Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ޕްރިމިއާ ލީގު

ޕްރިމިއާ ލީގު: ޔުނައިޓެޑް، ލިވަޕޫލް އަދި ސިޓީން ވެސް މަގާމު ދަމަހައްޓައިފި

ލިވަޕޫލް މޮޅުވީ ވަޓްފޯޑްއާ ވާދަކޮށް 0-5 ގެ ނަތީޖާއަކުން

ލީވާން އަލީ
ލީވާން އަލީ, ރާއްޖެ އެމްވީ | 28 ފެބުރުއަރީ 2019 | ބުރާސްފަތި 06:41
ޔުނައިޓެޑްގެ ކުޅުންތެރިން އުފާފާޅުކުރަނީ

ޔުނައިޓެޑްގެ ކުޅުންތެރިން އުފާފާޅުކުރަނީ

ޕްރިމިއާ ލީގުގައި މެންޗެސްޓާ ޔުނައިޓެޑާއި، ލިވަޕޫލް އަދި މެންޗެސްޓާ ސިޓީންވެސް މަގާމު ދަމަހައްޓައިފިއެވެ.

ބުދަ ދުވަހުގެ ރޭ ކުޅުނު މެޗު ކްރިސްޓަލް ޕެލަސްއާ ވާދަކޮށް ޔުނައިޓެޑުން ކާމިޔާބުކުރީ 1-3 ގެ ނަތީޖާއަކުންނެވެ.

ޔުނައިޓެޑު ދަނޑުގައި ކުޅުނު މި މެޗު ފެށިގެން ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ޔުނައިޓެޑުންނެވެ. މި ލަނޑު 33 ވަނަ މިނެޓުގައި ލޫކް ޝޯގެ އެހީތެރިކަމާ އެކު ކާމިޔާބުކުރީ ރޮމެލޫ ލުކާކޫއެވެ.

ދެވަނަ ހާފް ފެށިގެން ޔުނައިޓެޑުން ވަނީ ލީޑު ފުޅާކޮށްފައެވެ. މި ލަނޑު ލިންޑެލޮފްގެ އެހީތެރިކަމާއެކު ކާމޔާބުކުރީ ލުކާކޫއެވެ. ނަމަވެސް 66 ވަނަ މިނެޓުގައި ވާޑްގެ ލަނޑާއެކު ޕެލަސްއިން ވަނީ ނަތީޖާގެ ފަރަގު ކުޑަކޮށްފައެވެ.

ޔުނައިޓެޑުގެ ތިންވަނަ ލަނޑު 83 ވަނަ މިނެޓުގައި ކާމިޔާބުކުރީ އޭޝްލީ ޔަންގްއެވެ. މި ލަނޑު އޭނާ ކާމިޔާބުކުރީ ޕައުލް ޕޮގްބާގެ އެހީތެރިކަމާއެކުގައެވެ.

މި ނަތީޖާއާ އެކު ޔުނައިޓެޑު އޮތީ ކުޅުނު 28 މެޗުން ލިބުނު 55 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ ފަސްވަނައިގައެވެ. މެޗުން ބަލިވި ކްރިސްޓަލް ޕެލަސް އޮތީ ކުޅުނު 28 މެޗުން ލިބުނު 30 ޕޮއިންޓާ އެކު ޕޮއިންޓް ތާވަލުގެ 14 ވަނައިގައެވެ.

ބުދަ ދުވަހުގެ ރޭ ކުޅުނު މެޗުން ލިވަޕޫލް މޮޅުވީ ވަޓްފޯޑްއާ ވާދަކޮށް 0-5 ގެ ނަތީޖާއަކުންނެވެ.

ލިވަޕޫލް ދަނޑުގައި ކުޅުނު މި މެޗު ފެށިގެން ފަސްވަނަ މިނެޓުގައި އެޓީމުން ވަނީ ލީޑު ނަގާފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އެލެގްޒެންޑްރާ އާނޮލްޑްގެ އެހީތެރިކަމާ އެކު ސާޑިއޯ މާނޭއެވެ.

މި ލަނޑަށްފަހު ވެސް ލިވަޕޫލްއިން ދިޔައީ މޮޅު ކުޅުމެއް ދައްކަމުންނެވެ. އެގޮތުން 20 ވަނަ މިނެޓުގައި އެޓީމުން ވަނީ ލީޑު ފުޅާކޮށްފައެވެ. މި ލަނޑު ވެސް ކާމިޔާބުކުރީ އާނޮލްޑްގެ އެހީތެރިކަމާ އެކު މާނޭއެވެ.

ދެވަނަ ހާފް ފެށިގެން ލިވަޕޫލުން ވަނީ ތިންވަނަ ލަނޑު ޖަހާފައެވެ. މި ލަނޑު 66 ވަނަ މިނެޓުގައި އެންޑީ ރޮބަޓްސަންގެ އެހީތެރިކަމާ އެކު ކާމިޔާބުކުރީ ޑޭވޮކް އޮރިގީއެވެ.

ލިވަޕޫލްގެ ހަތަރު ވަނަ ލަނޑު 79 ވަނަ މިނެޓުގައި އާނޮލްޑްގެ އެހީތެރިކަމާ އެކު ވެންޑައިކް ކާމިޔާބުކުރިއިރު، ފަސްވަނަ ލަނޑު 82 ވަނަ މިނެޓުގައި ރޮބަޓްސަންގެ އެހީތެރިކަމާ އެކު ކާމިޔާބުކުރީ ވެސް ވެންޑައިކްއެވެ.

މި ނަތީޖާއާ އެކު ލިވަޕޫލް އޮތީ ކުޅުނު 28 މެޗުން ލިބުނު 69 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ އެއްވަނައިގައެވެ. މެޗުން ބަލިވި ވަޓްފޯޑް އޮތީ ކުޅުނު 28 މެޗުން ލިބުނު 40 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ އަށް ވަނައިގައެވެ.

ބުދަ ދުވަހުގެ ރޭ ކުޅުނު މެޗުން ސިޓީ މޮޅުވީ ވެސްޓްހޭމް ޔުނައިޓެޑްއާ ވާދަކޮށް 0-1 ގެ ނަތީޖާއަކުންނެވެ.

ސިޓީ ދަނޑުގައި ކުޅުނު މި މެޗުގައި އެ ޓީމުގެ ފަރާތުން ގިނަ ހަމަލާތަކެއް ފެނިގެންދިޔައިރު، ލަނޑު ޖެހުމަށް ވެސް ހުސް ގިނަ ފުރުސަތުތައް އެ ޓީމަށް ވަނީ ލިބި ބޭކާރުވެފައެވެ.

މުޅި މެޗުގައި ވެސް ވެސްޓްހޭމްގެ ފަރާތުން މޮޅު ޑިފެންސެއް ފެނިގެން ގޮސްފައިވާއިރު، އެޓީމުން ވަނީ ސިޓީގެ ގިނަ ހަމަލާތައް ހުށިއާރުކަމާއެކު ދިފާއުކޮށްފައެވެ.

މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު 59 ވަނަ މިނެޓުގައި ކާމިޔާބުކުރީ ސާޖިއޯ އަގުއެރޯއެވެ. މި ލަނޑު އޭނާ ކާމިޔާބުކުރީ އެ ޓީމަށް ލިބުނު ޕެނަލްޓީއަކުންނެވެ. މިއީ އޭނާ ސިޓީ ދަނޑުގައި ކުޅުނު 119 މެޗުގައި ކާމިޔާބުކުރި 96 ވަނަ ލަނޑެވެ.

މި ނަތީޖާއާ އެކު ސިޓީ އޮތީ ކުޅުނު 28 މެޗުން ލިބުނު 68 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ ދެވަނައިގައެވެ. މެޗުން ބަލިވި ވެސްޓްހޭމް އޮތީ ކުޅުނު 28 މެޗުން ލިބުނު 36 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ 10 ވަނައިގައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ހަތަރުވަނަ ބުރުގައި ޔުނައިޓެޑް ބައްދަލުކުރާނީ ވިގަންއާ

ހަތަރުވަނަ ބުރުގައި ޔުނައިޓެޑް ބައްދަލުކުރާނީ ވިގަންއާ

10 ޖެނުއަރީ 2017
އެފްއޭކަޕް: ރަޝްފަޑްގެ ދެ ލަނޑުން ރެޑިން ބަލިކޮށް ޔުނައިޓެޑް ހަތަރުވަނަ ބުރަށް

އެފްއޭކަޕް: ރަޝްފަޑްގެ ދެ ލަނޑުން ރެޑިން ބަލިކޮށް ޔުނައިޓެޑް ހަތަރުވަނަ ބުރަށް

08 ޖެނުއަރީ 2017
ޔަންގޮން ޔުނައިޓެޑްގެ ކުރީގެ ކޯޗު ސެކުލޮސްކީ މާޒިޔާ އަށް ސޮއިކޮށްފި

ޔަންގޮން ޔުނައިޓެޑްގެ ކުރީގެ ކޯޗު ސެކުލޮސްކީ މާޒިޔާ އަށް ސޮއިކޮށްފި

07 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި

ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި

06 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ފަހު ވަގުތު ޖިރޫ ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް ސަލާމަތްވެއްޖެ

ޕްރިމިއާ ލީގު: ފަހު ވަގުތު ޖިރޫ ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް ސަލާމަތްވެއްޖެ

04 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

4 ޖޫން
ދީނުގެ ތެރެއަށް ގެންނަ އައު ކަންކަން ބަލައިނުގަތުމަށް އަރަފާތު ޚުތުބާ ގައި ގޮވާލައިފި
20251 އަހަރު ކުރިން
އިސްލާމް

ދީނުގެ ތެރެއަށް ގެންނަ އައު ކަންކަން ބަލައިނުގަތުމަށް އަރަފާތު ޚުތުބާ ގައި ގޮވާލައިފި

އިންޑިއާގެ ބޮޑުވަޒީރު މޯދީ މަގާމުން އިސްތިއުފާ ދެއްވައިފި
20242 އަހަރު ކުރިން
ދުނިޔެ

އިންޑިއާގެ ބޮޑުވަޒީރު މޯދީ މަގާމުން އިސްތިއުފާ ދެއްވައިފި

ރޮނާލްޑޯގެ ޓީމު ރެލިގޭޓްވެއްޖެ
20233 އަހަރު ކުރިން
ކުޅިވަރު

ރޮނާލްޑޯގެ ޓީމު ރެލިގޭޓްވެއްޖެ

މީގެ 70 އަހަރުކުރިން އިނގިރޭސީންގެ ރަސްކަމުގެ ތަޚުތަށް ރާނީ، އިސްވެވަޑައިގަތުމުގެ މުނާސަބަތު ދިވެހިރާއްޖޭގައި ކުލަގަދަ ގޮތެއްގައި ފާހަގަކުރުން!
20224 އަހަރު ކުރިން
ކޮލަމް

މީގެ 70 އަހަރުކުރިން އިނގިރޭސީންގެ ރަސްކަމުގެ ތަޚުތަށް ރާނީ، އިސްވެވަޑައިގަތުމުގެ މުނާސަބަތު ދިވެހިރާއްޖޭގައި ކުލަގަދަ ގޮތެއްގައި ފާހަގަކުރުން!

ސަލާމަތްވާން ލިއުޝާ ވަރަށް މަސައްކަތްކުރި، އެންޑީއޭގެ ޒިންމާކޮބާ؟
20215 އަހަރު ކުރިން
ރިޕޯޓު

ސަލާމަތްވާން ލިއުޝާ ވަރަށް މަސައްކަތްކުރި، އެންޑީއޭގެ ޒިންމާކޮބާ؟

ފިރިމީހާ، ލިއަމްއާ އެކު ހިނގާފައި ދަނިކޮށް މައިލީ ސައިރަސް ގަޔަށް އަތްލާ ފުރައްސާރަކޮށްފި
20197 އަހަރު ކުރިން
ތަފާތު ޚަބަރު

ފިރިމީހާ، ލިއަމްއާ އެކު ހިނގާފައި ދަނިކޮށް މައިލީ ސައިރަސް ގަޔަށް އަތްލާ ފުރައްސާރަކޮށްފި

ނިހާން އިންޑިއާއަށް ވަޑައިގަތުމުން އެޤައުމަށް ނާރުވާ ބޭރުކޮށްލައިފި!
20188 އަހަރު ކުރިން
ރާއްޖެ

ނިހާން އިންޑިއާއަށް ވަޑައިގަތުމުން އެޤައުމަށް ނާރުވާ ބޭރުކޮށްލައިފި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު