Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުކްލަބްތަކަށް މާލީ އެހީދިނުން

ސަރުކާރުގެ އެއްބާރުލުން ނުލިބޭ ކަމަށް ބުނެ ކްލަބްތަކަށް އެހީވާން އެފްއޭއެމުން ނިންމައިފި

6 މާރިޗު 2019 | ބުދަ 12:40

އެފްއޭއެމުން ކްލަބްތަކަށް ދޭނެ ފައިސާގެ އަދަދު ހާމަނުކުރޭ

ލީވާން އަލީ
ލީވާން އަލީ | 6 މާރިޗު 2019 | ބުދަ 12:40
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު (ކ) އަދި އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް (ވ)

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު (ކ) އަދި އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް (ވ)

ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ސަރުކާރުން ފެށި ސްޓޭޓް އޯންޑް އެންޓަޕްރައިޒަސް އެސިސްޓަންޓްސް (އެސްއޯއީ) ޕްރޮގްރާމުގެ ދަށުން ސަރުކާރު ކުންފުނިތަކުން ކްލަބްތަކަށް ދެމުން އައި ފައިސާ މި އަހަރު ލިބޭނެކަމުގެ ޔަގީންކަން ނެތުމުން، އެފްއޭއެމުން ކްލަބް އެހީތެރިކަން ފޯރުކޮށްދިނުމަށް ނިންމައިފިއެވެ.

އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވީ، އެސްއޯއީގެ ދަށުން ކްލަބްތަކަށް ފައިސާ ދިނުމާ ގުޅޭގޮތުން މިހާރުގެ ސަރުކާރާ މަޝްވަރާ ކުރެވުނު ކަމަށާއި، ނަމަވެސް މިއަދާ ހަމައަށް ވެސް އެކަމުގައި އެދެވޭ ޖަވާބެއް ލިބިފައިނުވާ ކަމަށެވެ.

އެގޮތުން ބައްސާމް ވިދާޅުވީ، ކްލަބްތަކަށް އެހީވާން އެފްއޭއެމުން ނިންމީ ސަރުކާރާއެކު ކުރި މަޝްވަރާއަށް އެއްބާރުލުން ނުލިބިގެން ކަމަށާއި، ކްލަބްތަކަށް އެހީވުމަކީ އެފްއޭއެމްގެ ޒިންމާއެއް ކަމަށެވެ.

ކްލަބްތަކަށް ދޭން ނިންމާފައިވާ ފައިސާގެ އަދަދު މި މަހުގެ 25 ވަނަ ދުވަހު އޮންނަ އެފްއޭއެމްގެ ކޮންގްރެސްގައި ހުށަހަޅާ ބަޖެޓުގައި ހިމަނާނެ ކަމަށް ވެސް ބައްސާމް ވަނީ ވިދާޅުވެފައެވެ.

ނަމަވެސް ކްލަބްތަކަށް ދޭނެ ފައިސާގެ އަދަދު ބައްސާމް ހާމަކުރައްވާފައިނުވާއިރު، ބަޖެޓް ފާސްކުރެވުމާއެކު އެ ފައިސާ ދޫކުރާނެ ކަމަށް ބައްސާމް ވަނީ ވިދާޅުވެފައެވެ.

މިދިޔަ ސަރުކާރުން 2017 ވަނަ އަހަރުން ފެށިގެން ކުންފުނިތައް މެދުވެރިކޮށް ފުރަތަމަ ޑިވިޝަންގައި ވާދަކުރާ ޓީމުތަކުގެ ތެރެއިން ކޮންމެ ޓީމަކަށް ދެ މިލިއަން ރުފިޔާ ދީފައިވާއިރު، ދިވެހި ޕްރިމިއާ ލީގަށް ހޮވިއްޖެނަމަ އިތުރު އެއް މިލިއަން ރުފިޔާ ވަނީ ދީފައެވެ.

އެސްއޯއީގެ ތެރެއިން ސަރުކާރު ހިއްސާވާ 12 ކުންފުނި މެދުވެރިކޮށް 26 މިލިއަން ރުފިޔާ އަހަރަކު ފުޓްބޯޅަ އަށް ހަރަދުކުރާ ގޮތަށް އެއްބަސްވުމުގައި އޮންނައިރު، އޭގެން ގިނަ ކްލަބްތަކަށް އެންމެ އެކަށީގެންވާ ފައިދާތަކެއް ނުކުރެއެވެ. އަދި ގިނަ ކްލަބްތަކެއް އޮތީ މާލީ ގޮތުން އަޑިއަޅާލާފައެވެ.

މި އަހަރުގެ ފުޓުބޯޅަ ސީޒަން ފެށުމަށް ހަމަޖެހިފައިވަނީ ޖޫން މަހުއެވެ. އެގޮތުން ކްލަބްތަކުން މިހާރުއްސުރެ އަންނަނީ ސީޒަނަށް ތައްޔާރުވުމަށް ބަޖެޓް ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެންމެ ހިނގާ

1

އީރާނުގެ ޕައިލެޓުން ޖީޕީއެސް ނެތި އެމެރިކާގެ މަރުކަޒުތަކަށް ބޮން އެޅި

2

ސިގްނަލްތަކަށް ހުރަސްއަޅައިގެން އިސްރާއީލުގެ ހާމީސް ޑްރޯނަކާއި އެމެރިކާގެ ރީޕަރ ޑްރޯނެއް އެއްވެސް ގެއްލުމެއް ނުދީ އަތުލައިގެންފައިވާ މަންޒަރު އީރާނުން ދައްކާލައިފި

3

ޚާމަނާއީއާ މުއާމަލާތް ކުރުން "ވަރަށް އުނދަގޫ" - ރައީސް ޕެޒެޝްކިއަން

4

ސްޕޭސްއެކްސްގެ ރޮކެޓަކުން ވަކިވި ހަތަރު ޓަނުގެ ބޮޑު އެތިގަނޑެއް ހަނދުގައި ޖެހި ވަޅުގަނޑެއް ހެދިއްޖެ

5

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

އިތުރަށް ކިޔާލަން

29 މެއި 2017

އުމުރު ދުވަހު ޓޮރީނޯއަށް ސަޕޯޓަކުރާނެކަމަށް ބުނެ ހާޓް އެ ކްލަބަށް އަލްވަދާއުކިޔައިފި

29 މެއި 2017
އުމުރު ދުވަހު ޓޮރީނޯއަށް ސަޕޯޓަކުރާނެކަމަށް ބުނެ ހާޓް އެ ކްލަބަށް އަލްވަދާއުކިޔައިފި
23 މެއި 2017

މެންޗެސްޓާ ހަމަލާ: ޔޫރޮޕާ ލީގް ފައިނަލް ބޭއްވުމަށް ހުރަހެއް ނެތްކަމަށް ޔުއެފާއިން ބުނެފި

23 މެއި 2017
މެންޗެސްޓާ ހަމަލާ: ޔޫރޮޕާ ލީގް ފައިނަލް ބޭއްވުމަށް ހުރަހެއް ނެތްކަމަށް ޔުއެފާއިން ބުނެފި
03 މެއި 2017

ކުޅުންތެރިންނަށް އަހަރެން ކުރާ އިހުތިރާމް ބުނެދޭން ވެސް ނޭނގޭ:ސެކުލޮސްކީ

03 މެއި 2017
ކުޅުންތެރިންނަށް އަހަރެން ކުރާ އިހުތިރާމް ބުނެދޭން ވެސް ނޭނގޭ:ސެކުލޮސްކީ
16 އެޕްރީލު 2017

ސަންޑަލޭންޑާއެކު މަޝްވަރާކުރި ކަމަށް ބާބެޓޯވް ބުނެފި

16 އެޕްރީލު 2017
ސަންޑަލޭންޑާއެކު މަޝްވަރާކުރި ކަމަށް ބާބެޓޯވް ބުނެފި
21 މާރިޗު 2017

ރަނިއޭރީ ބޭރުކުރުމާއެކު މަރުގެ އިންޒާރުތަކެއް ވާޑީ އަށް ދިންކަމަށް އޭނާ ބުނެފި

21 މާރިޗު 2017
ރަނިއޭރީ ބޭރުކުރުމާއެކު މަރުގެ އިންޒާރުތަކެއް ވާޑީ އަށް ދިންކަމަށް އޭނާ ބުނެފި
08 މާރިޗު 2017

މާލޭ ލީގު ޝެޑިއުލްއާ މެދު ހިތްހަމަ ނުޖެހޭ ކަމަށްބުނެ ބައެއް ކޯޗުން ފާޑުކިޔައިފި

08 މާރިޗު 2017
މާލޭ ލީގު ޝެޑިއުލްއާ މެދު ހިތްހަމަ ނުޖެހޭ ކަމަށްބުނެ ބައެއް ކޯޗުން ފާޑުކިޔައިފި
01 މާރިޗު 2017

ކްލަބްތަކަށް މާލީ އެހީދޭ ކުންފުނިތައް ކަނޑައެޅުން މާދަމާ!

01 މާރިޗު 2017
ކްލަބްތަކަށް މާލީ އެހީދޭ ކުންފުނިތައް ކަނޑައެޅުން މާދަމާ!
11 ފެބުރުއަރީ 2017

ކްލަބްތަކަށް ދޭން ޖެހޭ ފައިސާ އަންނަ ހަފްތާ ތެރޭގައި ހަމަޖެހޭނެ: ބައްސާމް

11 ފެބުރުއަރީ 2017
ކްލަބްތަކަށް ދޭން ޖެހޭ ފައިސާ އަންނަ ހަފްތާ ތެރޭގައި ހަމަޖެހޭނެ: ބައްސާމް
19 ޖެނުއަރީ 2017

ޓޫރޭ ހޯދުމަށް ޗައިނާ ކްލަބަކުން ހުށަހެޅި ބިޑަށް އޭނާ ނޫނެކޭ ބުނެފި

19 ޖެނުއަރީ 2017
ޓޫރޭ ހޯދުމަށް ޗައިނާ ކްލަބަކުން ހުށަހެޅި ބިޑަށް އޭނާ ނޫނެކޭ ބުނެފި
04 ޖެނުއަރީ 2017

ޔުނައިޓެޑް ދޫކޮށްލަން ބޭނުންވާ ކަމަށް ޑިޕޭ ބުނެފި

04 ޖެނުއަރީ 2017
ޔުނައިޓެޑް ދޫކޮށްލަން ބޭނުންވާ ކަމަށް ޑިޕޭ ބުނެފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް