Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއެމްބީއޭ ޗެމްޕިއަންޝިޕް

އެމްބީއޭ ޗެމްޕިއަންޝިޕް: ރެޑްވިންގސްއާއި ވަން 30 އެސްސީގެ ފަރާތުން ރަނގަޅު ކުޅުމެއް

20 ފެބުރުއަރީ 2019 | ބުދަ 13:31

ރެޕްޓޯރސް ބީސީ ކާމިޔާބުކުރީ ރެޑްވިންގްސް ބީސީއާއި ވާދަކޮށް 73 ޕޮއިންޓް 64 ޕޮއިންޓުން

މިއުނާ ހަސަން
މިއުނާ ހަސަން | 20 ފެބުރުއަރީ 2019 | ބުދަ 13:31
އެމްބީއޭ ޗެމްޕިއަންޝިޕްގެ ތެރެއިން

އެމްބީއޭ ޗެމްޕިއަންޝިޕްގެ ތެރެއިން

އެމްބީއޭ ޗެމްޕިއަންޝިޕްގައި އަންގާރަ ދުވަހުގެރޭ ކުޅުނު މެޗު ރެޕްޓޯރސް ބީސީ އާއި ވަން 30 އެސްސީ ކާމިޔާބު ކޮށްފިއެވެ.

އެމްބީއޭ ޗެމްޕިއަންޝިޕްގެ ފިރިހެން ޑިވިޝަންގެ 13 ވަނަ މެޗު ރެޕްޓޯރސް ބީސީ ކާމިޔާބުކުރީ ރެޑްވިންގްސް ބީސީއާއި ވާދަކޮށް 73 ޕޮއިންޓް 64 ޕޮއިންޓުންނެވެ.

މެޗުގެ ފުރަތަމަ ދެ ކުއާޓާގައި ރެޑްވިންގްގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެން ދިޔައެވެ.

ފުރަތަމަ ކުއާޓާގައި ރެޑްވިންގްސް 13 ޕޮއިންޓް ހޯދިއިރު ރެޕްޓޯރސްއަށް ކާމިޔާބު ކުރެވުނީ 10 ޕޮއިންޓެވެ. ދެވަނަ ކުއާޓާގައި ރެޑްވިންގްސް 15 ޕޮއިންޓް ހޯދިއެވެ. ލީޑް ކުޑަކޮށް ރެޕްޓީރސް ވަނީ މި ކުއާޓާގައި 13 ޕޮއިންޓް ހޯދާފައެވެ.

އެމްބީއޭ ޗެމްޕިއަންޝިޕްގައި ރެޕްޓޯރސް އާއި ރެޑްވިނގްސް މެޗުގެ ތެރެއިން

ފަހު ދެ ކުއާޓާގައި ރެޕްޓޯރސްގެ ކުޅުން ރަނގަޅުކޮށް ރެޑްވިންގްގެ މައްޗަށް ކުރި ހޯދިއެވެ.

ފަހަތުން އަރާ ރެޕްޓޯރސް މެޗު ކާމިޔާބުކުރީ އެ ޓީމުގެ މައާޒް މުހައްމަދު ހޯދައިދިން 23 ޕޮއިންޓުންނެވެ. މެޗުގެ މޮޅު ކުޅުން ތެރިއަކަށްވެސް ހޮވުނީ ރެޕްޓޯރސްގެ މައާޒް މުހައްމަދެވެ.

މުބާރާތުގެ 14 ވަނަ މެޗުގައި ވޮލްވްސްއާއި ވާދަކޮށް ވަން 30 އެސްސީ މެޗު ކާމިޔާބުކުރީ އުނދަގޫކަމާއިއެކުއެވެ.

އާދައިގެ ކުޅުމެއް ދެ ޓީމުގެ ފަރާތުން ފެނިގެންދިޔަ މި މެޗުގެ ފުރަތަމަ ކުއާޓާ ވަން 30 ކާމިޔާބު ކުރީ 16 ޕޮއިންޓުންނެވެ. މި ކުއާޓާގައި ވޮލްވްސްއަށް ކާމިޔާބު ކުރެވުނީ 11 ޕޮއިންޓެވެ.

ދެވަނަ ކުއާޓާގައި ވޮލްވްސްއިންވަނީ އެއް ޕޮއިންޓްގެ ފަރަގަކަށް ލީޑް ކުޑަ ކޮށްފައެވެ. ނަމަވެސް ތިންވަނަ ކުއާޓާގައްޔާއި ހަތަރުވަނަ ކުއާޓާގައި ކުޅުން ރަނގަޅުކޮށް ވަން30 އިންވަނީ ލީޑް ފުޅާކޮށްފައެވެ.

މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ނަތީޖާއަކީ ވަން 30 އެސްސީ 60، ވޮލްވްސް ބީސީ 54 ކެވެ.

ދެ ޓީމުގެ ފަރާތުން ރަނގަޅު ހަމަލާތަކެއް ފެނުނު މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ވަން 30 އެސްސީގެ އިބްރާހިމް މައާޒުއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

31 ޖެނުއަރީ 2017

މިއަހަރުގެ މިނިވަން ޗެމްޕިއަންޝިޕްގައި 75 ރަށަކުން ބައިވެރިވެއްޖެ

31 ޖެނުއަރީ 2017
މިއަހަރުގެ މިނިވަން ޗެމްޕިއަންޝިޕްގައި 75 ރަށަކުން ބައިވެރިވެއްޖެ
31 ޖެނުއަރީ 2017

އޭޝިއަން ސެންޓްރަލް ޒޯން ޗެމްޕިއަންޝިޕް މާޗު މަހު ރާއްޖޭގައި

31 ޖެނުއަރީ 2017
އޭޝިއަން ސެންޓްރަލް ޒޯން ޗެމްޕިއަންޝިޕް މާޗު މަހު ރާއްޖޭގައި
26 ޖެނުއަރީ 2017

ކޮޕާ އިޓަލިއާ: އޭސީ މިލާން ބަލިކޮށް ޔުވަންޓަސް ސެމީއަށް

26 ޖެނުއަރީ 2017
ކޮޕާ އިޓަލިއާ: އޭސީ މިލާން ބަލިކޮށް ޔުވަންޓަސް ސެމީއަށް
26 ޖެނުއަރީ 2017

ޔުވަންޓަސް ދޫކޮށްލުމަށްފަހު އެވްރާ މާސޭއާށް ބަދަލުވެއްޖެ

26 ޖެނުއަރީ 2017
ޔުވަންޓަސް ދޫކޮށްލުމަށްފަހު އެވްރާ މާސޭއާށް ބަދަލުވެއްޖެ
26 ޖެނުއަރީ 2017

ވުމެންސް ވޮލީބޯލް ވޯލްޑް ޗެމްޕިއަންޝިޕް: ނޭޕާލް ޓީމު ރާއްޖެ އަތުވެއްޖެ

26 ޖެނުއަރީ 2017
ވުމެންސް ވޮލީބޯލް ވޯލްޑް ޗެމްޕިއަންޝިޕް: ނޭޕާލް ޓީމު ރާއްޖެ އަތުވެއްޖެ
20 ޖެނުއަރީ 2017

މިނިވަން 50 ޗެމްޕިއަންޝިޕްގައި ޓީމުތަކަށް ދޭން ޖެހޭ ފައިސާ މި އަހަރު ބަޖެޓުގެ ތެރެއިން ދެނީ!

20 ޖެނުއަރީ 2017
މިނިވަން 50 ޗެމްޕިއަންޝިޕްގައި ޓީމުތަކަށް ދޭން ޖެހޭ ފައިސާ މި އަހަރު ބަޖެޓުގެ ތެރެއިން ދެނީ!
18 ޖެނުއަރީ 2017

ނިއުރޭޑިއަންޓް އެކަޑަމީ ފުޅާކޮށް އަންނަ ފެބްރުއަރީ މަހު ހުޅުވަން ނިންމައިފި

18 ޖެނުއަރީ 2017
ނިއުރޭޑިއަންޓް އެކަޑަމީ ފުޅާކޮށް އަންނަ ފެބްރުއަރީ މަހު ހުޅުވަން ނިންމައިފި
12 ޖެނުއަރީ 2017

އަމީންދީދީ އިންވިޓޭޝަނަލް މުބާރާތް ހިމަނައި އެމްބީއޭ ކަލަންޑަރު އާންމުކޮށްފި

12 ޖެނުއަރީ 2017
އަމީންދީދީ އިންވިޓޭޝަނަލް މުބާރާތް ހިމަނައި އެމްބީއޭ ކަލަންޑަރު އާންމުކޮށްފި
04 ޖެނުއަރީ 2017

އެޓޯލް ޖޫނިއާ އެތުލެޓިކްސް ޗެމްޕިއަންޝިޕް އައްޑޫގައި ބައްވަނީ!

04 ޖެނުއަރީ 2017
އެޓޯލް ޖޫނިއާ އެތުލެޓިކްސް ޗެމްޕިއަންޝިޕް އައްޑޫގައި ބައްވަނީ!
04 ޖެނުއަރީ 2017

ވުމަންސް ސާފް ޗެމްޕިއަންޝިޕް: ބަންގްލަދޭޝް އަތުން ބަލިވެ ރާއްޖެ އަށް ފައިނަލުގެ ފުރުސަތު ގެއްލިއްޖެ

04 ޖެނުއަރީ 2017
ވުމަންސް ސާފް ޗެމްޕިއަންޝިޕް: ބަންގްލަދޭޝް އަތުން ބަލިވެ ރާއްޖެ އަށް ފައިނަލުގެ ފުރުސަތު ގެއްލިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް