Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއަލީ ވަހީދު

ޖޭޕީގެ ޓިކެޓް ދިނުމުގެ ބާރު ލީޑަރަށް ދިނުމަށް އަލީ ވަހީދު ދެކޮޅު ހެދި

ޕާޓީން އަބަދުވެސް ދެމި ތިބޭނީ ރައީސް ސޯލިހުގެ ވެރިކަން ދެމެހެއްޓުމަށް

އަލީ ސަމާޚް
އަލީ ސަމާޚް | 18 ފެބުރުއަރީ 2019 | ހޯމަ 19:37
ޖުމްހޫރީ ޕާޓީގެ ރައީސް އަލީ ވާހިދު

ޖުމްހޫރީ ޕާޓީގެ ރައީސް އަލީ ވާހިދު

ޖުމްހޫރީ ޕާޓީގެ ޓިކެޓް ދިނުމުގެ ބާރު އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އަށް ދޭން ދެކޮޅު ހެދި ކަމަށް އެ ޕާޓީގެ ރައީސް އަލީ ވަހީދު ވިދާޅުވެއްޖެއެވެ.

ރާއްޖެ ޓީވީގެ ފަލަ ސުރުހީ ޕްރޮގްރާމް ގައި ވާހަކަ ދައްކަވަމުން އަލީ ވަހީދު ވިދާޅުވީ، ޕާޓީގެ ޓިކެޓް ދިނުމުގެ ބާރު ގާސިމް އަށް ދޭން ކައުންސިލްގެ ބައެއް މެމްބަރުން ތާއިދުކޮށްފައި ނުވާ ކަމަށެވެ. އެ މެމްބަރުންގެ ތެރޭގައި އޭނާވެސް ހިމެނޭ ކަމަށް އަލީ ވަހީދު ވިދާޅުވިއެވެ.

Advertisement - newsAdvertisement

ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޖުމްހޫރީ ޕާޓީން ވާދަކުރާ ފަރާތްތަކަށް ޓިކެޓް ދިނުމުގެ ބާރު އެ ޕާޓީގެ ލީޑަރު ގާސިމް އަށް ދޭން ކައުންސިލް އިން ނިންމާފައި ވަނީ ޖުމްހޫރީ ޕާޓީން ޖެނުއަރީ މަހުގެ 30 ވަަނަ ދުވަހު ބޭއްވި އެ ޕާޓީގެ ކައުންސިލްގެ ބައްދަލުވުމުގައެވެ.

''އަޅުގަނޑު އެއަކަށް ވޯޓެއް ނުލަން. އަޅުގަނޑު ދެންނެވިން އެދުވަހު ކައުންސިލް ގައި ގަބޫލް ކުރާ އުސޫލެއް ނޫނޭ ތިއަކީ. އެ ނިންމުންތައް އަޅުގަނޑު ދެކޭ ގޮތުގައި ޕާޓީގެ ލީޑަރުގެ ވިސްނުން ، ޕާޓީގެ ލީޑަރު ހާމަ ކުރައްވާނީ. ހަމަ ގައިމުވެސް ޖުމްހޫރީ ޕާޓީ ގައި މަދެއް ނުވާނެ ދިވެހި ސަރުކާރު ދަމަހައްޓަން ބޭނުންވާ މީހުނެއް '' އޭނާ ވިދާޅުވިއެވެ.

އެ ކައުންސިލް ބައްދަލުވުމަށް ފަހު ޕްރައިމަރީއަކާ ނުލައި ޕާޓީގެ ޓިކެޓް ހުރިހައި ކެންޑިޑޭޓުންނަށް ދީފައި ވަނީ ގާސިމްއެވެ. ހުދު އެމަނިކުފާނުގެ ޓިކެޓް ދިނީ އެމަނިކުފާނެވެ. ނަމަވެސް ޖުމްހޫރީ ޕާޓީގެ ޓިކެޓް ބައެއް ބޭފުޅުންނަށް ދިނުމަށްފަހު ވަނީ އަނބުރާ ހޯދާފައެވެ.

ޓޫރިޒަމް މިނިސްޓަރ ވިދާޅުވީ، ޕާޓީގެ ލީޑަރު ކަންކަމާއި ފާޅުކުރައްވާ ހުރިހާ ހިޔާލު ތަކާކީ އެއީ ގޮސް ހިޔާލު ކަމަށް ބަލައިގެން ނުވާނެ ކަމަށާއި، ސަރުކާރު ތެރެއިންވެސް ސަރުކާރު ޒިންމާދާރު ކުރަން ޖެހޭ ކަންތައްތަކުގައި ހިޔާލު ފާޅުކުރަން ޖެހޭ ކަަމަށް ގަބޫލް ކުރައްވާ ކަމަށެވެ.

އަދި މީގެ އިތުުރުން އަލީ ވަހީދު ވިދާޅުވީ، ޝަރުއީ ނިޒާމް އިސްލާހު ކުރަން ނުޖެހޭ ކަމަށް ޖުމްހޫރީ ޕާޓީގެ ބައެއް ބޭފުޅުން ދައްކާ ވާހަކަތަކަށް އެއްބަސް ނުވާ ކަމަށެވެ. ނަމަވެސް ޑިމޮކްރަސީގެ ރީތީ އުސޫލުތަކުގެ މަތިން އެމީހަކު ބޭނުންވާ ހިޔާލެއް ފާޅުކުރުމުގެ މިނިވަން ކަން ކޮންމެ މީހަކަށް ލިބިގެންދާނެ ކަމަށެވެ.

''އަޅުގަނޑުމެން އެކަމާއި ދެކޮޅު އިނގޭތޯ. އެހެން ނަމަ އަޅުގަނޑުމެން ނުކުރާ ކުށަކަށް ޖަލަށްލައި، 24 ރޭ ބައްވާ ތިން އަހަރު އަޅުގަނޑުގެ ހަޔާތުން ރާއްޖެއިން ބޭރުގައި އުޅޭކަށް ނުޖެހޭނެ ހުރިހާ ކަމެއް ފުރިހަމަ ކޮށް އޮތްނަމަ. އަޅުގަނޑު މި ދަންނަވނީ ރާއްޖޭގެ މުޅި ޝަރުއީ ނިޒާމު ގޯހެކޭ ނޫން. ހުރިހާ ފަނޑިޔާރުން ގޯހެކޭ ނުން. އެހެން ނަމަވެސް އަޅުގަނޑުމެން މިއަދު ކުއްލިޔަކަށް ހަމަ އިންތިހާބުގެ މި ސްޓަރަގުލް ގައި ނުވެސް ފެންނަ މީހަކު ބޭފުޅަކު މިއަދު އަރާ... ހަމަ ގައިމުވެސް އަޅުގަނޑުމެން ގަބޫލް ނުކުރަން އެއީ ޖުމްހުރީ ޕާޓީގެ ޖުމްލަ ވިސްނުން ކަމަށް'' އޭނާ ވިދާޅުވިއެވެ.

އެމްޑީޕީން 19 ވަނަ މަޖިލީހަށް ޝަރުއީ ދާއިރާ އިސްލާހު ކުރުމަށް ހުށައަޅަން ހަމަޖެހިފައިވާ އިސްލާހަށް އެ ޕާޓީ އަށް އަލަށް ގުޅިވަޑައިގަތް އެ ޕާޓީން އައްޑޫ މީދޫ ދާއިރާގެ ޓިކެޓް ދީފައިވާ ނެޝަނަލް އިންޓެގްރިޓީ ކޮމިޝަންގެ ކުރީގެ ރައީސް މުހައްމަދު ފަރުހާދު ވަނީ ފާޑު ވިދާޅުވެފައެވެ. ފަރުހާދު އަކީ މީގެ ކުރިން ޖުމްހޫރީ ޕާޓީގެ އެއްވެސް ސިޔާސީ ހަރާކާތުން ފެނިފައިވާ ބޭފުޅެއް ނޫނެވެ.

ޕާޓީ ތެރޭގައި ހިޔާލު ތަފާތުވުން ބައެއް ފަހަރު އުފެދޭ ކަމަށާއި، ނަމަވެސް ޕާޓީން އަބަދުވެސް ދެމި ތިބޭނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަން ދެމެހެއްޓުމަށް ކަމަށް އަލީ ވަހީދު ވިދާޅުވިއެވެ.

ކުރީގެ ރައީސް ޔާމީން ކޯޓު އަމުރެއްގެ ދަށުން އަންގާރަ ދުވަހު ހައްޔަރު ކޮށްފައިވާއިރު، އެކަމަށް އިޝާރާތް ކުރައްވާ އަލީ ވިދާޅުވީ، މިއަދު ސިފަކުރަނީ ހިތާމަވެރި ދުވަހެއްގެ ގޮތުގައި ކަމަށެވެ.

އިތުރަށް އެކަން ބަޔާން ކުރައްވަމުން އޭނާ ވިދާޅުވީ، ރައީސް ކަން ކުރެއްވި ބޭފުޅެއް ބޮލުގައި ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތަކެއް އެޅިގެން ދިޔުމަކީ އެކަމާއި ހިތާމަ ކުރާ ކަމެއް ކަމަށެވެ.

ރައީސްް ޔާމީނަށް ވެސް އިންސާފުވެރި ޝަރީޔަތެއް ލިބެން ޖެހޭނެ ކަމަށާއި، މިއަދު ހޯދަން ޖެހޭ އިބުރަތަކީ، އެއްވެސް މަގާމެއް ގައި ހުރެގެން ބާރުގެ ބޭނުން ނުކުުރުން ކަމަށް އޭނާ ވިދާޅުވިއެވެ.

އިތުރަށް ކިޔާލަން

24 ޖެނުއަރީ 2017

ފ. އަތޮޅު ވިއްކާލި ކަމަށް ބުނާ ވާހަކަތަކަށް ބާރުލިބޭ ގޮތަށް ރައީސް ޔާމީން ވާހަކަފުޅު ދައްކަވައިފި

24 ޖެނުއަރީ 2017
ފ. އަތޮޅު ވިއްކާލި ކަމަށް ބުނާ ވާހަކަތަކަށް ބާރުލިބޭ ގޮތަށް ރައީސް ޔާމީން ވާހަކަފުޅު ދައްކަވައިފި
20 ޖެނުއަރީ 2017

"ހިޔާނަތްތެރިވެފައިވާ" މީހުން ފައިސާ އަނބުރާ ދެއްކުމަށް ދަނީ އެއްބާރުލުން ދެމުން: ފިނޭންސް މިނިސްޓްރީ

20 ޖެނުއަރީ 2017
"ހިޔާނަތްތެރިވެފައިވާ" މީހުން ފައިސާ އަނބުރާ ދެއްކުމަށް ދަނީ އެއްބާރުލުން ދެމުން: ފިނޭންސް މިނިސްޓްރީ
16 ޖެނުއަރީ 2017

އިންސާނީ ވަގުފާރީގެ މައްސަލަތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި

16 ޖެނުއަރީ 2017
އިންސާނީ ވަގުފާރީގެ މައްސަލަތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި
16 ޖެނުއަރީ 2017

ވޯޓުދިނުމުގެ ހައްޤު ލިބިފައިވާ މީހުންގެ ލިސްޓު ގެޒެޓްކޮށް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި

16 ޖެނުއަރީ 2017
ވޯޓުދިނުމުގެ ހައްޤު ލިބިފައިވާ މީހުންގެ ލިސްޓު ގެޒެޓްކޮށް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި
15 ޖެނުއަރީ 2017

"ބާރުވެރިކަމުގައި ތިބުމަށް ކުރާ އުއްމީދު ފަނާވެ ދާތަން އަނެއްކާވެސް ދެކޭނަން"

15 ޖެނުއަރީ 2017
 "ބާރުވެރިކަމުގައި ތިބުމަށް ކުރާ އުއްމީދު ފަނާވެ ދާތަން އަނެއްކާވެސް ދެކޭނަން"
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު