރާއްޖެ އާ އީޔޫ އާއި ދެމެދު އިގްތިސާދީ ގޮތުން ގުޅުން ބަދަހި ކުރުމަށް ބޭނުންފުޅުވާ ކަމަށެވެ.

Advertisement - newsAdvertisement

އެގޮތުން އިޔޫ-ރާއްޖެ އިންވެސްޓާސް ފޯރަމެއް ރާއްޖޭގައި ބޭއްވުމުގެ ޝައުގުވެރިކަން އެބަހުރި ކަމަށެވެ. އަދި އެފަދަ ކަމަކަށް ފުރުޝަތު ލިބެއްޖެނަމަ އެކަން ކުރުމުގެ ޝައުގުވެރިކަން ސަފީރު ވަނީ ފާޅުކޮށްފައެވެ.

ޓުންގް ވިދާޅުވީ، އިންވެސްޓާސް ޑައިލޮގް ސްރީލަންކާގައި ބާއްވަމުން އައި ކަމަށާއި އެ ޑައިލޮގް ވެސް ވަރަށް ކާމިޔާބު ކަމަށެވެ.

ރާއްޖޭގެ ޝަރުއީ ނިޒާމް ހަރުދަނާ ކުރުމަށް މި ސަރުކާރުން ކުރަމުންދާ މަސައްކަތަށް ސަފީރު ވަނީ މަރުހަބާ ކިޔާފައެވެ. ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ހުވާ ކުރެއްވި ދުވަހު ދެއްވި ހިތާބުގައި ، ރާއްޖޭގެ ޑިމޮކްރެސީ އާއި އިންސާނީ ހައްގުތައް ރައްކާތެރި ކުރުމަށް ވިދާޅުވެފައިވާތީ އެކަމަށް ވެސް މަރުހަބާ ދަންނަވާ ކަމަށް ސަފީރު ވިދާޅުވިއެވެ.

ސަފީރު ވިދާޅުވީ، ރާއްޖޭއިން ޔޫރަޕްގެ ގައުމުތަކަށް ދަތުރުކުރެވޭ ގޮތަށް ޝެންގެން ވިސާ ހޯދުމުގެ މަސައްކަތް ކުރައްވާނެ ކަމަށެވެ.

އީޔޫ ޕޮލިސީ ޑައިލޮގް ގައި ބައިވެރިވެވަޑައިގަންނަވާ ދިވެހި ވަފްދު. ފޮޓޯ/ ޓްވިޓާރ

ޓުންގްގެ އިތުރަށް އީޔޫގެ ވަފްދުގައި ހިމެނިވަޑައިގަންނަވަނީ ، ޔޫރަޕިއަން ޔޫނިއަން، ފްރާންސް، ޖަރމަނީ ، ނެދަލެންޑްސް ، އޮސްޓްރިއާ ، ޗެކް ރިޕަބްލިކް، ސްވިޑްން ، ޕޮލެންޑް ، ރޮމޭނިއާ ، އިޓަލީ އަދި ޔުނައިޓެޑް ކިންގްޑަމްއިން ރާއްޖެއަށް ކަނޑައަޅާފައިވާ މިޝަންތަކުގެ ހެޑް އޮފް މިޝަންސް ނުވަތަ ޑެޕިއުޓީ ހެޑް އޮފް މިޝަންސްއެވެ.

މިއަހަރުގެ ޑައިލޮގްގައި މަޝްވަރާ ކުރެވޭނެ މައިގަނޑު ދާއިރާތަކަކީ ތަރައްޤީގެ ދާއިރާގައި އެއްބާރުލުން ދިނުން، ޑިމޮކްރަސީ ، ގަވަރނަންސް ، އިންސާނީ ހައްޤުތައް ، މޫސުމީ ބަދަލުތައް އަދި ސަލާމަތީ ދާއިރާގައި އެއްބާރުލުން އިތުރުކުރުމާއި ބެހޭ ގޮތުންނެވެ. ދިވެހިރާއްޖޭގެ ވަފުދުގައި އިސްކޮށް ހުންނަވަނީ، މިނިސްޓަރ އޮފް ފޮރިން އެފެއަރޒް އަބްދުﷲ ޝާހިދެވެ. އަދި މީގެ އިތުރުން މިސަރުކާރުގެ މިނިސްޓަރުންގެ އިތުރުން އިސްބޭފުޅުން ބައިވެރިވެ ވަޑައިގަންނަވާނެއެވެ.

އީޔޫ ވަފްދުގެ ބޭފުޅުން ރައީސް ސޯލިހާއާ ބައްދަލު ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

16 މެއި 2017

މަޑިފުއްޓާއި ކޮމަންޑޫގެ އިންތިހާބު ހޮނިހިރު ދުވަހު ބާއްވަން ނިންމައިފި

16 މެއި 2017
މަޑިފުއްޓާއި ކޮމަންޑޫގެ އިންތިހާބު ހޮނިހިރު ދުވަހު ބާއްވަން ނިންމައިފި
16 މެއި 2017

މަޑިފުށީ ކައުންސިލް އިންތިހާބް އަލުން ބާއްވަން ނިންމައިފި

16 މެއި 2017
 މަޑިފުށީ ކައުންސިލް އިންތިހާބް އަލުން ބާއްވަން ނިންމައިފި
13 މެއި 2017

ދެ ވަނަ ބުރެއް މިހާތަނަށް ބާއްވަން ޖެހެނީ ކުރިނބި އާއި ކޮމަންޑޫގައި:އީސީ

13 މެއި 2017
ދެ ވަނަ ބުރެއް މިހާތަނަށް ބާއްވަން ޖެހެނީ ކުރިނބި އާއި ކޮމަންޑޫގައި:އީސީ
12 މެއި 2017

އިދިކޮޅު ފަރާތްތަކުން އީޔޫގެ މެމްބަރުންނާއި ބައްދަލުކޮށް، ކަންބޮޑުވުންތައް ހިއްސާކޮށްފި

12 މެއި 2017
އިދިކޮޅު ފަރާތްތަކުން އީޔޫގެ މެމްބަރުންނާއި ބައްދަލުކޮށް، ކަންބޮޑުވުންތައް ހިއްސާކޮށްފި
24 އެޕްރީލު 2017

ޤާސިމް ބޮލުގައި އެޅުވުމަށް ދެބަޑި ބާއްވަން އުޅޭކަމުގެ މައުލޫމާތު ލިބިއްޖެ: ވަކީލުން

24 އެޕްރީލު 2017
ޤާސިމް ބޮލުގައި އެޅުވުމަށް ދެބަޑި ބާއްވަން އުޅޭކަމުގެ މައުލޫމާތު ލިބިއްޖެ: ވަކީލުން
20 އެޕްރީލު 2017

އާދިއްތަ ދުވަހު ބާއްވަން އޮތް ރިޔާޒުގެ ޝަރީއަތް ކުއްލި ގޮތަކަށް މިރޭ ބާއްވަނީ!

20 އެޕްރީލު 2017
އާދިއްތަ ދުވަހު ބާއްވަން އޮތް ރިޔާޒުގެ ޝަރީއަތް ކުއްލި ގޮތަކަށް މިރޭ ބާއްވަނީ!
08 އެޕްރީލު 2017

އިދިކޮޅު ސިޔާސީ ލީޑަރުން ޖަލަށްލުމާއި ބިރުދެއްކުން ހުއްޓާލުމަށް އީޔޫއިން ގޮވާލައިފި

08 އެޕްރީލު 2017
އިދިކޮޅު ސިޔާސީ ލީޑަރުން ޖަލަށްލުމާއި ބިރުދެއްކުން ހުއްޓާލުމަށް އީޔޫއިން ގޮވާލައިފި
29 މާރިޗު 2017

އެޗްވަންއެންވަންގެ މައްސަލައިގައި ބާއްވަން އުޅުނު މަޖިލީހުގެ ކޮމިޓީ ކެންސަލްކޮށްފި

29 މާރިޗު 2017
އެޗްވަންއެންވަންގެ މައްސަލައިގައި ބާއްވަން އުޅުނު މަޖިލީހުގެ ކޮމިޓީ ކެންސަލްކޮށްފި
09 ޖެނުއަރީ 2017

އޭޕްރީލް 8 ގައި ބާއްވަން އިއުލާން ކޮށްފައި އެވަނީ މުޅިން އާ އިންތިޚާބެއް: އެމްޑީޕީ

09 ޖެނުއަރީ 2017
އޭޕްރީލް 8 ގައި ބާއްވަން އިއުލާން ކޮށްފައި އެވަނީ މުޅިން އާ އިންތިޚާބެއް: އެމްޑީޕީ
06 ޖެނުއަރީ 2017

ޕީޕީއެމް ބައިވެރިނުވިނަމަވެސް އޭޕްރިލް ގައި އިންތިހާބު ބާއްވަންޖެހޭނެ: ނިޔާޒް

06 ޖެނުއަރީ 2017
ޕީޕީއެމް ބައިވެރިނުވިނަމަވެސް އޭޕްރިލް ގައި އިންތިހާބު ބާއްވަންޖެހޭނެ: ނިޔާޒް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް