Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެމްޑަބްލިޔުއެސްސީ

ޕްރެޝަރުގައި ފެން ނުލިބޭ މައްސަލަ ހައްލު ކުރަނީ

28 ފެބުރުއަރީ 2019 | ބުރާސްފަތި 17:44

ވޯޓާ ނެޓްވޯކް އަޕްގްރޭޑް ކުރުމުގެ މަސައްކަތް ދަނީ ކުރަމުން

އަމްނާ އިމާދު
އަމްނާ އިމާދު | 28 ފެބުރުއަރީ 2019 | ބުރާސްފަތި 17:44
އެމްޑަބްލިއުއެސްސީ

އެމްޑަބްލިއުއެސްސީ

ޕްރެޝަރުގައި ފެން ނުލިބޭ މައްސަލަ ހައްލު ކުރުމަށް ވޯޓާ ނެޓްވޯކު އަޕްގްރޭޑު ކުރުމުގެ ޚާއްސަ މަސައްކަތްތަކެއް އެމްޑަބްލިއުއެސްސީން ފަށައިފިއެވެ.

ބުރާސްފަތި ދުވަހު އެމްޑަބްލިއުއެސްސީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމް ވިދާޅުވީ އުސް އިމާރާތްތަކަށް އެކަށީގެންވާ ޕްރެޝަރެއްގައި ފެން ނުލިބޭ މައްސަލައާ ހާއްސަކޮށް ހުކުރުު ދުވަހުގެ މެންދުރު ވަގުތު އެމައްސަލަ ބޮޑު ކަމަށެވެ. އޭނާ ވިދާޅުވީ މިހާރު މިމައްސަލަ ހައްލު ކުރުމަށް ވޯޓާ ނެޓްވޯކް އަޕްގްރޭޑް ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

Advertisement - newsAdvertisement

އާޒިމް ވިދާޅުވީ މިމަސައްކަތް ކުރިއަށް ގެންދާނީ ތިން ފިޔަވައްސަކަށް ބަހާލައިގެން ކަމަށާއި، މިމަޝްރޫއަށް 24 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށެވެ.

މީގެ އިތުރުން އާޒިމް ވިދާޅުވީ ފެން ރައްކާކުރާނެ ކެޕޭސިޓީ އިތުރު ކުރުމަށް އެސްޓީއޯގެ ރެޑީމިކްސް ސިމެންތި އުފެއްދުމަށް މިހާރު ބޭނުންކުރާ ބިން، ސަރުކާރުން އެކުންފުންޏަށްދީފައިވާ ކަމަށެވެ. އަދި އެބިމުގައި ދުވާލަކަށް 20،000 ޓަނުގެ ފެން ރައްކާކުރެވޭނެ ދެ ތާނގީ ގާއިމް ކުރާނެ ކަމަށާއި، މިމަސައްކަތް އެއްއަހަރު ދުވަހުން ނިންމުމަށް އަމާޒު ހިފާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ ފެނުގެ ސްޓޯރޭޖު އިތުރުކުރުމަށް މާލެއިން އިތުރު ބިންތައް ހޯދުމަށް ސަރުކާރާއެކު މަޝްވަރާތައް ކުރަމުން އަންނަ ކަމަށެވެ.

ފެން ބިލްތަކަށް ގަވާއިދުން ފައިސާ ނުދައްކާތީ ކަންބޮޑުވުންފާޅު ކުރައްވާ އާޒިމް ވިދާޅުވީ އޭނާ މަގާމާ ހަވާލުވެވަޑައިގެންނެވިއިރު ފައިސާ ނުލިބި ގިނަ އަދަދެއްގެ ބިލްތައް ހުރި ކަމަށާއި، އެއްމަހަށް ވުރެ ގިނަ ދުވަސް ވަންދެން ބިލްތަކަށް ފައިސާ ނުދައްކާ 50 އިންސައްތައަށް ވުރެ ގިނަ ކަސްޓަމަރުން ތިބި ކަމަށެވެ. ނަމަވެސް ކުރެވޭ މަސައްކަތްތަކުން މިހާރު މިއަދަދު މަދު ކުރެވިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ ފެން ބިލަށް ދައްކަންޖެހޭ ފައިސާ އެމުއްދަތުގެ ތެރޭގައި ދެއްކުމަށް އެދޭ ކަމަށާއި، ނުދައްކާނަމަ ކުންފުނީގެ އިތުރުން އެކަމުގެ ގެއްލުން ބޮޑަށް ލިބޭނީ އެކަސްޓަމަރަކަށް ކަމަށެވެ.

އެމްޑަބްލިއުއެސްސީން ދެމުންގެންދާ ޚިދުމަތްތައް ރަނގަޅުކުރުމަށް އެތައް މަސައްކަތްތަކެއް ކުރަމުންދާކަން ފާހަގަކުރައްވައި އާޒިމް ވިދާޅުވީ ބާވެފައިވާ ފެންމީޓަރުތައް އާކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި، އަހަރެއްހާ ދުވަހުގެ ތެރޭގައި މިމަސައްކަތް ނިމޭނެ ކަމަށެވެ.

އެންމެ ހިނގާ

1

ރަޝިޔާގެ ހުއްދަ ނެތި އެމެރިކާ އެއަރ ފޯސްގެ ބޯޓެއް ވެރި ރަށް މޮސްކޯގައި ޖައްސައިފި

2

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

3

ރާއްޖެ ޓީވީގެ އާމިރު ސަލީމަށް ހަމަލާދޭން ސަރުކާރު ހިންގާ ޕާޓީން ބަޔަކަށް ފައިސާދިންކަމުގެ މައުލޫމާތު ލިބިގެން މައްސަލަ ފުލުހަށް ހުށަހަޅައިފި

4

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

5

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

އިތުރަށް ކިޔާލަން

09 ޖެނުއަރީ 2017

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު
08 ޖެނުއަރީ 2017

ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

08 ޖެނުއަރީ 2017
ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ
08 ޖެނުއަރީ 2017

މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

08 ޖެނުއަރީ 2017
މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!
08 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

08 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!
08 ޖެނުއަރީ 2017

އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް

08 ޖެނުއަރީ 2017
އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް
07 ޖެނުއަރީ 2017

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ
06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ
06 ޖެނުއަރީ 2017

މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ

06 ޖެނުއަރީ 2017
 މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ
06 ޖެނުއަރީ 2017

ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި

06 ޖެނުއަރީ 2017
ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި
06 ޖެނުއަރީ 2017

ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި

06 ޖެނުއަރީ 2017
ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް