Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެބަނގްލަދޭޝް

ބަނގްލަދޭޝް ގައުމީ އެއާލައިންގެ ފްލައިޓެއް ހައިޖެކް ކޮށްފި

25 ފެބުރުއަރީ 2019 | ހޯމަ 04:52

އެމީހާ ފިސްތޯލައިން ބިރުދެއްކުމަށްފަހު އެދުނީ ބޮޑުވަޒީރު ޝެއިޚް ހަސީނާއާއި ވާހަކަދެއްކޭނެގޮތް ހަދައިދިނުމަށް

އާމިނަތު ނުޒުހާ
އާމިނަތު ނުޒުހާ | 25 ފެބުރުއަރީ 2019 | ހޯމަ 04:52
ހައިޖެކްކުރި ބޯއިން 737 ގެ ބޯޓް

ހައިޖެކްކުރި ބޯއިން 737 ގެ ބޯޓް

ޑާކާއިން ޑުބާއީއަށް ފުރި ބަނގްލަދޭޝްގެ ގައުމީ އެއާލައިން ބީމާންގެ ފްލައިޓެއް ހައިޖެކް ކޮށްފިއެވެ.

143 ފަސިންޖަރުންނާއި ޑާކާއިން ފުރި މި ފްލައިޓް ހައިޖެކް ކޮށްފައިވަނީ، އާދިއްތަ ދުވަހުގެ ހަވީރު ބަނގްލަދޭޝް ގަޑިން 4.35 ގައެވެ.

25 އަހަރުގެ ފިރިހެން މީހާ ފިސްތޯލައެއް ބޭނުންކޮށްގެން ފްލައިޓްގައި ތިބި މީހުންނަށާއި ޕައިލެޓަށް ބިރުދެއްކުމަށް ފަހު އެދުނީ، ބޮޑުވަޒީރު ޝެއިޚް ހަސީނާއާއި ވާހަކަދެއްކޭނެގޮތް ހަދައިދިނުމަށެވެ. އަދި އޭނާގެ އަންހެނުންނާއި ވާހަކަދެއްކޭނެ ގޮތް ހަދައިދިނުމަށް ވެސް އެދުނުކަމަށް ބައެއް ރިޕޯޓްތައް ބުނެއެވެ.

ރިޕޯޓްތައް ބުނާގޮތުން އެމީހާ ފިސްތޯލައިން ބިރުދެއްކުމަށް ފަހު ފްލައިޓްގެ ކޮކްޕިޓަށް ވަންނަން މަސައްކަތްކޮށް، ޕައިލެޓަށް ބިރުދެއްކިއެވެ.

އެ ފިރިހެން މީހާގެ ހަރަކާތްތަކަށް ޝައްކު ކުރެވިގެން ކަމާބެހޭ ފަރާތްތަކަށް ރިޕޯޓްކުރުމާއިއެކު އެއާޕޯޓްތައް އެލާޓަށް ގެނެސް، ބޯޓް ފުރިތާ 40 މިނެޓް ތެރޭ ޗިޓަގޮންގް ޝާހު އަމާނަތު އިންޓަނޭޝަނަލް އެއާޕޯޓަށް އިމަޖެންސީގައި ފްލައިޓް ވަނީ ޖައްސާފައެވެ.

އަދި ވަގުތުން އެއާޕޯޓް އެލާޓަށް ގެނެސް، ފްލައިޓްގައި ތިބި ފަސިންޖަރުން ސަލާމަތްކުރިއެވެ. އަދި ހައިޖެކް ކުރި މީހާ އެގައުމުގެ ސަލާމަތީ ބާރުތަކުގެ ބެލުމުގެ ދަށަށް ގެންދިއުމަށް މަސައްކަތްކުރުމުން އޭނާ އެކަމަށް އެއްބާރުލުން ނުދިނުމުން އޭނާގެ ގަޔަށް ބަޑިޖެހިކަމަށް ރިޕޯޓްތައް ބުނެއެވެ. އަދި އޭނާ ހޮސްޕިޓަލަށް ގެންދެވުނު މަގުމަތީގައި ވަނީ މަރުވެފައެވެ.

ބައެއް ރިޕޯޓްތައް ބުނާ ގޮތުގައި ފްލައިޓް ހައިޖެކް ކުރި މީހާއަކީ ނަފްސާނީ މައްސަލަތަކެއް ހުރި މީހެކެވެ. އަދި އޭނާގެ އަންހެނުންނާއި މައްސަލަތަކެއް ޖެހިގެންއުޅޭކަމަށް ވެސް ބައެއް ރިޕޯޓްތަކުގައި ބުނެފައިވެއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

13 އޮކްޓޯބަރު 2017

ސްޕެއިންގެ ގައުމީ ދުވަހު ބޭއްވި މުޒާހަރާއެއްގައި ހަަމަނުޖެހުން ހިނގައިފި

13 އޮކްޓޯބަރު 2017
ސްޕެއިންގެ ގައުމީ ދުވަހު ބޭއްވި މުޒާހަރާއެއްގައި ހަަމަނުޖެހުން ހިނގައިފި
12 އޮކްޓޯބަރު 2017

ހަލަބޮލިކަމަށް ވެއްޓިފައިވާ ސްޕެއިން، ގައުމީ ދުވަސް ފާހަގަ ކުރަނީ

12 އޮކްޓޯބަރު 2017
ހަލަބޮލިކަމަށް ވެއްޓިފައިވާ ސްޕެއިން، ގައުމީ ދުވަސް ފާހަގަ ކުރަނީ
01 އޮކްޓޯބަރު 2017

އެއަރ ފްރާންސްގެ ފްލައިޓެއް އުދުހެމުންދަނިކޮށް އިންޖީނެއް ހަލާކުވެއްޖެ

01 އޮކްޓޯބަރު 2017
އެއަރ ފްރާންސްގެ ފްލައިޓެއް އުދުހެމުންދަނިކޮށް އިންޖީނެއް ހަލާކުވެއްޖެ
19 ސެޕްޓެމްބަރު 2017

ރަންވޭ މަތިން ފްލައިޓެއް ކައްސާލުމުން މުމްބާއީ އެއާޕޯޓްގެ އޮޕަރޭޝަން ހުއްޓާލައިފި

19 ސެޕްޓެމްބަރު 2017
ރަންވޭ މަތިން ފްލައިޓެއް ކައްސާލުމުން މުމްބާއީ އެއާޕޯޓްގެ އޮޕަރޭޝަން ހުއްޓާލައިފި
14 ޖޫން 2017

ބިންގަނޑު ކަނޑައިގެން ގޮސް ބަނގްލަދޭޝްގައި 134 މީހުން މަރުވެއްޖެ

14 ޖޫން 2017
ބިންގަނޑު ކަނޑައިގެން ގޮސް ބަނގްލަދޭޝްގައި 134 މީހުން މަރުވެއްޖެ
13 ޖޫން 2017

އުތުރު ކޮރެއާގެ ނިއުކްލިއާ ޕްރޮގްރާމަކީ އެމެރިކާގެ ގައުމީ ސަަލާމަތަށް މިހާރުން މިހާރަށް ނުރައްކާވެފައިވާ އެންމެ ބޮޑު މައްސަލަ: ޖޭމްސް މެޓިސް

13 ޖޫން 2017
އުތުރު ކޮރެއާގެ ނިއުކްލިއާ ޕްރޮގްރާމަކީ އެމެރިކާގެ ގައުމީ ސަަލާމަތަށް މިހާރުން މިހާރަށް ނުރައްކާވެފައިވާ އެންމެ ބޮޑު މައްސަލަ: ޖޭމްސް މެޓިސް
01 ޖޫން 2017

ބޮމެއް އޮތް ކަމަށް ބުނެ މެލޭޝިއަން އެއާލައިންސް ފްލައިޓެއްގެ ކޮކްޕިޓަށް ވަންނަން މީހަކު މަސައްކަތްކޮށްފި

01 ޖޫން 2017
ބޮމެއް އޮތް ކަމަށް ބުނެ މެލޭޝިއަން އެއާލައިންސް ފްލައިޓެއްގެ ކޮކްޕިޓަށް ވަންނަން މީހަކު މަސައްކަތްކޮށްފި
02 މެއި 2017

ރަޝިއާގެ ގައުމީ އެއާލައިންގެ ފްލައިޓެއް ބާރުގަދަ ކޮޅިގަނޑެއްގައި ޖެހި މަދުވެގެން 27 މީހުން ޒަޚަމްވެއްޖެ

02 މެއި 2017
ރަޝިއާގެ ގައުމީ އެއާލައިންގެ ފްލައިޓެއް ބާރުގަދަ ކޮޅިގަނޑެއްގައި ޖެހި މަދުވެގެން 27 މީހުން ޒަޚަމްވެއްޖެ
16 އެޕްރީލު 2017

ފްލައިޓްތަކެއް ހައިޖެކް ކުރާނެ ކަމުގެ އިންޒާރާއެކު އިންޑިޔާގެ 3 އެއަރޕޯޓް އެލަރޓްވެއްޖެ

16 އެޕްރީލު 2017
ފްލައިޓްތަކެއް ހައިޖެކް ކުރާނެ ކަމުގެ އިންޒާރާއެކު އިންޑިޔާގެ 3 އެއަރޕޯޓް އެލަރޓްވެއްޖެ
16 ޖެނުއަރީ 2017

ޓާކިޝް އެއާލައިންސްގެ ކާގޯ ފްލައިޓެއް ކިރިގިސްތާނަށް ވެއްޓި މަދުވެގެން 20 މަރު

16 ޖެނުއަރީ 2017
ޓާކިޝް އެއާލައިންސްގެ ކާގޯ ފްލައިޓެއް ކިރިގިސްތާނަށް ވެއްޓި މަދުވެގެން 20 މަރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް