Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޔާމިންގެ މައްޗަށް ކުރާ ޖިނާއީ ދައުވާގެ މައްސަލަ

ޔާމިން ބަންދުގައި ބަހައްޓަން ކުރި އަމުރު ބާތިލްކޮށްދޭން ހައިކޯޓަށް ހުށައަޅައިފި

19 ފެބުރުއަރީ 2019 | އަންގާރަ 11:46

މައްސަލަ ބަލައިގަތުމާ މެދު އަދި ގޮތެއް ނުނިންމާ

އަލީ ސަމާޚް
އަލީ ސަމާޚް | 19 ފެބުރުއަރީ 2019 | އަންގާރަ 11:46
ކުރީގެ ރައީސް އަބްދުﷲ ޔާމީން: -އެމަނިކުފާނު ހުންނެވީ މާފުށީ ޖަލުގައި

ކުރީގެ ރައީސް އަބްދުﷲ ޔާމީން: -އެމަނިކުފާނު ހުންނެވީ މާފުށީ ޖަލުގައި

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑަރިންގެ މައްސަލައިގެ ޝަރީއަތް ނިމެންދެން އެމަނިކުފާނު ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން ނެރުނު އަމުރު ބާތިލް ކުރަން ހައިކޯޓަށް ހުށައަޅައިފިއެވެ.

ކަޅު ފައިސާ ދޮވުމުގެ ކުށުގައި ޔާމިންގެ މައްޗަށް އުފުލި ދައުވާއާ ގުޅިގެން ބަންދުގައި ބަހައްޓައިގެން ޝަރީއަތްކުރުމުގެ އަމުރަކަށް ކޯޓުގައި އެދުނީ ޕްރޮސެކިއުޓާ ޖެނަރަލް އޮފީހުންނެވެ. އަދި ދައުލަތުގެ ފަރާތުން ދެއްކi ވާހަކަތަކަށް ރިއާއަތްކުރައްވައި، ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމުގެ އަމުރެއް ނެރުއްވީ ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހްމަދު ހައިލަމްއެވެ.

Advertisement - newsAdvertisement

ޔާމިން ބަންދުގައި ބެހެއްޓުމާ މެދު ގޮތެއް ނިންމަން ކްރިމިނަލް ކޯޓުގައި ބޭއްވި މައްސަލައިގެ ފުރަތަމަ އަޑުއެހުމުގައި ޕްރޮސެކިއުޓާ ޖެނެރަލްގެ ވަކީލާ އައިޝަތު މުހައްމަދު ވިދާޅުވީ ޔާމީންގެ މައްޗަށް އުފުލި މަނީ ލޯންޑްރިންގެ މައްސަލަ އާއި އެމްއެމްޕީއާރުސީގެ ޚިޔާނާތާ ގުޅިގެން ފުލުހުން ތަހުގީގު ކުރަމުންދާ މައްސަލަ އަށް ނުފޫޒު ފޯރުވާފައިވާ ކަމަށެވެ. އަދި ޕީޖީ އޮފީހުން ވަނީ ޔާމީން ބަންދު ކުރަން ޖެހޭ ސަބަބުތައް ހާމަކޮށް ލިޔުމެއް ވެސް ކްރިމިނަލް ކޯޓަށް ހުށަހަޅައިފަ އެވެ.

ދައުލަތުގެ ވަކީލާ ވިދާޅުވީ ލިޔެކިޔުންތަކުން އެނގޭ ގޮތުގައި، ޔާމީން ވަނީ ހެއްކަށް ނުފޫޒު ފޯރުވުމުގެ ބޭނުމުގައި ހެކިންނަށް ގިނަ އަދަދެއްގެ ފައިސާ ހުށަހަޅާފައިވާ ކަމަށެވެ. މީގެއިތުރުން، އެމްއެމްއޭގެ ފައިނޭންޝަލް އިންޓަލިޖެންސް ޔުނިޓް (އެފްއައިޔޫ) އިން ފުލުހުންނަށް ހުށަހެޅި މައްސަލައެއް ނެގުމަށް ވެސް ޔާމީން މަސައްކަތް ކުރެއްވި ކަމަށް ވަކީލާ ވިދާޅުވި އެވެ.

ހަމަ އެހެންމެ ފުލުހުންނަށް ހުށަހެޅި މައްސަލަ ތަހުގީގު ނުކޮށް، ދިގު ދެންމުމަށް ވެސް މަސައްކަތް ކުރެއްވުމާއި ތަހުގީގަށް މީހުން ދިން ބަޔާންތަކެއް ބަދަލު ކުރަން ޔާމީން މަސައްކަތް ކުރެއްވުމަކީ ހެއްކަށް ނުފޫޒު ފޯރުވުން ކަމަށްވާތީ ބަންދުގައި ބަހައްޓާދޭން ދައުލަތުން ކޯޓުގައި އެދުނެވެ. ގާނޫނުއަސާސީގެ 49 ވަނަ މާއްދާ އާއި ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 60 ވަނަ މާއްދާގެ ދަށުން ޝަރީއަތް ނިމެންދެން ޔާމީން ބަންދުގައި ބެހެއްޓުމުގެ އަމުރަކަށް ޕީޖީން އެދުމުން ގާޒީ ހައިލަމް އަމުރު ކުރެއްވީ ރައީސް ޔާމިންގެ މައްޗަށް އުފުލާފައިވާ ދައުވާގެ ޝަރީއަތް ވަކި ގޮތަކަށް ނިމެންދެން ރިމާންޑް ޖަލެއްގައި އެމަނިކުފާނު ބެހެއްޓުމަށެވެ.

ޔާމިން ބަންދުގައި ބެހެއްޓުމަށް ދެކޮޅު ހައްދަވައި، ޔާމިންގެ ވަކީލް އަބްދުﷲ ޝިޔާޒް ވިދާޅުވެފައިވަނީ ޔާމީންގެ އެކައުންޓަށް ވަން ފައިސާއަކީ އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާކަން އެއްވެސް އިދާރާއަކުން މިހާތަނަށް ބުނެފައި ނުވާ ކަމަށެވެ. އަދި ހެއްކަށް ނުފޫޒު ފޯރުވަން ޔާމިން މަސައްކަތް ކުރެއްވި ކަމަށް ޕީޖީ ގެ ވަކީލުން ދެއްކެވި ވާހަކަތައް ވެސް ދޮގު ކުރެއްވި އެވެ.

ފުލުހުން ހިންގާ ތަހުގީގަކުން ހެއްކަށް ނުފޫޒު ފޯރުވައޭ ކިއާފައި ޕީޖީން ބަންދުގެ އަމުރު ނެރެދިނުމަށް ކޯޓުގައި ނޭދެވޭނެ ކަމަށް ވެސް ޔާމިންގެ ވަކީލުން ކްރިމިނަލް ކޯޓުގައި ވިދާޅުވި އެވެ.

ޔާމީނަށް ތުހުމަތުކުރާ މަނީ ލޯންޑެރިންގެ މައްސަލަތަކުގައި އެމަނިކުފާނުގެ އެކައުންޓްތަކުގައި ހުރި 100 މިލިއަން ރުފިޔާ ވެސް ފުލުހުން ވަނީ ފްރީޒްކޮށްފަ އެވެ. އެ މައްސަލަ ވެސް ޔާމީންގެ ފަރާތުން ވަނީ ހައި ކޯޓުގައި އިސްތިއުނާފު ކޮށްފަ އެވެ. ނަމަވެސް ވަކި ގޮތަކަށް އަދި ނުނިމެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

25 ފެބުރުއަރީ 2017

ކޯގަންނު ބެލެހެއްޓުމަށް ކުރި އަމުރު އިސްތިއުނާފަށް ހުށަހަޅައިފި

25 ފެބުރުއަރީ 2017
ކޯގަންނު ބެލެހެއްޓުމަށް ކުރި އަމުރު އިސްތިއުނާފަށް ހުށަހަޅައިފި
23 ފެބުރުއަރީ 2017

ވިލާ ކުންފުނީގެ އަތުން ކާޑެއްދޫ އެއާޕޯޓް ނެގުން ފަސްކުރި އަމުރު ބާތިލް ކޮށްފި

23 ފެބުރުއަރީ 2017
ވިލާ ކުންފުނީގެ އަތުން ކާޑެއްދޫ އެއާޕޯޓް ނެގުން ފަސްކުރި އަމުރު ބާތިލް ކޮށްފި
21 ފެބުރުއަރީ 2017

ޓެކުހަށް މަކަރު ހެދުމުގެ މައްސަލައަކާ ގުޅިގެން 160،000 ރުފިޔާ ދައްކަން އަމުރުކޮށްފި

21 ފެބުރުއަރީ 2017
ޓެކުހަށް މަކަރު ހެދުމުގެ މައްސަލައަކާ ގުޅިގެން 160،000 ރުފިޔާ ދައްކަން އަމުރުކޮށްފި
14 ފެބުރުއަރީ 2017

ގާނޫނު އަސާސީގައި ރައީސް ޔާމިން މުގުރާނުލާ އެންމެ ބާބެއްވެސް ނެތް:ފައްޔާޒް

14 ފެބުރުއަރީ 2017
ގާނޫނު އަސާސީގައި ރައީސް ޔާމިން މުގުރާނުލާ އެންމެ ބާބެއްވެސް ނެތް:ފައްޔާޒް
12 ފެބުރުއަރީ 2017

ގޭ ބަންދުގައި ހުރި ޒައިދުލް އަމީންގެ ބަންދަށް 10 ދުވަސް އިތުރުކޮށްފި

12 ފެބުރުއަރީ 2017
ގޭ ބަންދުގައި ހުރި ޒައިދުލް އަމީންގެ ބަންދަށް 10 ދުވަސް އިތުރުކޮށްފި
09 ފެބުރުއަރީ 2017

މަހާނަ ހަދައިގެން ހައްޔަރުކުރި މީހުންގެ ބަންދުގެ އަމުރު އިސްތިއުނާފަށް ހުށައަޅައިފި

09 ފެބުރުއަރީ 2017
މަހާނަ ހަދައިގެން ހައްޔަރުކުރި މީހުންގެ ބަންދުގެ އަމުރު އިސްތިއުނާފަށް ހުށައަޅައިފި
01 ފެބުރުއަރީ 2017

ވިލާ ކުންފުނީގެ އަތުން ކާޑެއްދޫ އެއާޕޯޓް ނެގުން ފަސްކުރުމުށް ކޯޓުން އަމުރުކޮށްފި

01 ފެބުރުއަރީ 2017
ވިލާ ކުންފުނީގެ އަތުން ކާޑެއްދޫ އެއާޕޯޓް ނެގުން ފަސްކުރުމުށް ކޯޓުން އަމުރުކޮށްފި
30 ޖެނުއަރީ 2017

އެސްބީޓީ އުމްރާ ގުރޫޕްގެ ވެރިޔާ ބާގިރު ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރު ކުރަން އަމުރުކޮށްފި

30 ޖެނުއަރީ 2017
އެސްބީޓީ އުމްރާ ގުރޫޕްގެ ވެރިޔާ ބާގިރު ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރު ކުރަން އަމުރުކޮށްފި
25 ޖެނުއަރީ 2017

ކައުންސިލް އިންތިހާބުގެ ޕްރައިމަރީގާ 200 ކެންޑިޑޭޓުން ވާދަކުރޭ: ޕީޕީއެމް ޔާމިން ފެކްޝަން

25 ޖެނުއަރީ 2017
ކައުންސިލް އިންތިހާބުގެ ޕްރައިމަރީގާ 200 ކެންޑިޑޭޓުން ވާދަކުރޭ: ޕީޕީއެމް ޔާމިން ފެކްޝަން
20 ޖެނުއަރީ 2017

ޕާޓީގެ ހަމަޖެހުން އޮންނާނީ އުސޫލުތަކަށް ތަބާވެގެން: ރައީސް ޔާމިން

20 ޖެނުއަރީ 2017
ޕާޓީގެ ހަމަޖެހުން އޮންނާނީ އުސޫލުތަކަށް ތަބާވެގެން: ރައީސް ޔާމިން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް