Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައީސް އަބްދުﷲ ޔާމީން

ޕީޕީއެމްއާ ގުޅުން އޮންނަ ބޭރުގެ ޖަމާއަތަކުން ޔާމީން ދޫކޮށްލުމަށް ގޮވާލައިފި

26 ފެބުރުއަރީ 2019 | އަންގާރަ 16:18

ރައީސް ޔާމީންގެ ހައްގުތައް ނިގުޅައިގެންފައިވާ ކަމަށް ބަޔާނުގައިވޭ

އަލީ ސަމާޚް
އަލީ ސަމާޚް | 26 ފެބުރުއަރީ 2019 | އަންގާރަ 16:18
ކުރީގެ ރައީސް ޔާމީން ހައްޔަރުކޮށްގެން ގެންދަނީ

ކުރީގެ ރައީސް ޔާމީން ހައްޔަރުކޮށްގެން ގެންދަނީ

ކުރީގެ ރައީސް އަބްދުﷲ ޔާމީން ދޫކޮށްލުމަށް ޕީޕީއެމްއާ ގުޅުން އޮންނަ ޖަމާއަތަކުން ގޮވާލައިފިއެވެ.

ޔޫރަޕްގެ އެލިއަންސް އޮފް ކޮންޒަވޭޓިވް އެންޑް ރިފޯމިސްޓް އިން ޔޫރަޕް (އޭސީއާރްއީ) އިން ރައީސް ޔާމީން ދޫކޮށްލުމަށް ގޮވައިލާފައި ވާނީ އަންގާރަ ދުވަހު ނެރުނު ބަޔާނެއްގައެވެ.

Advertisement - newsAdvertisement

މަނީ ލޯންޑަރިންގެ ދައުވާ އުފުލައި ޔާމީން ބަންދުގައި ބަހައްޓައިގެން ޝަރީއަތް ކުރިޔަށް ގެންދިޔުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފައި ވަނީ މި މަހުގެ 18 ވަނަ ދުވަހުއެވެ.

ޔާމީން ދޫކޮށްލުމަށް ގޮވާލައި އޭސީއާރްއީ އިން އަންގާރާ ދުވަހު ނެރުނު ބަޔާނުގައި ވަނީ، ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ބޯމަތިވެފައި އޮއްވާ އެމަނިކުފާނު ހައްޔަރުކޮށް ހައްގުތައް ނިގުޅައިގެންފައިވާ ކަމަށެވެ. އަދި ޔާމީނާއި އެމަނިކުފާނު ނިސްބަތްވާ ޕީޕީއެމްއަކީ ޑިމޮކްރެސީ އަށް ސަޕޯޓްކުރާ ޕާޓީއެއް ކަމަށާއި، އިންތިހާބުގައި އެމަނިކުފާނު ނާކާމިޔާބުވެވަޑައިގަތުމުން ވަރަށް އަމާން ކަމާ އެކު ވެރިކަން ހަވާލުކޮށްފައިވާ ކަމަށެވެ. ނަމަވެސް، މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އިންތިހާބުވެވަޑައިގަތުމުން ޕީޕީއެމް އިން ވަނީ އިންތިހާބުގެ ނަތިއްޖާ ގަބޫލްނުކޮށް އިންތިހާބު ބާތިލްކޮށްދެން ސުޕްރީމް ކޯޓަށް ވެސް ހުށައަޅާފައެވެ. އެހެން ނަމަވެސް ސުޕްރީމް ކޯޓުން ހުކުމްކުރީ އިންތިހާބު ސައްހަ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާ ދިމާކޮށް ޔާމިން ހައްޔަރުކޮށްފައި ވާތީ އޭސީއާރްއީ، ޔޫރަޕިއަން ޕާޓީ އޮފް ދަ ބްރިޓިޝް ކޮންސަވޭޓިވްސް އަދި ޕޮލެންޑް ލޯ އެންޑް ޖަސްޓިސް ޕާޓީގެ އިތުރުން 40 ޕާޓީން އެކަން ކުށްވެރި ކުރާ ކަމާށައި، ޔާމީން ހައްޔަރު ކޮށްފައިވަނީ ސިޔާސީ މަގްސަދެއްގައި ކަމަށް ވެސް އެ ބާޔާނުގައި ވެއެވެ. އަދި އެމަނިކުފާނު ހައްޔަރު ކުރުމުގެ ސަބަބުން ޕީޕީއެމް އަށް ކެމްޕޭނު ކުރުމަށާއި ކެންޑިޑޭޓުންގެ ލިސްޓް އިލެކްޝަންސް އަށް ހުށައެޅުމަށް ދަތިތަކާ ދިމާވެފައިވާ ކަމަށާއި އެގޮތުން ޔާމީން ދޫކޮށްލަން ޖެހޭ ކަމަށް އޭސީއާރްއީގެ ބަޔާނުގައި ވެއެވެ.

މި އަހަރު އޭޕްރީލް މަހުގެ 6 ވަނަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އޮބްޒާވް ކުރުމަށް ޔޫރަޕްގެ އޮފިޝަލުން ފޮނުވުމަށް އެ ޖަމާއަތުން ވަނީ ޔޫރަޕިއަން ޔޫނިއަން އަށް ގޮވާލާފައެވެ. އަދި އެ އިންތިހާބަކީ އިންސާފުވެރި އިންތިހާބަކަށް ވާން ޖެހޭ ކަމަށް ވެސް ބަޔާނުގައި ވެއެވެ.

އޭސީއާރްއީ އިން ޔާމީން ދޫކޮށްލުމަށް ގޮވާލާފައިވާއިރު، 2009 ވަނަ އަހަރު އުފެދުނު އެ ޖަމާއަތަކީ ޔޫރަޕްގައި ހިނގާ ކަންތައްތަކަށް އަޑުއުފުލައި އުޅޭ ޖަމާއަތެކެވެ. އެ ޖަމާއަތުގެ މައިގަނޑު ބޭނުމަކީ އީޔޫ އިން ކުރާ ކަންތައްތަކަށް ފާޑު ކިޔައި އެ ކަންތައްތައް އިސްލާހު ކުރުމެވެ. ދީނީ މިނިވަންކަމަށް ގޮވާލައި ވަކާލާތު ވެސް ކުރަމުން އަންނަ އޭރްސީއާރްގެ 24 މެމްބަރު ގައުމުގެ އިތުރުން މިނިވަން 20 ގައުމެއް ހިމެނެއެވެ.

އެޕާޓީގެ ހަތް ރީޖަނަލް ޕާޓްނަރުގެ ގައުމެއްގެ ސިޔާސީ ޕާޓީތައް ހިމެނެއެވެ. އެގޮތުން އޭސީއާރްއީގެ ރާއްޖޭ ޕާޓްނަރަކީ ޕީޕީއެމް ކަމަށް އެ ޖަމްއިއްޔާގެ ވެބްސައިޓްގައި ވެއެވެ. އެ ޖަމާއަތުގެ މެމްބަރު ޕާޓީތަކުގެ ތެރޭ ހިމެނޭ އިނގިރޭސިވިލާތުގެ ކޮންޒަވޭޓިވްގެ 2017 ވަނަ އަހަރުގެ އަހަރުގެ ޖަލްސާގައި ޕީޕީއެމް އަށް ނިސްބަށްވާ ރައްޔިތުނގެ މަޖިލީހުގެ ތިން މެމްބަރުން ވަނީ ބައިވެރިވެ ވަޑައިގެންފައެވެ.

އެހެން ސިޔާސީ ބޭފުޅުންނާ ހިލާފަށް ރައީސް ޔާމީން ހައްޔަރުކޮށްގެން މިހާތަނަށް ބޭރުގެ އެހެން ޖަމާއަތަކުން އަދި ގައުމަކުން ވެސް ކަންބޮޑުވުން ފާޅުކޮށްފައެއް ނުވެއެވެ. ނަމަވެސް ރައީސް ޔާމީންގެ ސަރުކާރުގައި ސިޔާސީ ބޭފުޅުން ހައްޔަރުކޮށް ހުކުމްކުރުމާ ގުޅިގެން ދުނިޔޭގެ ބޮޑެތި ހުރިހާ ގައުމަކުންނާއި ބައިނަލްއަގުވާމީ ޖަމާއަތްތަކުން ވަރަށް އަވަހަށް ބަޔާންތައް ނެރުންކަން ފާހަގަކޮށްލެވެއެވެ. އޭގެ ތެރޭގައި އެމެރިކާ އާއި ޖަރުމަނުވިލާތާއި އިނގިރޭސި ވިލާތުގެ އިތުރުން އިންޑިއާ ފަދަ ސަރަހައްދީ ގައުމުތައް ހިމެނެއެވެ. އަދި ރައީސް ޔާމީންގެ ސަރުކާރުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ސިޔާސީ ބައެއް އެހެން ފަރާތްތައް ޖަލަށްލައިގެން ގެންގުޅެފައި ވަނީ އާބިޓްރަރީ ގޮތެއްގައި ކަމަށް އދ. ގެ ވޯކިންގް ގްރޫޕް އޮން އާބިޓްރަރީ ޑިޓެންޝަން އިން ވެސް ނިންމާފައި ވެއެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

13 މާރިޗު 2017

ފަނޑިޔާރު އަލީ ހަމީދަށް ތުހުމަތު ކުރެވޭ ކަސްބީ އަންހެނުންނާ އެކު ގުޅުން ހިންގި ވީޑިއޯގެ މައްސަލަ ނުބަލަން ނިންމައިފި

13 މާރިޗު 2017
ފަނޑިޔާރު އަލީ ހަމީދަށް ތުހުމަތު ކުރެވޭ ކަސްބީ އަންހެނުންނާ އެކު ގުޅުން ހިންގި ވީޑިއޯގެ މައްސަލަ ނުބަލަން ނިންމައިފި
13 މާރިޗު 2017

ފަނޑިޔާރުންނާ ގުޅުންހުރި 100 އަށްވުރެ ގިނަ މައްސަލަ ދަނީ ބަލަމުން:ޖޭއެސްސީ

13 މާރިޗު 2017
ފަނޑިޔާރުންނާ ގުޅުންހުރި 100 އަށްވުރެ ގިނަ މައްސަލަ ދަނީ ބަލަމުން:ޖޭއެސްސީ
26 ފެބުރުއަރީ 2017

ރާއްޖެއިން ބޭރުގެ ޓްރަރިސްޓް ޖަމާއަތެއްގެ ބޮޑެއްގެ ގޮތުގައި ހުރި މީހާގެ މައްޗަށް ހިންގާ ޝަރީއަތް ސިއްރުކޮށްފި

26 ފެބުރުއަރީ 2017
ރާއްޖެއިން ބޭރުގެ ޓްރަރިސްޓް ޖަމާއަތެއްގެ ބޮޑެއްގެ ގޮތުގައި ހުރި މީހާގެ މައްޗަށް ހިންގާ ޝަރީއަތް ސިއްރުކޮށްފި
26 ފެބުރުއަރީ 2017

ޤާނޫނުއަސާސީއަށް ބަދަލު ގެނެސްފައިވަނީ ބޭރުގެ ފަރާތްތަކަށް ރާއްޖޭގެ ބިން މިލްކު ކުރެވޭ ގޮތަށް:ޝިހާބު

26 ފެބުރުއަރީ 2017
ޤާނޫނުއަސާސީއަށް ބަދަލު ގެނެސްފައިވަނީ ބޭރުގެ ފަރާތްތަކަށް ރާއްޖޭގެ ބިން މިލްކު ކުރެވޭ ގޮތަށް:ޝިހާބު
04 ފެބުރުއަރީ 2017

ކާނަލް ޒިޔާދުގެ މަސްލަހަތު އޮންނަ ކުންފުންޏަކުން އެނބޫދޫ ފަޅުގައި 10 ރިސޯޓް ހަދަނީ!

04 ފެބުރުއަރީ 2017
ކާނަލް ޒިޔާދުގެ މަސްލަހަތު އޮންނަ ކުންފުންޏަކުން އެނބޫދޫ ފަޅުގައި 10 ރިސޯޓް ހަދަނީ!
31 ޖެނުއަރީ 2017

ކޯޓުތަކުގެ ނިންމުންތަކާ ބެހުމުގެ ޖާގައެއް ބޭރުގެ ފަރާތްތަކަށް ނެތް: ރައީސް

31 ޖެނުއަރީ 2017
ކޯޓުތަކުގެ ނިންމުންތަކާ ބެހުމުގެ ޖާގައެއް ބޭރުގެ ފަރާތްތަކަށް ނެތް: ރައީސް
29 ޖެނުއަރީ 2017

އެމްޕީއެލުން އަމަލު ކުރާނީ އޮންނަ އުސޫލުގެ ތެެރެއިން: ޖުނައިދު

29 ޖެނުއަރީ 2017
އެމްޕީއެލުން އަމަލު ކުރާނީ އޮންނަ އުސޫލުގެ ތެެރެއިން: ޖުނައިދު
14 ޖެނުއަރީ 2017

"އެމްޑީޕީއަކީ ހަރަކާތްތެރި ޕާޓީއެއް، އަތޮޅުތަކުގެ ގޮފިތަކާ އޮންނަ ގުޅުން ރަނގަޅުކުރަން ޖެހޭ"

14 ޖެނުއަރީ 2017
"އެމްޑީޕީއަކީ ހަރަކާތްތެރި ޕާޓީއެއް، އަތޮޅުތަކުގެ ގޮފިތަކާ އޮންނަ ގުޅުން ރަނގަޅުކުރަން ޖެހޭ"
12 ޖެނުއަރީ 2017

ބޭރުގެ ވަކީލުންތަކަކާ ހަވާލުކޮށްގެން ނެކްސްބިޒް މައްސަލަ މިދަނީ ދިރާސާކުރަމުން: ބަންޑާރަނައިބު

12 ޖެނުއަރީ 2017
ބޭރުގެ ވަކީލުންތަކަކާ ހަވާލުކޮށްގެން ނެކްސްބިޒް މައްސަލަ މިދަނީ ދިރާސާކުރަމުން: ބަންޑާރަނައިބު
08 ޖެނުއަރީ 2017

މައުލޫމާތު ފެތުރުމުގެ ފުރިހަމަ ބާރާއި ކޮންޓްރޯލް އޮންނަން ޖެހޭނީ ދައުލަތުގައި: އިކުރާމް

08 ޖެނުއަރީ 2017
މައުލޫމާތު ފެތުރުމުގެ ފުރިހަމަ ބާރާއި ކޮންޓްރޯލް އޮންނަން ޖެހޭނީ ދައުލަތުގައި: އިކުރާމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް