Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރިޕޯޯޓް

އެމްކިޔޫއޭގެ ނިންމުމަށް ތާއިދުކޮށް، ބްލޮކް މޯޑަށް ކިޔަވާ ދިނުމާ ދެކޮޅަށް އިބުރާ

1 މާރިޗު 2019 | ހުކުރު 14:00

ފެންވަރު ހިފެހެއްޓުމަށް ބްލޮކް މޯޑު ހުއްޓާލަން ޖެހޭ

ޙުސައިން ޙަސަން
ޙުސައިން ޙަސަން | 1 މާރިޗު 2019 | ހުކުރު 14:00
އިބްރާހިމް އިސްމާއިލް: އެމްކިއުއޭގެ ނިންމުމަށް އިބްރާ މަރުހަބާ ވިދާޅުވި

އިބްރާހިމް އިސްމާއިލް: އެމްކިއުއޭގެ ނިންމުމަށް އިބްރާ މަރުހަބާ ވިދާޅުވި

"އެހެން އެއްވެސް ކަމެއް ނުކޮށް، ރެއާ ދުވާލު މަސައްކަތްކޮށްގެން މާސްޓާސް ޑިގްރީއެއް އަޅުގަނޑުމެންނަށް ލިބުނީ. އެކަމަކު މިހާރު މި ފެންނަނީ ހަފްތާ ބަންދުގައި ކޮންމެ ވެސް ތަނަކަށް ގޮސްލާފައި، އިތުރު މާ ބޮޑު މަސައްކަތެއް ނުކުރިޔަސް، ހަމަ މާސްޓަރސް ޑިގްރީއެއް ހިފައިގެން ނުކުންނަތަން،"

މެދު ނުކެނޑި 33 އަހަރު ވަންދެން ރާއްޖޭގެ ތައުލީމީ ދާއިރާއަށް ހިދުމަތް ކުރައްވަމުން ގެންދަވާ އިބްރާހިމް އިސްމާއިލްގެ ވާހަކަ ފެށީ މި ހިސާބުންނެވެ.

Advertisement - newsAdvertisement

ރާއްޖޭގެ ތައުލީމީ ދާއިރާއިން ނާޖައިޒު ފައިދާތަކެއް ހޯދައި، ސެޓްފިކެޓްތަކެއް ބަޔަކު ހޯދަމުންދާ ވާހަކައެވެ. މި ވާހަކަތައް އިބްރާ "ރާއްޖެއެމްވީ"އާ ހިއްސާ ކުރެއްވީ ކޮލެޖުތަކާއި ޔުނިވާސިޓީތަކުގައި ދަރިވަރުންނަށް ކިޔަވައިދޭންޖެހޭ ވަގުތު ހަމަނުކޮށް، ބްލޮކް މޯޑް ނަމުގައި ކިޔަވައި ދެމުންދާތީ، އެކަން ހުއްޓުވުމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ)އިން ނެރުނު ސާކިއުލަރއާ ގުޅިގެންނެވެ. އެ އޮތޯރިޓީން އެ ސާކިއުލާ ނެރުނީ ތައުލީމީ ޕްރޮގްރާމްތަކުގެ ފެންވަރު ހިފެހެއްޓުމަށާއި ދަރިވަރުންގެ ހައްގުތައް ރައްކާތެރި ކުރުމަށްޓަކައެވެ.

އެމްކިޔޫއޭގެ އެ ނިންމެވުމަށް މަރުހަބާ ވިދާޅުވެ، އެޑިއުކޭޝަން މިނިސްޓްރީގެ އިސް މަގާމުތަކެއް ފުރުއްވެވި އިބްރާ ވިދާޅުވީ އެ ފިޔަވަޅު އެ އޮތޯރިޓީން އެޅީ ތައުލީމީ ދާއިރާގައި މަސައްކަތް ކުރަމުންދާ މީހުން އެ ވާހަކަ ދައްކަމުންދާތާ އެތައް ދުވަހެއް ވީ ފަހުން ކަމަށެވެ.

"އެމްކިޔޫއޭއިން މި ފިޔަވަޅު އެޅުއްވި ކަމަށްޓަކާ ވަރަށް ބޮޑަށް މަރުހަބާ ކިޔަން. އަޅުގަނޑުމެން މި ވާހަކަ، ތައުލީމީ ދާއިރާގައި މަސައްކަތް ކުރަން މިތިބަ މީހުން ކިތަންމެ ދުވަހެއް ވެއްޖެ މި ވާހަކަ ދައްކާތާ،" އިބްރާ ވިދާޅުވިއެވެ.

އެމްކިޔޫއޭ އިން ބުދަ ދުވަހު ނެރެފައިވާ ސާރކިއުލާގައި ބުނެފައި ވަނީ ފުލްޓައިމްކޮށް ހިންގުމަށް ހުއްދަ ދީފައިވާ ޕްރޮގްރާމްތައް ރާއްޖޭގެ ގައުމީ ސަނަދުގެ އޮނިގަނޑުގައިވާ ފުލްޓައިމް މިންގަނޑަށް ނުފެތޭ ގޮތް ގޮތަށް, ބްލޮކް މޯޑް ކިޔަމުންދާ ކަމުގެ ޝަކުވާތައް ވެސް އެ އޮތޯރިޓީއަށް ލިބެމުންދާ ކަމަށެވެ. ފުލްޓައިމް ޕްރޮގްރާމެއް ހިންގުމަށް ކަނޑައަޅާފައިވާ ގަޑި ހަމަނުކޮށް ކޯސްތައް ހިންގުމަކީ ދީފައިވާ ހުއްދައާ ޚިލާފް ކަމެއް ކަމުގައި ވާތީ ހުއްދަ ދީފައިވާ ގޮތާ ޚިލާފަށް ހިންގާ ޕްރޮގްރާމްތައް އެމްކިއުއޭއިން ގަބޫލު ނުކުރާނެ ކަމަށް އެ އޮތޯރިޓިން ބުންޏެވެ. އަދި ރާއްޖޭގެ މަތީ ތައުލީމު ދޭ މަރުކަޒްތަކުގައި ކިޔަވައި ދިނުމަށް ހުއްދަ ދީފައި ވާނީ ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް ގަބޫލުކުރާ ދެ ވައްތަރު ކަމުގައި ވާ "ފުލްޓައިމް" އާއި "ޕާރޓް ޓައިމް" ޕްރޮގްރާމް ހިންގުމަށް ކަމަށް އެމްކިޔޫއޭއިން ބުންޏެވެ.

ރާއްޖޭގެ ތައުލީމަށާއި ޑިމޮކްރަސީ އާއި އިންސާނީ ހައްގުތަކަށް ކުރެއްވި މަސައްކަތާ ގުޅިގެން، އޮސްޓްރޭލިއާގެ ޔުނިވާސިޓީ އޮފް ކެމްބެރާއިން ޑިސްޓިންގުއިޝްޓް އެލަމްނައިން ހޯއްދަވާފައިވާ އިބްރާ ވިދާޅުވީ ބޮލޮކް މޯޑަށް ކިޔަވާ ދިނުން ނުހުއްޓުވާނަމަ، ދެ ގެއްލުމެއް ލިބޭނެ ކަމަށެވެ.

"ކަރުދާސްކޮޅެއް އަތަށް ލިބުނު ކަމުގައިވިޔަސް، އެއްޗެއް އެނގިފައެއް ނޫން ތިބޭނީކީ. ހުނަރު ދަސްވެފައެއް ނޫން ތިބޭނީކީ. މަސައްކަތުގެ މާހައުލަށް ނުކުތީމަ، ނުވަތަ އެއަށްވުރެ މަތީ ފަންތިއަށް ކިޔަވަން ނުކުތީމަ، ދަތިތަކާ ކުރިމަތިވާނެ... ދިވެހިރާއްޖޭގެ ތަންތަނުން ދޫކުރާ ސަނަދުތަކަކީ ދުނިޔޭގެ އެހެން ތަންތަނުން ގަބޫލު ނުކުރާ އެއްޗެއްސަށް އިސާކިތަކު ވެދާނެއޭ، މިކަންކަމަށް ފިޔަވަޅު ނޭޅުނިއްޔާ،" އިބްރާ ވިދާޅުވިއެވެ.

ބްލޮކް މޯޑަށް ކިޔަވައި ދިނުމަކީ މަނާ ކަމެއް ކަމަށް އެމްކިއުއޭއިން ކަނޑައަޅައި, އެކަން ނުކުރުމަށް އެންގިއިރު ދައުލަތުން ހަރަދުކޮށްގެން ހިންގާ ގައުމީ ޔުނިވާސިޓީގައި ވެސް މިހާރު ވެސް ދަނީ ބްލޮކް މޯޑަށް ކިޔަވަދެމުންނެވެ. އަދި ރާއްޖޭގެ އަމިއްލަ ކޮލެޖުތަކުގައި ބްލޮކް މޯޑުގެ ނަމުގައި، ވަގުތު ހަމަނުކޮށް، މާސްޓާސްއަށް ވެސް ދަނީ ކިޔަވައިދެމުންނެވެ. އެމްކިއުއޭގެ ނިންމުމަށް ޔުނިވާސިޓީއަކުން ވެސް އަދި ކޮލެޖަކުން ވެސް އެއްޗެއް ބުނެފައިނުވާއިރު، ދަރިވަރުން ސަލާމުވެ، ރައްކާތެރިވާންވީ އެމްކިއުއޭގެ މިންގަނޑަށް ނުފެތޭ ގޮތަށް ކިޔަވައިދީގެން ދޫކުރާ ސެޓްފިކެޓުތައް އެމްކިއުއޭއިން އެކްރެޑިޓް ނުކުރާނެ ކަމެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

5

މަޝްހޫރު ބަތަލާ ހޭޑަން ޕެނެޓިއޭ 36 އަހަރުގައި މަރުވެފައި އޮއްވާ ފެނިއްޖެ

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2017

އެލްޖީއޭގެ ނިންމުމަށް ޖޭމްސް ޑޯރިސްގެ ފާޑުކިއުންތައް

11 ޑިސެމްބަރު 2017
އެލްޖީއޭގެ ނިންމުމަށް ޖޭމްސް ޑޯރިސްގެ ފާޑުކިއުންތައް
11 ނޮވެމްބަރު 2017

އިންތިހާބާއި ގުޅޭ އަދާލަތު ޕާޓީގެ ނިންމުމަށް އެމްޑީޕީން މަރުޙަބާކިޔައިފި

11 ނޮވެމްބަރު 2017
އިންތިހާބާއި ގުޅޭ އަދާލަތު ޕާޓީގެ ނިންމުމަށް އެމްޑީޕީން މަރުޙަބާކިޔައިފި
09 ނޮވެމްބަރު 2017

ރާއްޖޭގައި ހިންގާ ބްލޮކް މޯޑު ކޯސްތަކުގެ ސަބަބުން ދަށްވަނީ ކިޔެވުމުގެ ފެންވަރު: އިބްރާ

09 ނޮވެމްބަރު 2017
ރާއްޖޭގައި ހިންގާ ބްލޮކް މޯޑު ކޯސްތަކުގެ ސަބަބުން ދަށްވަނީ ކިޔެވުމުގެ ފެންވަރު: އިބްރާ
20 އޯގަސްޓު 2017

ނާގޯށި ތަރައްގީކުރަން އިންވެސްޓަރަކަށް ދޭން ނިންމުމަށް ފަހު އަނެއްކާ އެމްޓީޑީސީއަށް!

20 އޯގަސްޓު 2017
ނާގޯށި ތަރައްގީކުރަން އިންވެސްޓަރަކަށް ދޭން ނިންމުމަށް ފަހު އަނެއްކާ އެމްޓީޑީސީއަށް!
23 ޖުލައި 2017

ބްރޯޑްކާސްޓިން ކޮމިޝަނުގެ ނިންމުމަށް ރާއްޖެޓީވީގެ ރައްދު

23 ޖުލައި 2017
ބްރޯޑްކާސްޓިން ކޮމިޝަނުގެ ނިންމުމަށް ރާއްޖެޓީވީގެ ރައްދު
20 ޖޫން 2017

އެލްޖީއޭގެ ނިންމުމަށް އިހުތިރާމް ކުރަން:އިހަވަންދޫ ކައުންސިލް

20 ޖޫން 2017
އެލްޖީއޭގެ ނިންމުމަށް އިހުތިރާމް ކުރަން:އިހަވަންދޫ ކައުންސިލް
20 ޖޫން 2017

ފުޑް ކޯޓުތަކުގެ ދެ ބްލޮކްގެ މަސައްކަތް ޖުލައި މަހު ނިންމާލެވޭނެ:އެސްޓީއޯ

20 ޖޫން 2017
ފުޑް ކޯޓުތަކުގެ ދެ ބްލޮކްގެ މަސައްކަތް ޖުލައި މަހު ނިންމާލެވޭނެ:އެސްޓީއޯ
23 އެޕްރީލު 2017

އިމްރާންގެ 12 އަހަރުގެ ހުކުމަށް ހައި ކޯޓުން ތާއިދުކޮށްފި

23 އެޕްރީލު 2017
އިމްރާންގެ 12 އަހަރުގެ ހުކުމަށް ހައި ކޯޓުން ތާއިދުކޮށްފި
24 މާރިޗު 2017

މީރާ އިން ސަބަބު ނުބުނެ އާއްމުންގެ އެކައުންޓް ބްލޮކް ކުރާ މައްސަލަ ބޮޑުވެއްޖެ

24 މާރިޗު 2017
މީރާ އިން ސަބަބު ނުބުނެ އާއްމުންގެ އެކައުންޓް ބްލޮކް ކުރާ މައްސަލަ ބޮޑުވެއްޖެ
10 ފެބުރުއަރީ 2017

ވަޒީރުންނަށް އޮފީހުގެ ރަސްމީ މަސައްކަތްތައް ނިންމުމަށް ފަހު ގެއަށް ދެވެނީ މެޑަމްގެ މަސައްކަތްތައް ނިމުމުން: ހޯމް މިނިސްޓަރު

10 ފެބުރުއަރީ 2017
ވަޒީރުންނަށް އޮފީހުގެ ރަސްމީ މަސައްކަތްތައް ނިންމުމަށް ފަހު ގެއަށް ދެވެނީ މެޑަމްގެ މަސައްކަތްތައް ނިމުމުން: ހޯމް މިނިސްޓަރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް