Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދު
މާގިރި ހޮޓެލް

މާގިރި ހޮޓެލްގައި އިންޑިއަން ރެސްޓޯރެންޓެއް ހުޅުވައިފި

އިންޑިއާގެ ކެއުންތަކަށް ހާއްސަ ރެސްޓޯރެންޓެއް ހުޅުވީ މާގިރީ ހޮޓެލްގެ އެންމެ މަތީ ފަންގިފިލާގައި

މިއުނާ ހަސަން
މިއުނާ ހަސަން, ރާއްޖެ އެމްވީ | 9 މާރިޗު 2019 | ހޮނިހިރު 09:43
އިންޑިއަން ރެސްޓޯރެންޓް ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން

އިންޑިއަން ރެސްޓޯރެންޓް ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން

މާގިރި ހޮޓެލްގެ އިންޑިއަން ފުޑް ރެސްޓޯރެންޓް ބުރާސްފަތި ދުވަހު ހުޅުވައިފިއެވެ.

މާގިރި ހޮޓެލްގެ ފުޑް އެން ބެވެރޭޖަރސް (އެފްއެންޑްބީ) މެނޭޖަރ އަލީ ނާޖީބް ވިދާޅުވީ މާގިރި ހޮޓަލްގެ ޓެރެސްގައި ހަދާފައިވާ ޕީކް ރެސްޓޯރެންޓުން އިންޑިއާގެ ހުރިހާ ހިސާބެއްގެ ކެއުން ލިބެން ހުންނާނެ ކަމަށެވެ.

މާގިރިން ސާރވް ކުރާ އިންޑިއަން ޑިޝްއެއް

ރެސްޓޯރެންޓް ހުޅުވުމުގެ ކުރިން ވެސް އިންޑިއާގެ ކެއުންތައް މާގިރި ހޮޓަލުން ކަސްޓަމަރުންނަށް ސާވް ކުރެއެވެ. ނަޖީބް ވިދާޅުވީ އެ ރެސްޓޯރެންޓުގައި ހާއްސަ އިންޑިއަން ޑިޝްއެއް ތައާރަފް ކޮށްފައިވާ ކަމަށެވެ. އިންޑިއަން ބިރިއާނީގެ ނަމުން ނަން ދީފައިވާ މި ޑިޝްއަށް ކަސްޓަމަރުން ފަރާތުން ރަނގަޅު "ފީޑްބެކް" ލިބެމުން އަންނަނ ކަމަށް ނަޖީބް ވިދާޅުވިއެވެ.

މީގެ އިތުރުން ނަޖީބު ވިދާޅުވީ، މާގިރިން މީގެ މަހެއްހާ ދުވަސް ކުރިން އިންޑިއަން ފުޑް ސާރވްކުރަން ފެށި ކަމަށާއި ކަސްޓަމަރުންގެ ފަރާތުން ލިބެމުން ދިޔަ ތައުރީފުގެ ސަބަބުން އިންޑިއަން ފުޑްއަށް ހާއްސަ ރެސްޓޯރެންޓެއް ހުޅުވި ނަމަވެސް އާންމުކޮށް ދިވެހިން ކައި އުޅޭ ހުރިހާ ބާވަތެއްގެ ކާއެއްޗެހި މާގިރިން ސާރވް ކޮށްދޭ ކަމަށެވެ.

ބުރާސްފަތި ދުވަހު އިންޑިއަން ރެސްޓޯރެންޓް ހުޅުވައިދެއްވީ މަޝްހޫރު ގާނޫނީ ވަކީލް ހިސާން ހުސެންއެވެ.

"އަޅުގަނޑަށް އަބަދުވެސް ވަރަށް މީރު އަސްލު އިންޑިއަން ފުޑް. މިތަނުގަ މިރޭ މި ސާރވްކުރި އިންޑިއަން ފުޑް ވަރަށް އޯތެންޓިކް، ވަރަށް މީރު، ރަހަ ވެސް ވަރަށް ރަނގަޅު، ވަރަށް ހެޔޮވަރު. އަޅުގަނޑު އަންނަން އެހެން ދޭތެރެއަކުން ވަގުތު ލިބުނީމަ، ފާހަގަވޭ އަބަދުވެސް ވަރަށް މީރުކަން މިތާ ރެސްޓޯރެންޓުގެ ކާއެއްޗެހި،" ހިސާން ވިދާޅުވިއެވެ.

މާގިރި ހޮޓެލްގެ އިންޑިއަން ފުޑް ރެސްޓޯރެންޓް ހުޅުވުމުގެ ހަފްލާގެ ތެރެއިން

މާގިރި ހޮޓަލަކީ ކްރައުން ކޮމްޕެނީ އާއި ލިލީ ހޮޓެލްސް ގުޅިގެން ތަރައްޤީކޮށްފައިވާ ތަނެކެވެ. ނުވަ ބުރީގެ މި ހޮޓަލުގައި ހަތަރު ކެޓަގަރީއެއްގެ ޖުމްލަ 52 ކޮޓަރި ހުރެއެވެ. އޭގެ ތެރޭގައި އެގްޒެކެޓިވް ހަ ކޮޓަރި އާއި ޖޫނިއާ ހަ ސުއިޓް އާއި ޕްރެމިއާ 20 ކޮޓަރީގެ އިތުރުން އޯޝަން ވިއު 20 ކޮޓަރި ހިމެނެއެވެ.

އެ ހޮޓެލްގައި 100 މީހުންގެ ޖާގައިގެ ރެސްޓޯރެންޓަކާއި 62 މީހުންގެ ޖާގައިގެ ރެސްޓޯރެންޓެއް އަދި ކެފޭއަކާއި ކޮންފަރެންސް ހޯލަކާއި މީޓިން ރޫމެއްގެ އިތުރުން ފިޓްނަސް ސެންޓަރެއް ވެސް ހިމެނެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އެމްއައިބީ ހުޅުމާލެ ބްރާންޗް ރަސްމީކޮށް ހުޅުވައިފި

އެމްއައިބީ ހުޅުމާލެ ބްރާންޗް ރަސްމީކޮށް ހުޅުވައިފި

24 އެޕްރީލު 2017
އަރްޔަންވެދާ ހާރބަލް ކޮސްމެޓިކްސްގެ ޝޯރޫމެއް މާލޭގައި ހުޅުވައިފި

އަރްޔަންވެދާ ހާރބަލް ކޮސްމެޓިކްސްގެ ޝޯރޫމެއް މާލޭގައި ހުޅުވައިފި

12 އެޕްރީލު 2017
ލ. ގަމުގައި ބީއެމްއެލްގެ ބްރާންޗެއް ހުޅުވައިފި

ލ. ގަމުގައި ބީއެމްއެލްގެ ބްރާންޗެއް ހުޅުވައިފި

30 މާރިޗު 2017
 ޔޫރަޕްގެ ހައުސްހޯލްޑް ޕްރޮޑަކްޓްތަކާއެކު "ނަމްސް" ގެ އާ ފިހާރައެއް ހުޅުވައިފި

ޔޫރަޕްގެ ހައުސްހޯލްޑް ޕްރޮޑަކްޓްތަކާއެކު "ނަމްސް" ގެ އާ ފިހާރައެއް ހުޅުވައިފި

29 މާރިޗު 2017
އޭއެޗް ބްރަދާސްގެ އައު ފިހާރައެއް ހުޅުވައިފި

އޭއެޗް ބްރަދާސްގެ އައު ފިހާރައެއް ހުޅުވައިފި

05 މާރިޗު 2017

އަހަރުތަކުން މިއަދު

13 މެއި
ފަނޑިޔާރުކަމުގެ މަގާމުން އަޒުލުކޮށްފައިވަނީ ބުއްދީގެ ހަމަތަކާ އިންސާފު އިސްނުކުރައްވާ އަޅުވެތި ކުދި ސޯބުތަކެއްގެ ގޮތުގައި މަސައްކަތް ކުރައްވައިގެން: އަޒްމިރަލްދާ
20251 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރުކަމުގެ މަގާމުން އަޒުލުކޮށްފައިވަނީ ބުއްދީގެ ހަމަތަކާ އިންސާފު އިސްނުކުރައްވާ އަޅުވެތި ކުދި ސޯބުތަކެއްގެ ގޮތުގައި މަސައްކަތް ކުރައްވައިގެން: އަޒްމިރަލްދާ

މަންޒަރު ބަދަލުވެއްޖެ، މިއީ ކާކު؟
20242 އަހަރު ކުރިން
މީހުން

މަންޒަރު ބަދަލުވެއްޖެ، މިއީ ކާކު؟

ރާއްޖޭގެ އިރުދެކުނުގައި ތޫފާނެއް އުފެދިއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގެ އިރުދެކުނުގައި ތޫފާނެއް އުފެދިއްޖެ

100 ކިލޯ ޑްރަގް ކޭސް: ޓްރެފިކިންގ ދައުވާއިން ސަލާމަތްވުމުގެ ފުރުސަތު ފަހިވީ ފުލުހަކަށް ހެދުނު ގޯހަކުން
20224 އަހަރު ކުރިން
ރިޕޯޓު

100 ކިލޯ ޑްރަގް ކޭސް: ޓްރެފިކިންގ ދައުވާއިން ސަލާމަތްވުމުގެ ފުރުސަތު ފަހިވީ ފުލުހަކަށް ހެދުނު ގޯހަކުން

"މެންބަރަކު ގުޅުއްވި، ވިދާޅުވީ ރައީސަށް ބައްލަވައްޗޭ"
20215 އަހަރު ކުރިން
ރިޕޯޓު

"މެންބަރަކު ގުޅުއްވި، ވިދާޅުވީ ރައީސަށް ބައްލަވައްޗޭ"

ލުތުފަރު މަރާލީ ގޮތް ކުޅުވައިފި
20197 އަހަރު ކުރިން
ރާއްޖެ

ލުތުފަރު މަރާލީ ގޮތް ކުޅުވައިފި

ސުނާމީ ބިނާ ސަރަހައްދު ކުއްޔަށް ދޫކުރުމަށް ނިންމައިފި
20188 އަހަރު ކުރިން
ރާއްޖެ

ސުނާމީ ބިނާ ސަރަހައްދު ކުއްޔަށް ދޫކުރުމަށް ނިންމައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު